ސަރވިސްޗާޖާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2021-41)
1 ވަނަ ބާބު
ތައާާރުފު
1 ވަނަ މާއްދާ - ތައާާރުފާއި ނަން
(ހ) މިއީ، ވިޔަފާރިތަކުން ސަރވިސްޗާޖް ނެގުމާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހުމާއި، ސަރވިސްޗާޖުގެ މައުލޫމާތު ވަޒީފާ ދޭ ފަރާތްތަކުން ލޭބަރ ރިލޭށަންސް އޮތޯރިޓީއަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހެޅުމުގައި އާަމަލުކުރާނެގޮތުގެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 52 ވަނަ މާއްދާގެ (ބ) އާއި (އ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ
(ށ) މި ގަވާއިދުގެ ނަމަކީ، "ސަރވިސްޗާޖާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ސަރވިސްޗާޖް ނެގުން ލާޒިމްވާ ފަރާތްތަކުން، ގާނޫނާ އެއްގޮތަށް ސަރވިސްޗާޖް ނަގަމުންދޭތޯ ކަށަވަރުކުރުން.
(ށ) މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބަހާންޖެހޭ ގޮތް ކަނޑައެޅުން.
(ނ) ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، މުވައްޒަފުންގެ މެދުގައި، ހަމަހަމަކަމާއެކު ބަހަމުންދާކަން ކަށަވަރުކުރުން.
(ރ) ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާއާއި މުވައްޒަފުންނަށް ބަހާ ފައިސާގެ މައުލޫމާތު، ވަޒީފާ ދޭ ފަރާތުން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާންޖެހޭ ގޮތް ކަނޑައެޅުން.
(ބ) ގަވާއިދާ ހިިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ކަނޑައެޅުން.
2 ވަނަ ބާބު
ސަރވިސްޗާޖް ނެގުން
3 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ސިިނާއާަތް
ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިންގ ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުން ފޯރުކޮށްދޭ ކޮންމެ ހިިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނަގާންވާނެއެވެ.
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނުގައި ގާއިމްކޮށްފައިވާ ޑައިވިންގ ސްކޫލްތަކާއި، ސެންޓަރުތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، އެކްސްކަރށަން ހަރަކާތްތަކާއި، ކެފޭ/ރެސްޓޯރެންޓް/ކެންޓީންތަކާއި، އެ ތަންތަނުގައި ހިިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ މިފަދަ އެހެން ތަންތަނުން ވެސް ސަރވިސްޗާޖް ނަގާންވާނެއެވެ. މީގެ ތެރޭގައި، ހިިދުމަތެއް ފޯރުކޮށްދިނުމަށް އައުޓްސޯސްކޮށްގެން، އެހެން ވިޔަފާރިއެއް މެދުވެރިވެގެން ދޭ ހިިދުމަތްތައް ވެސް ހިމެނޭނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިާއްސިަކުރެވިގެން ގާއިމްކޮށްފައިވާ ކެފޭ، ރެސްޓޯރެންޓް، ކެންޓީނު ފަދަ ތަންތަނުން ދޭ ހިިދުމަތުން ސަރވިސްޗާޖް ނެގުން ލާޒިމެއް ނުވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނުގައި މުދާ ވިއްކުމަށް ގާއިމްކޮށްފައިވާ ފިހާރަތަކުން ވިއްކާ މުދަލުން ސަރވިސްޗާޖް ނެގުން ލާޒިމެއް ނޫނެވެ. މި މާއްދާގެ ބޭނުމަށް ޓަކައި މުދާ ވިއްކުމަށް ގާއިމުކޮށްފައިވާ ފިހާރަ ކަމަށް ބަޔާންކޮށްފައި އެވަނީ، އެ ތަނަކުން ހިންގާ ހަމައެކަނި ހަރަކާތަކީ ނުވަތަ މައިގަނޑު ގޮތެއްގައި ހިންގާ ހަރަކާތަކީ، ހިިދުމަތެއް ދިނުމުގެ ބަދަލުގައި މުދަލެއް ވިއްކުމުގެ ހަރަކާތް ހިންގާ ތަންތަނަށެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް، ގާނޫނީގޮތުން ހޯދާންޖެހޭ ހުއްދައެއްނެތި ހިންގިކަމުގައިވިޔަސް، 1 ޖަނަވަރީ 2021 އިން ފެށިގެން، އެ ތަނަކުން ދޭ ހިިދުމަތްތަކުން މި ގަވާއިދުގައިވާ ގޮތުގެ މަތިން ސަރވިސްޗާޖް ނަގާންވާނެއެވެ.
4 ވަނަ މާއްދާ - ސަރވިސްޗާޖް ނަގާންޖެހޭ ގޮތް
(ހ) ފަތުރުވެރިކަމުގެ ސިިނާއާަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގާންވާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ކޮންމެ ހިިދުމަތަކުން، ހިިދުމަތުގެ އަގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ގެ ރޭޓުންނެވެ.
(ށ) ޓޫރިސްޓް ރިޒޯޓެއް، ނުވަތަ ޓޫރިސްޓް ހޮޓަލެއް، ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް، ނުވަތަ ޓްރެއިނިންގ ރިޒޯޓެއް، ނުވަތަ ޓްރާންސިޓް ހޮޓަލެއް، ނުވަތަ ސިޓީ ހޮޓަލެއް، ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް، ނުވަތަ ޕްރައިވެޓް އައިލެންޑެއް އެކުގައި، ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް، ނުވަތަ ވަކި ކޮޓަރިއެއް، ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުއާާމަލާތާ ގުޅޭގޮތުން ސަރވިސްޗާޖް ނަގާންވާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމުލަ އަގުގެ މައްޗަށް ބިނާކޮށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޭ ކޮޓަރިތަކާއި ވިލާތަކުގެ ކުއްޔާއި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ހުއްދަ ލިބިގެން ވިޔަފާރިއެއްގެ ހައްގެއް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރުމުގެ އަގުން ސަރވިސްޗާޖް ނެގުން ލާޒިމެއް ނޫނެވެ.
(ރ) ޓޫރިސްޓް އުޅަނދެއް ވަކި މުއްދަތަކަށް ޗާޓަރުކޮށްފައިވާނަމަ، އެ މުއާާމަލާތާ ގުޅޭގޮތުން ސަރވިސްޗާޖް ނަގާންވާނީ ޗާޓަރުގެ ޖުމުލަ އަގުގެ މައްޗަށް ބިނާކޮށެވެ.
(ބ) ސަރވިސްޗާޖް ނެގޭ ކޮންމެ ވިޔަފާރި މުއާާމަލާތެއްގައި، ސަރވިސްޗާޖުގެ ގޮތުގައި ނަގާ އަދަދު ބަޔާންކޮށްފައި އޮންނާންވާނެއެވެ.
5 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ސިިނާއާަތް ނޫން އެހެން ސިިނާއާަތްތައް
މި ގަވާއިދުގެ ދަށުން ސަރވިސްޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ވެސް، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ހިިދުމަތަކުން ނުވަތަ ހިިދުމަތްތަކަކުން ސަރވިސްޗާޖް ނަގާނަމަ، ސަރވިސްޗާޖް ބެހުމާއި، ސަރވިސްޗާޖާ ގުޅޭ މައުލޫމާތު ހުށަހެޅުމުގައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން އާަމަލުކުރާންވާނެއެވެ.
3 ވަނަ ބާބު
ސަރވިސްޗާޖް ބެހުން
6 ވަނަ މާއްދާ - ސަރވިސްޗާޖް ލިބުނު ވަގުތު ކަނޑައެޅުން
ހިިދުމަތް ލިބިގަންނަ ފަރާތުން، ހިިދުމަތް ހޯދުމުގެ ކުރިން، ހިިދުމަތުގެ އަގު އެކުގައި ނުވަތަ އަގުން ބައެއް ދައްކައިފައި އޮތް ނަމަވެސް، ހިިދުމަތުގެ އަގުން ސަރވިސްޗާޖް ލިބުނު ވަގުތުކަމުގައި ބަލާނީ، އެ ފަރާތަށް ހިިދުމަތް ލިބުނު ވަގުތެވެ. އަދި އެއްބަސްވުމެއްގެ ދަށުން ފަހުން އަގު އަދާކުރާގޮތަށާއި، ވަކި މުއްދަތުތަކަކަށް ބަހައިލައިގެން އަގު އަދާކުރާގޮތަށް ފޯރުކޮށްދޭ ހިިދުމަތްތަކުގެ ސަރވިސްޗާޖް ލިބުނު ވަގުތުކަމުގައި ބަލާނީވެސް، ހިިދުމަތް ލިބިގަންނަ ފަރާތަށް ހިިދުމަތް ލިބުނު ވަގުތެވެ.
7 ވަނަ މާއްދާ - ވިޔަފާރިއެއްގެ ދަށުން ހިންގާ ވަކިވަކި ވިޔަފާރިތައް
(ހ) ވަޒީފާ ދޭ ފަރާތުން ވިޔަފާރި ހިންގާ ވަކި ތަނެއްގައި، އެ ފަރާތުން ހިންގާ ތަފާތު ވިޔަފާރިތަކުން ނަގާ ސަރވިސްޗާޖުގެ ފައިސާ ހިސާބުކޮށް ބަހާންވާނީ އެއްކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުގައި މެނުވީ، ވަޒީފާ ދޭ ފަރާތުން ވަކިވަކި ތަންތަނުގައި ހިންގާ ވިޔަފާރިތަކުން ނަގާ ސަރވިސްޗާޖުގެ ފައިސާ އެއްކޮށް ހިސާބުކޮށް އަދި ބަހައިގެން ނުވާނެއެވެ.
(ނ) ވަޒީފާ ދޭ ފަރާތުން ވިޔަފާރި ހިންގާ ވަކި ތަނެއްގައި، އައުޓްސޯސްކޮށްފައިވާ ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ހިންގާ ވިޔަފާރިއަކުން ނަގާ ސަރވިސްޗާޖް، ވަޒީފާ ދޭ ފަރާތުގެ ސަރވިސްޗާޖާ އެއްކޮށް ހިސާބުކޮށް އަދި ބަހައިގެން ނުވާނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތިން، ވަޒީފާ ދޭ ފަރާތުގެ ހިިދުމަތެއް ދިނުމުގައި، ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންގެ މެދުގައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު ސަރވިސްޗާޖް ބަހާންވާނެއެވެ. އަދި ސަރވިސްޗާޖް ބެހުމުގައި، ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކު ހިމަނައިގެން ނުވާނެއެވެ.
8 ވަނަ މާއްދާ - އިދާރީ ފީ
ސަރވިސްޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 (އެކެއް އިންސައްތަ) ނެގިދާނެއެވެ. އަދި އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެއެވެ.
9 ވަނަ މާއްދާ - ސަރވިސްޗާޖް ހިސާބުކުރުން
(ހ) ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކު މުވައްޒަފަކަށް ހައްގުވާ މިންވަރު ކަނޑައަޅާނީ، މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތިން، އެ މަހެއްގެ ސަރވިސްޗާޖުގެ ފައިސާއިން އެ މަހެއްގެ ދުވާލަކަށް ޖެހޭ މިންވަރުގެ ނިސްބަތުން، މުވައްޒަފު ހިިދުމަތްކުރި ދުވަސްތަކަށް ޖެހޭ އަދަދުންނެވެ.
(ށ) ސަރވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސަރވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ހިިދުމަތްކުރި މުވައްޒަފުންގެ ހިިދުމަތުގެ ޖުމުލަ ދުވަސްތަކުން ގެއްލައިގެންނެވެ.
(ނ) މުވައްޒަފު ހިިދުމަތްކުރި ދުވަސްތައް ކަނޑައެޅުމުގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން މުސާރަ ލިބޭގޮތަށް، މުވައްޒަފަށް ހައްގުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަކާއި، އަރާމުކުރުމަށް މުވައްޒަފަށް ހައްގުވާ ދުވަސްތައް އުނިކޮށްގެން ނުވާނެއެވެ.
10 ވަނަ މާއްދާ - ސަރވިސްޗާޖް ދޭންޖެހޭ ވަގުތު
ސަރވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ލިބުނުކަމަށް ހިސާބުކުރެވޭ ޖުމުލަ ފައިސާ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތުން މުވައްޒަފުންނަށް ދީ ނިންމާންވާނެއެވެ.
11 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން
ސަރވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ވަޒީފާ ދޭ ފަރާތަށް ލިބުނު ޖުމުލަ އަދަދާއި، އެ މަހުގައި މަސައްކަތްކުރި މުވައްޒަފަކަށް ލިބޭނެ އަދަދު، ހިނގަމުންދާ މަސް ނިމުމުގެ ކުރިން، މުވައްޒަފުންނަށް އެނގޭނެ އިންތިޒާމް ވަޒީފާ ދޭ ފަރާތުން ހަމަޖައްސާންވާނެއެވެ.
4 ވަނަ ބާބު
ސަރވިސްޗާޖުގެ މައުލޫމާތު ބެލެހެއްޓުމާއި ހުށަހެޅުން
12 ވަނަ މާއްދާ - ބަލަހައްޓާންޖެހޭ މައުލޫމާތު
(ހ) ހިިދުމަތެއް ފޯރުކޮށްދިނުމުގައި ނަގާ ސަރވިސްޗާޖާ ގުޅިގެން، ވަޒީފާ ދޭ ކޮންމެ ފަރާތަކުން ވެސް، އަންނަނިވި މައުލޫމާތު، ކޮންމެ މަހަކު ގަވާއިދުން ބަލަހައްޓާންވާނެއެވެ.
- ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކު ލިބުނު ޖުމުލަ އާމްދަނީގެ ތަފުސީލު؛
- ސަރވިސްޗާޖުގެ ޖުމުލަ އާމްދަނީގެ ތެރެއިން، އިދާރީ ފީއެއް ވަޒީފާ ދޭ ފަރާތުން ނެގިނަމަ، އެ އަދަދު؛
- ސަރވިސްޗާޖުގެ ގޮތުގައި ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން، މުވައްޒަފުންނަށް ހައްގުވާ ޖުމުލަ އަދަދު؛
- އެ މަހެއްގައި ހިިދުމަތްކުރި މުވައްޒަފުންގެ މައުލޫމާތު (މުވައްޒަފުގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރާއި، މަގާމް އެނގޭނޭހެން)؛
- ކޮންމެ މުވައްޒަފަކު ހިިދުމަތްކުރި ދުވަސްތަކުގެ އަދަދު؛
- އެ މަހެއްގައި ހިިދުމަތްކުރި މުވައްޒަފަކަށް، ސަރވިސްޗާޖުގެ ގޮތުގައި ދުވާލަކަށް ޖެހޭ އަދަދު؛
- ކޮންމެ މުވައްޒަފަކަށް، ސަރވިސްޗާޖުގެ ގޮތުގައި އެ މަހެއްގައި ދިން ޖުމުލަ އަދަދު.
(ށ) މި ގަވާއިދުގެ ދަށުން ބަލަހައްޓާންޖެހޭ އެންމެހައި މައުލޫމާތާއި ރިކޯޑުތައް ބަލަހައްޓާންވާނީ، ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންނެވެ.
(ނ) މި ގަވާއިދުގެ ދަށުން ބަލަހައްޓާންޖެހޭ މައުލޫމާތު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ކުރާ އިންސްޕެކްށަނެއްގައި ވަޒީފާއާބެހޭ އޮފިސަރު ބަލާން ބޭނުންވެއްޖެ ހިނދެއްގައި، ވަގުތުން ދޭންވާނެއެވެ. އަދި އެ އޮތޯރިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައުލޫމާތު ހުށަހެޅުމަށް އަންގައިފިނަމަ، އެ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ހުށަހަޅާންވާނެއެވެ.
13 ވަނަ މާއްދާ - ރަޖިސްޓަރީކުރުން
(ހ) މި ގަވާއިދުގެ ދަށުން މައުލޫމާތު ހުށަހެޅުމަށް، ލޭބަރ ރިލޭށަންސް އޮތޯރިޓީން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން އަދި އެ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން، ސަރވިސްޗާޖް ނަގާ އެންމެހައި ފަރާތްތަކުން ރަޖިސްޓަރީވާންޖެހޭނެއެވެ.
(ށ) މި މާއްދާގެ ދަށުން ވަޒީފާ ދޭ ފަރާތުން ރަޖިސްޓަރީކުރާއިރު ހުށަހަޅާ އެއްވެސް މައުލޫމާތެއް ބަދަލުވެއްޖެނަމަ، އެ މައުލޫމާތެއް ބަދަލުވާ ތާރީހިުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް އެކަން އަންގާންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން، ވަޒީފާ ދޭ ފަރާތަށް އަންގާ އެންގުތަކާއި ފޮނުވާ ލިޔުންތައް ފޮނުވުމުގައި، މި މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން، އެ އެންގުމެއް ނުވަތަ ލިޔުމެއް އެ ފަރާތަށް ފޮނުވުނީކަމަށް ބެލެވޭނެއެވެ.
14 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން
(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ވަޒީފާ ދޭ ފަރާތުން ބަލަހައްޓާ މައުލޫމާތު، މި މާއްދާގައިވާ ގޮތުގެ މަތިން، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވާންވާނެއެވެ.
(ށ) މައުލޫމާތު ހުށަހަޅާނީ، ކޮންމެ މީލާދީ މަހެއްގެ ތަފުސީލުތައް ވަކިވަކީން އެނގޭނޭހެންނެވެ.
(ނ) ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ މައުލޫމާތު، އެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 1 (އެކެއް) ވަނަ ދުވަހުގެ ކުރިން ހުށަހަޅާންވާނެއެވެ.
(ރ) ކޮންމެ މީލާދީ އަހަރެއްގެ ފަހު 6 (ހައެއް) މަސްދުވަހުގެ މައުލޫމާތު، ޖެހިގެން އަންނަ އަހަރުގެ އެޕްރީލްމަހުގެ 1 (އެކެއް) ވަނަ ދުވަހުގެ ކުރިން ހުށަހަޅާންވާނެއެވެ.
(ބ) މި މާއްދާގެ (ނ) އާއި (ރ) ގައިވާ ތާރީހަށްވުރެ ލަސްނުވާނޭހެން، ކޮންމެ މީލާދީ މަހެއް ނިމުމުން، އެ މަހެއްގެ މައުލޫމާތު ވަކިން ހުށަހެޅުމަށް، މި މާއްދާ ހުރަހެއް ނާޅައެވެ.
15 ވަނަ މާއްދާ - މައުލޫމާތުގެ ސިައްހަކަން ކަށަވަރުކުރުން
މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައުލޫމާތުގެ ސިައްހަކަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ކަށަވަރުކޮށްދޭންވާނެއެވެ. މިގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މައުލޫމާތުގެ ސިައްހަކަން ކަށަވަރު ކޮށްދޭން ޖެހޭނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކްސް ބަޔާން ހުށަހަޅާންޖެހޭ ފަރާތްތަކުގެއެވެ.
5 ވަނަ ބާބު
ގަވާއިދާ ހިިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން
16 ވަނަ މާއްދާ ޖޫރިމަނާކުރުން
(ހ) ފަތުރުވެރިކަމުގެ ސިިނާއާަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިިދުމަތްތަކުން، މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތަށް ސަރވިސްޗާޖް ނަގަމުން ނުދާނަމަ، ނުވަތަ ސަރވިސްޗާޖް ނަގާ އެއްވެސް ފަރާތަކުން، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހުމުގައި، މި ގަވާއިދުގެ 3 ވަނަ ބާބުގައިވާ މާއްދާއަކާ ހިިލާފުވެއްޖެނަމަ، ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލައި، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ސަރވިސްޗާޖް ނެގުން ލާޒިމްވާ ފަރާތްތަކާއި، ސަރވިސްޗާޖް ނަގާ އެނޫންވެސް ފަރާތްތަކުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) އާ އެއްގޮތަށް މައުލޫމާތު ބަލަހައްޓަމުން ނުދާނަމަ، ނުވަތަ އެ މާއްދާގެ (ނ) ގެ ދަށުން އަންގާ އެންގުމަކާ ހިިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން، އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) ސަރވިސްޗާޖް ނަގާ އެއްވެސް ފަރާތަކުން، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ތާރީހިުގައި ސަރވިސްޗާޖުގެ މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، ފުރަތަމަ ފަހަރު، 7 (ހަތެއް) ދުވަހުގެ ތެރޭގައި މައުލޫމާތު ހުށަހެޅުމަށް އެންގުމާއެކު، މި މުހުލަތުގައި ވެސް އެ މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، 25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ތާރީހިުގައި މައުލޫމާތު ހުށަހަޅައިފައިނުވާ ދެވަނަ ފަހަރާއި، ތަކުރާރުވާ ކޮންމެ ފަހަރަކު 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނީ، ލޭބަރ ރިލޭށަންސް އޮތޯރިޓީންނެވެ. އަދި ޖޫރިމަނާގެ ފައިސާ ދައްކާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށެވެ.
6 ވަނަ ބާބު
އެހެނިހެން ކަންތައްތައް
17 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) މި ގަވާއިދުގެ އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
- "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، މުސާރައެއް ދޭގޮތަށް، ނުވަތަ އުޖޫރައެއް ދޭގޮތަށް މަސައްކަތްކުރުވާ ކޮންމެ މީހަކަށެވެ.
- "ވަޒީފާ ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މުސާރައެއް ދޭގޮތަށް، ނުވަތަ އުޖޫރައެއް ދޭގޮތަށް މަސައްކަތްކުރުވާ ކޮންމެ ފަރާތަކަށެވެ.
- "ފަތުރުވެރިކަމުގެ ސިިނާއާަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިންގ ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކަށެވެ.
- ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ރަސްމީ ބަންދު ދުވަސްތައް ކަމަށް ކަނޑައަޅައިފައިވާ ދުވަސްތަކަށެވެ.
18 ވަނަ މާއްދާ - ގަވާއިދަށް އާަމަލުކުރާން ފެށުން
މި ގަވާއިދަށް އާަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު