-

ގަވާއިދު ނަންބަރު 2016-21 (ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ގަވާއިދު 2016) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-48) 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 ޖުލައި 2016 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ރ) މި މާއްދާގެ (ށ) އާއި (ނ) އެހެން އޮތްކަމުގައިވީނަމަވެސް، ގަވާއިދު ނަންބަރު 2016-21 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު 2016) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ އޭޖެންސީތަކުން، މި ގަވާއިދު އެއްގޮތްވާ ގޮތުގެމަތިން، އެ އޭޖެންސީތައް ހިންގުމުގެ ކަންތައްތައް އިސްލާހުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-21

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު