-

ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާއި ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓްކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 30/2011) 

 

1 ވަނަ މާއްދާ - 9 ޑިސެމްބަރ 2010 ގައި ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު 13/2010 "ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާއި ބޮޑުކަންނެލލ ރާއްޖެއިން އެކްސްޕޯޓުކުރުމުގެ ގަވާއިދު" ގެ 3 ވަނަ މާއްދާގެ (ރ) އަށާއި 4 ވަނަމާއްދާގގެ (ބ) އަށާއި އަދި 17 ވަނަ މާއްދާގެ (ހ) އަށް ތިރީގައި މިވާ އިސްލާހު ގެނެސްފީމެވެ.

3 . (ރ) ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރުމުގައި މިނިސްޓްރީއަށް ލަފާދިނުމަށް އަންނަނިވި ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ "ފިށަރީޒް ކޯޓާ މެނޭޖްމަންޓް ކޮމެޓީ" އެއް މިނިސްޓްރީން އުފައްދައި ހިންގަންވާނެއެވެ.

  1. މިނިސްޓަރ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން އައްޔަންކުރާ 2 މެމްބަރުން
  2. ބޮޑުކަންނެލީގެ މަސްވެރިކަމުގެ ސިނާއަތު ތަމްސީލުކުރާ 2 މެމްބަރުން
  3. ފިށަރީޒް އެޑްވައިޒަރީބޯޑުގެ 1 މެމްބަރު

 

4 . (ބ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުން އަޅާ ލޭނުބައިގެ މައި ނަނު ހުންނަންވާނީ ކަނޑުގެ މަތީފަށަލައިން ފެށިގެން މަދުވެގެން 60 މީޓަރުގެ ފުންމިނުގައެވެ.

 

17 ވަނަ މާއްދާގެ (ހ) ގެ "ރެވެނިއު ކޮމެޓީ" މިބައި އެމާއްދާއިން އުނިކުރުން.

 

2 ވަނަ މާއްދާ - ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާއި ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓްކުރުމުގެ ގަވާއިދަށް މި ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމާއި، ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 13/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު