-

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-47) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-121)

 

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-47) އަށް އަންނަނިވި އިސްލާހުތައް
ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މައްސަލަ ބެލުމުގެ އިޖުރާއަތު 13.

(ކ) މި މާއްދާއާ އެއްގޮތަށް ސުލޫކީ މައްސަލަ ބެލުމަށް، ބާ ކައުންސިލުން ނިންމައިފައިވާކަން އަންގާއިރު، ބަލަމުންދާ މައްސަލައާ ގުޅިގެން ށަކުވާ ރައްދުވާ ވަކީލު ހުށަހަޅަން ބޭނުންވާ ލިޔުންތަކާއި ހެކީންގެ މައުލޫމާތު ހުށަހެޅުމަށް، ރަސްމީ 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

  

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން 16.

މައްސަލައިގެ ތަހުގީގު މަރުހަލާ ނިމުމުން، ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެކީން ދީފައިވާ ބަޔާންތަކާ ގުޅިގެން ޖުމުލަގޮތެއްގައި ޖަވާބުދާރީވުމަށް 10 (ދިހައެއް) ދުވަހުގެ ފުރުސަތެއް، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ދޭންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖުމުލަގޮތެއްގައި ޖަވާބުދާރީވުމަށް، ށަކުވާ ރައްދުވާ ވަކީލަށް ދެވޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ރިޕޯޓު އެކުލަވައިލައި، އެ ރިޕޯޓު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-47)

 

ކޮންސޮލިޑެޓެޑް ގަވާއިދު

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-47)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު