-

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-17) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2015-15) 

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2017-83 އިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ގެނައުން

5. އޮފިށަލް ޕާސްޕޯޓް

(ހ) އޮފިށަލް ޕާސްޕޯޓަކީ ސަރުކާރުގެ ރަސްމީ ބޭނުމެއްގައި ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ. އޮފިށަލް ޕާސްޕޯޓް ދޫކުރެވޭނީ ތިރީގައިވާ ރަފާތްތަކަށް އެފަރާތެއް ނިސްބަތްވާ ސަރުކާރުގެ އިދާރާއަކުން އެދުމުންނެވެ.

  1. ޑެޕިއުޓީ މިނިސްޓަރުންނާއި އެފެންވަރުގެ މަގާމެއްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސާ ބޭފުޅުން.
  2. ށަރަފްވެރި ކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅުން.
  3. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެންބެސެޑަރުން.
  4. ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭށަން އޮފިސަރ އިން ފެށިގެން މަތީ މުވައްޒަފުން.
  5. ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ރަސްމީކަމަކާ ގުޅިގެން ދެ ގައުމެއްގެ ދެމެދުގައި ވާހަކަދެއްކުމަށް ފޮނުވާ ވަފުދެއްގެ މެންބަރުންގެ ތެރޭގައި ހިމެނޭ މި މާއްދާގެ 1 ގައި ބަޔާންކޮށްފައިވާ ދަރަޖައިގައި ނުހިމެނޭ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީ ދަރަޖައިގެ ބޭފުޅުން
  6. ސިޓީ ކައުންސިލުތަކުގެ ރައީސުން ފިޔަވައި، ކައުންސިލްގައި ހިމެނޭ އެހެނިހެން މެންބަރުންނާއި އަތޮޅު އަދި ރަށުކައުންސިލްގެ ބޭފުޅުން.
  7. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު އެސޯސިއޭށަން ތަކުގެ ރައީސް އާއި ނައިބު ރައީސް.

(ށ) މި މާއްދާގެ (ހ) ގައި ހިމެނޭ ބޭފުޅުން އޮފިށަލް ޕާސްޕޯޓް ހެއްދުމަށް އެދި ފޯމު ހުށަހަޅާއިރު، ޕާސްޕޯޓަށް ނިސްބަތްވާ ބޭފުޅާ ނޫން އެހެން ބޭފުޅަކު ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިސިޓީގައި ޕާސްޕޯޓަށް އެދޭ ބޭފުޅެއްގެ މަގާމު އަދި، މި މާއްދާގެ (ހ) ގެ 5 ގައި ހިމެނޭ ބޭފުޅެއްނަމަ، ކުރަން ގަސްތުކުރާ ދަތުރުގެ ތަފުސީލު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ހިމެނޭ ބޭފުޅުންގެ ޕާސްޕޯޓް ހަވާލުކުރާނީ، ޕާސްޕޯޓްގެ ވެރިފަރާތަށެވެ. އަދި މިމާއްދާގެ (ހ) 5،6 އަދި 7 ގައި ހިމެނޭ ބޭފުޅަކަށް ދޫކޮށްފައިވާ ޕާސްޕޯޓް އޮންނަންވާނީ، ޕާސްޕޯޓް ނިސްބަތްވާ ބޭފުޅަކު އެއިރަކު އަދާކުރާ އޮފީހެއްގެ ބެލުމުގެ ދަށުގައެވެ.

(ރ) މި މާއްދާގެ (ހ) ގެ 6،5 އަދި 7 ގައި ހިމެނޭ ބޭފުޅަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯޓް ބޭނުންކުރެވޭނީ ރަސްމީ ދަތުރުތަކުގަޔާއި، އެބޭފުޅަކު ނިސްބަތްވާ މުއައްސަސާގެ ފަރާތުން ފޮނުވައިގެން ހިންގޭ ވާރކްށޮޕް ނުވަތަ ޓްރޭނިންގ ކޯސް ފަދަ ކަންތައްތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުތަކުގައި އެކަންޏެވެ.

(ބ) މި މާއްދާގެ (ހ) ގެ 1 އިން 7 ގައި ހިމެނޭ ބޭފުޅުންނަށް ދޫކުރެވޭ އޮފިށަލް ޕާސްޕޯޓަކީ އެބޭފުޅުން އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ދޫކުރެވޭ އެއްޗަކަށް ވާހިނދު، އެޕާސްޕޯޓް ބޭނުންކުރުން މަނާކުރުމާއި، އެ ޕާސްޕޯޓް ކެންސަލް ކުރުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ހުށަހެޅުމުގެ އިހުތިޔާރު އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ހިމެނޭ އޮފިށަލް ޕާސްޕޯޓް ދޫކުރެވިފައިވާ ބޭނުން ނުވަތަ ހައިސިއްޔަތު ނެތިދިޔުމުން، ނުވަތަ މަގާމުންވަކިވުމުން، ނުވަތަ ދޫކުރެވިފައިވާ ބޭނުން ނިމުމުން، އެޕާސްޕޯޓެއް ކެންސަލްކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.

 

2  ވަނަ މާއްދާ - ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ގެނައުން

6. ޑިޕްލޮމެޓިކް ޕާސްޕޯޓް

(ހ) ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރެވޭނީ ތިރީގައިވާ ބޭފުޅުންނަށެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އެންމެ މަތީ އިމްތިޔާޒު ލިބިގެންވާ ބޭފުޅުންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ.

  1. ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި، ބައްޕާފުޅާއި މަންމާފުޅާއި، ބޭފުޅުންނާއި، އެބޭފުޅުންގެ ފިރިކަލުންނާއި، އަނބިއަނބިކަނބަލުން.
  2. ކުރިން ރައީސުލްޖުމްހުރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ބޭފުޅުންނާއި، ސީނިއަރ މިނިސްޓަރުންނާއި، އެފެންވަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅުންނާއި، ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިން (ދައުލަތުގެ މިދަރަޖަ ދެއްވާފައިވާ ބޭފުޅުން) ނާއި، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އެރުވިފައިވާ އިއްޒަތްތެރިންނާއި، އެބޭފުޅުންގެ ފިރިފިރިކަލުން ނުވަތަ އަނބިއަނބިކަނބަލުން.
  3. އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި، އެބޭފުޅުންގެ އަނބިއަބިކަނބަލުންނާއި ފިރިފިރިކަލުން.
  4. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މިށީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުންނާ
  5. އި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.ސްޕްރީމްކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
  7. ޗީފް އޮފް އޮފް ޑިފެންސް ފޯސް، ކޮމިށަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
  8. މުސްތަގިއްލު ކޮމިށަންތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
  9. ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ މިށަންތަކުގެ ފަސްޓްސެކްރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުންނާއި، 2 ވަނަ އަދި 3 ވަނަ ސެކްރެޓަރީންނާއި އެޓާރޗޭ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން. ( ފިރިކަލުންނާއި އަނބިއަނބިކަނބަލުންނަށް ދޫކުރާނީ، އެ ބޭފުޅަކު މަސައްކަތް ކުރައްވާ ތަނެއްގައި އެބޭފުޅަކާއެކު ތިއްބަވާގޮތަށް ހަމަޖެހޭ ބޭފުޅުންނަށެވެ).
  10. ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ސަރަހައްދީ ޖަމާއަތްތަކުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
  11. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީން ފެށިގެން މަތީބޭފުޅުންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ނައިބުންނާއި، އެފެންވަރުގެ ބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި، ފިރިފިރިކަލުން އަދި ޕާރމަނަންޓް ސެކްރެޓަރީ އާއި، ޗީފް އޮފް ޕްރޮޓޮކޯލް.
  12. ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި، އެބޭފުޅާގެ އަނބިއަނބިކަނބަލުން ނުވަތަ ފިރިކަލުން.

 

3  ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަުރ 2012-17) 

 

އުވި ގަވާއިދު

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު