-

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 1475/2013)

އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 50/2021)

 

ގަވާއިދު ނަންބަރު 1475/2013 (ޓެކްސީ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10.(ހ) ޓެކްސީ ސެންޓަރާއި، ޓެކްސީގެ ހިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާސަލާތީ ނިޒާމެއް" ގާއިމްކޮށްފައި ހުންނާންވާނެއެވެ. މި ނިޒާމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގާންޖެހޭ ނިޒާމެއް ނަމަ، އެ ހުއްދައެއް ނެގުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅާންވާނެއެވެ.  މިފަދަ މުއާސަލާތީ ނިޒާމެއްގެ ބޭނުން ހިފާންވާނީ ރިވެތި އަދަބުތަކާއި އިހްތިރާމާއެކު ރިވެތި ބަހުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ)  އަންނަނިވި ގޮތަށް އިސްލާހުކުރުން.

16. (ބ) ޓެކްސީގެ ހިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާސަލާތީ ނިޒާމު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް (ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫންވެސް މި ބާވަތުގެ  އެއްވެސް އެއްޗެއް) ޓެކްސީގައި ބޭނުންކުރާންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެންނެވެ. މިނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

23. (ކ) "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާސަލާތީ ނިޒާމެއް" ކަމަށް ބުނެފައި އެވަނީ، އިންޓަރނެޓް ފަދަ ވަސީލަތެއް މެދުވެރިކޮށްގެން ބޭނުންކުރާ މުއާސަލާތީ ނިޒާމު ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ފްރިކްއެންސީއެއް ރަޖިސްޓަރީކުރާން ނުޖެހޭ ކޮންމެ ނިޒާމަކަށެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 1475/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު