ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދު (2019) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (މޯލްޑިވްސް ޕޮލިސް ސަރވިސް)
(ގަވާއިދު ނަންބަރު 2018-56)
ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވައިލާފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދަށް، އަންނަނިވި އިސްލާހްތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.
ޑިސިޕްލިނަރީ އަދި އިދާރީ 23.
(ށ) މުވައްޒަފަކު ކުރާ ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް މި ގަވާއިދުގެ 18 ވަނަ ކުށްތަކަށް އަދަބު މާއްދާގައި އަދަބުތައް ބަޔާންކޮށްފައިވާ ތަރުތީބަށް ބަދަލު ގެނެސްގެން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކަނޑައެޅުމުގައި ބަލާނެ ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވެއެވެ. އަދި އެއް އަދަބަށްވުރެ ގިނަ އަދަބު އެ މުވައްޒަފެއްގެ މިންގަނޑު މައްޗަށް ކަނޑައަޅާނަމަ ދެކަމެއް އެކުއެކީގައި ފުރިހަމަ ކުރަންޖެހޭގޮތަށް އަދަބު ކަނޑައެޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާ އިސްލާހުކޮށް، އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާއަށް (ށ) އާއި (ނ) އިތުރުކުރުން.
އަދަބު ކަނޑައެޅުމުގެ ބާރު 27.
(ހ) މުވައްޒަފަކު ކޮށްފައިވާ ކުށަކާ ގުޅިގެން، އެ މުވައްޒަފެއްގެ މައްޗަށް ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންވެގެންވާ އަދަބެއް ކަނޑައެޅުމުގެ އަދި 24 ވަނަ މާއްދާގައި ބަޔާންވެގެންވާ ފިޔަވަޅެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ، ޑިސިޕްލިނަރީ ބޯޑަށެވެ.
(ށ) މުވައްޒަފެއްގެމައްޗަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާ އަދަބެއް އިސްތިއުނާފު ކުރުމުން އިސްތިއުނާފު ކޮމެޓީން އެ މައްސަލައެއް ބެލުމަށްފަހު، ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ އަދަބު ކަނޑައަޅާފައި ވަނީ ރަނގަޅަށްކަމަށް ފެންނަނަމަ، އެ އަދަބެއް ދެމެހެއްޓުމުގެ ބާރު، އަދި އަދަބު ކަނޑައެޅުމުގައި އިތުރަށް ބަލަންޖެހޭކަމެއްވާކަމަށް ފެންނަނަމަ، އެ މައްސަލައެއް އަލުން ބެލުމަށް އެންގުމުގެ ބާރު އިސްތިއުނާފު ކޮމެޓީއަށް ލިބިގެންވެއެވެ.
(ނ) މުވައްޒަފެއްގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ އަދަބެއްގެ ބަދަލުގައި އެ ނޫން އެހެން އަދަބެއް ކަނޑައެޅުމުގެ ބާރު އިސްތިއުނާފް ކޮމެޓީ އަށް ލިބިގެންނުވެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާ އިސްލާހުކުރުން.
ގަވާއިދަށް ބަދަލު ގެނައުން 29.
މި ގަވާއިދަށް އިސްލާހެއް ގެނެވޭނީ ނުވަތަ އެއްވެސް މާއްދާއެއް އުނިކުރެވޭނީ ނުވަތަ އިތުރު ކުރެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅައިގެން އެ ބޯޑުގެ އަޣުލަބިއްޔަތުން ފާސްވާ ގޮތެއްގެ މަތީންނެވެ.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އަދި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު (2009)
ކިޔުންތެރިންގެ ހިޔާލު