-

އިސްތިސްނާކުރެވޭ އެއްގަމު އުޅަނދުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-124)

 1 ވަނަ މާއްދާ - ތައާރަފް

 

މިިއީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެ ން އެކުލަވައިލައިފައިވާ، އިސްތިސްނާކުރެވޭ އެއްގަމު އުޅަނދުތަކާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "އިސްތިސްނާކުރެވޭ އެއްގަމު އުޅަނދުތަކާބެހޭ ގަވާއިދު" އެވެ. 

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތްި

މި ގަވާއިދު ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތުންނެވެ.

 

4 ވަނަ މާއްދާ - އިސްތިސްނާ ކުރެވޭ އެއްގަމު އުޅަނދު

އަަންނަނިވި ބާވަތުގެ އުޅަނދުތަކަކީ އަދި އަންނަނިވި ބޭނުމަކުން ކުރެ ބޭނުމެއްގައި ދުއްވާ އުޅަނދުތަކަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން އިސްތިސްނާކުރެވިފައިވާ އެއްގަމު އުޅަނދެވެ.

(ހ) ހަަމައެކަނި އަސްކަރީ ބޭނުމަށް ތައްޔާރުކޮށްފައިވާ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ އަސްކަރީ އުޅަނދު.

(ށ) އަަސްކަރީ ބޭނުމާއި އެހެން ބޭނުންވެސް ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ އުޅަނދުތަކުގެ ތެރެއިން ހަމައެކަނި އެ އުޅަނދުގެ އަސްކަރީ ބޭނުމަށް ދުއްވާ އުޅަނދު

(ނ) ވަަކި ކަމަކަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި، އެ ކަންކަމާ ގުޅޭގޮތުން ބޭނުންކުރުމަށާއި ދުއްވުމަށް ހާއްސަކޮށްފައި ހުންނަ އުޅަނދު.

(ރ) އެއްގަމު އުޅަނދުގެ ތެރެއިން އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރާ އަދި އެކަމަށް ތައްޔާރުކޮށްފައިވާ ހުންނަ އުޅަނދު.

(ބ) ލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ބޭނުމަށް މިނިސްޓްރީ އޮފް ޑިފެންސްގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމުގައި ދުއްވާ އުޅަނދުތައް.

 

5 ވަނަ މާއްދާ - ވަކި ކަންކަމަށް ހާއްސަކޮށްފައި ހުންނަ ސަރަހައްދުގައި ދުއްވާ އުޅަނދު 

(ހ) އެއަރޕޯޓް އޭޕްރަންމަތީގައި ދުއްވުމަށް ހާއްސަކޮށްފައި ހުންނަ އެއްގަމު އުޅަނދު.

(ށ) ކޮންޓެއިނަރ އުފުލުމަށް އިންޓަރނޭށަނަލް ބަނދަރުތަކުގައި ހާއްސަކޮށްފައި ހުންނަ އެއްގަމު އުޅަނދު.

(ނ) ވިނަކޮށުމަށް ބޭނުންކުރާ އެއްގަމު އުޅަނދު.

(ރ) ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ އެއްގަމު އުޅަނދު.

 

6 ވަނަ މާއްދާ - އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރާ އުޅަނދު

އާންމު ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ އުޅަނދުތައް، އެއްގަމު ދަތުރުފަތުރުގެ ތެރޭގައި ބޭނުންކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބުނެފައިވާ ނިށާން ހަރުކޮށްގެންނެވެ. މި ގަވާއިދުގެ ދަށުން ބޭނުންކުރެވޭ އުޅަނދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރާ އުޅަނދު އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރެވޭނެ އުޅަނދުތައް ކަމުގައި ބެލެވޭނީ، އަންނަނިވި ބާވަތުގެ އުޅަނދުތަކެވެ.

  1. އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމުގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ އެއްގަމު އުޅަނދު؛
  2. ސިއްހީ ނުވަތަ ސަލާމަތީ ނުވަތަ އެނޫންވެސް ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ އެންބިއުލާންސް؛
  3. އަލިފާން ނިއްވުމުގައްޔާއި ރެސްކިޔު އޮޕަރޭށަންތަކުގައި ބޭނުންކުރާ އެއްގަމު އުޅަނދު؛
  4. ދިމާވެފައިވާ ކާރިސާއަކާ ގުޅިގެން ހަރަކާތްތެރިވުމަށް ބޭނުންކުރާ އެއްގަމު އުޅަނދު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ އުޅަނދު، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އިން އިސްތިސްނާކުރެވިފައިވަނީ، އެފަދަ އުޅަނދު، އާންމު ސަލާމަތާއި ރައްކައުތެރިކަމުގެ ބޭނުމުގައި ދުއްވާ ދުއްވުމުގައި އެކަންޏެވެ. 

(ނ) ި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ އުޅަނދު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ނިށާން ހަރުކޮށްގެންނެވެ.

 

7 ވަނަ މާއްދާ - އިސްތިސްނާ ކުރެވޭ އެއްގަމު އުޅަނދު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދުތައް، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީނުކޮށް ދުއްވިދާނެއެވެ. 

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބުނެފައިވާ އެއްގަމު އުޅަނދުތައް ދުއްވޭނީ، އެފަދަ އުޅަނދު ދުއްވުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައެވެ.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބުނެފައިވާ އެއްގަމު އުޅަނދުތައް، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ނުކޮށް މަގުމަތީގައި ދުއްވުމަކީ މަނާކަމެކެވެ.

(ރ) މި ގަވާއިދުން އިސްތިސްނާވާ އެއްވެސް އުޅަނދެއް ދުއްވަމުން، މޯބައިލް ފޯނު ބޭނުންކުރުމާއި، އަތުން ހިފައިގެން ގެންގުޅޭ އެއްވެސް މުއާސަލާތީ ވަސީލަތެއްގެ ބޭނުންކުރުމަކީ މަނާކަމެކެވެ.

(ބ) މި ގަވާއިދުން އިސްތިސްނާވާ އެއްވެސް އުޅަނދެއް ދުއްވަމުން ދާއިރު، އުޅަނދުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.

(ޅ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ވަކި ކަމަކަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި، އެކަންކަމާ ގުޅޭގޮތުން ބޭނުންކުރުމަށާއި ދުއްވުމަށް ހާއްސަކުރެވިފައި ހުންނަ އުޅަނދު، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރަންވާނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ އެއްގޮތްވާ ގޮތަށެވެ. 

 

8 ވަނަ މާއްދާއުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނު ފިޔަވައި އެހެން ޒޯނެއްގައި ދުއްވުން

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދު، އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި އިތުރު ހުއްދައެއް ނުހޯދައި ދުއްވިދާނެއެވެ.

 

9 ވަނަ މާއްދާ - އިމަރޖެންސީ ބަރުގޮނު އަޅައިފައި ދިޔުމަށް ހާއްސަކޮށްފައިވާ އުޅަނދު

(ހ) އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން، އިމަރޖެންސީ ސައިރަން ނުވަތަ ބީކަން އަޅައިފައި ދިޔުމަށް ހާއްސަކޮށްފައިވާ އުޅަނދު، އިމަރޖެންސީ ސައިރަން ނުވަތަ ބީކަން އަޅައިފައި ދާ ދިޔުމުގައި، އަންނަނިވި ކަންކަން ކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ. 

(ށ) އާާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން، އިމަރޖެންސީ ބަރުގޮނު އަޅައިފައި ދިޔުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކަށް ފަސޭހަކަމާއެކު ދެވޭނެގޮތަށް މަގުގައި ދުއްވާ އެހެން އުޅަނދުތަކާއި، މަގު ބޭނުންކުރާ މީހުން ޖާގަދޭންވާނެއެވެ. 

  1. އެއްކޮޅަށް ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކުގައި، މަގުގެ އިދިކޮޅަށް ދުއްވުން؛
  2. ޓްރެފިކް ބައްތިއަށް މަޑުކުރުމަކާ ނުލައި ދުއްވުން؛
  3. އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން.

(ނ) މި މާއްދާގެ (ށ) އާ ހިލާފަށް އަމަލުކުރުމަކީ މަނާކަމެކެވެ.

(ރ) އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން، އިމަރޖެންސީ ސައިރަން ނުވަތަ ބީކަން އަޅައިފައި ދިޔުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކުގައި ބޭނުންކުރާ އިމަރޖެންސީ އަލިތަކާއި އަޑުތައް، އެހެން އުޅަނދުތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - އިސްތިސްނާ ކުރެވޭ އެއްގަމު އުޅަނދަށް ހުރަސްއެޅުން

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދަށް ހުރަސްއެޅުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - އަދަބު

މި ގަވާއިދާ ހިލާފު އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިފައިވާ ގަވާއިދުތައް ބާތިލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2009-06 (އިސްތިސްނާކުރެވޭ އެއްގަމު އުޅަނދުތަކާބެހޭ ގަވާއިދު) ބާތިލުވީއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން 

އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، މީހުން އުޅޭ ރަށްރަށާއި، އަދި އާންމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންބިމާއި ވަކިކަމަކަށް ދޫކުރެވިފައިވާ ރަށްރަށުގައި އާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދައިފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަހައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.

(ށ) "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި، މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ތަކެތި ގެންދިޔުމަށް ނުވަތަ ދަތުރުކުރުމަށް އުފައްދައިފައި ހުންނަ އުޅަނދަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވުޒާރާއަކަށެވެ.

(ރ) "އަސްކަރީ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ.

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު