-

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-158)

އަށް 1 ވަނަ އިސްލާހް ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1028)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 މޭ 2019 ގައި)

 

ގަވާއިދު ނަންބަރު 2019-158 (ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ޖަހަންވާނެއެވެ. އަދި 31 ޖުލައި 2019 އިން ފެށިގެން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ޖަހަންވާނެއެވެ. މި ނޫން ގޮތަކަށް އޮންނަ އިންޒާރުގެ ނޯޓިހެއްގެ އިބާރާތެއް ޖެހުމަކުން ނުވަތަ ކުރެހުމެއް ޖެހުމަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރިކަމުގައެއް ނުބެލެވޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ނުޖަހައި، 31 ޖުލައި 2019 ގެ ކުރިން ދިވެހިރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައ،ް 30 ނޮވެންބަރު 2019 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ވިއްކުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 31 މޭ 2019 އިން ފެށިގެންނެވެ. 

 

މައި ގަވާއިދު

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-158)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު