-

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1038)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 ޖޫން 2019 ގައި)

 

1 ގަވާއިދުގެ ތިންވަނަ ބާބުގެ 11 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކަށް ހުއްދަ ދޫކުރުމާ ގުޅޭ ކަންކަން ތަންފީޒުކުރަން ފަށާނީ، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ތިންވަނަ ބާބުގެ 12 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކަށް ހުއްދަ ދޫކުރުމާ ގުޅޭ ކަންކަން ތަންފީޒުކުރަން ފަށާނީ، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1017)

 

މައި ގަވާއިދު

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު