މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު
(2008)
1 ވަނަ މާއްދާ - ތައާރުފު
މިއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި، ފުލުހުންގެ މަގާމު ދަށްކުރުމާއި، ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދެވެ.
2 ވަނަ މާއްދާ - މި ގަވާއިދުގެ ނަން
މިގަވާއިދަށް ކިޔާނީ "މަގާމުގެ ކުރިއެރުމާއި މަގާމު ދަށްކުރުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ- ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސާރވިސް އިންނެވެ.
4 ވަނަ މާއްދާ- ފުލުހުންގެ މަގާމުތައް
ފުލުހުންގެ މަގާމުތައް، ދަރަޖައިގެ ތަރުތީބުން، ތިރީގައި ބަޔާންވެގެން އެވަނީއެވެ.
(ހ) ކޮމށަނަރ އޮފް ޕޮލިސް
(ށ) ޑެޕިއުޓީ ކޮމިށަަނަރ އޮފް ޕޮލިސް
(ނ) އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް
(ރ) ޗީފް ސްޕްރިންޓެންޑެންޓް
(ބ) ްޕްރިންޓެންޑެންޓް
(ޅ) ީފް އިންސްޕެކްޓަރ
(ކ) ިންސްޕެކްޓަރ
(އ) ސަބް އިންސްޕެކްޓަރ
(ވ) ޗީފް ސްޓށަން އިންސްޕެކްޓަރ
(މ) ސްޓޭށަން އިންސްޕެކްޓަރ
(ފ) ްޓާފް ސަރޖަންޓް
(ދ) ސަރޖަންޓް
(ތ) ކޯޕްރަލް
(ލ) ލާންސް ކޯޕްރަލް
(ގ) ކޮންސްޓަބަލް
5 ވަނަ މާއްދާ - މަގާމުގެ ށަރުތުތައް
މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފުލުހުންގެ މަގާމުތަކުގެ ށަރުތުތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.
6 ވަނަ މާއްދާ - ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް
ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.
(ހ) ނިށާން އާޒީގެ ށަރަފު
(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑަލް
(ނ) ހުރަވީ ރަން މެޑަލް
(ރ) ހުރަވީ ރިހި މެޑަލް
(ބ) 3 ނޮވެމްބަރުގެ މެޑަލް
(ޅ) ޖިހާދުގެ ރަތް މެޑަލް
(ކ) ސުނާމީ ކާރިސާގެ މެޑަލް
7 ވަނަ މާއްދާ - މުއައްސަސާ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް
މުއައްސަސާ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މަތިވެރި ހިދުމަތުގެ މެޑަލް
(ށ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް
(ނ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް
(ރ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑަލް
(ބ) އިހްލާސްތެރި ހިދުމަތުގެ މެޑަލް
(ޅ) ފުލުހުންގެ ހިދުމަތުގެ މެޑަލް
(ކ) އަހްލާގީ މެޑަލް
(އ) ފުލުހުންގެ މެޑަލް
8 ވަނަ މާއްދާ - ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަ
ގައުމީ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ކުލައަކީ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" އެވެ.
9 ވަނަ މާއްދާ - މުއައްސަސާ ފެންވަރުގައި ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަ
މުއައްސަސާ ފެންވަރުގައި ފުލުުހުންނަށް ދެވޭ ށަރަފުގެ ކުލަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިގު މުއްދަތުގައި ހިދުމަތްކުރުމުގެ ކުލަ
(ށ) ހިތްވަރުގަދަކަމުގެ ކުލަ
(ނ) އިހްލާސްތެރި ހިދުމަތުގެ ކުލަ
(ރ) ފުލުހުންގެ ހިދުމަތުގެ ކުލަ
(ބ) އަހްލާގީ ކުލަ
(ޅ) ހާއްސަ ހިދުމަތުގެ ކުލަ
(ކ) ކާމިޔާބުގެ ކުލަ
(އ) ހުނަރުވެރިކަމުގެ ކުލަ
(ވ) ހެވިކަމުގެ ކުލަ
10 ވަނަ މާއްދާ – ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންގެ ށަރުތުތައް
މި ގަވާއިދުގެ 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގައި ބުނެފައިވާ، ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންގެ ށަރުތުތައް މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި ވާނެއެވެ.
11 ވަނަ މާއްދާ- ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަތަކުގެ ށަރުތު
މި ގަވާއިދުގެ 8 ވަނަ މާއްދާ އާއި 9 ވަނަ މާއްދާގައި ބުނެފައިވާ، ފުލުހުންނަށް ދެވޭ ށަރަފުގެ ކުލަތަކުގެ ށަރުތުތައް މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައި ވާނެއެވެ.
12 ވަނަ މާއްދާ – މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމާއި މަގާމު ދަށްކުރުން
(ހ)ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ލަފާދިނުމަށާއި ށަރަފުގެ ނިށާން އަދި ކުލަތައް ދިނުމަށް ލަފާދިނުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހާއްސަ ބޯޑެއް މޯލްޑިވްސް ޕޮލިސް ސާރވިސްގައި އޮންނަން ވާނެއެވެ. މި ބޯޑަށް މެންބަރުން އައްޔަން ކުރާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ބޯޑުގެ މަސްއޫލިއްޔަތަކީ މި ގަވާއިދުގެ ދަށުން ފުލުހުންގެ ތެރެއިން މަގާމުގެ ކުރިއެރުމާއި މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލަ އަދި މެޑަލް ދޭންޖެހޭ ފަރާތްތައް ކަނޑައެޅުމެވެ.
(ނ) ފުލުހެއްގެ މަގާމު ދަށްކުރުމަށް މިނިސްޓަރ އަށް ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް އެވެ.
(ރ) ފުލުހުންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާންތައް ދިނުމާއި، މަގާމް ދަށްކުރުމަށް ނިންމާނީ ކޮމިށަނަރ އޮފް ޕޮލިސްގެ ލަފައާއި އެކު މިނިސްޓަރ އެވެ.
13 ވަނަ މާއްދާ - މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމަށް އެދި ބޯޑަށް ހުށަހެޅުން
(ހ) މަގާމްގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމުގެ ށަރުތު ފުރިހަމަވާ ފުލުހުންނަށް މަގާމްގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމަށްޓަކައި މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ)ގައިވާ ބޯޑަށް ހުށަހަޅާނީ އެ ފުލުހަކު ސީދާ ރިޕޯޓްކުރާ ފަރާތުގެ މަށްވަރާގެ މަތިން އޭނާ މަސައްކަތްކުރާ ޑިޕާރޓްމަންޓްގެ އެންމެ އިސްވެރިޔާއެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ)، (ރ)، (ބ)، (ޅ)، (ކ)، (އ) ގައި ބަޔާންކުރެވިފައިވާ މަގާމްތަކަށް މަގާމުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅާނީ، ކޮމިށަނަރ އޮފް ޕޮލިސް އެވެ.
(ނ) މަގާމްގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލައާއި މެޓެލް ދިނުމަށް ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމުންނެވެ.
14 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމުގައި ބޯޑުން ބަލަންވާނެ ކަންތައްތައް
މަގާމުގެ ކުރިއެރުން ދިނުމަށް މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑަށް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް އަށް ހުށަހެޅުމުން އަންނަނިވި ކަންތައްތަކަށް ބޯޑުން ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ރިއާޔަތްކުރަން ވާނެއެވެ.
(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން؛
(ށ) ސްޓާފް ޕާފޯރމަންސް އެޕްރައިސަލް؛
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގައި ހުސް މަގާމު އޮތް މިންވަރު؛
(ރ) ކުރިއެރުން ދިނުމަށް ހުށަހެޅިފައިވާ މަގާމުގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަން އެފުލުހެއްގެ ކިބައިގާ ހުރި މިންވަރު؛
(ބ) ފިޒިކަލް ފިޓްނަސް.
15 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުމުގައި ބޯޑުން ބަލަންވާނެ ކަންތައްތައް
ށަރަފުގެ ނިށާން ދިނުމަށް މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ބޯޑުން ލަފާދޭން ވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާނަމައެވެ.
16 ވަނަ މާއްދާ- މަގާމް ދަށްކުރުން
(ހ) ފުލުހުންނަށް ދެވޭ އިދާރީ އަދަބެއްގެ ގޮތުން މަގާމް ދަށްކުރުމާމެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ، އަމަލުކުރާނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކުގެ އަދަބު ދިނުމާއި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
(ށ) ޕޮލިސް އިންޓަގްރިޓީ ކޮމިށަނުން ތަހުގީގްކުރާ މައްސަލައެއް ނުވަތަ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ ނުވަތަ އެހެންވެސް އަދަބު ކަނޑައެޅުމުގެ ގާނޫނީ ށަހުސެއް ލިބިފައިވާ ފަރާތަކުން ފުލުހެއްގެ މަގާމް ދަށްކުރުމަށް މިނިސްޓަރަށް ހުށަހެޅުމަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެެވެ.
(ނ) ކޮމިށަންޑް އޮފިސަރަކަށް ނުވާ ފުލުހެއްގެ މަގާމް، ފަހަރަކު ދަށްކުރެވޭނީ އެއް މަގާމަށެވެ. ނަމަވެސް ކޮމިށަންޑް އޮފިސަރަކު ކޮށްފައިވާ އަމަލެއްގެ ސަބަބުން އެފުލުހަކު، އެއްފަހަރާ، އެއްމަގާމް ނުވަތަ އެއް ރޭންކަށްވުރެ ދަށް ރޭންކަކަށް ބަދަލުކުރެވިދާނެއެވެ. މިގޮތުން ޗީފް ސްޓޭށަން އިންސްޕެކްޓަރ އަށް ވުރެ ދަށް މަގާމަކަށް ބަަދަލު ނުކުރެވޭނެއެވެ.
17 ވަނަ މާއްދާ – ށަރަފުގެ ނިށާނާއި ކުލަ ނެގުން
(ހ) ފުލުހުންނަށް ދެވޭ ށަރަފުގެ މެޑެއްޔާއި ކުލަ، އެ ފުލުހެއްގެ ކިބައިން ނެގޭނީ އެ މެޑަލް ނުވަތަ ކުލައެއްގެ ށަރުތު ހަމަނުވަނީސް، އެ ފުލުހަކު އަމިއްލައަށް ހަގީގަތާއި ހިލާފަށް ކަމެއްކޮށްގެން ނުވަތަ ކުރުވައިގެން އެ ކުލަ ނުވަތަ ށަރަފުގެ ނިށާންގެ ށަރުތު ފުރިހަމަކޮށްފައިވާ ފަދަ ހާލަތްތަކުގައެވެ.
(ށ) ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށްތައް ތަކުރާރުކުރާ ފުލުހަކަށް ދީފައިވާ އަހްލާގީ ކުލަ އިން އެ ފުލުހަކު މަހުރޫމް ކުރެވިދާނެއެވެ. މިގޮތުން ނެގޭނީ އެންމެފަހުން އެ ފުލުހަކަށް ދެވިފައިވާ އަހްލާގީ ކުލައެވެ.
18 ވަނަ މާއްދާ- ހާއްސަ ގޮތަކަށް މަގާމުގެ ކުރިއެރުން
ފުލުހަކަށް ލިބިފައިވާ ހާއްސަ ހުނަރަށާއި، އަދާކުރަމުންދާ ޒިންމާއަށާއި، އެ ފުލުހެއްގެ ގާބިލްކަމަށް ރިއާޔަތްކޮށް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ށަރުތު ފިރހަމަނުވާ ފުލުހަކަށް، ހާއްސަ ޕްރޮމޯށަނެއްގެ ގޮތުގައި މަގާމުގެ ކުރިއެރުން ދިނުމަށް ކޮމިށަނަރ އޮފް ޕޮލިސް އަށް، މިނިސްޓަރަށް ލަފާ އެރުވިދާނެއެވެ.
19 ވަނަ މާއްދާ – މި ގަވާއިދުގެ ދަށުން ނިންމާ ނިންމުމާބެހޭ ގޮތުން އިލްތިމާސްކުރުން
މަގާމުގެ ކުރިއެރުމާއި މެޑެލި، ކުލަ އަދި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރަން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެކަން ކޮމިށަނަރ އޮފް ޕޮލިސް އަށް ނުވަތަ މިނިސްޓަރަށް އިލްތިމާސްކުރުމުގެ ހައްގު ކޮންމެ ފުލުހަކަށް ލިބިގެންވެއެވެ.
-----------
ޖަދުވަލު 1
ފުލުހުންގެ މަގާމުތަކުގެ ށަރުތު
(ހ) ކޮންސްޓަބްލް
- ގްރޭޑް 10 ނިންމާފައިވުން؛ ނުވަތަ
- ފުލުހުންގެ ހިދުމަތަށް ބެނުންވާ ހުނަރެއް ލިބިފައިވާ މީހެއް ކަމުގައިވުން.
(ށ) ލ.ކޯޕްރަލް
- ޖީ.ސީ.އީ. އޯލެވެލް އިމްތިހާނުގައި 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި އަދި އިސްލާމުން" މި 02 މާއްދާ އިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއި، ކޮންސްޓަބަލް މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ކޮންސްޓަބަލް މަގާމުގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ، ފުލުހުންނާއި ގުޅޭ ދާއިރާ އަކުން 03 މަސް ދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 03 މަސް ދުވަސް ހަމަވުމާއެކު ކޮންސްޓަބަލް މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ކޮންސްޓަބަލް މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގައި 02 މާއްދާ އިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، އެޗް.އެސް.ސީ އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި 02 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ކޮންސްޓަބަލް މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުން.
(ނ) ކޯޕްރަލް
- ލާންސް ކޯޕްރަލް މަގާމުގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޕޮލިސް އެކަޑަމީއިން ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ، ފުލުހުންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 06 މަސް ދުވަހަށްވުރެ ކުރު ނޫން މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތައް ހަދައިގެން 06 މަސް ދުވަސް ހަމަވުމާއެކު ލާންސް ކޯޕްރަލް މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގައި 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ލާންސް ކޯޕްރަލް މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ލާންސް ކޯޕްރަލްގެ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ހަޔަރ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން.
(ރ) ސަރޖަންޓް
- ކޯޕްރަލް މަގާމުގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންގެ ދާއިރާއިން 10 މަސްދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 10 މަސް ދުވަސް ހަމަވުމާއެކު ކޯޕްރަލް މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ހަޔަރ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހަދާފައިވުމާއެކު ކޯޕްރަލް މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޕޮލިސް އެކަޑަމީ ނުވަތަ މޯލްޑިވްސް އެކރެޑިޓޭށަން ބޯދުން ގަބޫލުކުރާ ފެންވަރުގެ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ނުވަތަ 01 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުން؛ ނުވަތަ
(ބ) ސްޓާފް ސާރޖަންޓް
- ސާރޖަންޓް މަގާމުގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުްގެ ދާއިރާއިން 01 އަހަރު ދުވަހުގެ ކޯހެއް ނުވަތަ ވަކި ވަކި ކޯސްތަކެއް ހަދައިގެން 01 އަހަރު ދުވަސް ހަމަވުމާއެކު ސަރޖަންޓް މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އާއި އެކު 01 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ސަރޖަންޓް މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
(ޅ) ސްޓޭށަން އިންސްޕެކްޓަރ
- ސްޓާފް ސަރޖަންޓް މަގާމުގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންނާއި ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ ކޯހެއް ނުވަތަ ވަކި ވަކި ކޯސްތަކެއް ހަދައިގެން 01 އަހަރު ދުވަސް ހަމަވުމާއެކު ސްޓާފް ސަރޖަންޓް މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އާއިއެކު 01 އަހަރު ދުވަހަށްވުރެ ދިގުމުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ސްޓާފް ސަރޖަންޓް މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ސީނިއަރ އޮފިސަރސް ފެންވަރުގެ 06 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 06 މަސް ދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ފެންވަރުގެ ކޯސްތަކެއް ފުރިހަމަކޮށްފައިވުން؛ ނުވަތަ
(ކ) ޗީފް ސްޓޭށަން އިސްޕެކްޓަރ
- ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ފުލުހުންގެ ދާއިރާއިން 01 އަހަރު ދުވަހުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 01 އަހަރު ދުވަސް ހަމަވުމާއެކު ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑީޓޭށަން ބޯޑުން ގަބޫލުކުރާ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އާއިއެކު 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ސީނިއަރ އޮފިސަރސް ފެންވަރުގެ 06 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 06 މަސް ދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކޮށްފައިވުން.
(އ) ސަބް އިންސްޕެކްޓަރ
- ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ނުވަތަ 01 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޗީފް ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ސީނިއަރ އޮފިސަރ ފެންވަރުގެ 06 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 06 މަސް ދުވަސް ހަމަވާ ސީނިއަރ އޮފިސަރ ކޯސްތަކެއް ފުރިހަމަކުރުމާއެކު ޗީފް ސްޓޭށަން އިންސްޕެކްޓަރގެ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ޗީފް ސްޓޭށަން އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
(ވ) އިންސްޕެކްޓަރ
- ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ނުވަތަ 01 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ސަބް އިންސްޕެކްޓަރ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސީނިއަރ އޮފިސަރ ފެންވަރުގެ 06 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 06 މަސް ދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު ސަޕް އިންސްޕެކްޓަރ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރާއެކު ސަބް އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލް ކޮށްފައިވުން
(މ) ޗީފް އިންސްޕެކްޓަރ
- ޕޮލިސް އެކަޑެމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ނުވަތަ 01 އަހަރަށްވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު އިންސްޕެކްޓަރ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު އިންސްޕެކްޓަރ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމާއެކު ސީނިއަރ އޮފިސަރ ފެންވަރުގެ 06 މަސްދުވަހަށްވުރެ ދިގު މުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 06 މަސް ދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލް ކުރުމާއެކު އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
(ފ) ސުޕްރިޓެންޑެންޓް
- ޕޮލިސް އެކަޑަމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ ފަސްޓް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ނުވަތަ 01 އަހަރަށް ވުރެ ދިގު މުއްދަތުގެ އޮފިސަރ ފެންވަރުގެ ތަމްރީނެއް ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ މަގާމުގައި 03 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޕޮލިސް އެކަޑަމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޕޮލިސް އެކަޑަމީ ނުވަތަ މޯލްޑިވްސް އެކްރެޑިޓޭށަން ބޯޑުން ގަބޫލުކުރާ މާސްޓަރ ޑިގްރީ ނުވަތަ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމާއެކު ސީނިއަރ އޮފިސަރ ފެންވަރުގެ 06 މަސްދުވަހަށްވުރެ ދިގުމުއްދަތުގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 06 މަސްދުވަސް ހަމަވާ ސީނިއަރ އޮފިސަރސް ކޯސްތަކެއް ފުރިހަމަކުރުމާއެކު ޗީފް އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލް ކުރުމާއެކު ޗީފް އިންސްޕެކްޓަރ މަގާމުގައި 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
(ދ) ޗީފް ސުޕްރިޓެންޑެންޓް
ސްޕްރިންޓެންޑެންޓްގެ މަގާމުގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން
(ތ) އެސިސްޓްންޓް ކޮމިށަނަރ އޮފް ޕޮލިސް
ޗީފް ސްޕްރިންޓެންޑެންޓް މަގާމުގައި 03 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން
(ލ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް
އެސިސްޓެންޓް ކޮމިށަނަރގެ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ތަޖުރިބާ ލިބިފައިވާ ފުލުހަކު ކަމުގައިވުން.
(ގ) ކޮމިށަނަރ އޮފް ޕޮލިސް
އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް އަށް ވުރެ ދަށް ނޫން، މަގާމެއްގައި ހުރެ ތަޖުރިބާ ލިބިފައިވާ ފުލުހަކު ކަމުގައިވުން.
-------------
ޖަދުވަލު 2
ފުލުހުންނަށް ދެވޭ ށަރަފުގެ ނިށާންތަކުގެ ށަރުތުތައް
(ހ) ނިށާން އާޒީގެ ށަރަފް
މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް ލިބިދާފަދަ ދާހިލީ ނުރައްކަލެއް ގައުމަށް ކުރިމަތިވާހިނދު އެކަމުގައި އެމީހެއްގެ މަސްއޫލިއްޔަތުގެ އިތުރަށް އަމިއްލައަށް އިސްނަގައިގެން އެކަމުގައި ހަށިގަނޑާއި ފުރާނަޔަށް ދާދިނުމަށް ކެރިގެން މަސައްކަތް އެއްވެސް ބެލުމެއް ނެތި މިގައުމަށް ނަސްރު ހޯދާދިނުމަށް ކެރިގެން މަސައްކަތް ކުރުމުގައި، ކުރި އާދަޔާއި ހިލާފް ހިތްވަރުގަދަ އަމަލެއްގެ އަގު ވަޒަންކުރުމުގެ ގޮތުން ފުލުހުންނަށް ދެވޭ އެންމެމަތީ މެޑެއްޔެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑަލް
މިއީ ފުލުހެއްގެ ހިދުމަތް، ވަރަށް ހާއްސަ ގޮތެއްގައި ފާހަގަ ކުރެވިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.
- ނިށާން އާޒީގެ ށަރަފު ހާސިލްކުރާ ކޮންމެ ފަރާތެއް؛
- ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހިދުމަތް ހާއްސަގޮތެއްގައި ފާހަގަކުރެވޭ ފަރާތެއް؛
- މަތިވެރި ހިދުމަތުގެ މެޑަލް ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި ފާހަގަކުރެވޭ ފަރާތެއް؛
- ހިދުމަތް ފާހަގަކުރެވިގެން މި މެޑަލް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކޮންމެ ފަރާތެއް.
(ނ) ހުރަވީ ރަން މެޑަލް
މިއީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ގައުމު ސަލާމަތް ކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް އާދަޔާ ހިލާފް ހިތްވަރުގަދަކަމާއި ޖެހިލުން ކުޑަ ކަމެއް ސާބިތުކޮށްދިން ފަރާތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ނިށާން އާޒީގެ ށަރަފް ހައްގުވާ ފަދަ އަމަލެއް ކަމުގައި ގިންތި ނުކުރެވޭ ފުލުހުންނަށެވެ.
- ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް ހިތްވަރުގަދަ ކަމެއް ސާބިތުކޮށްދިންފަރާތެއް؛
- ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ތިމާގެ ހަށިގަނޑަށް އަދި ފުރާނައަށް އެއްވެސް ބެލުމެއްނެތި ވަރަށް ހިތްވަރާއި އެކު އެފެންވަރުގެ އެހެންމީހުންނާއި ހިލާފަށް ފާހަގަކުރެވޭ އަމަލެއް ކޮށްފައިވާ ފަރާތެއް؛
- ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި، ނުރައްކާތެރި ދަނޑިވަޅެއްގައި އެމީހެއްގެ ހަށިގަނޑާއި ފުރާނައަށް އެއްވެސް ބެލުމެއް ނެތި އާދަޔާ ހިލާފް ޖެހިލުންކުޑަ އަމަލެއް ކުރި ފަރާތެއް.
(ރ) ހުރަވީ ރިހި މެޑަލް
މިއީ ފާހަގަކުރެވޭ ހިތްވަރުގަދަ ކަމާއި ޖެހިލުންކުޑަކަމެއް ސާބިތު ކޮށްދިން ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ގައުމަށްދިމާވާ ނުރައްކާތެރި ހާލަތެއްގައި އަމަންއަމާންކަމާ ސުލްހަ މަސްލަހަތަށް ގެއްލުންވާ ފަދަ ކަމެއްގައި ހަރަކާތްތެރި ވުމުގައި ތިމާގެ ހަށިގަނޑާއި ފުރާނައަށް ބެލުމެއްނެތި ހިތްވަރުގަދަ އަދި ޖެހިލުންކުޑަ އަމަލެއް (ހުރަވީ ރަން މެޑަލް ހައްގުވާ ވަރަށް ވުރެ ދަށު ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރިފަރާތެއް؛
- ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ހިތްވަރުގަދަ އަމަލެއް (ހިތްވަރުގަދަކަމުގެ ކުލަ ހައްގުވާ ވަރަށްވުރެ މަތީ ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
- އަމަން އަމާންކަމާ ސުލްހަ މަސްލަހަތު ގެއްލުންވާފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ތިމާގެ ފުރާނަޔަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރަސްކޮށް ވަރަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.
(ބ) 3 ނޮވެމްބަރ މެޑަލް
މިއީ 3 ނޮވެމްބަރ 1988 ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާގައި ގައުމާއި ވަތަންގެ ދިފާއުކުރުމުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރި ސިފައިންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވިފައިވާ މެޑައްޔަކަށް ވީނަމަވެސް މިމެޑައްޔަކީ ގައުމީ ފެންވަރުގެ މެޑެއްޔަކަށް ވާތީ ފުލުހުންގެ ޔުނިފޯރމާއި އެކީ މި މެޑެލި ބޭނުންކުރުން ހުއްދައެވެ. ނަމަވެސް، މިއީ އެއިރު މިމެޑަލް ދެވިފައިވާ މީހުން ފިޔަވައި އިތުރު އެހެން ފުލުހަކަށް ފަހުން ފުލުހުންނަށް ދެވޭނެ މެޑެއްޔެއް ނޫނެވެ.
(ޅ) ޖިހާދުގެ ރަތް މެޑަލް
މިއީ ސިފައިންނާއި ގުޅިގެން ގައުމަށްޓަކައި ވަތަން ދިފާއު ކުރުމަށް ޖިހާދު ކުރުމުގައި ދުށްމަނުންގެ ހަމަލާއަކުން ށަހީދުވި ނުވަތަ ހަށިގަނޑަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ލިބުނު ފަރާތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
- މި މެޑަލް ދެވޭނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ހަރަކާތްތެރިވަނިކޮށް ދުށްމަނުންގެ ހަމަލާއަކުން ށަހީދުވި ނުވަތަ ޒަހަމްވެއްޖެ ފަރާތަކަށެވެ. ޒަހަމެއް ކަމަށް ބެލެވޭނީ ދުށްމަނުންގެ ހަމަލާއަކުން ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް ލިބޭ ގެއްލުމަކަށް ބަލާ، އެކަމަކީ ޑޮކްޓަރުންގެ ފަރުވާއަކަށް ބޭނުންވާވަރުގެ ޒަހަމަކަށް ވުމުންނެވެ. ށަހީދުވެފައިވާ ފުލުހަކަށް ދެވޭ މެޑަލް ހަވާލު ކުރެވޭނީ އެފުލުހެއްގެ އެންމެ ގާތް ވާރުތަވެރިޔާއާއިއެވެ.
(ކ) ސުނާމީ ކާރިސާގެ މެޑަލް
މި މެޑަލްއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ދިވެހި ރައްޔިތުންގެ ފުރާނައާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފުލުހުންނަށް ދެވޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- މޯލްޑިވްސް ޕޮލިސް ސާރވިސްގެ ވަޒީފާގައިހުރި މީހެއްކަމުގައިވުން؛
- ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ދިވެހި ރައްޔިތުންގެ ގޯ މުދާ ސަލާމަތްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހަކު ކަމުގައިވުން.
- ސުނާމީ ކާރިސާގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އެފަދަ އެހެން މީހުންނާއި ހިލާފަށް ފާހަގަކޮށްލެވޭ ފަދަ އަމަލެއްކޮށްފައިވާ ފުލުހެއް ކަމުގައިވުން.
(އ) މަތިވެރި ހިދުމަތުގެ މެޑަލް
މިއީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުލުހުންގެ ވަޒީފާގައި ގައުމަށް ފައިދާ ހުރި ގޮތުގައި އަގުހުރި ގޮތުގައި ގިނަ ހިދުމަތްތަކެއް އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. އާންމު ގޮތެއްގައި މި މެޑަލް ދެވޭނީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިޓެއްގެ ނުވަތަ ޑިޕާރޓްމަންޓެއްގެ ވެރިއެއްގެ މަގާމުގައި 15 އަހަރު ހުރެ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް؛
- ފުލުހުންގެ ހިދުމަތުގެ މެޑަލް ނުވަތަ އިހްލާސްތެރި ހިދުމަތުގެ މެޑަލް (2 ( ލިބިފައިވާ ފުލުހުންގެ ތެރެއިން ފުލުހުންގެ ވަޒީފާގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް.
(ވ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް
މިއީ ތިމާގެ އަމިއްލަ ފުރާނަޔަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ނުބަލައި އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އަމިއްލަ ފުރާނަޔަށް އެއްވެސް ބެލުމެއް ނެތި އެހެން އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
- އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލާ މިމެޑަލް ދިނުމަށް ހައްގުވާކަން ސާބިތުވާ ފަރާތެއް.
(މ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް
މިއީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތްތަކަށް ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
- އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރަށް ބަލައި މިމެޑަލް ދިނުން ހައްގުވާކަން ސާބިތުވާ ފަރާތެއް.
- މިއަމަލަކީ ފުރާނަ ސަލާމަތްކުރުމުގެ ރަންމެޑަލް ހައްގުވާފަދަ އަމަލެއް ކަމުގައި ނުވުން.
(ފ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑަލް
މިއީ މެދުނުކެޑި 25 އަހަރު ފުލުހުންގެ ހިދުމަތުގައި އުޅުމުން ލިބޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ފެލުހުންގެ ހިދުމަތުގެ މެޑަލް ލިބިފައިވާ ފަރާތެއް؛
- މެދުނުކެޑި 25 އަހަރު ފުލުހެއްގެ ހައިސިއްޔަތުން ހިދުމަތްކުރި ފަރާތެއް.
(ދ) އިހްލާސްތެރިކަމުގެ ހިދުމަތުގެ މެޑަލް
މިއީ މެދުނުކެޑި ފުލުހުންގެ ހިދުމަތުގައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ހިދުމަތްކުރުމުގައި 15 އަހަރު ދެމިހުރި ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.
- އިހްލާސްތެރި ހިދުމަތުގެ ކުލަ ލިބުމަށްފަހު މެދުނުކެޑި 5 އަހަރަށްވުރެ ކުރު ނޫން މުއްދަތެއްގައި ވަފާތެރިކަމާއި އިހްލާސްތެރިކަމާ އެކު ފުލުހުންގެ ވަޒީފާގައި ހިދުމަތްކުރި ފަރާތެއް؛ ނުވަތަ
- ރައީސުލްޖުމްހޫރިއްޔާގެ ކުލާއާއި ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ލިބިފައިވާ ފުލުހުންގެ ތެރެއިން ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު ފުލުހުންގެ ވަޒީފާގައި ހިދުމަތްކުރާކަން ފާހަގަ ކުރެވޭ ފަރާތެއް.
(ތ) ފުލުހުންގެ ހިދުމަތުގެ މެޑަލް
މިއީ މެދުނުކެޑި 20 އަހަރު ފުލުހެއްގެ ގޮތުގައި ހިދުމަތް ކުރުމުން ލިބޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތަކަށެވެ. ތިރީގައިވާ ށަރުތު ފުރިހަމަވެގެން މިމެޑެލް ދެވޭ ފަރާތެއް ކަނޑައަޅާނީ އެފުލުހެއްގެ ރިކޯރޑަށް ބަލާ އިންސާފު ކުރެވިގެންނެވެ.
- މެދުނުކެޑި 20 އަހަރު ފުލުހެއްގެ ގޮތުގައި ހިދުމަތް ކޮށްފައިވާ ފަރާތެއް؛ ނުވަތަ
- އިހްލާސްތެރި ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް؛ ނުވަތަ
- ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް.
(ލ) އަހްލާގީ މެޑަލް
މިއީ ފުލުހުންގެ ވަޒީފާގައި މެދުނުކެޑި 15 އަހަރު ހިދުމަތްކޮށް، އަހްލާގީކުލަ ދެފަހަރު ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަ ކުރެވޭ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މިމެޑަލް ދެވޭނީ، މެދުނުކެޑި 15 އަހަރު ފުލުހުންގެ ވަޒީފާގައި އުޅެ، އަހްލާގީ ކުލަ ދެފަހަރު ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހްލާގީ ފެންވަރު ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ ފަރާތްތަކަށެވެ.
(ގ) ފުލުހުންގެ މެޑަލް
މިމެޑައްޔަކީ 2004 ސެޕްޓެމްބަރު 01 ގައި ފުލުހުން، ސިފައިންނާއި ވަކިވެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުން މަސައްކަތްކުރާ ގޮތަށް ހަމަޖެހުމުން، އެދުވަހު ފުލުހުންގެ ވަޒީފާގައި ހުރި ކޮންމެ ފުލުހަކަށް އެދުވަހުގެ މުނާސަބަތުގައި ދެވޭ މެޑައްޔެކެވެ. މިމެޑަލް ދެވޭނީ، ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
-------------
ޖަދުވަލު 3
ފުލުހުންނަށް ދެވޭ ށަރަފުގެ ކުލައިގެ ށަރުތުތައް
(ހ) ރައީސުލްޖުމްހޫރިއްޔާގެ ކުލަ
މިކުލައަކީ ފުލުހުންގެ މީހެއްގެ ހިދުމަތް ހާއްސަގޮތެއްގައި ފާހަގަ ކުރެވިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފުލުހުންގެ އެންމެމަތީ ކުލައެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.
- ކާމިޔާބީގެ ކުލަ ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިކުލަ ދޭން ފެންނަ ފަރާތެއް؛
- ސަރުކާރަށާއި ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ހާއްސަ ހިދުމަތެއް ކުރި ކަމަށް ފާހަގަކުރެވޭ ފަރާތެއް؛
- ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ފުލުހުންގެ ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިހްލާސްތެރި ހިދުމަތުގެ ކުލައާއި ހާއްސަ ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް.
(ށ) ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލަ
މިއީ މެދުނުކެނޑި 15 އަހަރު ދުވަހު ފުލުހުންގެ ހިދުމަތުގައި އުޅުމުން ލިބޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި 15 އަހަރު ހިދުމަތްކޮށްފައިވާ ފަރާތަކަށްވުން؛
- ފުލުހުންގެ ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތަކަށްވުން؛
- ކަނޑައެޅިފައިވާ މުއްދަތުގައި ރިކޯޑު ރަނގަޅު ފަރާތަކަށްވުން.
(ނ) ހިތްވަރުގަދަކަމުގެ ކުލަ
މިއީ ގައުމަށް ދިމާވާ އެކިއެކި ހާދިސާތަކުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.
- އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ދިމާވާ ނުރައްކާތެރި ހާދިސާއެއްގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
- ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ އަގުހުރި މުދަލެއް ސަލާމަތްކުރުމުގެ ގޮތުން ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
- އާންމުންގެ މީހަކަށް ނުވަތަ ބަޔަކަށް ކުރިމަތިވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
- އަމަންއަމާންކަމާއި ސުލްހަމަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާއި ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.
(ރ) އިހްލާސްތެރިކަމުގެ ހިދުމަތުގެ ކުލަ
މިއީ ފުލުހުންގެ ހިދުމަތުގައި ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު މެދުނުކެޑި 10 އަހަރު ހިދުމަތްކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި، މިކުލަ ދެވޭނީ އެންމެ ފަހަރަކުއެވެ.
- ފުލުހުންގެ ހިދުމަތުގެ ކުލަ ހާސިލްކޮށްފައިވާ ފަރާތެއް؛
- އަމިއްލަ ކަންތައްތަކަށްވުރެ ފުލުހުންގެ ހިދުމަތަށް އިސްކަންދޭ ފަރާތެއް؛
- ހަވާލުކުރެވޭ ކަންކަމުގައި ހީވާގިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ފަރާތެއް؛
- ފަސްނުޖެހި ކަމަށް ކަމޭހިތައިގެން މަސައްކަތްކުރާ ކަމަށް ފާހަގަކުރެވޭ ފަރާތެއް.
(ބ) ފުލުހުންގެ ހިދުމަތުގެ ކުލަ
މިކުލައަކީ މެދުނުކެޑި 10 އަހަރު ވަންދެން ފުލުހުންގެ ހިދުމަތް ކުރުމުން ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، އެއްފަހަރު، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- 10 އަހަރު ދުވަހު ފުލުހުންގެ ވަޒީފާގައި އެކަށީގެންވާ ހިދުމަތެއް ކޮށްފައިވާ ފުލުހަކު ކަމުގައިވުން؛
- މިކުލަދެވޭ ފަރާތެއްގެ ޕާރސަނަލް ރިކޯޑަށް ބަލާ އަންނަނިވި ނުކުތާތަކުގެ މައްޗަށް އިންސާފްކުރަންވާނެއެވެ.
• ޗުއްޓީ، ސަލާމް އަދި ގަޑި (ގަވާއިދުން ލިބޭ ޗުއްޓީއާއި މަގްބޫލް އުޒުރެއް އޮވެގެން ބުނާ ސަލާމް ފިޔަވައި)
• ށަރުއީ ނުވަތަ ގާނޫނީ ގޮތުން އަދަބެއް ލިބޭ ފަދަ އަމަލެއް ނުކުރުން
• ފުލުހުންގެ ގާވާއިދާއި ހިލާފް ނުވުން
(ޅ) އަހްލާގީ ކުލަ
މިއީ ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި މަދުވެގެން 5 އަހަރު ހިދުމަތްކޮށްފައިވާ އަހްލާގް ރަނގަޅު މީހުންނަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ.
- ކުރެވޭ އަމުރުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ ފަރާތެއް؛
- ގަޑި، ސަލާމް އަދި ޗުއްޓީއަށް ބަލައި ތިރީގައިވާ މިންގަނޑު ފުރިހަމަވާ ފަރާތެއް؛
• ގަޑި ޖެހުމުގެ މިންވަރު އަހަރަކު ސައްތައަކުން 5 އަށް ވުރެ ގިނަނުވާ ފަރާތެއް؛
• މަގްބޫލު އުޒުރެއް ނެތި ނަގާފައިވާ ޗުއްޓީއާއި ބުނެފައިވާ ސަލާމެއް ނެތުން؛
• ކުށުގެ ރިކޯޑަށް ބަލައި އަންނަނިވި ނުކުތާތައް ފުރިހަމަވާ ފަރާތެއް؛
• ވޭތުވެދިޔަ 5 އަހަރުގެ ކުށުގެ ރެކޯޑުގެ ތެރޭގައި އަދަބެއްގެ ގޮތުން އެއްވެސް ކަހަލަ ބަންދެއް ކޮށްފައިވާ ފުލުހަކު ކަމުގައި ނުވުން.
• އަހްލާގާއި ސުލޫކަށް ބެލުމުގައި، ފުލުހުންގެ މަސައްކަތުގައްޔާއި އަމިއްލަ ކަންކަމުގައި އެމީހެއްގެ އަމަލު ރަގަޅު ފުލުހަކަށްވުން؛
(ކ) ހާއްސަ ހިދުމަތުގެ ކުލަ
މިކުލައަކީ، ހާއްސަ ގޮތެއްގައި ފާހަގަކުރެވޭ ހިދުމަތެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ ތިރީގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
- އާއްމު ގޮތެއްގައި ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރަށް ހަވާލުކުރެވޭ ހާއްސަ މަސައްކަތްތައް ފާހަގަކޮށްލެވޭފަދަ ރަނގަޅު ފެންވަރެއްގައި ކުރިފަރާތެއް؛
- ފާހަގަކޮށްލެވޭ ހާއްސަ ހިދުމަތެއް ކަމަށް ބެލެވޭ ފަދަ ހިދުމަތެއް ކުރި ފަރާތެއް؛
- އަމިއްލައަށް ފެނި އަދި އިސްނަގައިގެން ފުލުހުން ތަރައްގީކުރުމުގެ ކުރުމުގެ ގޮތުން ހާއްސަ މަސައްކަތެއް ކުރިކަން ފާހަގަވާ ފަރާތެއް.
(އ) ކާމިޔާބުގެ ކުލަ
މިއީ އެފުލުހެއްގެ ހިންމަތާއި މިންނަތުން ހޯދާ ކާމިޔާބެއްގެ ސަބަބުން ފުލުހުންނަށް ނުވަތަ ދިވެހިރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައި ދިން ފަރާތަކަށް ދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.
- އެމީހަކާއި އެއްވަރު ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ބައެއްގެ މެދުގައި ކުރެވޭ މަސައްކަތެއްގައި އެފަދަ އެހެން މީހުންނާ ހިލާފަށް ކާމިޔާބެއް ހޯދި ފަރާތެއް؛
- ބޭރު ގައުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ގޮތަކުން ނުވަތަ އެމީހާގެ އަމިއްލަ ހިންމަތާއި މިންނަތުން ފުލުހުންނަށް ނުވަތަ ރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައި ދިން ފަރާތަކަށްވުން.
(ވ) ހުނަރުވެރިކަމުގެ ކުލަ
މިއީ ތަފާތު އަމަލީ އަދި ފަންނީ މަސައްކަތްތަކުގައި އާދަޔާއި ހިލާފު ހުނަރުވެރިކަމެއް ހުރި ފަރާތަކަށްދެވޭ ކުލައެކެވެ. މިކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.
- އެމީހަކު މަސައްކަތްކުރާ ރޮނގުގައި ފާހަގަކުރެވޭފަދަ ކުޅަދާނަކަމެއް ލިބިފައިވުމާއެކު، އެކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ފަރާތަކަށްވުން؛
- އަމިއްލަ ހިޔާލުން ނުވަތަ އަމިއްލަ މަސައްކަތުން ފުލުހުންގެ ދާއިރާއަށް ނުވަތަ މުޖުތަމައަށް ބޭނުންތެރި އެއްޗެއް އީޖާދުކުރި ނުވަތަ އުފެއްދި ފަރާތަކަށްވުން
(މ) ހެވިކަމުގެ ކުލަ
މިކުލަ ދެވޭނީ ފުލުހުން ތަރައްގީކޮށް ކުރިއެރުވުމަށް ހިންގޭ ހެވިކަމުގެ ހަރަކާތްތަކުގައި ވިދިވިދިގެން 3 އަހަރު ވަނައެއް ހޯދި ފަރާތަކަށެވެ. މިކުލަ ދެވޭނީ، ހެވިކަމުގެ ރޮނގުން ވިދިވިދިގެން ތިން އަހަރު، 1 ވަނަ 2 ވަނަ 3 ވަނައިގެ ތެރެއިން ވަނައަކަށް ހޮވިފައިވާ ފަރާތަށެވެ. އެއްފަހަރު ނުވަތަ ދެފަހަރު ރަތް ވަނައެއް ހަސިލްކޮށްފައިވާ ފަރާތެއް ރަސްމީކަމެއްގައި އުޅެންޖެހުމުގެ ސަބަބުން މިފަދަ މުބާރާތުގައި ބައިވެރި ނުވެވުނު ކަމުގައި ވިޔަސް އެމީހަކަށް ލިބިފައިވާ ރަތް ވަނަ މެދެއް ނުކެނޑޭނެއެވެ.
-------------
ޖަދުވަލު 4
(ޖަދުވަލު 04 މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހަޅާ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު