-

ކްލެމެންސީ ބޯޑުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-125) 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 އެޕްރީލް 2015 ގައި)

 

1 ވަނަ މާއްދާ - ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ރ) ބޯޑުގެ ބައްދަލުވުމަކަށް ރައީސް ނުވަތަ ނައިބުރައީސްއަށް ހާޒިރުނުވެވިއްޖިނަމަ، ނުވަތަ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމަށް ބޯޑުގެ ރައީސް ނުވަތަ ނައިބުރައީސް އުޒުރުވެރިވާ ހާލަތްތަކުގައި އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، އެ ދުވަހެއްގައި ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އައްލަބިއްޔަތުން އައްޔަންކުރާ މެންބަރުކެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު