-

ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 42/2014)

 

 ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އަށް 5 ވަނަ އިސްލާހު ގެނައުން 

 

1 ވަނަ މާއްދާ - ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 80 ވަނަ މާއްދާއަށް އިސްލާހު ގެނައުން.

80. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް

(ހ) ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި ފުރިހަމަކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ފުރިހަމަކޮށްފައިވާ ތަމްރީނު އަންގައިދޭ ލިއުންތަކުގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

(ށ) މޯލްޑިވަސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީއެވެ.

(ނ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓްވިއުއަށް ހޮވޭ މިހުންގެ އެކަންޏެވެ.

(ރ) ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ހޮވޭ މިހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެނުވައި، ފޯމާއެކު ހުށަހަޅާފައިވާ ލިއުންތައް ޗެކުކޮށް އަސްލާއެއްގޮތްކަން ކަށަވަރުކޮށް، އެކަން ކުރި މުވައްޒަފުގެ ނަމާއި ސޮއި އަދި ތާރީހު ގަހަންވާނެއެވެ.

 

2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ، 9 މާރޗު 2014 ގައެވެ. 

 

މައި ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 18/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު