-

ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމާއި، ޖަމާކުރެވޭ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2/2012) 

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނުގެ ދަށުން ތަކެތި ޖަމާކުރުމާއި، ޖަމާކުރެވޭ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމާއި، ޖަމާކުރެވޭ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1/2006 (ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދަގެ ދަށުން ބާރު ލިބިދޭ ގަވާއިދެކެވެ.

(ރ) މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، 10 ޖެނުއަރީ 2012 ން ފެށިގެންނެވެ.

(ބ) މި ގަވާއިދު ހިންގައި ތަންފީޒު ކުރާނީ، ގައުމީކުތުބުހާނާ އިންނެވެ.

 

2 ވަނަ މާއްދާ - ޖަމާކުރެވޭ ތަކެތި

ގާނޫނު ނަންބަރު 1/2006 (ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ތަކެތީގެ ތެރެއިން ތިރީގައިވާ ތަކެތި، އެ އެއްޗެއް ށާއިއުކުރާތާ 1 މަސްދުވަހުގެ ތެރޭގައި ގައުމީ ކުތުބުހާނާއަށް ޖަމާކުރަންވާނެއެވެ.

ޗާޕުކުރެވިފައި ހުންނަ ތަކެތި:

(ހ) ފޮތް.

ތަފާތު މާއްދާތަކަށް ލިޔެފައި ހުންނަ ފޮތް ފަދަ ތަކެތި (ހީރަސް ޖަހައި/ ފަހާފައި ނުވަތަ ބައިންޑުކޮށް، ކަވަރު ލެވި، ފޮތެއްގެ ސިފައިގައި ހުންނަ ބާވަތުގެ ތަކެތި.) (މީގެ ތެރޭގައި ރިޕޯޓާއި، ތީސީސްއާއި، ބަޔޮގްރަފީ ފަދަ ތަކެތި ހިމެނެއެވެ.)

(ށ) ނޫސް، މަޖައްލާ.

މަޖައްލާ: މަޖައްލާގެ ގޮތުގައި ށާއިއުކުރާ ތަކެތި، އެކި މާއްދާތަކަށް ލިޔެފައި ހުންނަ ލިޔުން، ވާހަކަ، ތަސްވީރު ފަދަ މައުލޫމާތު ހިމެނޭގޮތަށް، ކަނޑައެޅިފައިވާ ވަކި އުސޫލުތަކުން (މިސާލަކަށް ހަފިތާއަކު، މަހަކު އެއްފަހަރު) ނެރޭ ތަކެތި.

ނޫސް: އާންމުކޮށް ށާއިއުކުރާ ނޫހާއި، ށާއިއުކުރާ ހަބަރާއި، އިސްތިހާރު، ފީޗަރ އާރޓިކަލްސް ހިމެނޭ ބާވަތުގެ ތަކެތި.

 

3 ވަނަ މާއްދާ - ޖަމާކުރެވޭ ތަކެތި ބެހެއްޓުމާއި ބޭނުން ކުރުން

(ހ) ގާނޫނުގެ ދަށުން ޖަމާކުރެވޭ ތަވެތި ގައުމީ ތަރިކައިގެ ގޮތުގައި ރައްކާތެރިކަމާއެކު ބެހެއްޓޭނެއެވެ.

(ށ) ޖަމާކުރެވޭ ތަކެތި އާންމު ކުރެވޭނީ، އެ އެއްޗެއް އުފެއްދި މުސައްނިފު ނުވަތަ އޭގެ ހައްގު ލިބިދީފައިވާ ފަރަތުގެ ހުއްދަ ލިބުމުންނެވެ.

(ނ) ޖަމާކުރެވޭ ތަކެތީގެ ތެރެއިން ފޮޓޯކޮޕީއެއް ނުވަތަ ނަކަލެއް ދޫކުރެވޭނީ، އެ އެއްޗެއްގެ އަސްލަށް އުނިކަމެއް ނާންނާނަގޮތަށް އަދި ވިޔަފާރީގެ ފައިދާއަކަށް ނުވާގޮތަށް ހަމައެކަނި އުނގެނުމަކަށް ނުވަތަ އިލްމީ ބޭނުމަކަށް ނުވަތަ އަމިއްލަ ދިރާސާކުރުން ފަދަ ކަންކަމަށެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދޫކުރެވޭ ނަކަލެއްގެ ބޭނުން، އެ ނަކަލެއް ދޫކުރި ބޭނުމެއް ނޫން އެހެން ބޭނުމަކަށް ބޭނުން ކޮށްފިނަމަ، އެކަމުގެ މަސްއޫލިއްޔަތު އެކަމެއް ކުރި ފަރާތަކުން އުފުލަންވާނެއެވެ.

 

މައި ގާނޫނު

ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1/2006) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު