-

ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު 2008 އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-67)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޮގަސްޓް 2017 ގައި)

 

1 އޮކްޓޫބަރު 2008 އިން ފެށިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަމަލުކުރަމުން އަންނަ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު 2008" އަށް އަންނަނިވި އިސްލާހުތައް ގެނައުން: 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން: 

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އައްޔަންކުރައްވާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ 5 (ފަހެއް) މުވައްޒަފުންގެ މައްޗައް އެކުލެވޭ އަގު ކޮމެޓީގެ މަށްވަރާއާއެކު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

10 (ރ) ޓެކްސް ނެގުމަށް ބޭނުންވާނެ އެންމެ ދަށް އަގު މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމެޓީގެ މަށްވަރާއާއެކު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަނޑައަޅާ އިއުލާންކުރަންވާނެއެވެ. އަދި މި އަގަށް ގެންނަން ފެންނަ ބަދަލު، މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމެޓީގެ މަށްވަރާއާއެކު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެންނަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން:

ބިމުގެ އަގު ކަނޑައެޅުމުގައި، އެ ސަރަހައްދެއްގެ އިގްތިސާީދ، އިޖްތިމާއީ ހާލަތާއި، ބިމުގެ ތަނަވަސްކަމަށާއި، ބިމުގެ މުއާމަލާތްތައް އެއިރަކު ހިންގަމުންދާ ގޮތަށާއި، މިނޫންވެސް ބިމާބެހޭ މުއާމަލާތު ހިންގުމާ ގުޅުންހުރި އެހެނިހެން ކަންކަމަށް ބެލުމަށްފަހު، އަމިއްލަކުރާ ބިމަށް ސަރުކާރަށް ދައްކަންޖެހޭ އެންމެ ދަށް އަގާއި، އެ ބިން އަމިއްލަކުރާއިރު ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގު، ރާއްޖޭގެ އެކި ސަރަހައްދަށް ނުވަތަ އެކި ރަށްރަށަށް ނުވަތަ ރަށެއްގެ އެކި ހިސާބުތަކަށް ތަފާތުވާނެ ގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާ ކޮމެޓީގެ މަށްވަރާގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު - 2008

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު (2008) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު