-

ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 16/2010)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މޯލިޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދަކީ ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

 

 

ރަޖިސްޓަރީކުރުން

3 ވަނަ މާއްދާ- ރަޖިސްޓްރީ ކުރުން

ގާނޫނުގެ 37 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ ދަށުން ޓީ.ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންވާނީ ޓީ.ޖީ.އެސް.ޓީ ރެޖިސްޓްރޭށަން ފޯމު (MIRA102) ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅާފައިވާ އެންމެހާއި މައުލޫމާތާއި ލިޔެކިޔުންތަކާއި އެކުގައެވެ.

 

4 ވަނަ މާއްދާ- ވަކި ވަކިން ރަޖިސްޓަރީ ކުރުން

މި ގަވާދިގުރައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި ފަރާތްތަކުން ރަޖިސްޓަރީ ކުރުމަށް އެދި އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނީ ވަކިވަކިންނެވެ.

(ހ) ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި، ގެސްޓް ހައުސްތަކާއި، ޕިކްނިކް އެއިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތައް.

(ށ) ޓޫރިސްޓް ރިޒޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓް ހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކުގައި ހިންގާ ޑައިވިންގ ސްކޫލްތަކާއި، ފިހާރަތަކާއި ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، މި ނޫންވެސް ޓޫރިސްޓުންނަށް ޚިދުމަތްދޭ މިފަދަ ތަންތަން.

(ނ) ދަތުރުފަތުރު ރާވާއި ހިންގުމުގެ ހިދުމަތްދޭ ފަރާތްތައް.

(ރ) ރާއްޖޭގެ އެތެރޭގައި ޓޫރިސްޓުންނަށް ވައިގެ ދަތުރުފަތުރާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތައް.

 

5 ވަނަ މާއްދާ- އެކުގައި ރަޖިސްޓްރީކުރުން

އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހަޓޮތަކާއި ގެސްޓް ހައުސްތަކާއި ޕިކްނިކް އައިލެންޑްތަކާއި ޓޫރިސްޓް އުޅަނދުތައް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން، އެ ތަންތަނުގައި ގާއިމުކުރެވިފައިވާ ޑަވިއިގް ސްކޫލްތަކާއި ފިހާރަތަކާއި ސްޕާތަކާއި ވޯޓަރ ސްޕޯޓްސް ފެސިޓިލީ ފަދަ ތަންތަނާ އެކުގައި ރަޖިސްޓްރީކުރަން ހުށަހެޅިދާނެއެވެ.

(ށ) ޑައިވިންގ ސްކޫލްތަކާއި، ފިހާރަތަކާއި، ސްޕާތަކާއި، ވޯޓަރ ސްކޕޯރްސްޓް ފެސިޓިލީފަދަ ތަންތަން ގާއިމުވެފައިވަނީ އެއް ޓޫރިސްޓް ރިޒޯޓެއް، ނުވަތަޓޫރިސްޓް ހޮޓަލެއް، ނުވަތަ ގެސްޓް ހައުސްއެއް، ނުވަތަ ޕިކްނިކް އެއްލެންޑެއް، ނުވަތަ ޓޫރިސްޓް އުޅަނދެއްގައި ކަމުގައިވުން.

(ށ) އެކުގައި ރަޖިސޓްރީކުރުމަށް ހަށަހަޅާ ތަންތަން ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތަކީ އެއް ގާނޫނީ ށަހުސެއް ކަމުގައިވުން.

 

6 ވަނަ މާއްދާ- ރަޖިސްޓްރީ ކުރަންޖެހޭ ފަރާތް

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާލަތާއި، ގެސްޓް ހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޑަވިއިގ ސްކޫލްތައް އެމް.އައި.އާރ.އޭ ގައި ރަޖިސްޓްރީ ކުރަންވާނީ، އެފަދަ ތަންތަން ހިންގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިސްޓްރީން ދޫކޮށްފައިވާ ފަރާތްތަކުގެ ނަމުގައެވެ.

(ހ) މި މާއްދާގެ (ހ) ގައިވާ ތަންތަން ފިޔަވައި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ އެހެނިހެން ތަންތަން އެމް.އައި.އާރ.އޭ ގައި ރަޖިސްޓްރީކުރަންވާނީ އެފަދަ ތަންތަން ހިންގުމުގެ ހުއްދަ ކަމާބެހޭ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފަރާތުގެ ނަމުގައި ނުވަތަ އެފަދަ ހުއްދައެއްއ ލިބިފައި ނުވާނަމަ، އެ ތަންތަން ހިންގާ ފަރާތުގެ ނަމުގައެވެ.

 

7 ވަނަ މާއްދާ- ޓިން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ވަކި ޓެކްސްޕެޔަރ އައިޑެންޓިފިކޭށަން ނަންބަރެއް (ޓިން) ދޫކުރެވޭނެއެވެ. ނަމަވެސް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ދޫކުރެވޭނީ އެއް ޓިން އެވެ.

(ށ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ތައްޔާރުކުރާ ޓެކްސް އިންވޮސްތަކުގައާއި ޓެފްސް ބަޔާންތަކުގައައި، އެމް.އައި.އާރ.އޭ އާއެކު ކުރާ ކޮންމެ މުއާމަލާތެއްގައިވެސް އެ ފަރާތް ޓީ.ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރުމުން ދޫކުރެވޭ ޓިން ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ- ރެޖިސްޓްރޭށަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނެހެން ބެހެއްޓުން.

ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ފަރާތެއްމެ، އެ ފަރާތަކީ ޓީ.ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްކަން އެންގުމުގެ ބޭނުމަށް، އެމް.އައި.އާރ.އޭ އިން ދޫކޮށްފައިވާ ރެޖިސްޓްރޭށަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނެހެން ބަހައްޓަންވާނެއެވެ.

 

9 ވަނަ މާއްދާ- ރަޖިސްޓަރީ ނުކޮށް ޓެފްސް ނެގޭ ހިދުމަތް ދިމުން މަނާ ކުރުން

ގާނޫނުގެ 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރ.އޭ ގައި ރަޖިސްޓްރީ ކުރުމާ ނުލައި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެފްސް ނެގޭ ހިދުމަތެއް ދިނުމަކީ ކުށަކެވެ. މި ކުށުގެ އަދަބަކީ 25،000 (ފަންސަވީސް ހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އަދި އެފަރާތަކީ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތެކޭ އެއްފަދައިން ޓެކްސް ދައްކަންޖެހޭ ފަރާތެއް ކަމަށް ބެލެވޭނެއެވެ.

 

ހިދުމަތްދެވުނު ވަގުތު

10 ވަނަ މާއްދާ- ހިދުމަތްދެވުނު ވަގުތު

(ހ) ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޓެކްސް ދައްކަންޖެހޭ ކިދުމަތް ދެވުނު ވަގުތުކަމަށް ބަލާނީ، އެ ހިދުމަތާ ގުޅިގެންފައިސާ ދައްކަންޖެހޭ އިންވޮސް ހަދާ ވަގުތާއި އެ ހިދުމަތުގެ އަގު އަދާކުރާ ވަގުތާ މި ދެ ވަގުތުންކުރެ ކުރިން އަންނަ ވަގުތެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ފައިސާ ދައްކަންޖެހޭ އިންވޮސް އެއް ހަދާ ވަގުތު ކަމަށް ބަލާނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ދޭ ހިދުމަކާއި ގުޅިގެން ޓެކްސް އިންވޮސް ހަދާ ވަގުތެވެ. އަދި ހިދުމަތުގެ އަގު އަދާކުރާ ވަގުތު ކަމުގައި ބަލާނީ ރަޖިސްޓްރީކޮށްފައިވާ ފަރާތުން ދޭ ކިދުމަތަކާ ގުޅިގެން ހަދާ ޓެކްސް އިންވޮއިސް އަށް ފައިސާ ދައްކާ ވަގުތު ނުވަތަ އިންވޮސް އެއް ނުހެދި ކަމުގައިވިޔަސް އެ ކިދުމަތަށް ފައިސާ ދައްކާ ވަގުތެވެ.

 

11 ވަނަ މާއްދާ- އެޑްވާންސް ޕޭމަންޓާއި ޑިޕޮސިޓް

(ހ) އެޑްވާންސް ޕޭމަންޓެއް ނުވަތަ ޑިޕޮސިޓަކާ ގުޅިގެން ޓެކްސް ދައްކަންޖެހޭ ހިދުމަތް ދެވުނު ވަގުތުކަމަށް ބަލާނީ އެ އެޑްވާންސް ޕޭމަންޓް ނުވަތަ ޑިޕޮސިޓާ ގުޅިގެން ޓެކްސް އިންވޮއިސް އެއް ހަދާ ވަގުތާއި، އެ އެޑްވާންސް ޕޭމަންޓް ނުވަތަ ޑިޕޮސިޓް ލިބުނު ވަގުތާއި މި ދެ ވަގުތުންކުރެ ކުރިން އަންނަ ވަގުތެވެ. އަދި ހިދުމަތް ދެވުނު ވަގުތުގައި ހިނގަމުންދާ ޓެކްސްގެ މުއްދަތުގައި އެ އެޑްވާންސް ޕޭމަންޓަށް ނުވަތަ ޑިޕޮސިޓަށްވާ ޓެކްސް އެމް.އައި.އާރ.އޭ އަށް ދައްކަންވާނެއެވެ.

(ށ) ޕްރޮފޯމާ އިންވޮއިސް އެއް ދޫކުރުމާ ވިދިގެން ނުވަތަ އެނޫންގޮތަކަށް ވިޔަސް، މި މާއްދާގެ (ހ) ގައިވާ ފަދަ އެޑްވާންސް ޕޭމަންޓެއް ނުވަތަ ޑިޕޮސިޓެއް ލިބިއްޖެނަމަ، އެ ފައިސާ ލިބޭތާ 3 ދުވަހުގެ ތެރޭގައި އެކަމާގުޅޭ ޓެކްސް އިންވޮއިސް އެއް ނުވަތަ ރަސީދެއް ތައްޔާރުކުރަން ވާނެއެވެ.

 

12 ވަނަ މާއްދާ- އެޑްވާންސް ޕޭމަންޓް ނުވަތަ ޑިޕޮސިޓްގެ އިތުރުން ދައްކާ ފައިސާ

ހިދުމަތުގެ އަގުން އެޑްވާންސް ޕޭމަންޓެއް ނުވަތަ ޑިޕޮސިޓެއް ލިބިފައިވަނިކޮށް، އެ ހިދުމަތް ގަތް ފަރާތުން ދައްކާ އިތުރު ފައިސާއަކާ ގުޅިގެން ހިދުމަތް ދެވުނު ވަގުތުކަމަށް ބަލާނީ، އެ ފައިސާ ދެއްކުމާ ގުޅިގެން ޓެކްސް އިންވޮއިސް ހަދާ ވަގުތާއި، އެ ފައިސާ ލިބުނު ވަގުތާ މި ދެވަގުތުންކުރެ ކުރިން އަންނަ ވަގުތެވެ. އަދި އެ ފައިސާއަށްވާ ޓެކްސްގެ އަދަދު، ހިދުމަތް ދެވުނު ވަގުތުގައި ހިނގަމުންދާ ޓެކްސްގެ މުއްދަތުގައި އެމް.އައި.އާރ.އޭ އަށް ދައްކަންވާނެއެވެ.

 

13 ވަނަ މާއްދާ- އަނބުރައި ރައްކުރާ ޑިޕޮސްޓް

ހިދުމަތް ދޭ ފަރާތުގެ މުދަލަކަށް ލިބިދާނޭ ގެއްލުމެއްގެ ބަދަލު ނެގުމުގެ ބޭނުމަށް، އަދި އެ މުދަލަށް ގެއްލުމެއް ނުލިބޭނެމަ ހިދުމަތް ލބިގަންނަ ފަރާތަށް އަނބުރައި ރައްދުކުރާ ގޮތަށް ނެގޭ ޑިޕޮސިޓުން ޓެކްސް ދައްކާކަށްނުޖެހޭނެއެވެ.

 

14 ވަނަ މާއްދާ- ފައިސާ ދައްކާފައިވާ ޚިދުމަތެއް ބޭނުން ނުކެރުވުން

ހިދުމަތެއް ލިބިގަތުމުގެ ބޭނުމުގައި ޑިޕޮސިޓެއް ދައްކާފައިވާ ފަރާތަކުން އެ ހިދުމަތެއް ބޭނުން ނުކޮށްފިނަމަ، އަދި ހިދުމަތް ލިބިގަންނަ ފަރާތަށް ރިފަންޑްކޮށްދޭ އަދަދުން އެމް.އައި.އާރ.އޭ އަށް ޓެކްސް ދައްކާފައިވާނަމަ، އެ ހިދުމަތް ބޭނުން ނުކުރާނެކަން ޔަޤީންވި ޓެކްސްގެ މުއްދަތުގެ ޓެކްސްގެ އަދަދުން ރިފަންޑްކޮށްދީފައިވާ އަދަދުން ދައްކާފައިވާ ޓެކްސްގެ އަދަދު އުނިކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ގާނޫނު ފާސްކުރެވުނު ދުވަހާއި ގާނޫނަށް ޢަމަލުކުރަން ފަށާ ދުވަހާއި ދެމުދުގެ މުއްދަތުގައި ހަދާ އެޑްވާންސް ބުކިންގ

(ހ) ގާނޫނު ފަސްކުރެވުނު ދުހައާއި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހާ ދެމެދުގެ މުއްދަތުގައި، ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމުގެ ނިޔަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތުން އެޑްވާންސް ބުކިންގ ހަދައިގެންނުވާނެއެވެ.

(ށ) އެމް.އައި، އާރ. އޭ އިން އެދިއްޖެ ޙާލަތެއްގައި، ގާނުނުގެ ދަށުން ފުރަތަމަ ފަހަރަށް ޓެކްސް ބަޔާން ހުށަހަޅުންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން، ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން އަންނަނިވި ތަފްސީލުތައް އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ.

  1. ގާނޫނު ފާސްކުރެވުނު ދުވަހާއި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހާ ދެމެދުގެ މުއްދަތުގައި ހަދާފައިވާ އެޑްވާންސް ބުކިންގ ނިސްބަތްވަނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ފޯރުވައިދެވޭ ހިދުމަތަކަށް ކަމަށްވާނަމަ، އެ ބުނިކްގތަކުގެ ތަފްސީލު.
  2. ގާނޫނު ފާސްކުރެވުނު ދުވަހާއި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހާ ދެމެދުގެ މުއްދަތާ ދިމާވާ 2009 ވަނަ އަހަރުގެ ހަމަ އެ މުއްދަތުގައި ހެދިފައިވާ، 2010 ވަނަ އަހަރަށް ނުވަތަ އޭގެ ފަހަށް ނިސްބަތްވާ، އެޑްވާންސް ބުކިންތަކުގެ ތަފްސީލު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ދެ މުއްދަތުގައި ހެދިފައިވާ އެޑްވާންސް ބުކިންގތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ހުރިނަމަ އެދި އެއީ ސައްހަ ތަފާތުތަކެއްކަމަށް ކޮމިށަނަރ ޖެނެރަލް އަށް ގަބޫލުކުރެވޭ މިންވަރަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ އެއީ ގަސްދުގައި ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމުގެ ގޮތުން ހުންގާފައިވާ އަމަލެއްކަމަށް ބަލައި، ރަޖިސްޓަރީ ކޮށްފައިވާ ފަރާތް 250،000 (ދެއްލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ އެހެން އަދަބުތައް ދެވިދާނެއެވެ.

 

16 ވަނަ މާއްދާ- ކަޓްއޯފް ތޮރީހު

ގާނޫނުގެ ބޭނުމަށް ކަޓްއޯފް ތާރީހެއް ކަމަށް ބެލެވޭނީ 1 ޖެނުއަރީ 2011 އެވެ. އަދި، ހިދުމަތް ދެވުނު ވަގުތު ކަނޑައަޅާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، މި ތާރީހުގެ ފަހުން ދެވޭ ކިދުމަތްތަކަށް ގާނޫނުގައިވާ ގޮތުގެމަތިން ޓެކްސް ދައްކަންވާނެއެވެ.

 

ޓެކްސް ނަގާނެ އަގު ކަނޑައަޅާނެ ގޮތް

 17 ވަނަ މާއްދާ- ހިދުމަތުގެ އަގު

(ހ) ހިދުމަތުގެ ޖުމްލަ އަގުގެ ތެރެއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށްޓަކައި އެ ކިދުމަތުގެ އަގު ކަމުގައި ބަލާނީ، ގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ޚިދުމަތުގެ އަގު އަދާކުރުމަށްޓަކައި ހަދާ އިންވޮސް ގައިވާ ހިދުމަތުގެ އަގެވެ.

(ށ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އިންވޮސްގައިވާ ހިދުމަތުގެ އަގަކީ، އެ ހިދުމަތަކަށް އެފަދަ ހިދުމަތްދޭ އެ ގިންތީގެ އެހެން ވިޔަފާރިތަކުން އާންމުކޮށް ނަގާ އަގުތަކަށްވުރެ ދަށް އަގެއްނަމަ، އެ ހިދުމަތުގެ އަގު ކަމުގައި ބަލާނީ މި ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހިސާބުކުރެވޭ އެވްރެޖް އަގެކެވެ.

 

18 ވަނަ މާއްދާ- ހެކި ހުށަހެޅުމުގެ ފުރުސަތު

މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އިންވޮސްގައިވާ އަގުގެ ސައްހަކަން ސާބިތުކުރުމަށްޓަކައި ލިޔެކިޔުންތަކާއި އޭގެ ތަފްސީލު ހުށަހެޅުމުގެ ފުރުސަތު އެފަރާތަށް ދޭންވާނެއެވެ.

 

19 ވަނަ މާއްދާ- ހިދުމަތުގެ އަގު އެމް.އައި.އާރ.އޭ އިން ކަނޑައެޅުން

ކޮމިށަނަރ ޖެނެރަލް އަށް ގަބޫލުކުރެވޭ މިންވަރަށް މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި އޭގެ ތަފްސީލު ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް ހުށަނޭޅިއްޖެނަމަ، ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހިދުމަތުގެ އަގު ކަމަށް ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާއި އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް އެ ހިދުމަތުގެ އެވްރެޖް އަގުކަމަށް އެމް.އައި.އާރ.އޭ އިން ކަނޑައަޅާ އަގެކެވެ.

(ހ) އެ ހިދުމަތް ނިސްބަތްވާ މުއްދަތާއި ދިމާވާ، ފާއިތުވި 5 އަހަރުގެ މުއްދަތުތަކުގެ އެ ހިދުމަތުގެ އެވްރެޖް އަގުގެ މައްޗަށް ބިނާކޮށް، ނުވަތަ އެނޫންވެސް އެފަދަ އެކަށީގެންވާ ހިސާބުކުރުމެއްގެ މައްޗަށް ބިނާކޮށް.

(ށ) ރެނޮވޭޓް ކުރުން، އަޕްގްރޭޑް ކުރުން. ޑިވެލޮޕް ކުރުން އަދި ޓެކްސް ނެގޭ ހަރަކާތުގެ ކުޑަބޮޑުމިނަށް ބަދަލުއައުން.

(ނ) އާދަޔާހިލާފު ހާލަތެއް މެދުވެވުމުގެ ސަބަބުން ވިޔަފާރިއަށް ކޮށްފައިވާ އަސަރުތައް.

(ރ) އިންފްލޭށަން، ބޭރުފައިވާ ގަނެވިއްކާ އަގު، ޓާގެޓް މާކެޓް، ސީޒަނަލް ވޭރިއޭށަން، އަދި އިދްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ އެހެނިހެން ބަދަލުތައް.

(ބ) އިންގަސްޓްރީއިން ސަރވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް ނަގާ މިންވަރު.

 

އައުޓްޕުޓް ޓެކްސް އަދި އިންޕުޓް ޓެކްސް

20 ވަނަ މާއްދާ- ދައްކަންޖެހޭ ޓެކުހުން އިންޕުޓް ޓެކްސް އުނިކުރުން

(ހ) ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ވިއްކާ ޓެކްސް ނެގޭ ހިދުމަތްތަކުގެ އަގުން އެމް.އައި.އާރ.އޭ އަށް ދައްކަންޖެހޭ ޓެކުހަކީ އެ ފަރާތުގެ އައުޓްޕުޓް ޓެކްސް އެވެ.

(ށ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާ އެހެން ފަރާތަކަށް ހިދުމަތެއް ވިއްކާނަމަ އެ ހިދުމަތަކަށް ޓެކްސް ޗާޖު ކުރަންވާނެއެވެ. އަދި މިގޮތުން ޗާޖުކުރެވޭ ޓެކުހަކީ ހިދުމަތް ގަތް ފަރާތުގެ އިންޕުޓް ޓެކްސް އެވެ.

(ނ) ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާ އެހެން ފަރާތެއްގެ ހިދުމަތެއް ގަތުމަށްފަހު ފޯރުވައިދޭ ހިދުމަތެއްނަމަ، އެ ހިދުމަތަކާ ގުޅިގެން އެމް.އައި.އާރ.އޭ އަށް ޓެކްސް ދައްކާނީ އެފަރާތަކުން ދައްކަންޖެހޭ އައުޓްޕުޓް ޓެކުހުގެ އަދަދުން އިންޕުޓް ޓެފުހުގެ އަދަދު އުނިކުރުމަށްފަހުއެވެ.

 

21 ވަނަ މާއްދާ- އައުޓްޕުޓް ޓެކުހަށްވުރެ އިންޕުޓް ޓެކްސް އިތުރުވުން

އައުޓްޕުޓް ޓެކްހަށްވުރެ އިންޕުޓް ޓެކްސް އިތުރުވާ ހާލަތްތަކުގައި، އެ އިތުރުވި އިންޕުޓް ޓެކުހުގެ އަދަދު ކުރިއަށް ހުރި ޓެކްސްގެ މުއްދަތުތަކުގައި ދައްކަންޒެހޭ ޓެކުހުން އަޅައި ކެނޑޭނެއެވެ.

 

22 ވަނަ މާއްދާ- އިސްތިސްނާ ކުރެވިފައިވާ ހިދުމަތްތަކަކަށް ދައްކާފައިވާ އިންޕުޓް ޓެކްސް

ގާނޫނުގައި ޓެކްސް ދެއްކުމުން އިސްތިސްނާކޮށްފައިވާ ފަރާތަކަށް ވިއްކާފައިވާ ހިދުމަތުގެ އަގުން ދައްކާފައިވާ އިންޕުޓް ޓެކްސް، އެ ހިދުމަތް ވިއްކި ފަރާތުގެ އައުޓްޕުޓް ޓެކުހުން އަޅައިކެނޑިދާނެއެވެ.

 

ޓެކްސް ނެގޭ މުއްދަތު

 23 ވަނަ މާއްދާ- ޓެކްސް ނެގޭ މުއްދަތު އަދި މުއްދަތު ބަދަލުކުރެވޭނެ ތްރެށޯލްޑް

(ހ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން މަހަކު ވިއްކާ ޓެކްސް ނެގޭ ހިދުމަތުގެ އަގު 10،000.00 (ދިހަހާސް) އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނަމަ، ޓެކްސް ދައްކަންޒެހޭނީ މަހަކު އެއްފަހަރު އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން މަހަކު ވިއްކާ ޓެކްސް ނެގޭ ހިދުމަތުގެ އަގު 10،000.00 (ދިހަހާސް) އެމެރިކާ ޑޮލަރަށްވުރެ އިތުރުނުވާނަމަ، މި ޤަވާޢިދުގެ 24 ވަނަ މާއްދާގައިވާ ގޮތަށް ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމަށް އެދެވިދާނެއެވެ.

(ށ) ޓެކްސް ނެގޭ މުއްދަތު ބަދަލުކުރަން ހުށަހަޅަންވާނީ އެކަމަށް އެދޭ ފޯމު (MIRA202) ފުރިހަމަ ކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅާފައިވާ އެންމެހާ މައުލޫމާތާއި ލިޔެކިޔުންތަކާއި އެކުގައެވެ.

(ނ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން މަހަކު ވިއްކާ ޓެކްސް ނެގޭ ހިދުމަތުގެ އަގު 10،000.00 (ދިހަހާސް) އެމެރިކާ ޑޮލަރަށްވުރެ އިތުރުނުވާކަން ބެލުމަށް، ފާއިތުވެދިޔަ 12 މަސްދުވަހުގެ ޓެކްސް ނެގޭ ހިދުމަތުގެ ޖުމްލަ އަގުން މަހަކަށް ޖެހޭ އެވްރެޖް އަގު، އަދި ކުރިއަށް އޮތް 12 މަސް ދުވަހަށް އަންދާޒާކުރާ ޓެކްސް ނެގޭ ހިދުމަތުގެ ޖުމްލަ އަގުން މަހަކަށްޖެހޭ އެވްރެޖް އަގު އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ.

 

24 ވަނަ މާއްދާ- ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުން.

މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބުކޮށްފައިވާ ދެ އެވްރެޖް ވެސް 10،000.00 (ދިހަހާސް) އެމެރިކޮ ޑޮލަރަށްވުރެ އިތުރުނުވާނަމަ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމުގެ ހުއްދަ، ކޮމިށަނަރ ޖެނެރަލް އަށް ދެވިދާނެއެވެ.

(ހ) ދެ އެވްރެޖް ވެސް 5،000.00 (ފަސްހާސް) އެމެރިކާ ޑޮލަރާއި 10،000.00 (ދިހަހާސް) އެމެރިކާ ޑޮލަރާ ދެމެދުގައިވާނަމަ، ކޮންމެ 2 މަހަކަށް ޓެކްސް ބަޔާން ހުށަހަޅާގޮތަށް.

(ށ) ދެ އެވްރެޖްވެސް 5،000.00 (ފަސްހާސް) އެމެރިކާ ޑޮލަރަށްވުރެ މަދުނަމަ، ކޮންމެ 6 މަހަކަށް އެއް ޓެކްސް ބަޔާން ހުށަހަޅާ ގޮތަށް.

 

25 ވަނަ މާއްދާ- ޓެކްސް ނެގޭ މުއްދަތު ބަދަލުކޮށް ދިނުމުގައި ބަލަންޖެހޭ ކަންކަން

ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިންޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމުގެ ހުއްދައަށް އެދި ރަޖިސްޓަރީ ފކޮށްފައިވާ ފަރާތަކުން ކޮމިށަނަމ ޖެނެރަލް އަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ކޮމިށަނަރ ޖެނެރަލް ގޮތެއް ނިންމާނީ އަންނަނިވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.

(ހ) ޓެކްސް ބަޔާން ހުށަހެޅުމައި ޓެކްސް ދެއްކުމުގައި އެފަރާތުގެ އަމަލު މާޒީގައި ހުރިގޮތް މީގެ ތެރޭގައި އަންނަނިވި ކަންކަމާއި މިނޫންވެސް މިފަދަ އެހެނިހެން ކަންކަމުގައި ހިމެނޭނެހެން:

  1. ޓެކްސް ބަޔާން ލަހުން ހުށަހެޅުން ނުވަތަ ހުށަނޭޅުން.
  2. ލަހުން ޓެކްސް ދެއްކުން، ނުވަތަ ދައްކަންޖެހޭ ޢަދަދަށްވުރެ މަދުން ޓެކްސް ދެއްކުން، ނުވަތަ ޓެކްސް ނުދެއްކުން.
  3. ދައްކަންޖެހި ނުދައްކާ ގޮތް ޓެކްސް، ޖޫރިމަނާ ނުވަތަ އިންޓަރެސްޓް.
  4. ދޮގު ނުވަތަ ނުރަނގަޅު، ޓެކްސް ބަޔާނެއް ނުވަތަ ނެހެންވެސް މަޢުލޫމާތެއް އެމް.އައި.އާރ.އޭއަށް ހުށަހެޅުން.

(ށ) މާލީ ރިޕޯޓްތައް ހުށަހެޅުމުގައި އެފަރާތުން ކުރިން އަމަލުކޮށްފައިވާ ގޮތް.

(ނ) އެ ފަރާތުން ވިއްކާ ހިދުމަތުގެ ކުޑަބޮޑުމިން.

 

26 ވަނަ މާއްދާ- ޓެކްސް ނެގޭ މުއްދަތު ބަދަލުކުރެވޭނެ ވަރު

ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން އެދިގެން ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމަށް ހުއްދަ ދެވޭނީ ގިނަވަގެން އަހަރަކު އެއް ފަހަރެވެ.

 

27 ވަނަ މާއްދާ- ޓެކްސް ނެގޭ މުއްދަތު ބަދަލުކުރަން އެންގުން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ތިރީގައިވާ ޙާލަތްތަކުގައި، ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްގެ ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމަށް ކޮމިށަނަރ ޖެނެރަލް އަށް އެންގިދާނެއެވެ.

  1. ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމަށް ހުއްދަދެވިފައި ވަނިކޮށް ރަޖިސްޓްރީކޮށްފައިވާ ފަރާތުން ވިއްކާ ޓެކްސް ނެގޭ ހިދުމަތްތަކުގެ ފާއިތުވި 12 މަސް ދުވަހުގެ ޖުމްލަ އަގުން މަހަކަށްޖެހޭ އެވްރެޖް 5،000.00 (ފަސް ހާސް) އެމެރިކާ ޑޮލަރަށްވުރެ އިތުރުވެ، 10،000.00 (ދިހަ ހާސް) އެމެރިކާ ޑޮލަރަށްވުރެ އިތުރުނުވާނަމަ، ކޮންމެ 2 މަހަކަށް އެއް ޓެކްސް ބަޔާން ހުށަހެޅުމަށް.
  2. ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމަށް ހުއްދަދެވިފައި ވަނިކޮށް، ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ވިއްކާ ޓެކްސް ނެގޭ ހިދުމަތްތަކުގެ ފާއިތުވި 12 މަސް ދުވަހުގެ  ޖުމްލަ އަގުން މަހަކަށްޖެހޭ އެވްރެޖް 10،000.00 (ދިހަ ހާސް) އެމެރިކާ ޑޮލަރަށްވުރެ އިތުރުވެއްޖެނަމަ، ކޮންމެ މަހަކަށް ޓެކްސް ބަޔާނެއް ހުށަހެޅުމަށް.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޓެކްސް ނެގޭ މުއްދަތު ބަދަލުކުރުމަށް ކޮމިޝަނަރ ޖެނެރަލް އަންގައިފިނަމަ، އެ އެންގުމަކަށް ޢަމަލުކުރަން ފަށާނީ، އެ އެންގުމެއް އެންގިއިރު ހިނގަމުންދާ ޓެކްސްގެ މުއްދަތު ނިމުމުން ފެށޭ ޓެކްސްގެ މުއްދަތުގައެވެ.

 

ޓެކްސް އިންވޮއިސް

28 ވަނަ މާއްދާ- ޓެކްސް އިންވޮއިސް

(ހ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ވިއްކާ ކޮންމެ ހިދުމަތަކަށްމެ ޓެކްސް އިންވޮއިސް އެއް ތައްޔާރުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ޓެކްސް އިންވޮއިސް، ހިދުމަތް ދިނުމުގެ ކުރިން ނުވަތަ ހިދުމަތް ދޭ ވަގުތު ނުވަތަ ހިދުމަތް ދިނުމުގެ ފަހުންވެސް ތައްޔާރުކުރެވިދާނެއެވެ. ނަމަވެސް ހިދުމަތް ދީ ނިމޭތާ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް ތައްޔާރުކުރަންވާނެއެވެ.

 

29 ވަނަ މާއްދާ- ޓެކްސް އިންވޮއިސްގައި ހިމަންޖެހޭ ތަފްސީލް

މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައިނުވާހަކަ ހިނދަކު، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްގައި އަންނަނިވި ތަފްސީލުތައް ހިމަނަންވާނެއެވެ.

(ހ) ފާޅުކޮށް ބޮޑު ގޮތެއްގައި ފެންނާނެހެން "ޓެކްސް އިންވޮއިސް" މިގޮތަށް ލިޔެވިފައި އޮތުން.

(ށ) ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން.

(ނ) ހިދުމަތް ލިބިގަންނަ ފަރާތުގެ ނަމާއި އެޑްރެސް.

(ރ) އިންވޮއިސް ނަންބަރު (އިންވޮއިސް ނަންބަރަކީ ސޮފްޓްވެއަރ އަކުން ޖެނެރޭޓްކުރާ ނަންބަރަކަށް ނުވާނަމަ، އިންވޮއިސްގައި ޕްރީޕްރިންޓަޑް ސީރިއަލް ނަންބަރެއް ހިމަނަންވާނެއެވެ.

(ބ) އިންވޮއިސް ހެދި ތާރީހް.

(ޅ) ފައިސާ ލިބުނު ތާރީހް ނުވަތަ ކްރެޑިޓް ދެވުނު މުއްދަތު.

(ކ) ވިއްކި ތަކެއްޗާއި ހިދުމަތުގެ އަދަދާއި ތަފްސީލާއި އަގު (ކޮންމެ އައިޓަމެއް ވަކިން).

(އ) ޓެކްސް ނެގުމުގެ ކުރީގެ ޖުމްލަ އަގު، ޓެކްސްގެ މިންވަރު، އަދި ޓެކްސްގެ މިންވަރާއެކު ޖުމްލައަގު.

(ވ) ހިދުމަތުގެ ޖުމްލަ އަގުގެ ތެރޭގައި ޓޫރިޒަމް ޓެކްސް ހިމެނިފައިވާނަމަ، އެ އަދަދު ހިމެނިފައިވާ ގޮތް.

(މ) ހިދުމަތުގެ ޖުމްލަ އަގުގެ ތެރޭގައި ސަރވިސްޗާޖް ހިމެނިފައިވާނަމަ، އެ އަދަދު ހިމެނިފައިވާ ގޮތް.

(ފ) ހިދުމަތް ލިބިގަންނަނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތުގެ ޓިން.

 

30 ވަނަ މާއްދާ- ސިމްޕްލިފައިޑް ޓެކްސް އިންވޮއިސް

(ހ) ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ވިއްކާ ކިދުމަތެއްގެ އަގު 100.00 (ސަތޭކަ) އެމެރިކާ ޑޮލަރަށްވުރެ މަދުނަމަ، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ޓެކްސް ހިސާބުކުރުމުގައި ބޭނުންކުރަނީ ޕޭމަންޓް އަސާސް ކަމަށްވާނަމަ، މި ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ޓެކްސް އިންވޮއިސް ތައްޔާރުކުރުމުގައި ހިދުމަތް ލިބިގަންނަ ފަރާތުގެ ނަމާއި އެޑްރެސް ނުހިމެނޭގޮތަށް ސިމްޕްލިފައިޑް ޓެކްސް އިންވޮއިސް ތައްޔާރުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން  އޮތް ކަމުގައި ވީނަމަވެސް، ހިދުމަތް ލިބިގަންނަ ފަރާތަކީ ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ދޫކުރަންވާނީ މި ގަވާއިދުގެ 29 ވަނަ މާއްދާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޓެކްސް އިންވޮއިސް އެކެވެ.

 

31 ވަނަ މާއްދާ- ޓެކްސް އިންވޮއިސްގައި ވަކިވަކިން އަގު ހިމަނަންޖެހޭ ހިދުމަތްތައް

ވިއްކާފައިވާ ހިދުމަތުގެ ތެރޭގައި ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމަތެއް ނުވަތަ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވިފައިވާ ފަރާތަކަށް ދެވޭ ހިދުމަތެއް ހިމެނޭނަމަ، ތައްޔާރުކުރެވޭ ޓެކްސް އިންވޮއިސްގައި މި ބައިތަކަށް ނިސްބަތްވާ ޚިދުމަތްތަކުގެ ތަފްސީލާއި އަގު ވަކިވަކިން ހިމަނަންވާނެއެވެ.

 

32 ވަނަ މާއްދާ- ޕްރޮފޯމާ އިންވޮސް

ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ޕްރޮފޯމާ އިންވޮއިސް އަކީ ޓެކްސް އިންވޮއިސް އެއްގެގޮތުގައި ނުބެލެވޭނެއެވެ. އަދި، ޕްރޮފޯމާ އިންވޮސްގައި ސާފުކޮށް ފެންނަން އޮންނާނެހެން "މިއީ ޓެކްސް އިންވޮއިސް އެއް ނޫން" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

 

     ސަރވިސް ޗާޖް އަދި ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމަތްތައް

33 ވަނަ މާއްދާ - ސަރވިސް ޗާޖް

(ހ) ހިދުމަތުގެ އަގުގެ އިތުރުން ނަގާ ސަރވިސް ޗާޖުން ޓެކުހެއް ނުނެގޭނެއެވެ.

(ށ) އެމް.އައި.އާރ.އޭ އިން އެދިއްޖެ ހިނދެއްގައި، ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ސަރވިސް ޗާޖް ނަގާ އުސޫލުގެ ތަފްސީލު އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ.

 

34 ވަނަ މާއްދާ - ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމަތްތައް

ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި އެއްވެސް އަގަކާ ނުލައި ނުވަތަ ހަދިޔާގެ ގޮތުގައި ދެވޭ ހިދުމަތްތަކާއި އެފަދަ އެހެން ހިދުމަތްތައް ހިމެނިދާނެއެވެ.

 

35 ވަނަ މާއްދާ - ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމަތުގެ އަގު ހިސާބުކުރުން.

ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ކޮމްޕްލިމެންޓަރީ އުސޫލުން ދޭ ޚިދުމަތުގެ އަގު ކަނޑައެޅުމަށްޓަކައި ތިރީގައިވާ އުސޫލުގެ މަތިން ރަމްޒީ ޓެކްސް އިންވޮއިސް އެއް ތައްޔާރުކުރަންވާނެއެވެ.

(ހ) ކޮމްޕްލިމެންޓަރީ އުސޫލުން ދެވުނީ ކޮޓަރިއެއްނަމަ، އެ ފަރާތެއްގެ އެވްރެޖް ޑެއިލީ ރޭޓް (އޭ.ޑީ.އާރ) ގެ މައްޗަށް ބިނާކޮށް.

(ށ) ކޮމްޕްލިމެންޓަރީ އުސޫލުން ދެވުނީ ކޮޓަރި ފިޔަވައި އެހެން ހިދުމަތެއްނަމަ އެ ފަރާތުން އެ ހިދުމަތް އާންމުކޮށް ވިއްކާ އަގުގެ މައްޗަށް ބިނާކޮށް.

 

36 ވަނަ މާއްދާ- ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމްތަކުން ޓެކްސް ދެއްކުން.

މީލާދީ އަހަރެއްގައި ޓެކްސް ނެގޭ މުއްދަތެއްގެ ނިޔަލަށް ކޮމްޕްލިމެންޓަރީ އުސޫލުން ދީފައިވާ ހިދުމަތްތަކުގެ އަގު، އެ އަހަރުގެ އެހާތަނަށް ދީފައިވާ ޓެކްސް ނެގޭ ހިދުމަތްތަކުގެ ޖުމްލަ އަގުގެ %1.5 (އެކެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުވާނަމަ، ޓެކްސް ނެގޭ އެ މުއްދަތުގެ ޓެކުހާއެކު، ޓެކްސް ނެގޭ ހިދުމަތްތަކުގެ ޖުމްލަ އަގުގެ %1.5 (އެކެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުވި އަދަދުން ޓެކްސް ދައްކަންވާނެއެވެ.

 

އަނބުރައި ނުލިބޭނެ ދަރަނި

37 ވަނަ މާއްދާ- އަނބުރައި ނުލިބޭނެ ދަރަނި ޓެކްސްގެ ބޭނުމަށް ފޮތްތަކުން އުނިކުރުން

ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން އެ ފަރާތަށް ލިބެންޖެހޭ ފައިސާއަކީ އަނބުރައި ނުލިބޭނެ ފައިސާއެއްކަމަށް ބަލައި އެފަދަ ދަރަނި، ޤާނޫނުގެ 33 ވަނަ މާއްދާގެ ބޭނުމަށް، ތިރީގައިވާ އުސޫލުތަކުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޮތްތަކުން އުނިކުރެވިދާނެއެވެ.

(ހ) ކޯޓް ހުކުމަކުން ދަރަންޏެއް އެއްކޮށް ނުވަތަ އެއް ބައެއް އަނބުރައި ނުލިބޭނެކަމަށް ނިންމުން.

(ށ) އަންނަނިވި ހާލަތްތަކުގައި، ކަނޑައެޅޭ ވަކި ދަރަންޏަކީ އަނބުރައި ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ފޮތްތަކުން އުނިކުރުމުގެ ހުއްދަ ކޮމިށަނަރ ޖެނެރަލް އަށް ދެވިދާނެއެވެ.

  1. ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ދަރާފައިވާ ފަރާތެއްގެ ވިޔަފާރި ދާއިމީކޮށް ހުއްޓުމަކަށް އަތުވެއްޖެނަމަ، ނުވަތަ އެ ފަރާތް އިފްލާސްކުރެއްވިއްޖެނަމަ، އެފަދަ ފަރާތަކުން ލިބެންޖެހޭ ފައިސާއަކީ އަނބުރައި ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި ނިންމުން.
  2. ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ލިބެންޖެހޭ، ކަނޑައެޅިފައިވާ ވަކި ދަރަންޏެއް ނުލިބި 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، ހިސާބު ކުރުމުގައި އިންޓަނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް (އައި.އެފް.އާރ.އެސް) ނުވަތަ ބައިނަލް އަގްވާމީ ގޮތުން ގަބޫލުކުރެވޭ އެހެން ފައިނޭންށަލް ރިޕޯޓިންގ ފްރޭމްވޯކްއަކާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ފޮތްތަކުން އެ ދަރަންޏެއް އުނިކުރުން.

 

38 ވަނަ މާއްދާ- އަނބުރައި ނުލިބޭނެކަމަށް ފޮތްތަކުން އުނިކޮށްފައިވާ ދަރަންޏަށް ދައްކާފައިވާ ޓެކްސް އަޅައިކެނޑުން.

އަނބުރައި ނުލިބޭނެ ދަރަންޏަކަށް ދައްކާފައިވާ ޓެކްސްގެ ޢަދަދު، ކޮމިށަނަރ ޖެނރަލްގެ ހުއްދައާ އެކު ކުރިއަށް ހުރި ޓެކްސްގެ މުއްދަތުތަކުގެ ޓެކުހުން އަޅައިކެނޑިދާނެއެވެ. މިގޮތުން ކޮމިށަނަރ ޖެނެރަލްގެ ހުއްދައަށް އެދޭއިރު، އެ ދަރަނި ނިސްބަތްވާ ހިދުމަތްތަކާ ގުޅޭ އަންނަނިވި ލިޔެކިޔުންތައް ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅަންވާނެއެވެ.

(ހ) އެ ހިދުމަތްތަކާގުޅޭ އެންމެހާ ޓެކްސް އިންވޮއިސްތަކުގެ ކޮޕީ.

(ށ) އެ ހިދުމަތްތަކަށް ކުރިން ޓެކްސް ދައްކާފައިވާކަން ސާބިތުކޮށްދޭ ލިޔެކިޔުން.

(ނ) އެ ހިދުމަތެއްގެ މުގާބިލުގެގޮތުގައި ލިބެންޖެހޭ ފައިސާ އަނބުރައި ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ފޮތްތަކުން އުނިކޮށްފައިވާކަން ސާބިތުކޮށްދޭ ލިޔެކިޔުން.

(ރ) ލިބެންޖެހޭ ފައިސާއަކީ އަނބުރައި ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ދައްކައިދޭ، ނުވަތަ ދަރަނި އަދާކުރަންޖެހޭ ފަރާތުގެ ވިޔަފާރި ދާއިމީކޮށް ހުއްޓުމަކަށް އަތުވެއްޖެކަން ނުވަތަ އެފަރާތް އިފްލާސް ކުރެވިފައިވާކަން އަންގައިދޭ ކިތާބީ ހެކި.

 

39 ވަނަ މާއްދާ- އަނބުރައި ނުލިބޭނެކަމަށް ފޮތްތަކުން އުނިކޮށްފައިވާ ދަރަނި އަނބުރައި ލިބުން.

މި ގަވާއިދުގެ 37 ވަނަ މާދްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އަނބުރައި ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި ދަރަންޏެއް ފޮތްތަކުން އުނިކުރެވިފައި ވަނިކޮށް، އަދި އެ ދަރަނީގެ ނިސްބަތުންޖެހޭ ޓެކްސްގެ އަދަދު އަޅައިކަނޑާލެވިފައި ވަނިކޮށް، އެ ދަރަނީގެ ފައިސާ އަނބުރައި ލިބިއްޖެނަމަ، އެ ފައިސާއަށް ނިސްބަތުންޖެހޭ ޓެކްސްގެ އަދަދު، އެ ފައިސާ އަނބުރައި ލިބުނު ޓެކްސްގެ މުއްދަތުގެ ޓެކުހާއެކު، ރަޖިސްޓަރީކޮށްފައިވާ ފަރާތުން އެމް.އައި.އާރ.އޭ އަށް ދައްކަންވާނެއެވެ.

 

ޓެކްސް ބަޔާން

40 ވަނަ މާއްދާ- ޓެކްސް ބަޔާން

(ހ) ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކުންމެ، ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރ.އޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަދި ކަނޑައަޅާ މުއްދަތުތަކެއްގައި އެމް.އައި.އާރ.އޭ އަށް ޓެކްސް ބަޔާނެއް ހުށަހަޅުންވާނެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ފަރާތަކުން ޓެކްސް ނެގޭ ކޮންމެ މުއްދަތަކަށް ވަކި ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ. އަދި މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކުގައި ރަޖިސްޓަރީކުރާ ފަރާތްތަކުން ޓެކްސް ނެގޭ ކޮންމެ މުއްދަތަކަށް ހުށަހަޅާނީ އެއް ޓެކްސް ބަޔާނެވެ.

 

41 ވަނަ މާއްދާ- ޓެކްސް ބަޔާން ތައްޔާރުކުރުން.

ޓެކްސް ބަޔާން ހުށަހެޅުމަށް އެމް.އައި.އާރ.އޭ އިން ކަނޑައަޅާފައިވާ ފޯމު (MIRA201) ފުރަންވާނީ ގާނޫނާއި މި ގަވާއިދުގައި ޚިދުމަތްދެވުނު ވަގުތު ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން، އެ ޓެކްސްގެ މުއްދަތުގެ ޓެކްސް ބަޔާނުގައި ހިމަންންޖެހޭ އަދަދުތައް ހިސާބުކުރުމަށްފަހުގައެވެ.

 

42 ވަނަ މާއްދާ- ޓެކްސް ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން.

(ށ) ޓެކްސްގެ މުއްދަތު.

(ނ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ވިއްކި ހިދުމަތުގެ ޖުމްލަ އަގު.

(ރ) ހިދުމަތުގެ ޖުމްލަ އަގުން އުނިކުރެވޭ އެއްވެސް އަދަދެއް ވާނަމަ، އެފަދަ އަދަދުތައް.

(ބ) ޓެކްސް ނެގޭ ހިދުމަތުގެ އަގު.  

(ޅ) ދައްކަންޖެހޭ ޓެކްސްގެ އަދަދު.

(ކ) އިންޕުޓް ޓެކްސް ހިމެނިފައިވާނަމަ، އެ އަދަދު.

(އ) ދައްކަންޖެހޭ ޓެކްސްގެ އަދަދަށް އިތުރު އެއްވެސް އުނިއިތުރެއް ގެނެވިފައިވާނަމަ، އެފަދަ އަދަދުތައް.

(ވ) ޓެކްސްގެ އަދަދަށް ގެނެވޭ އުނިއިތުރު ގެނައުމަށްފަހު، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދު.

(މ) MIRA201 ފޯމުގައި ހިމެނޭ އެހެނިހެން މައުލޫމާތު

 

43 ވަނަ މާއްދާ- އުނިކުރުންތައް

(ހ) ޓެކްސް ނެގޭ މުއްދަތަކަށް ނިސްބަތްވާ ހިދުމަތުގެ ޖުމްލަ އަގުގެ ތެރޭގައި އަންނަނިވި އަދަދުތައް ހިމެނިފައިވާނަމަ، ހިދުމަތުގެ ޖުމްލަ އަގުން އެ އަދަދުތައް އުނިކުރެވިދާނެއެވެ.

  1. ދިވެހި ރައްޔުތުނަށާއި ރެސިޑެންޓް ޕަރމިޓް ލިބިފައިވާ ފަރާތްތަކަށް ދެވޭ ހިދުމަތުގެ އަގު.
  2. ޓޫރިޒަމް ޓެކްސް
  3. ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ، ނުވަތަ އެ ކުންފުނި ހިމެނޭ ގްރޫޕްގެ ކުންފުނިތަކުގެ، ނުވަތަ އެ ކުންފުނިން ހިންގާ އެހެން ތަނެއްގެ މުވައްޒަފުންނަށާއި ޑިރެކްޓަރުންނަށް ދެވޭ ހިދުމަތުގެ އަގު.
  4. ޓެކްސް ދެއްކުމުން އެހެން ގާނޫނަކުން އިސްތިސްނާކޮށްފައިވާ ފަރާތްތަކަށް ދެވޭ ހިދުމަތުގެ އަގު.
  5. ގާނޫނުގެ ދަށުން އުނިކުރުމަށް ހުއްދަކުރާ ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމަތުގެ އަގު.
  6. ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޓޫރިސްޓުން ދައްކާފައިވާ ފައިސާ ނުވަތަ އެނޫންވެސް ޖޫރިމަނާ.
  7. ސަރވިސް ޗާޖް.
  8. ގާނޫނުގެ އިމުގެ ތެރޭގައި ނުހިމެނޭ އެހެނިހެން އާމްދަނީ.

(ށ) ހިދުމަތުގެ އަގުން އުނިކުރެވޭ އުނިކުރުންތަކުގެ ތެރޭގައި، އިމްޕޯޓް ޑިއުޓީ އަދި ސަރުކާރަށް ދައްކަންޖެހޭ އެހެނިހެން ފީތަކާއި ޗާޖުތަކެއް ނުހިމެނޭނެއެވެ.

 

44 ވަނަ މާއްދާ- ޓެކްސް ބަޔާނުގައި ސޮއިކުރެވޭނެ ފަރާތްތައް

ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އެމް.އައި.އާރ.އޭ އަށް ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރަންވާނީ ރަޖިސްޓަރީކޮށްފައިވާ ފަރާތުން ނުވަތަ، މަސްއޫލުވާ ފަރާތުން ނުވަތަ، ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަމުގައި އެކަން ކުރުމަށް ކަނޑައަޅައި އެމް.އައި.އާރ.އޭ އަށް އަންގާފައިވާ ފަރާތަކުންނެވެ.

 

45 ވަނަ މާއްދާ- ޓެކްސް ބަޔާން ހުށަޅަންޖެހޭ ތާރީހް ފަސްކުރުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހް ފަސްކޮށް ދިނުމަށް އެދި ރަޖިސްޓަރީކޮށްފައިވާ ފަރާތުން ނުވަތަ ގާނޫނީ ގޮތުން ހަވާލުވާންޖެހޭ ފަރާތުން ކޮމިށަނަރ ޖެނެރަލް އަށް ހުށަހެޅިދާނެއެވެ.

  1. ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ކުއްލިއަކަށް ބޮޑު ބައްޔެއް ޖެހުން.
  2. ރަޖިސްޓަރީކޮށްފައިވާ ފަރާތް މަރުވުން.
  3. މަގްބޫލު އެހެން އެއްވެސް ކަމެއް ދިމާވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އަދި، ކޮމިށަނަރ ޖެނެރަލް ހުއްދަ ދޭ ތާރީހުން ފެށިގެން، އެ ހުއްދަ ދީފައިވާ ގޮތެއްގެމަތިން ރަޖިސްޓަރީކޮށްފައިވާ ފަރާތުން އަމަލުކުރަންވާނެއެވެ.

 

46 ވަނަ މާއްދާ- ޓެކްސް ބަޔާން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްދެވިފައިވާ ހާލަތްތަކުގައި ޓެކްސް ދެއްކުން.

ޓެކްސް ބަޔާން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްދެވިފައިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އަންދާޒާކޮށްފައިވާ ޓެކްސްގެ އަދަދެއް އެމް.އައި.އާރ.އޭ އަށް ދައްކަންވާނެއެވެ. މިގޮތުން ޓެކްސް ދައްކަންވާނީ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށް ނުދެވުނުނަމަ އެ ފަރާތުން ޓެކްސް ދައްކަންޖެހޭނެ ތާރީހްގެ ކުރިންނެވެ.

(ހ) ފާއިތުވި އަހަރުގެ ހަމަ އެ ޓެކްސްގެ މުއްދަތުގައި ދެއްކި ޓެކްސްގެ އަދަދާއި، އެންމެ ފަހުން ހުށަހެޅި ޓެކްސްގެ ބަޔާނުގައިވާ ޓެކްސްގެ އަދަދުން ކުރެ ބޮޑު ޢަދަދު

(ށ) ކޮމިށަނަރ ޖެނެރެލްގެ ހުއްދައާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތް ނޫން އެހެން ގޮތަކަށް އަންދާޒާކުރެވިފައިވާ ޓެކްސްގެ އަދަދު.

 

47 ވަނަ މާއްދާ- އިތުރު ކުރެވުނު މުއްދަތު ހަމަވުމުން ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން

(ހ) މި ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާން ހުށަޅަންޖެހޭ ތާރީޚް ފަސްކުރުމަށް ހުއްދަދެވުނު މުއްދަތު ހަމުވުމުން، އެ މުއްދަތު ނިމުމުން ފެށޭ ޓެކްސްގެ މުއްދަތުގެ ޓެކްސް ބަޔާނަކާއެކު، ތާރީހު ފަސްކުރުމަށް ހުއްދަދެވުނު މުއްދަތުގެ ޓެކްސް ބަޔާންތައްވެސް ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅުންވާނެއެވެ.

(ށ) ޓެކްސް ބަޔާން ހުށަހަޅުންޖެހޭ ތާރީހް ފަސްކުރުމަށް ހުއްދަދެވުނު މުއްދަތު ހަމަވުނުން ފެށޭ ޓެކްސްގެ މުއްދަތުގެ ޓެކްސް ދައްކަންވާނީ، ތާރީހު ފަސްކުރުމަށް ހުއްދަދެވުނު މުއްދަތަށް ދައްކަންޖެހޭ އިތުރު ޓެކުހެއް ވާނަމަ އެ ޓެކުހާއި، އެ ޓެކުހަށްވާ ޖޫރިމަނާއާއެކުގައެވެ. އަދި މި ހާލަތުގައި ޓެކްސްގެ ގޮތުގައި އިތުރަށް ފައިސާ ދެއްކިފައިވާނަމަ އެ އަދަދު، އެ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދުން އުނިކުރެވިދާނެއެވެ. ނަމަވެސް، އިތުރަށް ދައްކާފައިވާ ފައިސާއަށް އިންޓަރެސްޓެއް ނުދެވޭނެއެވެ.

 

48 ވަނަ މާއްދާ- ރަޖިސްޓަރީކޮށްފައިވާ ފަރާތުން އަމިއްލައަށް ކުށް އިސްލާހްކުރުން

(ހ) މި މާއްދާއަށް އަމަލުކުރެވޭނީ ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއް ނުވަތަ ބަޔާންތަކެއްގައި ޓެކްސްގެ ޢަދަދަށް އަސަރުކުރާފަދަ ކުށެއް ހިމެނިފައިވާ ހާލަތްތަކުގައެވެ.

(ށ) ކުރީގެ ޓެކްސް ބަޔާނެއްގައި ހިމެނިފައިވާ ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ފާހަގަކުރެއްވިއްޖެނަމަ، އެ ކުށެއް ފާހަގަކުރެވުނު ޓެކްސްގެ މުއްދަތުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތުން އަމިއްލައަށް އެ ކުށް އިސްލާހުކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. ފާހަގަކުރެވުނު ކުށް ނިސްބަތްވާ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން 6 މަސް ފާއިތުވެފައި ނުވާނަމަ.
  2. ފާހަގަކުރެވުނު ކުށުގެ އަދަދު، އެ ކުށް ނިސްބަތްވާ ޓެކްސްގެ މުއްދަތުގައި ދައްކަންޖެހުނު ޓެކްސްގެ އަދަދުގެ %2.5 (ދޭއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރު ނުވާނަމަ.

(ނ) މި މާއްދާގެ ދަށުން އިސްލާހުކުރެވޭ ކޮންމެ ކުށަކަށްވެސް، އެއީ ކޮން މުއްދަތެއްގެ ޓެކްސް ބަޔާނަކަށް ނިސްބަތްވާ ކުށެއްކަން ބަޔާންކޮށް، އެ ކުށް އިސްލާހުކުރެވުނު ގޮތުގެ ތަފްސީލު ހިސާބު ހުށަހަޅަންވާނެއެވެ.

 

49 ވަނަ މާއްދާ- ކޮމިށަނަރ ޖެނެރަލްއަށް ހުށަހަޅައިގެން ކުށް އިސްލާހު ކުރުން.

(ހ) މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ނުވާނަމަ، ކުރީގެ ޓެކްސް ބަޔާނެއްގައި ހިމެނިފައިވާ ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަމިއްލައަށް އިސްލާހެއް ނުކުރެވޭނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއް ނުވަތަ ބަޔާންތަކެއްގައި ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއް ހިމެނިފައިވާކަން އެ ފަރާތަށް ފާހަގަކުރެވިއްޖެނަމަ، އަދި އެ ކުށަކީ މި ގަވާއިދުގެ 48 ވަނަ މާއްދާގެ ދަށުން އިސްލާހު ކުރެވޭފަދަ ކުށަކަށް ނުވާނަމަ، އެ ކުށް އިސްލާހު ކުރަންވާނީ ކޮމިށަނަރ ޖެނެރަލް އަށް ލިޔުމުން އެކަން ހުށަހެޅުމުން، ކޮމިށަނަރ ޖެނެރަލް އަންގާ ގޮތެއްގެމަތިން އަދި އަންގާ މުއްދަތެއްގެ ތެރޭގައެވެ.

(ނ) ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއްގެ ސަބަބުން ޓެކްސްގެ ގޮތުގައި އިތުރަށް ދެއްކިފައިވާ ޢަދަދު، ދައްކަންޖެހޭ ޓެކުހުގެ އަދަދުން އުނިކުރުމުގެ ހުއްދައަށް އެދި ކޮމިށަނަރ ޖެނެރަލް އަށް ހުށަހަޅާއިރު، ރަޖިސްޓަރީކޮށްފައިވާ ފަރާތުގައި ހުރި ކިތާބީ ހެތްކަށް އިއާޔަތްކުރުމާއެކު، އުނިކުރުމަށް އެދޭ އަދަދާއި އެ އަދަދު ހިސާބުކުރެވުނު ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ. އަދި މިފަދައިން އިތުރަށް ދެއްކިފައިވާ ޓެކްސް އަޅައިކެނޑޭނެ ގޮތަކީ، ކޮމިށަނަރ ޖެނެރަލްގެ ހުއްދައާއެކު، ކުރިއަށްހުރި ޓެކްސްގެ މުއްދަތުތަކުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދުން އުނިކޮށްގެންނެވެ.

(ރ) ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއްގެ ސަބަބުން މަދުން ޓެކްސް ދެއްކިފައިވާނަމަ، މި މާއްދާގެ ދަށުން އެ ކުށް އިސްލާހުކުރުމަށްފަހު އެ މަދުވި އަދަދާއިއެކު އެ އަދަދަށްވާ ޖޫރިމަނާ ދައްކަންވާނެއެވެ.

 

50 ވަނަ މާއްދާ- ޓެކްސްގެ އަދަދަށް އަސަރުނުކުރާފަދަ ކުށްތައް

(ހ) ކުރީގެ ޓެކްސް ބަޔާނެއްގައި ހިމެނިފައިވާ ޓެކްސްގެ އަދަދަށް އަސަރުނުކުރާފަދަ ކުށެއް ރަޖސްޓަރީކޮށްފައިވާ ފަރާތަށް ފާހަގަ ކުރެވިއްޖެނަމަ، އެ ކުށެއް ފާހަގަކުރެވުނު ޓެކްސްގެ މުއްދަތުގެ ޓެކްސް ބަޔާނާއެކު، އެ ކުށް ނިސްބަތްވާ ޓެކްސްގެ މުއްދަތުގެ އިސްލާހުކުރެވިފައިވާ ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިސްލާހުކުރެވިފައިވާ ޓެކްސް ބަޔާނެއް ހުށަހެޅޭނީ ހަމައެކަނި ޓެކްސްގެ އަދަދަށް އަސަރުނުކުރާފަދަ ކުށްތަކާ ގުޅިގެންނެވެ.

 

ޓެކްސް ދެއްކުން

51 ވަނަ މާއްދާ- ޓެކްސް ދެއްކުން

ޓެކުހާއި ޖޫރިމަނާ އާއި އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހަމައަށް ދައްކަންވާނެއެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެމް.އައި.އާރ.އޭ އިން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިށަނަރ ޖެނެރަލްގެ ހުއްދައާއެކު ބައިބަޔަށް ބަހާލައިގެން ދެއްކިދާނެއެވެ.

 

52 ވަނަ މާއްދާ- ޓެކްސް ދައްކަންޖެހޭ ތަން

ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް ދައްކަންވާނީ އެމް.އައި.އާރ.އޭ އަށް ނުވަތަ އެމް.އައި.އާރ.އޭ އިން ކަނޑައަޅާ ތަނަކަށެވެ.

 

53 ވަނަ މާއްދާ- ޓެކްސް ދައްކަންޖެހޭ ފައިސާ

(ހ) ޓެކްސް ދައްކަންވާނީ އެމެރިކާ ޑޮލަރުން ނުވަތަ މޯލިވްސް މަނިޓަރީ އޮތޯރިޓީން އިން ގަބޫލުކުރާ ބޭރު ފައިސާގެ ތެރެއިން އެ އޮތޯރިޓީއާއި އަދި ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ލަފާގެ މަތިން، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އެނޫންވެސް ފައިސާ އަކުންނެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް، ޓެކްސް ދައްކާ ފައިސާ ބަދަލު ކުރެވޭނީ ގިނަވެގެން މީލާދީ އަހަރަކު އެއްފަހަރުއެވެ.

 

54 ވަނަ މާއްދާ- ޓެކްސް ބަޔާން ހުށަހެޅުމާނުލައި ފައިސާ ދެއްކުން.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް، އެ ފަރާތުން ޓެކްސް ބަޔާން ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޓެކްސް ބަޔާން ހުށަނޭޅިއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ބަހައްޓާގޮތަށް ފައިސާގެ އަދަދެއް އެމް.އައި.އާރ.އޭ އަށް ދެއްކިދާނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަދަދެއް އަޅައިކަނޑާލުމުން ޓެކްސްގެ ގޮތުގައި އިތުރަށް ފައިސާ ދެއްކިފައިވާނަމަ، އެ ފައިސާ އުނިކުރެވޭނީ ޖެހިގެން އަންނަ ޓެކްސްގެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް އަދަދެއް އަޅައި ކަނޑަލުމުން ޓެކްސްގެ ގޮތުގައި އިތުރަށް ފައިސާ ދެއްކިފައިވާނަމަ، އެ ފައިސާ އުނިކުރެވޭނީ ޖެހިގެން އަންނަ ޓެކްސްގެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދުންނެވެ. އަދި މިގޮތަށް އަޅައި ކަނޑާލުމުން ޓެކްސްގެ ގޮތުގައި މަދުން ފައިސާ ދެއްކިފައިވާނަމަ، އެ މަދުވާ ބައި ދައްކަންވާނީ އެ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ފައިސާ ދައްކާ ހަލާސްކުރާ ދުވަހާ ހަމައަށް އެ މަދުވާ ބަޔަށްވާ ޖޫރިމަނާއާ އެކުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަމުގައި ބަހައްޓާ ފައިސާ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދަށްވުރެ އިތުރު ވިޔަސް، އެ އިތުރުވާ ބަޔަކަށް އިންޓަރެސްޓެއް ނުދެވޭނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެވުނު ކަމުގައި ވީނަމަވެސް، ޓެކްސް ބަޔާން ހުށަހަޅުންޖެހޭ ތާރީހަށް ޓެކްސް ބަޔާން ހުށަހަޅާފައިނުވާތީ، ކޮމިށަނަރ ޖެނެރަލް ކޑައަޅާ އުސޫލެއްގެ މަތިން، ގާނޫނުގެ 44 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖޫރިމަނާ ކުރެވޭނެއެވެ.

 

ނުދައްކާއޮތް ޓެކުހާއި ޖޫރިމަނާ އާއި އަދަބު

55 ވަނަ މާއްދާ- ނުދައްކާއޮތް ޓެކުހާއި ޖޫރިމަނާ

ނުދައްކާއޮތް ޓެކުހެއް ނުވަތަ ޖޫރިމަނާއެއް، ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްގެ ގޮތުގައި ހޯދުމުގެ ބާރު، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާއި އެ ގާނޫނުން ބާރުލިބިގެން ހެދޭ ގަވާއިދުތަކުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އަށް ލިބިގެންވެއެވެ. މިފަދައިން އަމަލުކުރުމުގައި، އެންމެފަހު ފުރުސަތެއްގެގޮތުން ރަޖިސްޓްރީކޮށްފައިވާ ފަރާތަށް، އެ ފައިސާ ދެއްކުމަށް އަންގައި ނޯޓިސް އެއް ފޮނުވިދާނެއެވެ.

 

56 ވަނަ މާއްދާ- ނުދައްކާއޮތް ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުން.

(ހ) ނުދައްކާއޮތް ޓެކުހެއް ނުވަތަ ޖޫރިމަނާއަކާ ގުޅޭގޮތުން ފޮނުވާ ނޯޓިސްގައި ތިރީގައިވާ މައުލޫމާތު ހިމިނަންވާނެއެވެ.

  1. ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން.
  2. ނުދައްކާއޮތް ޓެކްސް ނުވަތަ ޖޫރިމަނާގެ ޢަދަދު.
  3. ނުދައްކާއޮތް ޓެކްސް ނުވަތަ ޖޫރިމަނާ ނިސްބަތްވާ ޓެކްސްގެ މުއްދަތު.
  4. ނުދައްކާ އޮތް ޖޫރިމަނާއަށް އަރާފައިވާ އިންޓަރެސްޓް.
  5. ޖޫރިމަނާއާއި އިންޓަރެސްޓް ހިސާބުކުރެވިފައިވަނީ ކޮން ތާރީހައާއި ހަމައަށްކަން.
  6. ދުވާލެއްގެ މައްޗަށް ޖެހޭ އިންޓަރެސްޓްގެ އަދަދު.
  7. ފައިސާ ދައްކަންޖެހޭ ސުންގަޑިތައް.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮތް ހިނދު އެ ދަރަނި ހަލާސްކުރުމަށް އެއްވެސް ފައިސާއެއް ދައްކައިފިނަމަ، އެ ދެއްކި ފައިސާއިން ކެނޑޭނީ، ފުރަތަމަ ޓެކްސްގެ އަދަދު، ދެން ޖޫރިމަނާ އެއަށްފަހު އިންޓަރެސްޓް މި ތަރުތީބުންނެވެ.

 

57 ވަނަ މާއްދާ- އަދަބު ލުއި ކޮށްދިނުން.

އެމް.އައި.އާރ.އޭ އަށް ފެނިއްޖެނަމަ، ތިރީގައިވާ ހާލަތްތަކުގައި އަދަބެއް ލުއިކޮށްދިނުމުގެ ގޮތުން އެ އަދަބެއް އެއްކޮށް ނުވަތަ އެއް ބައެއް މައާފްކޮށްދެވިދާނެއެވެ.

(ހ) ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ޒިންމާ އަދާނުކުރެވުނީ އެފަރާތް މަރުވުމުގެ ސަބަބުން ނުވަތަ ކުއްލިއަކަށް ބޮޑު ބައްޔެއް ޖެހުމުގެ ސަބަބުން ކަމަށްވުން.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ޒިންމާ އަދާނުކުރެވުނީ ގުދުރަތީ ކާރިސާއަކާ ގުޅިގެން ނުވަތަ އަލިފާނުގެ ހާދިޔާއަކާގުޅިގެން، ނުވަތަ އެނޫންވެސް ނުރައްކާތެރި ކުއްލި ހާލަތެއް މެދުވެރިވުމުގެ ސަބަބުން މުދަލަށް ނުވަތަ ލިޔެކިޔުންތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށްވުން.

(ނ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ޒިންމާ އަދާނުކުރެވޭފަދަ އެހެން އެއްވެސް އުޒުރެއް ދިމާވިކަން، ކޮމިށަނަރ ޖެނެރަލް އަށް ގަބޫލުކުރެވޭ މިންވަރަށް ކިތާބީ ހެއްކާއި ތަފްސީލު ހުށަހަޅައި ސާބިތުކޮށްދިނުމުން.

(ރ) ރަޖިސްޓްރީކޮށްފައިވާ ފަރާތުން ޓެކްސް ދައްކަންޖެހޭ އަދަދާ ގުޅޭ އެއްވެސް މައުލޫމާތެއް ފޮރުވިކަން ނުވަތަ އެފަދަ މައުލޫމާތެއް ނުބައިކޮށް ހުށަހެޅިކަން އެމް.އައި.އާރ.އޭ އަށް ފާހަގަކުރެވުމުގެ ކުރިން، އެ ފަރާތުން އިސްނަގައިގެން ހެޔޮ ނިޔަތުގައި ފުރިހަމަ އަދި ތެދު މައުލޫމާތު ހާމަކޮށްދިނުން.

 

ރަޖިސްޓަރީކޮށްފައިވާ ފަރާތް މަރުވުން ނުވަތަ އިފްލާސްކުރުން

58 ވަނަ މާއްދާ- ރަޖިސްޓަރީކޮށްފައިވާ ފަރާތް މަރުވުން ނުވަތަ އިފްލާސްކުރުން.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއް މަރުވެއްޖެނަމަ، އެ ފަރާތް މަރުވި ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، ޓެކްސް ބަޔާން ހުށަހެޅުމަށް ގާނޫނީ ގޮތުން ހަވާލުވާންޖެހޭ ފަރާތުން، ރަޖިސްޓަރީކޮށްފައިވާ ފަރާތް މަރުވިކަން އެމް.އައި.އާރ.އޭ އަށް އަންގަންވާނެއެވެ. އަދި، އެފަރާތް މަރުވިއިރު ހިނގަމުންދާ ޓެކްސް ނެގޭ މުއްދަތުގެ އެ ބަޔަށް ހުށަހަޅަންޖެހޭ ޓެކްސްބަޔާން، އެ ޓެކްސްގެ މުއްދަތު ނިމޭ ތާރީހުން ފެށޭ މީލާދީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެމް.އައި.އާރ.އޭ އަށް ހުށަހަޅައި ޓެކްސް ދައްކަންވާނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއް އިފްލާސްކޮށްފިނަމަ ނުވަތަ އެފަރާތެއްގެ ވިޔަފާރި ދާއިމީކޮށް ހުއްޓުމަކަށް އަތުވެއްޖެނަމަ، އެ ހާލަތް މެދުވެރިވިއިރު ހިނގަމުންދާ ޓެކްސް ނެގޭ މުއްދަތުގެ އެ ބަޔަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން އެ ފަރާތުން ނުވަތަ އެކަން ކުރުމަށް ގާނޫނީގޮތުން ހަވާލުވަންޖެހޭ ފަރާތުން، އެ ޓެކްސްގެ މުއްދަތު ނިމޭ ތާރީހުން ފެށޭ މީލާދީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެމް.އައި.އާރ.އޭ އަށް ހުށަހަޅައި ޓެކްސް ދައްކަންވާނެއެވެ.

 

59 ވަނަ މާއްދާ- މަރުވެފައިވާ ފަރާތެއްގެވިޔަފާރި ހިންގުމަށް ހަވާލުވުން.

ރަޖިސްޓަރީކޮށްފައިވާ ފަރާތެއް މަރުވައްޖެނަމަ، އަދި މަރުވި ފަރާތުގެ ވިޔަފާރި އެހެން ފަރާތަކުން ހިންގާނަމަ، އެ ޓެކްސް ނެގޭ ހަރަކާތް ވަކި ފަރާތެއްގެ ނަމުގައި އެމް.އައި.އާރ.އޭ ގައި ރަޖިސްޓަރީ ނުކުރާހާ ހިނދަކު އެ ވިޔަފާރި ހިންގުމާ ހަވާލުވި ތާރީހުން ފެށިގެން އެ ވިޔަފާރި ހިންގުމާ ހަވާލުވާ ފަރާތަކީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމަށް ކޮމިށަނަރ ޖެނެރަލް އަށް ބެލެވިދާނެއެވެ. އަދި އެ ވިޔަފާރި ހިންގުމާ ހަވާލުވި ފަރާތުން ވިޔަފާރި ހިންގުމާ ހަވާލުވިކަން ސަބަބާއެކު 14 ދުވަހުގެ ތެރޭގައި ކޮމިށަނަރ ޖެނެރަލް އަށް ލިޔުމުން އަންގަންވާނެއެވެ.

 

އޮޑިޓް ކުރުމުގެ ބާރާއި ރިކޯޑު ބެލެހެއްޓުން.

60 ވަނަ މާއްދާ- ޓެކްސް އިންވޮއިސް ނުވަތަ  ރަސީދު ހުށަހެޅުން.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާނުގައި ހިމެނިފައިވާ އަދަދުތައް ނިސްބަތްވާ ޚިދުމަތްތައް ދެވުނު ވަގުތު ބެލުމަށް ބޭނުން ކުރެވުނު ޓެކްސް އިންވޮއިސް ނުވަތަ ރަސީދު، އެ ޓެކްސް ބަޔާނާއެކު އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ. މީގެ ތެރޭގައި ޓެކްސް ދައްކަންޖެހޭ ހިދުމަތްތަކާއި، ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ޚިދުމަތްތަކާއި، ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވިފައިވާ ފަރާތަކަށް ދެވޭ ހިދުމަތްތަކާއި، އެހެނިހެން އުނިކުރުންތަކާއި، އިންޕުޓް ޓެކްސްގެ ގޮތުގައި ޓެކްސް ބަޔާނުގައި ހިމަނާފައިވާ އަދަދު ހިމެނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް އިންވޮއިސްތަކާއި ރަސީދުތައް އެމް.އައި.އާރ.އޭ އަށް ހުށަހަޅަންޖެހޭ ޖެހުމުން އެ ފަރާތްތައް އިސްތިސްނާކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ޓެކްސް އިންވޮއިސްތަކާއި ރަސީދުތައް ހުށަހަޅަންޖެހޭ ޖެހުމުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް އިސްތިސްނާ ކުރެވިފައިވަނިކޮށް، ކޮމިށަނަރ ޖެނެރަލް އަށް ފެނިއްޖެ ހިނދެއްގައި، އެ މާއްދާގެ ދަށުން ދެވިފައިވާ އިސްތިސްނާ 7 ދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު އަނބުރައި ގެނެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ނޯޓިސް އެއް ފޮނުވައިފިނަމަ، އެ ނޯޓިސްގައިވާ ގޮތެއްގެމަތިން، ރަޖިސްޓަރީކޮށްފައިވާ ފަރާތުން އެމް.އައި.އާރ.އޭ އަށް ޓެކްސް އިންވޮއިސް ނުވަތަ ރަސީދު ހުށަހަޅަން ވާނެއެވެ.

 

61 ވަނަ މާއްދާ- އިތުރު ލިޔެކިޔުން ހުށަހެޅުމަށް އެންގުން.

މި ގަވާއިދުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ފިޔަވައި އުތުރު ލިޔެކިޔުމެއް އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ހިނދެއްގައި، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގެ  ނޯޓިސް އެއް ދިނުމަށްފަހު، އެ ނޯޓިސްގައި ހިމެނޭ ލިޔެކިޔުންތައް އެމް.އައި.އާރ.އޭ އަށް ހުށަހެޅުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އެންގުމުގެ އިހްތިޔާރާއި  ބާރު  ކޮމިށަނަރ  ޖެނެރަލް  އަށް ލިބިގެންވެއެވެ.

(ހ) މި ގަވާއިދުގެ 62 ވަނަ މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ  ލިޔެކިޔުމެއްނަމަ،  މަދުވެގެން 7 ދުވަހުގެ ނޯޓިސް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފިޔަވައި އުތުރު ލިޔެކިޔުމެއްނަމަ، މަދުވެގެން 14 ދުވަހުގެ ނޯޓްސް.

 

62 ވަނަ މާއްދާ- ރިކޯޑު ބެލެހެއްޓުން.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސްގެ އަދަދަކީ ސައްހަ އަދަދެއްކަން ދައްކައިދިނުމުގެ ބޭނުމަށް، އައި.އެފް.އާރ.އެސް  ނުވަތަ  ބައިނަލްއަގްވާމީ  ގޮތުން ގަބޫލުކުރެވޭ އެހެން ފައިނޭންށަލް  ރިޕޯޓިނގް  ފްރޭމްވޯކްއަކާ  އެއްގޮތަށް، އަންނަނިވި ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ.

  1. ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ތައްޔާރުކޮށްފައިވާ ޓެކްސް އިންވޮއިސްތައް.
  2. ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ލިބިފައިވާ ޓެކްސް އިންވޮއިސްތައް.
  3. ކްރެޑިޓް ނޯޓް، ޑެބިޓްނޯޓް، އަދި މި ނޫނަސް ރަޖިސްޓަރީކޮށްފައިވާ  ފަރާތަކުން ދިން ހިދުމަތެއްގެ އަގަށް އުނި އިތުރެއް އައިކަން ދައްކުވައިދޭ ލިޔެކިޔުންތައް.
  4. ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވިފައިވާ ފަރާތަކަށް ހިދުމަތް ދެވިފައިވާނަމަ، އެ ހިދުމަތެއް ދެވިފައިވަނީ އެފަދަ ފަރާތަކަށްކަން ސާބިތުކޮށްދޭ ލިޔެކިޔުން.
  5. އިންޕުޓް ޓެކުހުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ތަފުސީލު ދައްކުވައިދޭ  ސްޓޭޓްމަންޓެއް.
  6. ހިސާބު ބެލެހެއްޓުމާއި ގުޅިންހުރި އެހެނިހެން ލިޔެކިޔުންތައް.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ބަލަހައްޓަންޖެހޭނެ ކަމަށް މި މާއްދާގެ (ހ) ގައި  ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ  ލިސްޓަށް  ކޮމިށަނަރ  ޖެނެރަލް އާންމުކުރާ އެންގުމެއްގެ ދަށުން ބައެއް އިތުރު ކުރެވިދާނެއެވެ.

 

63 ވަނަ މާއްދާ- ރިކޯޑް ބަހައްޓަންޖެހޭ މުއްދަތު،  ބަސް އަދި ފައިސާ

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ޓެކުހާ  ބެހޭ ރިކޯޑުތައް،  އެ ރިކޯޑަކާ ގުޅޭ ޓެކްސްގެ މުއްދަތު ނިމޭ ތާރީހުން ފެށިގެން ފަސް  އަހަރު  ދުވަހުގެ މުއްދަތަށް އެ ފަރާތުން ބަލަހައްޓަންވާނެއެވެ. މިފަދަ  ލިޔެކިޔުންތައް ތައްޔާރުކުރަންވާނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އަދި، މި  ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ ލިޔެކިޔުންތަކުގައި  ހިމެނޭ އަދަދުތައް ހުންނަންވާނީ ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި  އެހެން  އޮތްކަމަށްވީނަމަވެސް،  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ގަބޫލުކުރާ  އެހެން ބޭރު ފައިސާއަކުން  ޓެކްސް އިންވޮއިސް ތައްޔާރުކުރެވިދާނެއެވެ. އެހެންނަމަވެސް،  އިންވޮއިސްގައި ހިމެނޭ ޓެކްސްގެ އަދަދު އެމެރިކާ ޑޮލަރުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

އިތުރު މާއްދާތައް

64 ވަނަ މާއްދާ- ފުރިހަމަ ކުރެވިފައިވާ ފޯމު ހުށަހެޅުން

މި ގަވާއިދުގައިވާ ގޮތުގެމަތިން ފުރިހަމަކޮށް  ހުށަހަޅަންޖެހޭ ފޯމެއްގައި ކަނޑައެޅިފައިވާ އެންމެހާ މައުލޫމާތާއި  އެ  ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާނަމަ، އެ ފޯމެއް ބަލައި ނުގަތުމުގެ އިހްތިޔާރު އެމް.އައި.އާރ.އޭ އަށް ލިބިގެންވެއެވެ.

 

65 ވަނަ މާއްދާ- ޓެކްސް ހިސާބުކުރުމުގެ އަސާސް ބަދަލުކުރުން.

(ހ) ގާނޫނުގެ  20  ވަނަ މާއްދާގެ ދަށުން ޓެކްސް ހިސާބުކުރުމުގެ އަސާސް، އިންވޮއިސްގެ އަސާސް ފިޔަވައި އެހެން އަސާސަކަށް ބަދަލުކުރުމުގެ ހުއްދަ ހޯދުމުގެ ބޭނުމަށް، ރަޖިސްޓަރީކޮށްފައިވާ  ފަރާތަކަށް އަހަރެއްގެ މައްޗަށް  ލިބޭ ޓެކްސް ދައްކަންޖެހޭ އާމްދަނީ 50،000.00 (ފަންސާސް ހާސް)  އެމެރިކާ ޑޮލަރަށްވުރެ އިތުރުނުވާކަން ބެލުމަށްޓަކައި، ފާއިތުވެދިޔަ 12 މަސްދުވަހުގެ  ޓެކްސް  ނެގޭ ހިދުމަތުގެ ޖުމްލަ އަގު، އަދި ކުރިއަށް އޮތް 12 މަސް ދުވަހަށް އަންދާޒާކުރާ ޓެކްސް ނެގޭ ކިދުމަތުގެ ޖުމްލަ އަގު އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނުނުގެ 20 ވަނަ މާއްދާގެ  ދަށުން  ޓެކްސް ހިސާބު ކުރުމުގެ އަސާސަށް ބަދަލެއް ގެނައުމަށް  ހުއްދަ ދީފިނަމަ،  އެއަށް އަމަލުކުރަން ފަށަންވާނީ އެ ހުއްދަ ދެވުނުއިރު ހިނގަމުންދާ ޓެކްސްގެ މުއްދަތު ނިމޭ ތާރީހުން ފެށޭ  ޓެކްސްގެ މުއްދަތުގައެވެ. އަދި، ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން   ހުށަހަޅަންޖެހޭ މަޢުލޫމާތު،  ޓެކްސް ހިސާބުކުރުމުގެ އަސާސް  ބަދަލުކުރުމަށް  ކޮމިށަނަރ ޖެނެރަލް ހުއްދަ ދޭ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އެމް.އައި.އަރ.އޭ އަށް ހުށަހަޅަންވާނެއެވެ.

(ނ) ޓެކްސް ހިސާބުކުރުމުގެ އަސާސް ބަދަލުކުރުމުގެ ހުއްދައަށް އެދި  ހުށަހަޅަންވާނީ  އެކަމަށް އެދޭ ފޯމު  (MIRA203) ފުރިހަމަ ކުރުމަށްފަހު  އެ  ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއި އެކުގައެވެ.

 

66 ވަނަ މާއްދާ- ރަޖިސްޓަރީކޮށްފައިވާ ފަރާތުން އޭޖެންޓެއްގެ ހައިސިއްޔަތުން ހިދުމަތް ފޯރުވައިދިނުން

ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، ރަޖިސްޓަރީކޮށްފައި ނުވާ ފަރާތެއްގެ އޭޖެންޓެއްގެ ހައިސިއްޔަތުން ޓެކްސް ނެގޭ ހިދުމަތެއްތެއް ފޯރުވައިދީފިނަމަ، އެ ހިދުމަތާ ގުޅިގެން އެ ފަރާތަށް ލިބުނު ކޮމިށަނުން ޓެކްސް ދައްކަން ވާނެއެވެ.

 

67 ވަނަ މާއްދާ- ޓެކްސް ނެގޭ ހަރަކާތް އެހެން ފަރާތެއްގެ ނަން މައްޗަށް ބަދަލުކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އެ ފަރާތެއްގެ ޓެކްސް ނެގޭ ޙަރަކާތެއް އެހެން  ފަރާތެއްގެ ނަން މައްޗަށް ބަދަލުކުރަންވާނީ،  އެކަން  ކުރާ ދުވަހުގެ ނިޔަލަށް ޓެކުހާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ،  އެ ފައިސާ  އެމް.އައި.އާރ.އޭ އަށް ދައްކައި ހަލާސް ކުރުމަށްފަހުއެވެ.

(ށ) ޓެކްސް ނެގޭ ޙަރަކާތެއް  އެހެން  ފަރާތެއްގެ ނަން މައްޗަށް ބަދުލުކުރި ތާރީހުގެ ނިޔަލަށް، އެ ޙަރަކާތް  ނިސްބަތްވި  ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޓެކުހާ ގުޅިގެން ދައްކަންޖެހި ނުދައްކާއޮތް އެއްވެސް ފައިސާއެއް ދެއްކުމުގެ  ޒިންމާ  ވިޔަފާރިއާ ހަވާލުވާ ފަރާތަށް ބަދަލެއް ނުކުރެވޭނެއެވެ.

(ނ) ޓެކްސް ނެގޭ  ހަރަކާތް  ހިންގި ފަރާތުން ޓެކުހާ ގުޅިގެން ދައްކަންޖެހި ނުދައްކާއޮތް އެންމެހައި ފައިސާ  އެމް.އައި.އާރ.އޭ އަށް  ދައްކައި ހަލާސް ކުރުމުން މެނުވީ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން،  ޓެކްސް  ނެގޭ ހަރަކާތާ ހަވާލުވި ފަރާތަށް އެ ޓެކްސް ނެގޭ ހަރަކާތް އެމް.އައި.އާރ.އޭ ގައި ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.

 

68 ވަނަ މާއްދާ- ޓެކްސް ނެގޭ ހަރަކާތް ހުއްޓާލުމާ ވިދިގެން ރިފަންޑް ހޯދުމަށް އެދި ހުށަހެޅުން

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޓެކްސް  ނެގޭ  ހަރަކާތެއް ހުއްޓާލިއިރު، އެ ފަރާތަކުން އެމް.އައި.އާރ.އޭ އަށް ދައްކަންޖެހޭ އަދަދަށްވުރެ  އިތުރަށް  ފައިސާ ދައްކާފައިވާނަމަ، އެ ފަރާތަކަށް ކޮމިށަނަރ ޖެނެރަލް  އަންގާ  ގޮތެއްގެމަތިން ރިފަންޑް ހޯދުމަށް އެދި އެމް.އައި.އާރ.އޭ އަށް ހުށަހެޅުމުން އިތުރަށް ދައްކާފައިވާ ފައިސާ ރިފަންޑް ކޮށްދޭންވާނެއެވެ.

 

69 ވަނަ މާއްދާ- އެކައުންޓިން ސްޓޭންޑަޑް

ގާނޫނާއި މި ގަވާއިދުގެ  ބޭނުމަށް އެކައުންޓިން ސްޓޭންޑަޑް އެއްގެ ގޮތުގައި ބޭނުންކުރަންވާނީ އައި.އެފް.އާރ.އެސް ނުވަތަ  ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ އެހެން ފައިނޭންޝ\ށަލް ރިޕޯޓިންގ ފްރޭމްވޯކް އެކެވެ.

 

70 ވަނަ މާއްދާ- ޓެކްސް އެޑްވައިޒަރުން ނުވަތަ ޓެކްސް އެކައުންޓަންޓުންނަށް ލައިސަންސް ދޫކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ  ނަމުގައި  އެ ފަރާތުގެ ޓެކުހާ ގުޅޭ ހިސާބުތައް ތައްޔާރުކުރުމާއި ޓެކްސް  ބަޔާންތައް  ހުށަހެޅުމުގެ މަސައްކަތް، އެމް.އައި.އާރ.އޭ އިން ލައިސަންސް ދޫކޮށްފައިވާ ޓެކްސް  އެޑްވައިޒަރަކާ  ނުވަތަ ޓެކްސް އެކައުންޓަންޓަކާ ހަވާލުކުރެވިދާނެއެވެ.

(ށ) ޓެކްސް އެޑްވައިޒަރުންނާއި  ޓެކްސް އެކައުންޓަންޓުންނަށް  ލައިސަންސް  ދޫކުރުމުގެ ކުރިން އެ ފަރާތްތަކުން  ފުރިހަމަކުރަންޖެހޭނެ ށަރުތުތައް އެމް.އައި.އާރ.އޭ އިން ކަނޑައަޅަންވާނެއެވެ.

(ނ) ޓެކްސް  އެޑްވައިޒަރުންނަށާއި  ޓެކްސް އެކައުންޓެންޓުންނަށް ލައިސަންސް ދޫކުރަން ފެށޭނީ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ހަމަވުމަށްފަހުގައެވެ.

 

71 ވަނަ މާއްދާ- ހުއްދަދެވޭ ސެފްޓްވެއަރ

ރަޖިސްޓަރީކޮށްފައިވާ  ފަރާތެއްގެ،  އަހަރެއްގެ ޓެކްސް ނެގޭ ހިދުމަތުގެ އަގު، އެމް.އައި.އާރ.އޭ އިން ކަނޑައަޅާ ވަކި އަދަދަކަށްވުރެ އުތިރުވާނަމަ،  ޓެކުހާ ގުޅޭ ލިޔެންކިޔުންތައް ތައްޔާރުކުރަންވާނީ އެމް.އައި.އާރ.އޭ އިން ހުއްދަދީފައިވާ   ސެފްޓްވެއަރއެއް ބޭނުންކޮށްގެންނެވެ.  ނަމަވެސް، މިފަދައިން އަމަލުކުރުމަށް،  ހުއްދަދެވޭ ސޮފްޓްވެއަރ  ތަކުގެ ލިސްޓް އެމް.އައި.އާރ.އޭ އިން އާންމުކުރާ ތާރީހުން ފެށިގެން ދެ އަހަރުދުވަހުގެ  މުއްދަތެއް  ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ދޭންވާނެއެވެ.

 

72 ވަނަ މާއްދާ- ގާނޫނާއި ގަވާއިދުތަކަށް ތަބާވުން

ގާނޫނާއި  މި ގަވާއިދުގައި  ކަނޑައެޅިފައވާގޮތަށް ޓެކްސް ނެގުން އިދާރީގޮތުން ތަންފީދުކުރުމުގެ ބޭނުމުގައި ކޮމިށަނަރ ޖެނެރަލް  އަންގާ  އެންމެހައި އެންގުންތަކަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ފުރިހަމައަށް ތަބާވާންޖެހޭނެއެވެ.

 

73 ވަނަ މާއްދާ- ގަވާއިދާ ހިލާފްވުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، ރަޖިސްޓަރީކޮށްފައިވާ އެއްވެސް ފަރާތަކުން  މި ގަވާއިދާ ހިލާފް އަމަލެއް  ހިންގައިފިނަމަ، އެ ފަރާތަކުން ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި  ގާނޫނުގެ 51 ވަނަ  މާއްދާގައިވާ ގޮތުގެމަތިން، 250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

74 ވަނަ މާއްދާ- މި ގަވާއިދާއި ޓެކްސް ނެގުމާބެހޭ ގާނޫނުތަކާ އެކުގައި ކިޔުން

މި ގަވާއިދު  ކިޔާނީ ގާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު)  އާއި ގާނޫނު  ނަންބަރު 3/2010 އެކުގައެވެ. އަދި މި ގަވާއިދުގައި މަނާކޮށްފައިވާ ކޮންމެ ލަފްޒެއް  ނުވަތަ އިބާރާތެއް ކަނޑައެޅިގެން އެހެން ގޮތަކަށް  ދޭހަނުވާހާ  ހިނދަކު މާނަކުރާނީ،  އެ ގާނޫނުތަކުގައި އެ ލަފްޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

75 ވަނަ މާއްދާ- އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖެނުއަރީ 2011 ވަނަ ދުވަހުން ފެށިގެންނެވެ.

 

76 ވަނަ މާއްދާ- މާނަކުރުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު:

"ގާނޫނު، ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށެވެ.

"ޓިން" ކަމަށް ބުނެފައި އެވަނީ،  ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި  ދޭ ހިދުމަތުގެ އަގުން  ޓެކްސް  ނެގުމުގެ ގާނޫނުގެ ދަށުން ދޫކޮށްފައިވާ ޓެކްސްޕެޔަރ އައިޑެންޓިފިކޭށަން ނަންބަރަށެވެ.

"ދަތުރުފަތުރު ރާވައި ހިންގުމުގެ ކިދުމަތްދޭ ފަރާތްތައް"  ކަމަށް ބުނެފައި އެވަނީ، ޓްރެވަލް އެޖެންޓުން، ޓުއަރ އޮޕަރޭޓަރުން އަދި ވިޔަފާރި އުސޫލުން ދިވެހިރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ކިދުމަތްދޭ އެހެނިހެން ފަރާތްތަކަށެވެ.

"ގާނޫނީ ގޮތުން ހަވާލުވާންޖެހޭ ފަރާތް" ކަމަށް  ބުނެފައި  އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ "މަސްއޫލުވާ މީހާ" އަށެވެ. ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ ވަކި ފަރުދެއްނަމަ، އަދި "މަސްއޫލުވާ މީހާ"  އައްޔަންކޮށްފައި ނުވާނަމަ، ގާނޫނުގެ 15 ވަނަ މާއްދާގެ ބޭނުމަށް އެފަރާތުން އައްޔަންކުރާ ފަރާތެވެ.

"އިސްތިސްނާކުރެވިފައިވާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް"  ކަމަށް ބުނެފައި  އެވަނީ، ގާނޫނާ އެއްގޮތަށް ޓެކްސް ދެއްކުމުން އިސްތިސްނާކުރެވޭ ފަރާތްތަކަށާއި ގާނޫނުގައި ބަޔާންކޮށްފައިވާ "ޓޫރިސްޓެއް"  ގެ މާނައަށް ނުފެތޭ ފަރާތްތަކަށް ދެވޭ ހިދުމަތްތަކަށެވެ.

"ރަޖިސްޓަރީކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސ ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރަންޖެހޭ އެންމެހާ ފަރާތްތަކަށެވެ.

"ޓެކްސް ނެގޭ ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ބަޔާންކުރެވިފައިވާފަދަ ޓޫރިޒަމްއާއި ގުޅޭ ހިދުމަތަކަށް ނުވަތަ އެފަދަ ހިދުމަތެއްގެ ބަޔަކަށް ނަމަވެސް އަގެއް ނެގޭގޮތަށް ނުވަތަ އަގެއް ނުގުމުގެ ނިޔަތުގައި ދެވޭ ހިދުމަތްތަކަށެވެ. އަދި، މިފަދަ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރިއެއް ނުވަތަ ޕްރޮފެށަނެއް  ނުވަތަ ވޮކޭށަނެއްގެ ގޮތުގައި ދެވޭ ހިދުމަތްތަކާއި ކްލަބްތަކާއި ފައިދާއަށް  ނޫންގޮތަކަށް ހިންގޭ ޖަމްއިއްޔާތަކުން ދިވޭ ހިދުމަތްތައް ހިމެނެއެވެ.

"އިންވޮއިސް އަސާސް" ކަމަށް ބުނެފައި  އެވަނީ، ޓެކްސް ދައްކަންޖެހޭ  ހިސާބުތައް، އެ ތަނަކުން ތައްޔާރުކުރާ އިންވޮއިސްތަކުގެ މައްޗަށް ބިނާކޮށްގެން ހެދުމަށެވެ.

"ޕޭމަންޓް އަސާސް" ކަމަށް ބުނެފައި  އެވަނީ،  ދޭ ހިދުމަތްތަކުގެ އަގު، އިންވޮއިސް އަސާސްގެ މައްޗަށް ބިނާކޮށް  އަދި، ލިބިގަންނަ ހިދުމަތްތަކުގެ އަގު،  ދައްކާ ފައިސާގެ މައްޗަށް ބިނާކޮށްގެން ޓެކްސް ދައްކަންޖެހޭ ހިސާބުތައް ހެދުމަށެވެ.

"ކްރެޑިޓް ނޯޓް" ކަމަށް ބުނެފައި އެވަނީ  ، ދެވުނު ހިދުމަތްތަކަށް ޓެކްސް އިންވޮއިސް ދޫކުރިފަހުން، އެ ހިދުމަތުގެ އަގު ދަށްކުރުމުގެ ގޮތުން ދޫކުރެވޭ ލިޔުމެކެވެ.

"ޑެބިޓް ނޯޓް" ކަމަށް ބުނެފައި އެވަނީ،  ދެވުނު ހިދުމަތަކަށް ޓެކްސް އިންވޮއިސް ދޫކުރިފަހުން، އެ ހިދުމަތުގެ އަގު ބޮޑުކުރުމުގެ ގޮތުން ދޫކުރެވޭ ލިޔުމެކެވެ.

"ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ،  ޓެކްސް  ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަށެވެ.

"އެމް.އައި.އާރ.އޭ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ.

"ޓީ.ޖީ.އެސް.ޓީ"  ކަމަށް ބުނެފައި  އެވަނީ،  ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނެގޭ ޓެކުހަށެވެ.

"ޓެކްސް ނެގޭ މުއްދަތު" ނުވަތަ "ޓެކްސްގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދެއްކުމަށް ގާނޫނާއި މި ގަވާއިދުގެ ދަށުން ކަނޑައަޅާ މުއްދަތަށެވެ.

"ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތައް ހިމެނޭގޮތަށެވެ.

"ޓޫރިޒަމް ޓެކްސް" ކަމަށް ބުނެފައި އެވަނީ،  ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނެގޭ ޓެކްހަށެވެ.

(ށ) މި ގަވާއިދުގެ މަގްސަދަށްޓަކައި، އިބާރާތް ކުރުމުގައި އެކަހެރި ނަން ގިނަނަމުގެ ތެރޭގައި އަދި ގިނަނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.
 

މައި ގާނޫނު

ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 19/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު