މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ
ނުކުޅެދުންތެރިކަން ހުންނަ މިހުންނަށް ހިދުމަތްދޭ މަރުކަޒުތަކައި ހުނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދު
(ގަވާއިދު ނަންބަރު 2013-557)
(ތިރީގައި އެޓޭޗްކުރެވިފައި އެވަނީ މި ގަވާއިދުގެ ގެޒެޓްކުރެވުނު ޕީ.ޑީ.އެފް ކޮޕީއެވެ. މި ގަވާއިދުގެ ވޯޑް ފޮމޭޓް ތައްޔާރުމުގެ މަސައްކަތް ނިމުމާއެކު ވޯޑް ފޮމޭޓް އަޕްލޯޑް ކުރެވޭނެއެވެ)
1 ވަނަ މާއްދާ - ތަޢާރަފާއި ނަން
މިއީ ޤާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާފައިވާ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެވެ. މި ގަވާއިދަށް ކިޔާނީ "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދު" އެވެ.
(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ތަޢުލީމާއި، ތަމްރީނާއި ތެރަޕީ ދޭ ތަންތަނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގައި، އެކްސެސިބިލިޓީ ހުންނަންޖެހޭ އެންމެ ދަށް މިންވަރެވެ.
(ށ) މި ގަވާއިދުގެ ޖަދުވަލު 2، 3، 4، 5، 6، 7، 8 ގައި އެވަނީ ޖަދުވަލު 1 ގައި ބަޔާންކުރާ ފިޒިކަލް އެކްސެސިބިލިޓީ ހާސިލުކުރުމަށްޓަކައި ޢިމާރާތްތަކާއި، ޚިދުމަތްދޭ ވަސީލަތްތައް ހުންނަންޖެހޭ ގޮތުގެ ކުރެހުމެވެ.
2 ވަނަ މާއްދާ - ޢަމަލުކުރަން ފެށުން
މި މިންގަނޑުތަކަށް ޢަމަލުކުރަންފެށޭނީ މި މިންގަނޑުތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވޭ ތާރީޚުން ފެށިގެން ތިރީގައި ބަޔާންކުރެވިފައިވާ މުއްދަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ
މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތައް ތިރީގައި ބުނެފައިވާ ޚިދުމަތްތައް ފޯރުވައިދޭ މަރުކަޒުތަކުގެ މައްޗަށް ހިނގާނެއެވެ.
(ހ) ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމާއި، ތަމްރީނު އަދި ތެރަޕީދޭ މަރުކަޒުތައް.
(ނ) ކުޑަކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތައް
4 ވަނަ މާއްދާ -
(ހ) ޞިއްޙީ ދާއިރާ ގައި ހިމެނޭ މަރުކަޒުތައްކަމުގައި ބަލާނީ ހޮސްޕިޓަލް، ސިއްޙީ މައުކަޒު، ހެލްތު ޕޯސްޓް، އަދި ސިއްޙީ ޚިދުމަތް ފޯރުވައިދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތައްގެ ކްލިނިކްތަކާއި ބޭސް ފިހާރަތަކަށެވެ؛
(ށ) ތައުލީމީ ޚިދުމަތްދޭ ތަންތަން ކަމުގައި ބުނެފައި އެވަނީ ނުކުޅެދުންތެރިކަން ހުންެ. ކުދިންނަށް އައުލީމާއި ތަމްރީނު ދޭ ނުވަތަ ތެރަފީ ދޭ ދައުލަތުގެ ނުވަތަ އަމިއްވެ ފަރާތްތަކުން ހިންގާ ކޮންމެ ތަނަކަށެވެ.
(ނ) މީހުންނާއި ކުދިން ބެލަހައްޓާ މަރުކަޒުތައް ކަމުގައި ބުނެފައި އެވަނީ އެ މަރުކަޒެއްގައި ދައުލަތުން ނުވަތަ އަމިއްލަ ފަރާތަކުން ބަލަހައްޓާ. ބައެއްގެ ކެއުމާއި ހުރުމާއި ނިދުން މަރުކަޒުގެ [ތެރޭގައި ހަމަޖެހިފައިވާ- .ތަންތަނަށެވެ.
5 ވަނަ މާއްދާ - ޖަދުވަލުގައިވާ ކަންކަން ހާސިލުކުރާނެ މުއްދަތު
ދިވެހިސަރުކާރުގެ ގެޒެޓުގައި، މި، ގަވާއިދު ޝާއިޢުކުރެވ ތާރީޚުން ފެށިގެން، 8 (އަށެއް) މަސްދުވަހުގެ ތެރޭގައި ޖަދުވަލު 1 ގައި ބުނާ އެންމެހައި ކަންކަން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ)، (ށ)، (ނ) ގައި ބުނާ އެންމެހައި މަރުކަޒުތަކުގައި ތަންފީދުކެޮށް) ނިންމަންވާނެއެވެ.
6 ވަނަ މާއްދާ - އަލަށް އުފައްދާ ތަންތަން
މި ގަވާއިދު ގެޒެޓުގައި، ޝާއިޢުކުރާ ތާރީޚިގެ ފަހުން އަލަށް ހުޅުވާ ޞިއްޙީ ޚިދުމަތް -. ތަންތަނާއި ތައުލީމާއި ތަމްރީން ދޭ އެންމެހައި، އި މަރުކަޒުތަކާއި މީހުންނާއި ކުދިން ބެލެހެއްޓުމަށް ބޭނުންކުރާ އެންމެހައި މަރުަޒުތައް "ހުންނަންވާނީ މި ގަވާއިދުގައިވާ މިންގަނޑުތަކާ. އެއްގޮތަށެވެ.
ޖަދުވަލު 1
- ޞިއްޙީ ޚިދުމަތްދޭ ތަންތަން.
1.1 ފަސޭހަކަމާއެކު ޢިމާރާތަށް ވަދެ ނުކުމެވުން
1.1.1 ޢިމާރާތަށް ފަސޭހައިން ވަދެ ނުކުމެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން،
ޢިމާރާތަށްވަންނަދޮރު
(ހ) ހެލިފެލިވެ އުޅުމަށް، އެއްވެސްކަހަލަ އާލާތެއް، "ބޭނުންކުރ މީހަކަށް، ފަސޭހައިން ވަދެ ނުކުމެވޭނެ ގޮތަށް ހުރުން.
ރޭމްޕް
(ހ) ރޭމްޕް ހެދިފައި، ހުންނަންވާނީ.- ކުރެހުމުގައި ދެވިފައިވާ ގޮތަށް، (ޖަދުވަލު 1)
(ށ) ރޭމްޕްގައި ރެއިލިންގ ހަރުކޮށްފައި ހުރުން.
ނިޝާންތައް
(ހ) އާންމު ގޮތެއްގައި ޢިމާރާތްތަކުގައި ހުންނަ. މައިގަނޑު ތަންތަން އޮފީސް، (ފާޚާނާ، އަންގައިދޭ ނިޝާންތައް ނަމޫނާގައިވާ ގޮތަށް، ހަރުކޮށްފައި ހުރުން (ޖަދުވަލު 2)
ފޯކަލް ޕޮއިންޓް
(ހ) ޚިދުމަތް ލިބިގަތުމަށް އަންނަ، ނުކުޅެދުންތެރިކަން. ހުންނަ. ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އެއޮފީހެއްގެ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް" ޚާއްޞަކުރެވިފައި ހުރުން.
1.1.2 ފަސޭހަކަމާއެކު ޢިމާރާތުގެއެތެރޭގައިއުޅެވޭނެގޮތް ހަމަޖެހިފައި، އޮތުން،
ދޮރު
(ހ) ހެލިފެލިވެ، އުޅުމަށް. އެއްވެސްކަހަލަ ާލާތެއް. ބޭނުންކުރާ. މީހަކަށް، ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް ހުރުން (ޖަދުވަލު 3)
(ށ) ހެލިފެލިވެ، އުޅުމަށް، އެއްވެސްކަހަލަ. އާލާތެއް، "ބޭނުންކުރާ މީހަކަށް" ފަސޭހަކަމާއެކު ހުޅުވޭ ދޮރަކަށްވުން.
ކޮރީޑޯ
(ހ) ހލިފެލިވެ އުޅުމަށް އެއްވެސްކަހަލަ. އާލާތެއް ބޭނުންކުރާ މީހަކަށް ހލިފެލިވެ އުޅެވޭނެފަދަ ޖާގަ އޮތުން (4ޖަދުވަލު )
ފާޚާނާ
(ހ) "ހެލިފެލިވ އުޅުމަށް. އެއްވެސްކަހަލަ. އާލާތެއް، "ބޭނުންކުރާ މީހަކަށް، ބޭނުންކުރެވޭ ގޮތަށް، ފަރުމާކޮށްފައިވާ ފާޚަނާއަކަށްވުން (ޔުނިވާރސަލް ޓޮއިލެޓް (ޖަދުވަލު 5)
(ށ) ފާޚާނާގައި، "ހުންނަންވާނީ ކަހާލެވޭ ކަހަލަ ދޮރުފަތަކަށްވުން.
ކިޔުންތެރިންގެ ހިޔާލު