-

ސިވިލް ކޯޓުގެ ށަރީއަތުގެ ނިޒާމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 7/2011) 

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖެގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން، ސިވިލް ކޯޓުގައި ހިންގާ ށަރީއަތުގެ މަޖިލީސްތައް ހިނގާނެގޮތާއި، އެމަޖިލީސްތަކުގައި އަމަލުކުރަންޖެހޭނެ ގޮތް ކަނޑައަޅާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ 'ސިވިލް ކޯޓުގެ ށަރީއަތުގެ ނިޒާމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ ށަރީއަތުގެ މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމާއި، ށަރީއަތުގެ މަޖިލީހުގައި އެއް ނިޒާމެއްގެ މަތިން، އެންމެންނާމެދު އެއް ހަމައަކުން އަމަލު ކުރުމެވެ.

 

3 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީސް

މި ގަވާއިދުގެ މަގްސަދަށްޓަކައި ށަރީއަތުގެ މަޖިލިސް ކަމަށްބަލާނީ، މައްސަލައެއްގެ ށަރީއަތުގެ މަޖިލީސް ފެސުނީއްސުރެ އެށަރީއަތުގެ މަޖިލީސް ނިމުނުކަން އިއުލާނުކުރުމާހަމައަށް ށަރީއަތް ކުރިއަށްދާ މާލަމަށެވެ.

 

4 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހަށް މީހުން ވެއްދުން

(ހ) ށަރީއަތުގެ މަޖިލީހަށް މީހުން ވައްދާނީ ކޯޓު އޮފިސަރު ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ކޯޓުގެ މުވައްޒަފަކެވެ.

(ށ) ށަރީއަތުގެ މަޖިލީހަށް ވަދެވޭނީ ކޯޓުގެ އަމުރަކުން ށަރީޢަތަށް ހާޒިރުކުރެވޭ މީހުންނާއި އެމީހުންގެ ވަކީލުންނާއި، ށަރީއަތުގެ މަޖިލީސް އަޑުއެހުމަށް ވެއްދުމަށް ށާރީއަތްކުރާ ގާޒީ ހުއްދަކުރާ ފަރާތްތަކަށެވެ.

(ނ) ށާރީއަތުގެ މަޖިލިހަށް ވަންނަ ފަރާތްތަކުން ށަރީއަތުގެ މަޖިލީހުގައި ތިބެންވާނީ ކޯޓު އޮފިސަރު ކަނޑައޅާ ގޮތެއްގެ މަތިން އެ ތަރުތީބުންނެވެ.

 

5 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހަށް ވަންނަ ފަރާތްތައް އަޅަންޖެހޭ ހެދުން

(ހ) ކޯޓަށް ހާޒިވުވާ ފަރާތްތައް ށަރީއަތުގެ މަޖިލީހަށް ވައްދާނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރިނަމައެވެ.

(ށ) ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުން ކޯޓަށް ހާޒިރުވާ ގާނޫނީ ވަކީލުންނަށް ށަރީއަތުގެ މަޖިލީހަށް ވަދެވޭނީ ކޯޓު ފަޓުލޫނު ނުވަތަ ކޯޓާއި ސްކާރޓް ގައެވެ.

 

6 ވަނަ މާއްދާ - ށާރީއަތުގެ މަޖިލީހުގެ މަކާކެމި ދެންނެވުން

ށަރީއަތުގެ މަޖިލީހަށް ގާޒީން ވަނުމުގެ ކުރިން އެމަޖިލީހަކީ ކޮން ށަރީއަތެއްގެ މަޖިލީހެއްކަމާއި، އެށަރީއަތުގެ މައްސަލަ ބަލާ ގާޒީގެ ނަމާއި، ށަރީއަތުގެ މަޖިލީހުގެ ނިޒާމް ހިފަހައްޓަންޖެހޭނެ ގޮތް ކޯޓު އޮފިސަރު، ހުރިހާ ހާޒިރީންނަށް އިއްވަންވާނެއެވެ.

 

7 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީސް ފެށުން

(ހ) ށާރީއަތުގެ މަޖިލީހަށް ގާޒީ ވަނުމުން، ށަރީއަތުގެ މަޖިލީހުގެ ހުރިހާ ހާޒިރީން ކޮޅަށް ތެދުވަންނާނެއެވެ.

(ށ) ށަރީއަތުގެ މަޖިލީސް ފެށޭނީ " c ށަރީއަތުގެ މަޖިލީސް ފެށުނީ" މިހެން ކިޔައި ށަރީއަތުގެ މަޖިލިސް ފެށުނުކަން ގާޒީ އިއުލާންކުރުމުންނެވެ.

 

8 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީސް މެދުކަނޑާލުން

ށާރީއަތުގެ މަޖިލީސް ހިނގަމުންދަނިކޮށް ގާޒީއަށް ފެނިއްޖެހިނދެއްގައި ށަރީއަތުގެ މަޖިލީސް މެދުކަނޑާލުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީސް ނިމުން

ށަރީއަތުގެ މަޖިލީސް ނިމޭނީ، ށަރީއަތުގެ މަޖިލީސް ނިމުނުކަން ގާޒީ އިއުލާން ކުރުމުންނެވެ.

 

10 ވަނަ މާއްދާ - ށަރީޢަތުގެ މަޖިލީހުގެ ނިޒާމް

(ހ) ށަރީއަތުގެ މަޖިލީސް ކޮންޓްރޯލްކޮށް އެ މަޖިލީހުގެ ގަވާއިދުތަކާއި ނިޒާމު ބަލަހައްޓާނީ ށަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ގާޒީއެވެ.

(ށ) ށަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކޭނީ، ގާޒީ ހުއްދަ ދިނުމުން ހުއްދަ ދިން ފަރާތަކަށެވެ. ގާޒީ އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދެއްގައި ށަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަންވާނީ ކޮޅަށް ތެދުވެހުރެއެވެ.

(ނ) ށަރީޢަތުގެ މަޖިލީހަށް ހަސްމުން ހުށަހަޅާ ލިޔެކިޔުމާއި ތަކެތި ށަރީއަތުގެ މަޖިލީހަށް ހުށަހަޅާނީ ގާޒީ ހުއްދަދިނުމުން ކޯޓު އޮފިސަރި މެދުވެރިކޮށެވެ.

(ރ) ށާރީޢަތުގެ މަޖިލީހުގައި ހިނގަމުންދާ މައްސަލައިގެ މައުލީއުން ބޭރުން، އެއްވެސް ފަރާތަކުން އެހެން ފަރާތެއްގެ ނަފްސަށް، ޒާތަށް އަދި އަބުރަށް ހަޑިހުތުރުކޮށް ދިމާކުރުމުގެ ގޮތުން ވާހަކަދެއްކުން ހުއްދަކުރެވިގެން ނުވެއެވެ. އަދި ށަރީޢަތަށް ހުށަހެޅޭ ބަޔާނެއްގައި މިފަދަ އިބާރާތްތައް ބޭނުންކޮށްފައިވާނަމަ، އެ އިބާރާތްތައް އުނިކުރުމަށް އެންގުމުގެ ބާރު ގާޒީއަށް ލިބިގެންވެއެވެ.

(ބ) ށަރީއަތުގެ މަޖިލީހުގައި ދައްކަމުންދާ ވާހަކައަކީ ނުވަތަ ކުރަމުންދާ ކަމަކީ ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު ވާހަކައެއް ނުވަތަ ކަމެއް ކަމަށް ގާޒީ ކަނޑައަޅާއި އަންގައިފިނަމަ، އެ ވާހަކައެއް ނުވަތަ އެ ކަމެއް އަލުން ތަކުރާރުކޮށްގެން ނުވާނެއެވެ.

(ޅ) ށަރީއަތުގެ މަޖިލީސް  ހިނގަމުންދަނިކޮށް ށަރީއަތުގެ މަޖިލީހުގެ ހާޒިރީންގެ ތެރެއިން އެއްވެސް ފަރާތެއް ގާޒީގެ ހުއްދަނެތި ށަރީއަތުގެ މަޖިލީހުން ނިކުމެގެން ނުވާނެއެވެ.

(ކ) ށަރީއަތުގެ މަޖިލީހުގައި ގާޒީ ކުރައްވާ އަމުރުތަކަށް އެއަކުރު ރައްދުވާ ފަރާތްތަކުން ކިޔަމަންވާންވާނެއެވެ. އަދި ށަރީއަތުެ މަޖިލީހުގެ ހުރުމަތް ކުޑަވާގޮތަށް އެއްވެސް ފަރާތަކުން ކޮށްގެންނުވާނެއެވެ.

 

11 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވުމާއި ހިލާފުވުމުން ދެވޭނެ އަދަބު

ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވެއްޖެނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 76 ވަނަ މާއްދާގެ ދަށުން ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ގާޒީއަށް ލިބިގެންވެއެވެ. މި އަދަބު ދެވޭނީ ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތީންނެވެ. މިގޮތުން ދެވޭނެ އަދަބުތަކަކީ:

(ހ) 10،000 (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

(ށ) 15 (ފަނަރަ)  ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން.

 

12 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދުގެ އެއްވެސް މާއްދާއަކަށް އިސްލާހު ގެނެވޭނީ ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުގައި ހިމެނޭ ގާޒީންގެ ޖުމްލަ އަދަދުގެ 3/2 (ތިންބައިކުޅަ ދެބައި) ގެ އަގްލަބިއްޔަތުންނެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުންފެށިގެންނެވެ.

 

މައި ގާނޫނު

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 22/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު