-

އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 17/2016)

 

"އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު" އަށް 1 ވަނަ އިސްލާހު ގެނައުން

 

1 ވަނަ މާއްދާގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ "އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ނިށާންތަކުގެ ގަވާއިދު" ގެ ޖަދުވަލު 1 އަދި ޖަދުވަލު 3 އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޖަދުވަލު 1 ގައިވާ "އިންޖީނުލީ އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު" އާއި "ބައެއް އިންޖީނުލީ އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު" އަދި "ކުރިއެރުން މަނާކަން އަންގައިދޭ ބޯޑު" ގެ ނިށާން އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އިންޖީނުލީ އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑުގެ ކުރެހުންތަކާއި އޭގެ ތަފްސީލުގެ ޓޭބަލް އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި މި ޓޭބަލްގެ ވާރޑް ޑޮކިއުމަންޓް ނިމުމުން އަޕްލޯޑްކުރެވިގެންދާނެއެވެ.)

(ށ) މަގުތަކުގައި ބަހައްޓާ ޓްރެފިކު ނިށާންތަކާއި އެ ނިށާންތައް ބޭނުންކުރާނެގޮތް ބަޔާންކޮށްފައިވާ ޖަދުވަލު 1 އަށް އަންނަނިވި ނިށާންތައް އިތުރުކޮށްފީމެވެ.

(އިތުރުކޮށްފައިވާ ޓްރެފިކް ނިށާންތަކާއި އެ ނިށާންތައް ބޭނުންކުރާނެގޮތުގެ ތަސްފީލީ ޓޭބަލް އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި މި ޓޭބަލްގެ ވާރޑް ޑޮކިއުމަންޓް ނިމުމުން އަޕްލޯޑްކުރެވިގެންދާނެއެވެ.)

(ނ) މަގުމަތީގައި ދަމާފައިވާ ހުންނަ ރޮނގުތަކާއި ކުރަހާފައި ހުންނަ ނިށާންތަކާއި އެ ނިށާންތަކަށް އަމަލުކުރަންވީގޮތް ބަޔާންކޮށްފައިވާ ޖަދުވަލު 3 (ބިންމަތީގައި ކުރަހާފައި ހުންނަ ނިށާންތައް) 14 ގެ ފަހަތަށް އަންނަނިވި ނިށާންއިތުރުކޮށްފީމެވެ.

(އިތުރުކޮށްފައިވާ ބިންމަތީ ކުރަހާފައި ހުންނަ ނިށާން އަދި އޭގެ ތަފްސީލު އަންގައިދޭ ޓޭބަލް އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. މި ޓޭބަލް ގެ ވާރޑް ޑޮކިއުމަންޓް ނިމުމުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމު ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު - 2009 

 

  

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު