-

ފެމިލީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2018-10)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، މި ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކުރުމަށްޓަކައި، ހުކުމް ތަންފީޒުކުރުމަށް ގާއިމްކޮށްފައިވާ ޑިވިޜަނުން އަމަލުކުރާނެގޮތް ބަޔާންކުރާ ގަވާއިދެވެ.

(ށ)  (ށ) މި ގަވާއިދު ހަދާފައިވަނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން ފެމިލީ ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. 

 (ނ) މި ގަވާއިދަށް ކިޔާނީ، "ފެމިލީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކުރުމާބެހޭ ގަވާއިދު" އެވެ.

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، މި ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކޮށް، ހައްގު ލިބެންވާ ފަރާތްތަކަށް އެ ހައްގު ހޯދައިދިނުމާއި، އާއިލީ މަސްލަހަތު ހިމާޔަތްކުރުމަށް ވަކި އިންތިޒާމެއްގެމަތިން މަސައްކަތްކުރުމެވެ. 

 

3 ވަނަ މާއްދާ - ކޯޓުގެ އިސްނެގުމުގެމަތިން ތަންފީޒުކުރެވޭ ހުކުމްތައް 

(ހ) ފެމިލީ ކޯޓުން އިސްނަގައިގެން ތަންފީޒުކުރެވޭ ހުކުމްތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03/SC ސަރކިއުލަރގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، 2015 ފެބުރުވަރީ 15 ވަނަ ދުވަހުގެ ފަހުން މި ކޯޓުން ކުރާ ހުކުމްތަކުގެ ތެރެއިން ކޯޓުމެދުވެރިކޮށް ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ހުކުމްތަކެވެ. މި ތާރީހުގެ ކުރިން މި ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ކޯޓު މެދުވެރިކޮށް ފައިސާދެއްކުމަށް ކަނޑައަޅާފައިނުވާ ހުކުމްތައް ތަންފީޒުކުރެވޭނީ ހުކުމް ތަންފީޒުކުރުމަށް އެދި މަސްލަހަތުހިމެނޭ ފަރާތަކުން ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމުންނެވެ. 

(ށ)  ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނެރެފައިވާ ވަގުތީ އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުންއަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ އެ މައްސަލައެއް ބަލަމުންދާ ސެކްށަނަކުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ކޯޓުން އިސްވެ ހުކުމް ތަންފީޒުކުރާނީ އެއްފަހަރުއެވެ. އޭގެ ފަހުން އެފަދަ މައްސަ ަލއެއް ބެލޭނީ، ހުކުމާ އެއްގޮތަށް އަމަލުނުކޮށްގެން ހައްގު ލިބެންވާ ފަރާތުން އެ ހުކުމެއް ތަންފީޒުކޮށްދިނުން އެދި ވަކި މައްސަލައެއްގޮތުގައި ކޯޓަށް ހުށަހެޅުމުންނެވެ.

 

4 ވަނަ މާއްދާ - ކޯޓުގެ އިސްނެގުމުގެ މަތިން ހުކުމް ތަންފީޒުކުރާ މައްސަލަތަކުގައި އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް 

(ހ) ކޯޓުން ކުރާ ހުކުމްތައް ރަޖިސްޓްރޭށަން ސެކްށަނަށް ލިބުމުން، އޭގެތެރެއިން ކޯޓުގެ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ ހުކުމްތައް ފާހަގަކޮށް، އެ ފަދަ ހުކުމްތައް ތަންފީޒުކުރަމުންދޭތޯރަޖިސްޓްރޭށަން ސެކްށަނުން ކަށަވަރުކުރަންވާނެއެވެ. 

(ށ) ހުކުމާ އެއްގޮތަށް ކޯޓަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވޭތޯ ބެލުމަށްޓަކައި، ކޯޓުގެ ރަޖިސްޓްރޭށަން ސެކްށަނުން، ކޯޓުގެ ފައިސާއާބެހޭ ސެކްށަނަށް ފޮނުވަންވާނެއެވެ. އަދި ފައިސާ ދައްކާފައިވޭތޯޯ ކަށަވަރުކުރުމަށްފަހު، 3 (ތިނެއް) ދުވަހުގެ ތެރޭގައި، ފައިސާއާބެހޭ ސެކްށަނުން، ރަޖިސްޓްރޭށަން ސެކްށަނަށް އަންގަންވާނެއެވެ.

(ނ) ހުކުމާ އެއްގޮތަށް އަމަލުނުކުރާނަމަ، ގަޒިއްޔާ ނަންބަރެއްދީ ގަޒިއްޔާއެއްގޮތުގައި ރަޖިސްޓްރީކުރުމަށްފަހު، މައްސަލަ ބަލާނެ ގާޒީއެއް ކަނޑައެޅުމަށްޓަކައި، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްގާޒީއަށް ފޮނުވަންވާނެއެވެ. 

 

5 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެގޮތުން ށަރީއަތުން އަޅާ ފިޔަވަޅުތައް

(ހ) ށަރީއަތުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާނަމަ، ހުކުމަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައި، ތިރީގައިމިވާ ގޮތުގެމަތިން އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

  1. ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކުރުން. 
  2.  ފައިސާ ދައްކަންޖެހޭ ފަރާތުގެ ބޭންކު އެކައުންޓު ބަލައި ޗެކްކޮށް، އެކައުންޓްތައް ފްރީޒުކުރުމާއި، އެކައުންޓުގައިހުރި ފައިސާއިން އުނިކުރުމަށްފަހު، ކޯޓުން އަންގާ މިންވަރެއް ކޯޓަށް ޖަމާކުރުމަށް ބޭންކަށް އަމުރުކުރުން. 
  3. މޯލްޑިވްސް ޕޮ ިލސް ސަރވިސް މެދުވެރިކޮށް ހުކުމް ތަންފީޒުކުރުމަށް އަމުރުކުރުން.
  4. ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދަށް 01 ވަނަ އިސްލާހް ގެނައުމުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގެ (ވ) ގެ ދަށުން، ކޯޓުން ކުރާ ހުކުމަކަށް ނުވަތަ އަމުރަކަށް ނުކިޔަމަންތެރިވެ ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ އެފަދަ އަމަލެއްކުރި ފަރާތަކަށް އަދަބު ކަނޑައަޅާނީ ގާނޫނަކުން އެ ކުށަށް ކަނޑައަޅާފައިވާ އަދަބު ނުވަތަ 10،000 (ދިހަ ާހސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި ގަވާއިދުގެ ދަށުން ފައިސާ ނުދައްކައިގެން ބަންދުކޮށްފައިވާ މީހަކު ނުވަތަ އަރުވައިލެވިފައިވާ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ، އެމީހަކު ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ.

(ނ) ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މައްސަލަ ހުށަހެޅިފައިވަނިކޮށް، ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތާ ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ދެފަރާތް އެއްބަސްވި ގޮތަކަށް އަމަލުކުރަން އަންގައި، މައްސަލަ ނިންމާނީއެވެ.

 

6 ވަނަ މާއްދާ - ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް 

ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ބަލާ މައްސަލަތަކުގައި ފިޔަވަޅު އަޅާނީ، އާއިލާޔާބެހޭ ގާނޫނާއި އާއިލާޔާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމާއި ބަދަލުގެނައުން 

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ފެމިލީ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މި ގަވާއިދު ފާސްކޮށް، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ފެމިލީ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ފާސްކޮށްގެންނެވެ. 

 

މައި ގާނޫނު

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 22/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު