-

ދިވެހިރާއްޖޭގައި ފީނުމާއި ފީނުމުގެ ހިދްމަތްދިނުމާ ބެހޭ ގަވާއިދު 2003 އަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 172/2013) 

 

1  ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ ޗެޕްޓަރގެ 8 ވަނަ ބައި (ފީނުމުގައި ބޭނުންކުރާ އުޅަނދު) ގެ 9 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

 

ޗެޕްޓަރ 2

8 ވަނަ ބައި: ފީނުމުގައި ބޭނުންކުރާ އުޅަނދު

9. ފީނުމަށްޓަކައި ބެނުންކުރާ އުޅަނދުން ފީނުމަށްޓަކައި މޫދަށް ފުރަތަމަ ފައިބާ މީހާ ފައިބާ ވަގުތުން ފެށިގެން އެންމެފަހު މީހާ އަނބުރާ އުޅަނދަށް އަރަންދެން، އުޅަނދުގެ ކެޕްޓަން ފީނާމީހުންގެ ވައި ބޮކި "އެއަރ ބަބްލްސް" ތަކަށް ސަމާލިވާންވާނެއެވެ.

 

2  ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފީނުމާއި ފީނުމުގެ ހިދްމަތް ދިނުމާބެހޭ ގަވާއިދު - 2003

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު