-

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-07) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-07)
  

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

17. ވާރކް ވިޒާގައި ހުރި މީހަކު ފިލުން

(ހ) ވާރކް ވިޒާގައި ހުރި މީހަކު ވަޒީފާ ދިން ފަރަތަށް ފިލައިފިނަމަ ނުވަތަ ވީތަނެއް ނޭގި ގެއްލިއްޖެނަމަ 48 ގަޑިއުރުގެ ތެރޭގައި އެކަން އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާއިރު ބިދޭސީ މީހާގެ ޕާސްޕޯޓު ވަޒީފާ ދިން ފަރާތުގެ ހަވާލުގައި އޮތްނަމަ ޕާސްޕޯޓު އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ށަރުއީ ކޯޓުތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓާއި، އަދި ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަ ނިމޭ ގޮތުގެ މައްޗަށް ބަލައި ބިދޭސީމީހާ ފުރައިގެން ދިޔުމުން އެ މީހަކަށް ދޫކުރެވިފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމުގެ އިހުތިޔާރު މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) ފިލައިގެން ނުވަތަ ގެއްލިގެން ހުށަހަޅާ މީހާގެ ވާރކް ވިޒާ ފީ، މައްސަލަ ހުށަހަޅާ ދުވަހާ ހަމައަށް ދައްކަންވާނެއެވެ. އަދި އެ ދުވަހުގެ ފަހުން ވާރކް ވީޒާ ފީ ދައްކާކަށް ނުޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި މިހެން ބަޔާންކޮށްފައިވީ ނަމަވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހެއްގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރަން ޖެހިއްޖެނަމަ ބިދޭސީމީހާ ފިލައިގެން ރިޕޯޓު ކުރި ދުވަހާ ހަމައަށް ވާރކް ވީޒާ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ބިދޭސީމީހާއަށް ވަޒީފާ ދިން ފަރާތުން ކަމާބެހޭ އިދާރާއަށް ދައްކަންޖެހޭނެއެވެ.

(ބ) ފިލައިގެން ނުވަތަ ގެއްލިގެން ހުށަހަޅާ މައްސަލަތަކުގައި ހިމެނޭ ބިދޭސީން މި ޑީޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެވޭ ހިނދުން ފެށިގެން އެ މީހެއްގެ ގައުމަށް ފޮނުވަލުމާ ހަމައަށް ހިނގާ ހަރަދުގެ ޒިންމާ އުފަލަންވާނީ އެ ބިދޭސީއަކު ފިލިއިރު ނުވަތަ ގެއްލުނުއިރު އެ މީހަކަށް ވަޒީފާ ދީފައިވާ ފަރާތުންނެވެ. މިގޮތަށް ހަރަދު ނުކޮށްފިނަމަ ބިދޭސީމީހާގެ ނަމުގައި ބަހައްޓާފައިވާ ޑިޕޮޒިޓް ފައިސާއަށް ހަރަދު ކުރެވޭނެއެވެ. އަދި ޑިޕޮޒިޓް ފައިސާއަށްވުރެ އިތުރަށް އިމިގްރޭށާނުން ހަރަދުކޮށްފައިވާނަމަ އެ ފައިސާ، ވަޒީފާދިން ފަރާތުން އިމިގްރޭށަނަށް ދައްކަންވާނެއެވެ.

(ޅ) ބިދޭސީއަކު ފިލައިފިނަމަ، އެ ބިދޭސީއަކު ހޯދައި ފުރުވާލެވެންދެން، ޑިޕޮސިޓުގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާ ދުލެއްނުކުރެވޭނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި މިހެން ބަޔަންކޮށްފައިވީ ނަމަވެސް ބިދޭސީއަކު ދިވެހިރާއްޖެ ގެނައުމަށްޓަކައި ބަހައްޓާފައިވާ ޑިޕޮޒިޓް ފައިސާއިން އެ ބިދޭސީއަކު، ދިވެހިރާއްޖެއިން ފޮނުވާލުމަށްޓަކައި އެއްވެސް ހަރަދެއްކޮށްފިނަމަ ޑިޕޮޒިޓް ފައިސާ އަނބުރާ ނުލިބޭނެއެވެ. އެހެންނަމަވެސް، އިމިގްރޭށަން ޑިޓެންށަން މެދުވެރިކޮށް ބިދޭސީމީހާ ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ހުރިހާ ހަރަދެއް ވަޒީފާދިން ފަރާތުން ކޮށްފައިވާނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ ބިދޭސީމީހާ ފުރައިގެންދިޔުމުން އަނބުރައި ލިބޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި، 'ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން' މިގޮތަށް ބަޔާންކޮށްފައިވާ ތަންތަން 'މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލް' އަށް ބަދަލުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި، 'ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން' މިގޮތަށް ބަޔާންކޮށްފައިވާ ތަންތަން 'މޯލްޑިވްސް އިމިގްރޭށަން' އަށް ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-09)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު