-

ޓޫރިސްޓް ރިސޯޓުތަކާގުޅޭ  ހައްގުތައް ބަދަލުކުރުމާ ބެހޭ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 61/2017)

 

ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 14/2010) އަށް އަންނަނިވި އިސްލާހު ގެނައުން. 

1 ވަނަ މާއްދާ - ގަވާއިދުގެ 38 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް، އެއީ ގަވާއިދުގެ 39 ވަނަ މާއްދާ ކަމުގައި ހަމަޖައްސައި، އޭގެ ފަހަތަށްހުރި މާއްދާތައް ތަރުތީބުކުރުން.

39. މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ މިނިސްޓްރީން ހޯދުމަކާނުލައި މެނޭޖްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައިވާނަމަ، އަންނަނިވި ށަރތުތަކުގެ މަތިން، އެ މެނޭޖްމަންޓް އެގްރީމަންޓް މި މިނިސްޓްރީގައި
ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ހ) އެ މެނޭޖްމަންޓް އެގްރީމަންޓުގައި ސޮއިކުރި ތާރީހުން ފެށިގެން މި މިނިސްޓްރީގައި ރަޖިސްޓަރީކުރާ ތާރީހާ ހަމައަށް، އެ މެނޭޖްމަންޓް އެގްރިމެންޓާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލުމަށް ވެވޭ އެއްބަސްވުމެއްގައި މި މިނިސްޓްރީއާއެކު ސޮއިކުރުން؛ އަދި

(ށ) ޖޫރިމަނާގެ ގޮތުގައި 4000 (ހަތަރު ހާސް) އެމެރިކާ ޑޮލަރު މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން ދައުލަތަށް ދެއްކުން؛ އަދި

(ނ) އެ މެނޭޖްމަންޓް އެގްރީމަންޓަކީ، މި ގަވާއިދުގެ 36 ،37 އަދި 38 ވަނަ މާއްދާގައި ބަޔާނކޮށްފައިވާ ށަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން ސޮއިކުރެވިފައިވާ އެގްރީމެންޓަކަށްވުން؛ ނުވަތަ

(ރ) އެ މެނޭޖްމަންޓް އެގްރީމަންޓަކީ، މި ގަވާއިދުގެ 36 ،37 އަދި 38 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތެއް ފުރިހަމަނުކޮށް ސޮއިކޮށްފައިވާ އެގްރީމެންޓެއްނަމަ، މި މާއްދާގެ ދަށުން އެ މެނޭޖްމަންޓް އެގްރީމަންޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، މި ބުނެވުނު ށަރުތުތައް ފުރިހަމަ ކުރެވިފައިވާ އެގްރީމެންޓަކަށްވުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 14/2010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު