-

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވާއިދު

(ގަވާއިދު ނަންބަރު 42/2021)

 

1 ވަނަ މާއްދާ - ތައާާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 53-1 ވަނަ މާއްދާގެ (ރ) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިހްްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވާއިދު" އެވެ.

 


2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޓެކްސް ދައްކާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ގަސްތުކުރާ މުއާާމަލާތަކާ ގުޅިގެން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްދިނުމެވެ.

 


3 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރަމަށް އެދި ހުށަހެޅޭނެ ފަރާތްތައް

އަންނަނިވި ފަރާތްތަކަށް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް އެދި ހުށަހެޅިދާނެއެވެ.

(ހ) ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ރައްދުވާ ބައިނަލްއަގްްވާމީ މުއާާމަލާތެއް ކޮށްފައިވާ ނުވަތަ ކުރާން ގަސްތުކުރާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތައް؛

(ށ) ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ރައްދުވާ ބައިނަލްއަގްްވާމީ މުއާާމަލާތެއް ކޮށްފައިވާ ނުވަތަ ކުރާން ގަސްތުކުރާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތައް؛

 

4 ވަނަ މާއްދާ - ޕްރީ-ފައިލިންގ ކޮންސަލްޓޭށަަން

(ހ) މި ގަވާއިދުގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް އެދޭ ފަރާތްތަކުން ޕްރީ-ފައިލިންގ ކޮންސަލްޓޭށަަނަކަށް އެދި، "ޕްރީ-ފައިލިންގ ކޮންސަލްޓޭށަަނަކަށް އެދުން" (MIRA 923) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައާުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅާންވާނެއެވެ.

(ށ) ޕްރީ-ފައިލިންގ ކޮންސަލްޓޭށަަނުގައި، އަންނަނިވި ކަންކަން ހިމެނޭނެއެވެ.

  1. އެއްބަސްވުމުގެ ތަރަހަ ކަނޑައެޅުން؛
  2. ކޮންޓްރޯލް އޮތް މުއާާމަލާތް ދެނެގަތުން؛
  3. ބައިނަލްއަގްްވާމީ އެ މުއާާމަލާތަކީ އެއްބަސްވުމުގައި ހިމެނުމަށް އެކަށީގެންވާ މުއާާމަލާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން؛
  4. އެއްބަސްވުމުގައި ހިމެނިދާނެ މައިގަނޑު ނުކުތާތަކާ ގުޅޭގޮތުން މަށަްވަރާކުރުން.

 
(ނ) ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކާ ގުޅޭ ޕްރީ-ފައިލިންގ ކޮންސަލްޓޭށަަނެއް ނަމަ، އެ ކޮންސަލްޓޭށަަނުގައި ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީ، ނުވަތަ އެ ކޮމްޕިޓަންޓް އޮތޯރިޓީ ތަމްސީލުކުރާ ފަރާތް ބައިވެރިވާންވާނެއެވެ.

 

5 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ޕްރީ-ފައިލިންގ ކޮންސަލްޓޭށަަން ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މީރާއާއެކު އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް އެދި، "އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުން"  (MIRA 924)  ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑަޅައިފައިވާ އެންމެހައި މައާުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅާންވާނެއެވެ.
 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ހިމަނާންޖެހޭ ކަންކަމާއި މައާުލޫމާތުގެ ތެރޭގައި އަންނަނިވި ކަންކަމާއި މައާުލޫމާތު ހިމެނެއެވެ.

  1. ޓެކްސް ދައްކާ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތްތަކުގެ އަދި އެޑްވާންސް ޕްރައިސިންގ އެގްރީމަންޓުގައި ހިމެނުމަށް އެ ފަރާތުން ހުށަހަޅާ މުއާާމަލާތްތައް ނުވަތަ އިންތިޒާމުތަކުގެ ތައާާރަފަކާއި، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގެ ހުުދޫދާއި މުއްދަތުގެ ގޮތުގައި ހުށަހަޅާ ހުށަހެޅުމާއި، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) އެ މުއާާމަލާތަށް ނުވަތަ އިންތިޒާމަށް ރައްދުވާ ގޮތުގެ ތަފުސީލު؛
  2. އަންނަނިވި މައާުލޫމާތު ހިމެނޭ ގޮތުން، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލުތަކާ އެއްގޮތަށް، އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މެދުވެރިކޮށް، ޓްރާންސްފަރ ޕްރައިސް ކަނޑައަޅާން ހުށަހަޅާ ގޮތުގެ ތަފުސީލު؛
    (i) ހުށަހަޅާ މުއާާމަލާތުގެ ކޮމްޕްރަބިލިޓީ އެނަލިސިސް؛
    (ii) މުއާާމަލާތާ ގުޅިގެން އިހްްތިޔާރުކުރާ އެންމެ އެކަށީގެންވާ ޓްރާންސްފަރ ޕްރައިސިންގ މެތަޑާއި، އެ މެތަޑް އިހްްތިޔާރުކުރި އަސާސް؛
    (iii) ކްރިޓިކަލް އެސަމްޕްށަަންތައް؛
    (iv) ވާރލްޑް-ވައިޑް އޮގަނައިޒޭށަަނަލް ސްޓްރަކްޗަރއާއި، ހިމެނޭ ގުޅުންހުރި ފަރާތުގެ ހިސްޓްރީއާއި، ފައިނޭންށަަލް ސްޓޭޓްމަންޓުގައި ހިމެނޭ މައާުލޫމާތާއި، އުފެއްދުންތަކުގެ މައާުލޫމާތާއި، ފަންކްށަަންތަކާއި، މާއްދީ އެސެޓުތަކުގެ މައާުލޫމާތާއި، ޣައިރު މާއްދީ އެސެޓްތަކުގެ މައާުލޫމާތު.

  3. ހުށަހަޅާ މުއާާމަލާތުގައި ނުވަތަ އިންތިޒާމުގައި ބައިވެރިވާ ގުޅުންހުރި ފަރާތަކީ ކޮން ފަރާތެއްކަމާއި، ޓެކުހުގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވަނީ ކޮން ތަނެއްގައިކަން؛
  4. ޓެކްސް ދައްކާ ފަރާތުން އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ބައިވެރިކުރާން އެދޭ އެހެން ޖުރިސްޑިކްށަަން ނުވަތަ ޖުރިސްޑިކްށަަންތަކަކީ ކޮބައިކަން؛
  5. މިހާރު ބޭނުންކުރަމުންދާ ނުވަތަ ބޭނުންކުރަން ގަސްތުކުރާ ޓްރާންސްފަރ ޕްރައިސިންގ މެތަޑަށާއި، އެއްބަސްވުމުގެ ބައިވެރިއަކަށް ނިސްބަތްވާ އެއްވެސް މައާުލޫމާތަކަށް އަސަރުކޮށްފާނެ އެއްވެސް މައާުލޫމާތެއް

(ނ) މި މާއްދާގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމުގައި ކަމެއް އުނިވާނަމަ، ނުވަތަ ހުށަހަޅާންޖެހޭ ލިޔެކިޔުމެއް މަދުވާނަމަ، އެ ކަމެއް ފުރިހަމަކުރުމަށް 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތަށް މީރާއިން އަންގާންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅުން ފުރިހަމަކުރުމަށް، ޓެކްސް ދައްކާ ފަރާތަށް، 30 (ތިރީސް) ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން، ހުށަހެޅުން ފުރިހަމަކުރުމަށް ދެވޭ މުއްދަތުގައި އެ ހުށަހެޅުން ފުރިހަމަކޮށްފައި ނުވާނަމަ، އެ ގޮތަށް އަމަލުނުކުރެވުނު ސަބަބު ބަޔާންކުރުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ ހުށަހެޅުން އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމުމުގެ އިހްްތިޔާރު، ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ހަވާލުވެހުރި މީރާގެ އޮފިސަރަށް، ނުވަތަ، ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - އެޑްވާންސް ޕްރައސިންގ އެއްބަސްވުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން އިސްްލާހުުކުރުން

(ހ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފައިވާ ހުށަހެޅުމެއް އިސްްލާހުުކުރަން އެދޭނަމަ، އެ އެއްބަސްވުމާމެދު ގޮތެއް ނިމުމުގެ ކުރިން، ލިޔުމުން މީރާއަށް އެކަން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްްލާހުުކުރަން އެދިފައިވާ ގޮތަށް، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދި އެ ފަރާތުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތަށް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން އިސްްލާހުުކުރުމުގެ އިހްްތިޔާރު، ޔުނިލެޓަރަލް  އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ހަވާލުވެހުރި މީރާގެ އޮފިސަރަށް، ނުވަތަ، ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭށަަން އަނބުރައި ގެންދިއުން

އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ހުށަހެޅި ފަރާތަށް އަނބުރައި ގެންދެވިދާނެއެވެ. އެގޮތުން ހުށަހެޅުން އަނބުރައި ގެންދާނަމަ،  ލިޔުމުން މީރާއަށް އެކަން އަންގާންވާނެއެވެ.

 

8 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅޭގޮތުން މީރާއިން ގޮތެއް ނިންމުން

މި ގަވާއިދުގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހެޅުމުގައިވާ ކަންކަން ބެލުމަށްފަހު، އެ ފަދަ އެއްބަސްވުމެއް ގާއިމުކުރުމަށް ނުވަތަ ނުކުރުމަށް ނިންމުމުގެ އިހްްތިޔާރު، ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ހަވާލުވެހުރި މީރާގެ އޮފިސަރަށް، ނުވަތަ ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއްގައި ހިމަނާންޖެހޭ މައާުލޫމާތު

މި ގަވާއިދުގެ ދަށުން ގާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއްގައި،  އެހެނިހެން މައާުލޫމާތުގެ އިތުރުން، އަންނަނިވި މައާުލޫމާތު ހިމަނާންވާނެއެވެ.

(ހ) އެއްބަސްވުން ރައްދުވާ ފަރާތްތަކުގެ ނަމާއި އެޑްރެސް.

(ށ) އެއްބަސްވުން ރައްދުވާ މުއާާމަލާތްތަކާއި، އިންތިޒާމުތަކާއި، އެއްބަސްވުންތަކާއި، މުއްދަތު. 

(ނ) އެއްބަސްވެވޭ ޓްރާންސްފަރ ޕްރައިސިންގ މެތަޑާއި، އެއްބަސްވޭ ކޮމްޕްރަބަލްސް ނުވަތަ ލަފާކުރެވޭ ނަތީޖާތަކުގެ ރޭންޖް ފަދަ ކަންކަމުގެ ތައާާރަފެއް.

(ރ) ޓްރާންސްފަރ ޕްރައިސިންގެ އަސާސްކަމުގައި ބަލައިފައިވާ، އަދި އެއިން ކަމަކާ ހްިލާފުވެއްޖެނަމަ އެއްބަސްވުމާ ގުޅިގެން އަލުން މަށަްވަރާކުރާންޖެހޭ ފަދަ ކްރިޓިކަލް އެސަމްޕްށަަންތައް.

(ބ) އެއްބަސްވުމުގައި ހިމަނައިފައިވާ މުހިންމު ލަފުޒުތަކާއި އާިބާރާތްތަކުގެ މާނަ.

(ޅ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި ކަންކަމުގެ އިތުރުން، މީރާއިން ކަނޑައަޅާ އެނޫންވެސް ކަމެއް.


10 ވަނަ މާއްދާ - އެއްބަސްވެފައިވާ ގޮތަށް އަމަލުނުކުރުން ނުވަތަ ހާލަތު ބަދަލުވުން

(ހ) ކްރިޓިކަލް އެސަމްޕްށަަނަކަށް، ނުވަތަ އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ކުރިން ކުރިމަތިކުރެވުނު ށަަރުތުަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ އެއްބަސްވުމަށް އަމަލުކުރުން، އެ އެއްބަސްވުމުގެ ބައިވެރީންނަށް ލާޒިމެއް ނޫނެވެ.

(ށ) ކްރިޓިކަލް އެސަމްޕްށަަނަކަށް ނުވަތަ އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ކުރިން ކުރިމަތިކުރެވުނު ށަަރުތުަކަށް އެއްވެސް ބަދަލެއް އަތުވެއްޖެކަމަށް އެއްވެސް ފަރާތަކަށް ގަބޫލުކުރެވިއްޖެނަމަ، އެއްބަސްވުމުގައި ބައިވެރިވާ އެނޫން ފަރާތްތަކަށް، އެ ގޮތަށް ގަބޫލުކުރެވުނު ތާރީހްުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ގާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އަމަލުކުރުން ލާޒިމުވުން ހުއްޓުމަކަށް އަންނާނީ، އެއްބަސްވުމުގައި ބައިވެރިވާ ފަރާތަކުން އެކަމާ ގުޅިގެން އަންގާންޖެހޭ އެންގުން، އެއްބަސްވުމުގައި ބައިވެރިވާ އެނޫން ފަރާތަށް ނުވަތަ ފަރާތްތަކަށް އެންގުމުންނެވެ.

(ރ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް މި މާއްދާގެ (ހ) ރައްދުވެއްޖެނަމަ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނުވަތަ އިސްްލާހުުކުރުމަށް އިހްްތިޔާރު ކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - އަހަރީ ކޮމްޕްލައަންސް ރިޕޯޓު ހުށަހެޅުން

އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ހިމެނޭ ކޮންމެ ޓެކްސް އަހަރަކަށް، އަންނަނިވި މައާުލޫމާތު ނުވަތަ ކަންކަން ހިމަނައިގެން، އަހަރީ ކޮމްޕްލައަންސް ރިޕޯޓެއް، އެ ޓެކްސް އަހަރަށް ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއެކު، ވިދިގެން އަންނަ ޓެކްސް އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާންވާނެއެވެ.

(ހ) ރިޕޯޓު ނިސްބަތްވާ ޓެކްސް އަހަރުގައި  ޓެކްސް ދައްކާ ފަރާތުން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ މައާުލޫމާތު.

(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ށަަރުތުުތަކާ އެއްގޮތްވާ ގޮތަށް އަމަލުކޮށްފައިވާކަން ދައްކުވައިދޭ މައާުލޫމާތު.

(ނ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކްރިޓިކަލް އެސަމްޕްށަަނަކަށް، ނުވަތަ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމަށް ކުރިމަތިކުރެވުނު ށަަރުތުުތަކުން ށަަރުތުަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަށަވަރުކޮށް ދިނުން.

 

12 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ބާތުިލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މީރާއަށް ބާތުިލު ކުރެވިދާނެއެވެ.

  1. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ނުވަތަ އަހަރީ ކޮމްޕްލައަންސް ރިޕޯޓުގައި، ގަސްތުގައި، މައާުލޫމާތުގެ ކުށެއް ހިމެނުން،  ނުވަތަ ހިމަނާންޖެހޭ މައާުލޫމާތެއް ނުހިމެނުން، ނުވަތަ މިސްރެޕްރެޒެންޓޭށަަނެއް ހިމެނުން؛
  2. އެކަށީގެންވާ ސަބަބެއް ނެތި، ސުންގަޑީގެ ނިޔަލަށް އެނުއަލް ކޮމްޕްލައަންސް ރިޕޯޓު ހުށަހަޅައިފައި ނުވުން؛
  3. އެއްބަސްވުމުގައި ބައިވެރިވާ ޓެކްސް ދައްކާ ފަރާތުން ނުވަތަ ފަރާތްތަކުން، އެއްބަސްވުމުގެ މައިގަނޑު ށަަރުތުަކާ މެޓީރިއަލް މިންވަރަކަށް ހްިލާފުވުން.

(ށ) މި މާއްދާގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ބާތުިލުކޮށްފިނަމަ، އެ ބާތުިލުކުރެވުނު އެއްބަސްވުން ރައްދުވި ފުރަތަމަ ޓެކްސް އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އެއްބަސްވުން ބާތުިލުވާނެއެވެ.

 

13 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ނިމުމަކަށް ގެނައުން

(ހ) އަންނަނިވި ހާލަތްތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މީރާއަށް ނިމުމަކަށް ގެނެވިދާނެއެވެ.

  1. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ނުވަތަ އެނުއަލް ކޮމްލައަންސް ރިޕޯޓުގައި، ގަސްތުގައި ނޫން ގޮތަކަށް މައާުލޫމާތުގެ ކުށެއް ހިމެނިފައި އޮތުން، ނުވަތަ ހިމަނާންޖެހޭ މައާުލޫމާތެއް ނުހިމެނި އޮތުން، ނުވަތަ މިސްރެޕްރެޒެންޓޭށަަނެއް ހިމެނިފައި އޮތުން؛
  2. އެކަށީގެންވާ ސަބަބެއް އޮވެގެން، ސުންގަޑީގެ ނިޔަލަށް އެނުއަލް ކޮމްޕްލައަންސް ރިޕޯޓު ހުށަހަޅައިފައި ނުވުން؛
  3. އެއްބަސްވުމުގައި ބައިވެރިވާ ޓެކްސް ދައްކާ ފަރާތުން ނުވަތަ ފަރާތްތަކުން، އެއްބަސްވުމުގެ އެއްވެސް ށަަރުތުަކާ މެޓީރިއަލް މިންވަރަކަށް ހްިލާފުވުން؛
  4. އެއްބަސްވުމުގެ ކްރިޓިކަލް އެސަމްޕްށަަނަކާ މެޓީރިއަލް މިންވަރަކަށް ހްިލާފުވުން؛
  5. އެއްބަސްވުން އިސްްލާހުު ކުރުމުގެ ފުރުސަތު ނުލިބޭ ފަދަ ގޮތަކަށް، ޓެކްސް ގާނޫނަކަށް، ނުވަތަ ޓެކްސް މުއާާހަދާއެއްގެ ނުވަތަ ބައިނަލްއަގްްވާމީ އެއްބަސްވުމެއްގައި ހިމެނޭ އެޑްވާންސް ޕްރައިސިންގއާ ގުޅޭ މާއްދާއަށް ބަދަލެއް އައުން.

(ށ) މި މާއްދާގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނިމުމަކަށް ގެންނަ ތާރީހްު ކަނޑައަޅާނީ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް މެދުވެރިވި ސަބަބުތަކަށް ރިއާާޔަތް ކުރުމަށް ފަހުގައެވެ.

 

14 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުން އިސްްލާހުުކުރުން

(ހ) އަންނަނިވި ހާލަތުތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މީރާއަށް އިސްްލާހުު ކުރެވިދާނެއެވެ.

  1. މެޓީރިއަލް މިންވަރަކަށް ކްރިޓިކަލް އެސަމްޕްށަަނަކަށް ނުވަތަ  އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ކުރިން ކުރިމަތިކުރެވުނު ށަަރުތުަކަށް އެއްވެސް ބަދަލެއް އައުން؛
  2. ކްރިޓިކަލް ނޫން އެސަމްޕްށަަނަކަށް ބަދަލެއް އައުން؛
  3. ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، އެއްބަސްވުމުގައި ބައިވެރިވާ އެހެން ގައުމެއްގެ ކޮމްޕިޓަންޓް އޮތޯރިޓީން އެ އެއްބަސްވުން އިސްްލާހުުކޮށްދިނުމަށް އެދިފައިވުން

(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ބައިވެރިވާ  ޓެކްސް ދައްކާ ފަރާތުން އެ އެއްބަސްވުން އިސްްލާހުު ކުރުމަށް އެދި ހުށަހަޅައިފި ނަމަ، އެ އެއްބަސްވުމެއް މީރާއަށް އިސްްލާހުު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތެއްގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް އިސްްލާހުު ކުރެވޭނީ، ޓެކްސް ދައްކާ ފަރާތަށް އެކަމާ ގުޅޭގޮތުން އެ ފަރާތުން ދެކޭ ގޮތް ހާމަކުރުމަށް ފުރުސަތު ދިނުމަށްފަހު، އެ ފަރާތުން އެ އިސްްލާހުު ގެނައުމަށް އެއްބަސްވާނަމައެވެ.

(ރ) ޓެކްސް ދައްކާ ފަރާތުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުން އިސްްލާހުު ކުރުމަށް އެއްބަސްނުވާ ހާލަތުގައި، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން، އެ  އެއްބަސްވުން ނިމުމަކަށް ގެނެވިދާނެއެވެ.
 
(ބ) ޓެކްސް ދައްކާ ފަރާތުން އެއްބަސްވުމަށް އިސްްލާހުު ހުށަހަޅާ ހާލަތުގައި އެ އިސްްލާހުުތައް ގެނައުމަށް މީރާއިން އެއްބަސްނުވާނަމަ، އެ އިސްްލާހުުތައް ބަލައިނުގަނެވޭކަން ސަބަބާއެކު ލިޔުމުން މީރާއިން އެ ފަރާތަށް އަންގާންވާނެއެވެ.

(ޅ) އިސްްލާހުު ކޮށްފައިވާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި، އިސްްލާހުު ކުރުމުގެ ކުރިން އޮތް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ހިނގާނެ މުއްދަތާއި، އިސްްލާހުު ކޮށްފައިވާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އަމަލުކުރާން ފަށާނެ މުއްދަތު ބަޔާންކޮށްފައި އޮންނާންވާނެއެވެ.

 

15 ވަނަ މާއްދާ - ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުންތައް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް އެދިފައިވާނަމަ އަމަލުކުރާންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާންވާނީ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުނު ފަރާތާ ގުޅުންހުރި ފަރާތުން ނުވަތަ ފަރާތްތަކުން އެ ފަރާތުން ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަަނުގައި ނުވަތަ ޖުރިސްޑިކްށަަންތަކުގައި އެ މުއާާމަލާތް ނުވަތަ މުއާާމަލާތްތަކާ ގުޅޭގޮތުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދިފައިވާނަމައެވެ.
  2. ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް ޓެކްސް ދައްކާ ފަރާތުން އެދިއްޖެނަމަ،  އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުނު ފަރާތާ ގުޅުންހުރި ފަރާތުން ނުވަތަ ފަރާތްތަކުން ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަަން ނުވަތަ ޖުރިސްޑިކްށަަންތަކުގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ނުވަތަ ކޮމްޕިޓަންޓް އޮތޯރިޓީތަކަށް އެކަން އަންގާންވާނެއެވެ.
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމްޕިޓަންޓް އޮތޯރިޓީން، އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ށަައުގުވެރިކަން ފާޅުކޮށްފިނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީން އެކަމާ ގުޅޭ މަށަްވަރާތައް ފަށައިގެން އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރާންވާނެއެވެ.
  4. މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަށަްވަރާތަކުން ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއާއި، ބައިވެރިވާ އެނޫން ކޮމްޕިޓަންޓް އޮތޯރިޓީއަކަށް އެއްބަސްވުމަކަށް ވާސްިލު ނުވެވޭނަމަ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދިފައިވާ ފަރާތަށް  އެ ކަން އަންގާންވާނެއެވެ. އަދި، އެ ހާލަތުގައި ޔުނިލެޓަރަލް އެއްބަސްވުމެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ނުވަތަ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން އަނބުރައި ގެންދިއުމަށް އިހްްތިޔާރު ކުރެވިދާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީ ފިޔަވައި އެނޫން ކޮމްޕިޓަންޓް އޮތޯރިޓީއަކުން، ބައިލެޓަރަލް  ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގެ ށަައުގުވެރިކަން، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ހުށަހަޅާ ހާލަތުގައި، އެ މަސައްކަތް ކުރިޔަށް ގެންދާންވާނީ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުނު ފަރާތާ ގުޅުންހުރި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުން އެ މުއާާމަލާތަށް ނުވަތަ މުއާާމަލާތްތަކާ ގުޅޭގޮތުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދިފައިވާނަމައެވެ.


16 ވަނަ މާއްދާ - ރޯލްބެކް

އިންކަމް ޓެކްސް ބަޔާން ހުށަހަޅާންޖެހޭ ސުންގަޑި ފާއިތުވެފައިވާ ޓެކްސް އަހަރަކަށް ހިނގާގޮތަށް، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގެ ފުރުސަތު ލިބޭނީ އަންނަނިވި ކަންކަމަށް ރިއާާޔަތް ކުރުމަށް ފަހުގައެވެ.

(ހ) ބައިވެރިވާ އެހެން ޖުރިސްޑިކްށަަނުން ކަނޑައަޅައިފައިވާ މުއްދަތުތައް.

(ށ) ގުޅުންހުރި މައާުލޫމާތާއި ހާލަތު.

(ނ) ޓެކްސް އޮޑިޓެއް ނުވަތަ އިންވެސްޓިގޭށަަނެއް ހިނގަމުންދިއުން ނުވަތަ ހިނގަމުން ނުދިއުން.

(ރ) ށަަރީއަތުގެ މަރުހަލާގައި މައްސަލައެއް އޮތުން ނުވަތަ ނެތުން.

 

17 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމު ނުކުރޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމެއް ނުކުރެވޭނެއެވެ.

(ހ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ހިމަނާން ހުށަހަޅާ މުއާާމަލާތަކީ، ހްިޔާލީ  ހާލަތަކަށް ވުން، ނުވަތަ ފުރިހަމަޔަށް އެއާމެދު ވިސްނައިފައިވާ ހާލަތަކަށް ނުވުން؛

(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ހިމަނާން ހުށަހަޅާ މުއާާމަލާތަކީ، ޓެކްސް ދެއްކުމުން އެއްކިބާވުން، ނުވަތަ ޓެކުހަށް މަކަރު ހެދުން ހިމެނޭ މުއާާމަލާތަކަށް ވުން؛

(ނ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ހިމަނާން ހުށަހަޅާ މުއާާމަލާތުގެ މައުޒޫޫއަކީ، ށަަރީއަތުގެ މަރުހަލާއެއްގައި ބެލެވެމުންދާ ކަމެއް ކަމުގައި ވުން.

 

18 ވަނަ މާއްދާ - އެޑްވާންސް ޕްރައިސިންގ އެއްބަސްވުމާ ގުޅިގެން ހިނގާނެ ހަރަދު

(ހ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ނޮން-ރިފަންޑަބަލް އެޕްލިކޭށަަން ފީއެއް ނެގުމުގެ އިހްްތިޔާރު، މީރާއަށް ލިބިގެންވެއެވެ. މި ގޮތުން ފީއެއް ނެގުމަށް މީރާއިން ކަނޑައަޅައިފިނަމަ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުން މީރާއިން ބަލައިގަންނާނީ، ފީ ދެއްކުމުންނެވެ.

(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތާ ގުޅިގެން، މީރާގެ މުވައްޒަފަކަށް ނުވަތަ ކޮމްޕިޓަންޓް އޮތޯރިޓީއަށް ދިވެހިރާއްޖެއިން ބޭރަށް ކޮންމެހެން ކުރާންޖެހޭ ދަތުރަކަށް ހޭދަވާ ހަރަދު، އެއްބަސްވުމަށް އެދިފައިވާ ފަރާތުން މީރާއަށް ދައްކާންވާނެއެވެ.

 

19 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގެ މަރުހަލާގައި މީރާއިން ހޯދާ މައާުލޫމާތާއި، މީރާއަށް ލިބޭ އެންމެހައި މައާުލޫމާތަކީ، ގާނޫނުގެ ދަށުން ސިއްރު މައާުލޫމާތެވެ.

 

20 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި ލަފުޒުތަކާއި އާިބާރާތްތައް މާނަކުރާންވާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
 
(ހ) "ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ.
 
(ށ) "ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓެކްސް ދައްކާ ފަރާތާއެކު މީރާއިން ގާއިމުކުރާ، ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާން ޕްރައިސިންގ އެއްބަސްވުމަކަށް ނުވާ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށެވެ.
 
(ނ) "ބައިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ،  ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓެކްސް ދައްކާ ފަރާތާއި، ޓެކްސް ދައްކާ ފަރާތާ ގުޅުންހުރި ފަރާތަކާއި، ގުޅުންހުރި އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަަންގެ ޓެކްސް އޮތޯރިޓީއާއެކު މީރާއިން ގާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށެވެ.

(ރ) "މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓެކްސް ދައްކާ ފަރާތާއި، ޓެކްސް ދައްކާ ފަރާތާ ގުޅުންހުރި 1 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތްތަކާއި، ގުޅުންހުރި އެ ފަރާތްތައް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަަންތަކުގެ ޓެކްސް އޮތޯރިޓީތަކާއެކު މީރާއިން ގާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރާން ފެށުން

މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 3/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު