-

ށަރުތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-27) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-191)

(ގަވާއިދު ނަންބަރު 2014-27 ވަނީ ގަވާއިދު ނަންބަރު 2022-133 އިން އުވާލޭވިފައި)

ގަވާއިދު ނަންބަރު 2014-27 (ށަރުތުތަކުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. ދިރިއުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ފޯނ ނަންބަރު ބަދަލުވެއްޖެނަމަ  އެކަން ޑްރަގް ކޯޓަށާއި ނޭށަނަލް ޑްރަގް އެޖެންސީއަށް އެންގުން.

 

2 ވަނަ މާއްދާ - 4 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ދިރިއުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ފޯނު ނަންބަރު ބަދަލުވެ، އެކަން ޑްރަގް ކޯޓަށާއި ނޭށަނަލް ޑްރަގް އެޖެންސީއަށް ނާންގައި ހުރެއްޖެނަމަ، އެ މީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 100 (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރު، 500 (ފަސް ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. ދިރިއުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ފޯނު ނަންބަރު ނުވަތަ ވަޒީފާ އަދާކުރާ ތަން ބަދަލުވެއްޖެނަމަ ފަރުވާ ލިބިގަތުމަށް ރަޖިސްޓަރީކޮށްފައިވާ މަރުކަޒަށާއި ޑްރަގް ކޯޓަށް 3 (ތިނެއް) ދުވަހުގެ ތޭރޭގައި އެކަން އެންގުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) އަންނަނިވި  ގޮތަށް އިސްލާހުކުރުން.

(ބ) ދިރިއުޅޭ އެޑްރެސް ނުވަތަ ފޯނު ނަންބަރު ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުވެ، ފަރުވާ ލިބިގަތުމަށް ރަޖިސްޓަރީކޮށްފައިވާ މަރުކަޒަށާއި ޑްރަގް ކޯޓަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ނާންގައޮ ހުރެއްޖެނަމަ، އެ މީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 75 (ހަތްދިހަ ފަސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 175 (ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރު، 500 (ފަސް ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.

 

5 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ށަރުތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-27)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ށަރުތުތަކުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-27)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު