-

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2019-20)

 

ގަވާއިދު ނަންބަރު 2016-80 (މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، ބޭންކުތަކުން ދައްކަންޖެހޭ ފީތަކުގެ ތާވަލާއި ފައިނޭންސް ކުންފުނިތަކުން ދައްކަންޖެހޭ ފީތަކުގެ ތާވަލު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ބޭންކުތަކުން ދައްކަންޖެހޭ ފީތައް

1.1 ބޭންކުގެ އަހަރީ ފީ (ނަގާނީ ބޭންކުގެ ޖުމްލަ ނެޓް އެސެޓްސްއަށް ބިނާކޮށް ތިރީ ގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.) އަދަދު (ރުފިޔާއިން)
ބޭންކެއްގެ ޖުމްލަ ނެޓް އެސެޓްސް:
500 މިލިޔަން ރުފިޔާއަށް ވުރެ ދަށް ނަމަ،  100،00
500 މިލިޔަން ރުފިޔާއިން ފެށިގެން - 01 ބިލިޔަން ރުފިޔާއާ ދެމެދު ނަމަ،  150،000
01 ބިލިޔަން ރުފިޔާއިން ފެށިގެން - 05 ބިލިޔަން ރުފިޔާއާ ދެމެދު ނަމަ،  300،000
05 ބިލިޔަން ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ ނަމަ، 500،000

 

ފައިނޭންސް ކުންފުނިތަކުން ދައްކަންޖެހޭ ފީތައް

2.1 ފައިނޭންސް ކުންފުނިތަކުގެ އަހަރީ ފީ (ނަގާނީ ކުންފުނީގެ ޖުމްލަ ނެޓް އެސެޓްސްއަށް ބިނާކޮށް ތިރީގައިވާ މިންގަނޑުތަކާ އެއްގޮތްތަށެވެ) އަދަދު (ރުފިޔާއިން)
ކުންފުންޏެއްގެ ޖުމްލަ ނެޓް އެސެޓްސް:
100 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ،  10،000
100 މިލިއަން ރުފިޔާއިން ފެށިގެން - 250 މިލިއަން ރުފިޔާއާ ދެމެދު ނަމަ 20،000
250 މިލިއަން ރުފިޔާއިން ފެށިގެން - 500 މިލިއަން ރުފިޔާއާ ދެމެދު ނަމަ، 50،000
500 މިލިއަން ރުފިޔާއިން ފެށިގެން - 01 ބިލިއަން ރުފިޔާ ދެމެދު ނަމަ،  75،000
01 ބިލިއަން ރުފިޔާއިން ފެށިގެން - 05 ބިލިއަން ރުފިޔާ ދެމެދު ނަމަ،  150،000
05 ބިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ ނަމަ،  250،000

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-80)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު