ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2021-12)
އެއްވަނަ ބައި
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު) ހިންގައި ތަންފީޒު ކުރުމަށާއި، އެ ގާނޫނުގެ ބައެއް މާއްދާތައް ތަފުސީލުކޮށް، އެ ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމުގައި އަމަލުކުރަންވީ އުސޫލުތަކާއި މިންގަނޑުތައް ބަޔާން ކުރުމަށް ޓަކައި، އެ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ؛
(ހ) ދެމެހެއްޓެނިވި ގޮތުގައި ޕެސްޓިސައިޑް ބޭނުންކުރުމާއި، ވިއްކުމާއި، އުފުލައި ނަގުލުކުރުމާއި، ގުދަންކުރުމާއި، ނައްތައިލުން ކަށަވަރުކޮށްދީގެން އިންސާނުންގެ ސިއްހަތަށާއި، ވެށްޓަށާއި، ވެށީގައި އުޅޭ ތަފާތު ދިރުންތަކަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކައުތެރި ކުރުމަށް ޓަކައި ޒިންމާދާރުކޮށް، ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގުން ކަށަވަރުކުރުން.
(ށ) ޕެސްޓިސައިޑުގެ ލޭބަލާއި، މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާހުގައި ދީފައިވާ އިރުށާދުތަކާ އެއްގޮތަށް ޕެސްޓިސައިޑް ބޭނުންކުރާކަން ކަށަވަރުކުރުން.
(ނ) ޕެސްޓިސައިޑާ ގުޅުންހުރި ބައިނަލްއަގުވާމީ މިންގަނޑުތަކާއި، ގައުމީ މިންގަނޑުތައް އެއްގޮތްކުރުން.
(ރ) ޕެސްޓިސައިޑަށް ހާސާވެގެން އިންސާނުންނަށާއި ވެށްޓަށާއި ވެށީގައި އުޅޭ ތަފާތު ދިރުންތަކަށް ކުރިމަތިވެދާނެ ނުރައްކައުތެރި ހާދިސާތައް ހުއްޓުވުން ނުވަތަ މަދުކުރުވުން.
(ބ) ނުރަނގަޅުގޮތުގައި ޕެސްޓިސައިޑް ބޭނުންކުރުން ހުއްޓުވުން.
(ޅ) ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތަކުގެ މައުލޫމާތުތައް ދަފުތަރުކޮށް ބެލެހެއްޓުން ކަށަވަރުކުރުން.
(ކ) ޕެސްޓިސައިޑުގެ ފެންވަރާއި، ޕެސްޓިސައިޑުން އެކަށީގެންވާ ނަތީޖާ ނެރެވުމާއި، އިންސާނުންނާއި ތިމާވެށްޓާއި ވެށީގައި އުޅޭ ތަފާތު ދިރުންތަކުގެ ރައްކައުތެރިކަން ކަށަވަރުކޮށްދީގެން، ދެމެހެއްޓެނިވި ގޮތެއްގައި ޒިރާއީ އުފެއްދުންތެރިކަން ކުރިޔަށް ގެންދިއުން.
(އ) ގައުމުގެ އިޖުތިމާއީ ކުރިއެރުމާއި އިގުތިސާދީ ކުރިއެރުން ހާސިލުކުރުމަށް ޕެސްޓިސައިޑް ބޭނުންކުރުމާއި، ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގުމާއި، މޮނިޓަރކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.
(ވ) ޕެސްޓިސައިޑް އުފުލައި ނަގުލުކުރުމާއި، ހިފައިގެންގުޅުމާއި، ބޭނުންކުރުމާއި، ގުދަންކުރުމާއި، ނައްތައިލުމުގައި ގެންގުޅޭ ރައްކައުތެރިކަމުގެ މިންގަނޑުތަކާއި އާދަތަކާ ގުޅޭގޮތުން ކަމާ ގުޅޭ ފަރާތްތައް ހޭލުންތެރިކޮށް، އަހުލުވެރިކުރުވުން.
(މ) ޕެސްޓިސައިޑް ބޭނުންކުރުމުގައި ގެންގުޅޭ ރަނގަޅު އާދަތައް ހިފަހައްޓައިގެން ޒިރާއީ އުފެއްދުންތަކުގެ ފެންވަރާއި މިންވަރު ހިފެހެއްޓުމާއި، ޕެސްޓިސައިޑަށް ކުރާ އިސްރާފު ކުޑަކުރުން.
(ފ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭ ޕެސްޓިސައިޑުގެ ފެންވަރު ހިފެހެއްޓުމާއި، އިމްޕޯޓްކުރެވެނީ އެކަށީގެންވާ ބާވަތްތައްކަން ކަށަވަރުކުރުން.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގައި ތަންފީޒު ކުރުން
މި ގަވާއިދު ހިންގައި ތަންފީޒު ކުރާނީ މިނިސްޓްރީންނެވެ.
ދެވަނަ ބައި
ޕެސްޓިސައިޑް އިމްޕޯޓުކުރުން
5 ވަނަ މާއްދާ - އިމްޕޯޓުކުރުމުގެ ހުއްދަ
(ހ) ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ހުއްދަ ދެވޭނީ، މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައުލަތުގެ އިދާރާއެއްގެ ބޭނުމަށް، ނުވަތަ ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ލައިސަންސް ދެވިފައިވާ ފަރާތްތަކަށެވެ.
(ށ) ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީގައި ނެތް ޕެސްޓިސައިޑުގެ ބާވަތެއް، ނުވަތަ ރަޖިސްޓަރީގައި ހުރި ޕެސްޓިސައިޑުގެ ބާވަތްތަކުގައި ނެތް ފޯމިއުލޭށަނެއް ނުވަތަ ކޮންސެންޓްރޭށަނެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ އިމްޕޯޓުކުރުމުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދެންވާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ "ދިވެހިރާއްޖެއަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ރ) ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ހުއްދަ ހޯދުމަށް ޓަކައި ޕެސްޓިސައިޑް އެތެރެކުރުމުގެ 10 (ދިހަ) ދުވަހުގެ (ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމަނައި) ކުރިން، މި މާއްދާގެ (ނ) ގައި ބުނެފައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިނިސްޓްރީން ފޯމު ބަލައިގަންނާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއާ އެކުގައެވެ.
(ބ) ޕެސްޓިސައިޑް އިމްޕޯޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގައި ފުރިހަމަވާންޖެހޭ މައުލޫމާތު ފުރިހަމަނަމަ، އެ ޕެސްޓިސައިޑަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމައި، އެ ހުށަހެޅުމެއް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތަށް އަންގަންވާނެއެވެ.
6 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ށަރުތުތައް
ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ހުއްދައަށް އެދޭއިރު، ތިރީގައި މިވާ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ހ) ޕެސްޓިސައިޑުގެ އާންމު ނަމާއި، ވިޔަފާރި ނަން؛
(ށ) ތައްޔާރުކޮށްފައި ހުންނަ ގޮތާއި (ފޯމިޔުލޭށަން)، އޮލަމިން (ކޮންސެންޓްރޭށަން)؛
(ނ) ބަންދުކޮށްފައި ހުންނަ ވަރާއި، އަދަދު؛
(ރ) އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، ވެބްސައިޓް؛
(ބ) ދިވެހިރާއްޖެއަށް އެތެރެކުރާ ބޭނުން؛
(ޅ) ސަޕްލިމެންޓަރީ ލޭބަލް؛
(ކ) ޕެސްޓިސައިޑުގެ ސަބަބުން އިންސާނުންނަށް ނުވަތަ ޖަނަވާރަށް ކުރިމަތިވެދާނެ ސިއްހީ ގެއްލުންތައް؛
(އ) ޕެސްޓިސައިޑް ބޭނުންކޮށްގެން ނައްތައިލުމަށް އަމާޒުކުރާ ޕެސްޓުގެ ބާވަތްތައް ފިޔަވައި، ފައިދާކުރަނިވި ސޫފާސޫފިތަކަށާއި، މަސްމަހާމެއްސަށާއި، ކަނޑުގެ ވެއްޓަށް ކުރާ ވިހައިގެ އަސަރު ހިމެނޭގޮތުން، ތިމާވެށްޓަށް ކުރިމަތިކޮށްފާނެ ނުރައްކާތައް؛
(ވ) ބިމުގެ ތެރޭގައި ޕެސްޓިސައިޑް ފެތުރިގެންގޮސް، ފެން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތް މިންވަރު؛
(މ) ޕެސްޓިސައިޑުގެ ބޭނުން ހިފުމުން ނަތީޖާ ހާސިލުވާނެ މިންވަރު؛
(ފ) ޕެސްޓް ކޮންޓްރޯލް ކުރުމަށް ބޭނުންވެފައިވާ މިންވަރު؛
(ދ) "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ" ގައިވާ އެހެން ބާވަތްތަކާ އަޅައިބަލާއިރު، ހުއްދައަށް އެދި ހުށަހަޅައިފައިވާ ޕެސްޓިސައިޑުގެ ނުރައްކާތެރިކަމުގެ މިންވަރު؛
(ތ) ދަނޑުވެރިކަމަށް ފައިދާވާނެ ނުވަތަ ގެއްލުން ލިބިދާނެ ގޮތާއި މިންވަރު؛
(ލ) ހުށަހަޅައިފައިވާ ލޭބަލް ނުވަތަ އަތްމަތީ ފޮތް؛
(ގ) ޕެސްޓިސައިޑް ބަންދުކުރުމަށް ހުށަހަޅައިފައިވާ ކަންވާރުތަކުގެ ތަފުސީލު، ފޮޓޯ ނުވަތަ ނަމޫނާ؛
(ޏ) ޕާމިޓެޑް މެކްސިމަމް ރެސިޑިއު ލެވެލުގެ އަސަރު މި ބާވަތުގެ ޕެސްޓިސައިޑުގައި ދެމިހުންނަ މިންވަރާއި، އޭގެ ސަބަބުން ކެއުމަށް ބޭނުންކުރާ ބާވަތުގެ ގަސްގަހާގެއްސާއި މޭވާއާއި ތަރުކާރީގައި ޕެސްޓިސައިޑުގެ ރެސިޑިއުގެ އަސަރު މެކްސިމަމް ރެސިޑިއު ލެވެލަށްވުރެ މަތިން ހުރުމުގެ ނުރައްކާ؛
(ސ) ޕެސްޓިސައިޑުގައި ހުންނަންޖެހޭކަމަށް ބައިނަލްއަގްވާމީ މިންގަނޑުތަކުން ކަނޑައަޅައިފައިވާ މިންގަނޑަށް އެ ޕެސްޓިސައިޑެއް ފެތޭ މިންވަރާއި، އެހެން ގައުމުތަކުގައި އެ ބާވަތެއް ރަޖިސްޓަރީކޮށްފައިވާ މިންވަރު؛
(ޑ) ޕެސްޓިސައިޑް އުފެއްދި ކުންފުނިން ތައްޔާރުކޮށްފައިވާ، މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާސް؛
(ޒ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ދިވެހިބަހުން ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާސް.
7 ވަނަ މާއްދާ - އިމްޕޯޓުކުރުމުގެ ހުއްދައިގެ މުއްދަތު
އިމްޕޯޓުކުރުމުގެ ހުއްދައިގެ މުއްދަތު ދެމިއޮންނާނީ، ހުއްދަދޭ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހަށެވެ.
8 ވަނަ މާއްދާ - އިމްޕޯޓުކުރުމުގެ ހުއްދައަށް އެދޭ އެދުން ބަލައިނުގަތުން
ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ސަބަބު އޮތްނަމަ، އިމްޕޯޓުކުރުމުގެ ހުއްދައަށް އެދޭ އެދުން ބަލައިނުގަތުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) ހުއްދައަށް އެދޭއިރު މިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވުމާއި، ސައްހަ ނޫން މައުލޫމާތު ދީފައިވުމާއި، އޮޅުވައިލުމުގެ ގަސްތުގައި މައުލޫމާތު ދީފައިވުން؛
(ށ) ޕެސްޓިސައިޑުގެ ސްޕެސިފިކޭށަންތަކަށް ނުފެތުން؛
(ނ) ވެށީގައި ޕެސްޓިސައިޑުގެ އަސަރު ދިގުމުއްދަތަކަށް ދެމިހުރުން، ނުވަތަ ޕެސްޓިސައިޑް ފަނާވެގެންދާއިރު ވިހަކަން ނުކެނޑުން؛
(ރ) ބޭނުންވާ ނަތީޖާ ނެރުމުގެ ގާބިލުކަން ނެތުން؛
(ބ) އިންސާނުންނަށާއި، ވެށްޓަށާއި، ވެށީގައި އުޅޭ އެހެނިހެން ދިރޭ ތަކެއްޗަށް ލިބޭ އަރައްކާ ބޮޑުވުން؛
(ޅ) އެއާ އެއްވަރުގެ ނުވަތަ އެއަށްވުރެ ރަނގަޅަށް ނަތީޖާ ނެރެވޭ އެހެންނަމަވެސް އެއަށްވުރެ އަރައްކާކަން ކުޑަ އުފެއްދުންތައް ރާއްޖެއިން ލިބެން ހުރުން؛
(ކ) ޕެސްޓިސައިޑް އުފައްދައިފައިވާ އަސްލު ގައުމުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ އުފެއްދުމަކަށް ނުވުން؛
(އ) ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުތަކުގެ ތެރެއިން ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން މަނާކޮށްފައިވާ އުފެއްދުމަކަށް ވުން.
9 ވަނަ މާއްދާ - އިމްޕޯޓުކުރުމުގެ ވަގުތީ ހުއްދަ
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ޕެސްޓިސައިޑް އިމްޕޯޓުކުރުމަށް ހުއްދަ ދެވޭނީ، "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ" ގައި ހިމެނޭ ބާވަތްތަކަށް ކަމުގައި ބުނެފައި އޮތް ނަމަވެސް، އަލަށް ފެންނަ ބާވަތެއްގެ ޕެސްޓަކާ ގުޅޭ ޕެސްޓިސައިޑް ބާޒާރުގައި ލިބެން ނެތިގެން ނުވަތަ މިހާރުވެސް އުޅޭ ޕެސްޓެއް ފެތުރޭ ހާލަތުގައި އެ ޕެސްޓް ކޮންޓްރޯލް ކުރުމަށް "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ" ގައިވާ ބާވަތްތަކަށް ނުކުޅެދިގެން ވަގުތީގޮތުން މައްސަލަ ހައްލުކުރުން ފަދަ މެދުވެރިވާ ކުއްލި ހާލަތަކާ ގުޅިގެން ނުވަތަ ވަކި ކަމެއް ދިރާސާކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ" ގައި ނުހިމެނޭ ޕެސްޓިސައިޑެއް އިމްޕޯޓުކުރުމަށާއި، ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދޫކުރެވިދާނެއެވެ.
(ށ) ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ވަގުތީ ހުއްދަ ދެވޭނީ، މި ގަވާއިދުގެ ދަށުން، ދައުލަތުގެ އިދާރާއެއްގެ ބޭނުމަށް ނުވަތަ ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދެންވާނީ މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ "ދިވެހިރާއްޖެއަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ވަގުތީ ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ރ) ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ވަގުތީ ހުއްދަ ހޯދުމަށް ޓަކައި ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ 10 (ދިހަ) ދުވަހުގެ (ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމަނައި) ކުރިން، މި މާއްދާގެ (ނ) ގައި ބުނެފައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިނިސްޓްރީން ފޯމު ބަލައިގަންނާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއާ އެކުގައެވެ.
10 ވަނަ މާއްދާ - ވަގުތީ ހުއްދައިގެ ދަށުން އިމްޕޯޓުކުރުމުގެ ށަރުތުތައް
ވަގުތީ ހުއްދައަށް އެދޭއިރު، ތިރީގައި މިވާ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ހ) ޕެސްޓިސައިޑުގެ އާންމު ނަމާއި، ވިޔަފާރި ނަމާއި، ޕެސްޓިސައިޑުގެ ބާވަތް؛
(ށ) ތައްޔާރުކޮށްފައި ހުންނަ ގޮތާއި (ފޯމިޔުލޭށަން)، އޮލަމިން (ކޮންސެންޓްރޭށަން)؛
(ނ) ބަންދުކޮށްފައި ހުންނަ މިންވަރާއި، އަދަދު؛
(ރ) އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، ވެބްސައިޓް؛
(ބ) އެތެރެކުރާ ބޭނުން؛
(ޅ) ސަޕްލިމެންޓަރީ ލޭބަލް؛
(ކ) ޕެސްޓިސައިޑް އުފެއްދި ކުންފުނިން ތައްޔާރުކޮށްފައިވާ، މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާސް؛
(އ) އަމާޒުނުކުރެވޭ ދިރުންތަކަށް ކުރާ އަސަރުތައް ހިމެނޭގޮތުން ވެށްޓަށް ކުރާ އަސަރުތައް؛
(ވ) ޕެސްޓިސައިޑް ބޭނުންކުރުމުން ސިއްހަތަށް ލިބިދާނެ އަރައްކާތައް؛
(މ) ބޭނުންވާ ނަތީޖާ ނެރެވުމުގެ ގާބިލުކަން ސާބިތުކޮށްދޭ ހެކި؛
(ފ) ޕެސްޓިސައިޑުގެ ފެންވަރުގެ މޮޅުކަން؛
(ދ) ބޭނުންކުރުމުން ޕެސްޓިސައިޑުގެ އަސަރު ދެމިހުރުމުގެ އެންމެ މަތީ ހައްދު؛
(ތ) ޕެސްޓިސައިޑުގައި ހިމެނޭ ވިހައިގެ ދަރަޖައާބެހޭ މައުލޫމާތު؛
(ލ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ދިވެހިބަހުން ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާސް.
11 ވަނަ މާއްދާ - ވަގުތީ ހުއްދައިގެ ދަށުން އިމްޕޯޓްކޮށްފައިވާ ޕެސްޓިސައިޑް ބޭނުންކުރުމުގެ
(ހ) ވަގުތީ ހުއްދައިގެ ދަށުން އިމްޕޯޓުކުރެވޭ ޕެސްޓިސައިޑް ބޭނުންކުރެވެނީ ވަގުތީ ހުއްދަ ދޫކޮށްފައިވާ ބޭނުމަށް، އެ ހުއްދަ ލިބިފައިވާ ފަރާތުންކަން މިނިސްޓްރީން ކަށަވަރު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަގުތީ ހުއްދައިގެ ދަށުން އިމްޕޯޓުކޮށްފައިވާ ޕެސްޓިސައިޑެއް، ހުއްދަ ދޫކޮށްފައިވާ ފަރާތް ނޫން ފަރާތަކުން ބޭނުންކުރާނަމަ، މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.
(ނ) ވަގުތީ ހުއްދައިގެ ދަށުން އިމްޕޯޓުކޮށްފައިވާ ޕެސްޓިސައިޑް ވިއްކަންވާނީ، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން، އެ ޕެސްޓިސައިޑް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. އަދި ވިއްކާ ފަރާތުން އެފަދަ ޕެސްޓިސައިޑް ވިއްކާއިރު، ތިރީގައި މިވާ މައުލޫމާތު ހިމެނޭގޮތަށް ރެކޯޑު ބަލަހައްޓަންވާނެއެވެ.
- ޕެސްޓިސައިޑުގެ ވިޔަފާރި ނަމާއި، އާންމު ނަން؛
- ވިއްކި އަދަދާއި، ވިއްކި ތާރީހު؛
- ފިހާރައިގެ ނަމާއި، އެޑްރެހާއި، ލައިސަންސް ނަންބަރު؛
- ގަންނަ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު؛
- ގަންނަ ބޭނުމާއި (ކޮންޓްރޯލުކުރެވޭ ބަލީގެ ބާވަތް)، ގަންނަ ފަރާތަށް ދޫކޮށްފައިވާ ހުއްދައިގެ ނަންބަރު.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިކޯޑު، ވަގުތީ ހުއްދައިގެ މުއްދަތުކަމުގައި ކަނޑައަޅައިފައިވާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
12 ވަނަ މާއްދާ - ވަގުތީ ހުއްދައިގެ މުއްދަތާއި، ވަގުތީ ހުއްދައަށް ބަދަލުގެނައުން
(ހ) ވަގުތީ ހުއްދައިގެ މުއްދަތު ދެމިއޮންނާނީ، ވަގުތީ ހުއްދައިގައި ކަނޑައަޅާ މުއްދަތާ ހަމައަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަގުތީ ހުއްދައެއް ދޫކުރެވިފައިވާ ފަރާތަކަށް ލިޔުމުން ދެވޭ ނޯޓިހަކުން، ކޮންމެ ވަގުތަކުވެސް، އަންނަނިވި ކަންކަން ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ހުއްދަ ބާތިލުކުރުން؛
- އެ ހުއްދައިގައި ބަޔާންކޮށްފައިވާ ށަރުތުތަކަށް ބަދަލުގެނެސް، ނުވަތަ އެއިން ށަރުތެއް ބާތިލުކޮށް، ނުވަތަ އިތުރު ށަރުތުތަކެއް ކަނޑައެޅުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުމުން ދެވޭ ނޯޓިސް ދެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- ގާނޫނާއި، މި ގަވާއިދާ ހިލާފު އަމަލެއް ހިންގުން؛
- މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ވަގުތީ ހުއްދައިގައި ކަނޑައަޅައިފައިވާ ށަރުތަކާ ހިލާފުވުން؛
- މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ ށަރުތަކާ ހިލާފުވުން، ނުވަތަ ލައިންސަންސްގެ މުއްދަތު ހަމަވުން؛
- މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ވަގުތީ ހުއްދަ ދޫކޮށްފައިވާ ފަރާތް އިފްލާސްކުރެވުން؛
- މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ވަގުތީ ހުއްދަ ދިން ޕެސްޓިސައިޑާ އެއްވަރަށް ނުވަތަ ރަނގަޅަށް ނަތީޖާ ނެރެވޭ ޕެސްޓިސައިޑް، ދިވެހިރާއްޖޭގެ ބާޒާރުން ލިބެން ހުރުން؛
- މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ވަގުތީ ހުއްދައިގެ ދަށުން ޕެސްޓިސައިޑް އެތެރެކުރުމުގެ ކުރިން ހުއްދައިގެ މުއްދަތު ހަމަވުން.
13 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ޕެސްޓިސައިޑުގެ މިންގަނޑުތައް
ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ، ތިރީގައި މިވާ ކަންކަން ފުރިހަމަވާ ޕެސްޓިސައިޑެވެ.
(ހ) "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ" ގައި ހިމެނޭ ބާވަތުގެ ޕެސްޓިސައިޑަކަށް ނުވަތަ ވަގުތީގޮތުން ހުއްދަދީފައިވާ ޕެސްޓިސައިޑަކަށް ވުން؛
(ށ) އުފައްދައިފައިވާ އަސްލު ގައުމުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ޕެސްޓިސައިޑަކަށް ވުން؛
(ނ) އެފް.އޭ.އޯ ގެ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުގެ މިންގަނޑުތަކަށް ފެތޭ، ނުވަތަ އެ މިންގަނޑުތަކާ އެއްފެންވަރުގެ ކަމާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޕެސްޓިސައިޑަކަށް ވުން؛
(ރ) ބަންދުކޮށްފައިވާ އަސްލު ކަންވާރުގައި ހުރި ޕެސްޓިސައިޑަކަށް ވުން؛
(ބ) ދިވެހިރާއްޖޭގެ އާންމު ބާޒާރަށް ނުވަތަ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ކޮށްއުޅޭ ދަނޑުވެރިންނާ އެކަށީގެންވާ ބޮޑުމިނުގެ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ވުން؛
(ޅ) ގުދަންކުރުމާއި، އެއްތަނުން އަނެއްތަނަށް ގެންދިއުމަށާއި، އުފުލައި ގެންގުޅުމަށް އެކަށޭނަ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ވުމާއި، ޕެސްޓިސައިޑުގެ ގަރަންޓީ މުއްދަތުގައި ޕެސްޓިސައިޑުގެ ފެންވަރު ނުވަތަ ބާރު ދަށްވެދާފަދަ މާއްދާއަކުން އުފައްދައިފައިވާ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ނުވުން؛
(ކ) ގަރަންޓީ ހަމަވެފައިވާ ނުވަތަ ޕެސްޓިސައިޑުގެ ލޭބަލުގައި ޗާޕުކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ފަހަނަޅައިފައިވާ ނުވަތަ ށެލްފްލައިފުގެ މުއްދަތު ހަމަވެފައިވާ ޕެސްޓިސައިޑަކަށް ނުވުން؛
(އ) ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރުގައި ތަތްކޮށްފައިވާ ނުވަތަ ޗާޕުކޮށްފައިވާ ލޭބަލުގައި ހުންނަންޖެހޭ އަސާސީ ބަހާތައް ފުރިހަމަވުމާއެކު، ލޭބަލުގެ ލިޔުންކޮޅުތައް މިންގަނޑަށް ފެތުން؛
(ވ) ޕެސްޓިސައިޑް އުފައްދައިފައިވާ ގައުމުގެ ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ކިޔޫ.އާރު ނުވަތަ ބާކޯޑު ފަދަ ޕެސްޓިސައިޑުގެ ފެންވަރު ކަށަވަރުކޮށްދޭ ސަލާމަތީ ފާހަގަތައް ނުވަތަ ސިފަތައް ޕެސްޓިސައިޑުގެ ލޭބަލުގައި ހުރުން؛
(މ) ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރުގައި ލޭބަލް ރަނގަޅަށް ތަތްވެފައި ހުރުމާއެކު ނުވަތަ ޗާޕުކޮށްފައި ހުރުމާއެކު، ލޭބަލަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވުން؛
(ފ) ލޭބަލުގެ ލިޔުންކޮޅުތައް އިނގިރޭސިބަހުން ނުވަތަ ދިވެހިބަހުން ހުރުމާއި، ލިޔުންކޮޅުތައް ސާފުކޮށް ކިޔަން އެނގުން؛
(ދ) ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައި ނުވުމާއި، ރަނގަޅަށް ބަންދުކޮށްފައި ހުރުމާއި، އެއްވެސް ވަރަކަށް ލީކުވެފައި ނުވުން؛
(ތ) ގުދަންކުރުމާއި، ހިފައިގެންގުޅުމާއި، ބޭނުންކުރުމަށް ރައްކައުތެރި ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ވުން؛
(ލ) ކުޑަކުދިންނަށް ފަސޭހައިން ކަނޑައިނުލެވޭ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ވުން.
14 ވަނަ މާއްދާ - އިމްޕޯޓުކުރާކަން އެންގުން
(ހ) ޕެސްޓިސައިޑް އިމްޕޯޓުވުމުގެ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ކުރިން، ތިރީގައި މިވާ މައުލޫމާތުތައް ހިމެނޭގޮތަށް ޕެސްޓިސައިޑް އިމްޕޯޓުކުރާ ފަރާތުން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.
- އިމްޕޯޓުކުރާ ފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު؛
- އިމްޕޯޓް ލައިސަންސްގެ ނަންބަރު؛
- އިމްޕޯޓުކުރާ ޕެސްޓިސައިޑުގެ ލިސްޓު (ކޮންމެ ބާވަތެއްގެ ވިޔަފާރި ނަމާއި، އާންމު ނަމާއި، އަދަދު ވަކިވަކިން އެނގޭގޮތަށް)؛
- ޕެސްޓިސައިޑް އުފުލާ އުޅަނދުގެ ނަން؛
- އެތެރެވާ ބަނދަރު؛
- އެތެރެވާ ތާރީހު.
(ށ) ޕެސްޓިސައިޑް ކަސްޓަމުން ކްލިއަރކުރުމަށް ގަސްތުކުރާ ތާރީހާއި، ގަޑި މިނިސްޓްރީއަށް ދުރާލައި އަންގަންވާނެއެވެ.
15 ވަނަ މާއްދާ - އިމްޕޯޓުކުރެވޭނެ ބަނދަރުތައް
(ހ) ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރެވޭނީ، މާލޭ ވިޔަފާރި ބަނދަރުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އާންމުކުރާ ސަރަހައްދީ ބަނދަރުތަކުންނެވެ.
(ށ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރެވޭނެ ސަރަހައްދީ ބަނދަރުތައް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
ތިންވަނަ ބައި
ޕެސްޓިސައިޑް އެކްސްޕޯޓުކުރުން
16 ވަނަ މާއްދާ - އެކްސްޕޯޓުކުރުމުގެ ހުއްދަ
(ހ) ދިވެހިރާއްޖެއިން ޕެސްޓިސައިޑް އެކްސްޕޯޓުކުރުމުގެ ހުއްދަ ދެވޭނީ، މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން، ދައުލަތުގެ އިދާރާއަކަށް ނުވަތަ ދިވެހިރާއްޖެއިން ޕެސްޓިސައިޑް އެކްސްޕޯޓުކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދެންވާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ "ދިވެހިރާއްޖެއިން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އެކްސްޕޯޓުކުރުމުގެ ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) ދިވެހިރާއްޖެއިން ޕެސްޓިސައިޑް އެކްސްޕޯޓުކުރުމުގެ ހުއްދަ ހޯދުމަށް ޓަކައި ޕެސްޓިސައިޑް އެކްސްޕޯޓުކުރުމުގެ 10 (ދިހަ) ދުވަހުގެ (ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމަނައި) ކުރިން، މި މާއްދާގެ (ށ) ގައި ބުނެފައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިނިސްޓްރީން ފޯމު ބަލައިގަންނާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއާ އެކުގައެވެ.
17 ވަނަ މާއްދާ - އެކްސްޕޯޓުކުރުމުގެ ށަރުތުތައް
(ހ) ޕެސްޓިސައިޑް އެކްސްޕޯޓުކުރުމުގެ ހުއްދައަށް އެދޭއިރު، ތިރީގައި މިވާ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ޕެސްޓިސައިޑުގެ އާންމު ނަމާއި، ވިޔަފާރި ނަން؛
- ތައްޔާރުކޮށްފައި ހުންނަ ގޮތާއި (ފޯމިޔުލޭށަން)، އޮލަމިން (ކޮންސެންޓްރޭށަން)؛
- ބަންދުކޮށްފައި ހުންނަ ވަރާއި، އަދަދު؛
- އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، ވެބްސައިޓް؛
- އެކްސްޕޯޓުކުރާ ބޭނުން؛
- ޕެސްޓިސައިޑެއްގެ ސަބަބުން އިންސާނުންނަށް ނުވަތަ ޖަނަވާރަށް ކުރިމަތިވެދާނެ ސިއްހީ ގެއްލުންތައް؛
- ޕެސްޓިސައިޑެއްގެ ބޭނުންކޮށްގެން ނައްތައިލުމަށް އަމާޒުކުރާ ޕެސްޓުގެ ބާވަތްތައް ފިޔަވައި، ފައިދާކުރަނިވި ސޫފާސޫފިތަކަށާއި، މަސްމަހާމެއްސަށާއި، ކަނޑުގެ ވެއްޓަށް ކުރާ ވިހައިގެ އަސަރު ހިމެނޭގޮތުން، ތިމާވެށްޓަށް ކުރިމަތިކޮށްފާނެ ނުރައްކާތައް؛
- ބިމުގެ ތެރޭގައި އެ ޕެސްޓިސައިޑެއް ފެތުރިގެންގޮސް، ފެން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް މިންވަރު؛
- ޕެސްޓިސައިޑުގެ ބޭނުން ހިފުމުން ނަތީޖާ ހާސިލުވާނެ މިންވަރު؛
- ޕެސްޓިސައިޑް ބަންދުކުރުމަށް ހުށަހަޅައިފައިވާ ކަންވާރުތަކުގެ ތަފުސީލު، ފޮޓޯ ނުވަތަ ނަމޫނާ؛
- ޕާމިޓެޑް މެކްސިމަމް ރެސިޑިއު ލެވެލުގެ އަސަރު މި ބާވަތުގެ ޕެސްޓިސައިޑުގައި ދެމިހުންނަ މިންވަރާއި، އޭގެ ސަބަބުން ކެއުމަށް ބޭނުންކުރާ ބާވަތުގެ ގަސްގަހާގެއްސާއި މޭވާއާއި ތަރުކާރީގައި ޕެސްޓިސައިޑުގެ ރެސިޑިއުގެ އަސަރު މެކްސިމަމް ރެސިޑިއު ލެވެލަށްވުރެ މަތިން ހުރުމުގެ ނުރައްކާ؛
- ޕެސްޓިސައިޑުގައި ހުންނަންޖެހޭކަމަށް ބައިނަލްއަގްވާމީ މިންގަނޑުތަކުން ކަނޑައަޅައިފައިވާ މިންގަނޑަށް އެ ޕެސްޓިސައިޑެއް ފެތޭ މިންވަރު.
(ށ) އެކްސްޕޯޓުކުރުމުގެ ހުއްދައަށް އެދޭ ފޯމާއެކު، ތިރީގައި މިވާ ލިޔެކިޔުންތަކާއި ތަކެތި ހުށަހަޅަންވާނެއެވެ.
- އިނގިރޭސިބަހުން ތައްޔާރުކޮށްފައިވާ ސަޕްލިމެންޓަރީ ނުވަތަ މާސްޓަރ ލޭބަލް؛
- ޕެސްޓިސައިޑް އުފެއްދި ކުންފުނިން އިނގިރޭސިބަހުން ތައްޔާރުކޮށްފައިވާ، މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާސް؛
- ޕެސްޓިސައިޑް އުފެއްދި ފަރާތުން ދީފައިވާ، ޕެސްޓިސައިޑުގެ ފެންވަރުގެ ގަރަންޓީ ސެޓުފިކެޓާއި، ޕެސްޓިސައިޑުގައި އެކުލެވޭ ތާސީރު ހުންނަ މާއްދާއާއި އެނޫން މާއްދާތަކުގެ މިންވަރާއި ފެންވަރުގައި ހުންނަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ތަހުލީލުގެ ނަތީޖާ؛
- އުފެއްދުމުގެ ރިޕޯޓު؛
- ޕެސްޓިސައިޑުގައި ހުންނަންޖެހޭކަމަށް ގަންނަ ފަރާތުން ކަނޑައަޅާ ފަންނީ ހާއްސަ ސިފަތައް ނުވަތަ ޕެސްޓިސައިޑުގެ ޓެކްނިކަލް ސްޕެސިފިކޭށަންސް؛
- ޕެސްޓިސައިޑުގެ އަސްލު ގައުމު އަންގައިދޭ ސެޓުފިކެޓު؛
- އެކްސްޕޯޓުކުރަން ބޭނުންވާ ޕެސްޓިސައިޑުގެ ކޮންމެ ބާވަތެއްގެ 1 (އެކެއް) ސާމްޕަލް.
18 ވަނަ މާއްދާ - އެކްސްޕޯޓުކުރުމުގެ ހުއްދައިގެ މުއްދަތު
އެކްސްޕޯޓުކުރުމުގެ ހުއްދައިގެ މުއްދަތު ދެމިއޮންނާނީ، ހުއްދަދޭ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހަށެވެ.
19 ވަނަ މާއްދާ - ޕެސްޓިސައިޑުގެ މިންގަނޑުތައް
ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވޭނީ، ތިރީގައި މިވާ ކަންކަން ފުރިހަމަވާ ޕެސްޓިސައިޑެވެ.
(ހ) "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ" ގައި ހިމެނޭ ޕެސްޓިސައިޑުގެ ބާވަތަކަށް ވުން؛
(ށ) އެފް.އޭ.އޯ. ގެ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުގެ މިންގަނޑުތަކަށް ފެތޭ، ނުވަތަ އެ މިންގަނޑުތަކާ އެއްފެންވަރުގެ ކަމާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޕެސްޓިސައިޑަކަށް ވުން؛
(ނ) ބަންދުކޮށްފައިވާ އަސްލު ކަންވާރުގައި ހުރި ޕެސްޓިސައިޑަކަށް ވުން؛
(ރ) ގުދަންކުރުމާއި، އެއްތަނުން އަނެއްތަނަށް ގެންދިއުމަށާއި، އުފުލައި ގެންގުޅުމަށް އެކަށޭނަ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ވުމާއި، ޕެސްޓިސައިޑުގެ ގަރަންޓީގެ މުއްދަތުގައި ޕެސްޓިސައިޑުގެ ފެންވަރު ނުވަތަ ބާރު ދަށްވެދާފަދަ މާއްދާއަކުން އުފައްދައިފައިވާ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ނުވުން؛
(ބ) ގަރަންޓީ ހަމަވެފައިވާ ނުވަތަ ޕެސްޓިސައިޑުގެ ލޭބަލުގައި ޗާޕުކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ފަހަނަޅައިފައިވާ ނުވަތަ ށެލްފްލައިފުގެ މުއްދަތު ހަމަވެފައިވާ ޕެސްޓިސައިޑަކަށް ނުވުން؛
(ޅ) ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރުގައި ތަތްކޮށްފައިވާ ނުވަތަ ޗާޕުކޮށްފައިވާ ލޭބަލުގައި ހުންނަންޖެހޭ އަސާސީ ބަހާތައް ފުރިހަމަވުމާއެކު، ލޭބަލުގެ ލިޔުންކޮޅުތައް މިންގަނޑަށް ފެތުން؛
(ކ) ކިޔޫ.އާރު ނުވަތަ އަލްފާނިޔުމެރިކް ނުވަތަ ބާ ކޯޑު ފަދަ ޕެސްޓިސައިޑުގެ ފެންވަރު ކަށަވަރުކޮށްދިނުމަށާއި، ޕެސްޓިސައިޑުގެ ފަސްފަހަތް ހޯދުމުގެ ބޭނުމަށް ގެންގުޅޭ، ހުއްދަދީފައިވާ ސަލާމަތީ ފާހަގަތައް ނުވަތަ ސިފަތައް ޕެސްޓިސައިޑުގެ ލޭބަލުގައި ހުރުން؛
(އ) ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރުގައި ލޭބަލް ރަނގަޅަށް ތަތްވެފައި ހުރުމާއެކު، ނުވަތަ ޗާޕުކޮށްފައި ހުރުމާއެކު، ލޭބަލަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވުން؛
(ވ) ލޭބަލުގެ ލިޔުންކޮޅުތައް އިނގިރޭސިބަހުން ނުވަތަ ދިވެހިބަހުން ހުރުމާއި، ލިޔުންކޮޅުތައް ސާފުކޮށް ކިޔަން އެނގުން؛
(މ) ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައި ނުވުމާއި، ރަނގަޅަށް ބަންދުކޮށްފައި ހުރުމާއި، އެއްވެސް ވަރަކަށް ލީކުވެފައި ނުވުން؛
(ފ) ގުދަންކުރުމާއި، ހިފައިގެންގުޅުމާއި، ބޭނުންކުރުމަށް ރައްކައުތެރި ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ވުން؛
(ދ) ކުޑަކުދިންނަށް ފަސޭހައިން ކަނޑައިނުލެވޭ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑަކަށް ވުން.
ހަތަރުވަނަ ބައި
ޕެސްޓިސައިޑް އުފެއްދުމާއި، ބަންދުކުރުމާއި، ލޭބަލްކުރުން
20 ވަނަ މާއްދާ - ޕެސްޓިސައިޑް އުފެއްދުމާއި، ބަންދުކުރުމާއި، ލޭބަލްކުރުމުގެ ހުއްދަ
(ހ) ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި، ބަންދުކުރުމާއި، ލޭބަލްކުރުމުގެ ހުއްދަ ދެވޭނީ، މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކަށެވެ.
(ށ) މިނިސްޓްރީގެ ހުއްދަނެތި އަމިއްލަ ބޭނުމަށް ދަނޑުގައި ނުވަތަ ގޯތިތެރޭގައި ހައްދާ ގަސްތަކަށް ބޭނުންކުރުމަށް ބޮޓެނިކަލް ޕެސްޓިސައިޑް އުފެއްދުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދެންވާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ދިވެހިރާއްޖޭގައި އުފެއްދުމާއި، ބަންދުކުރުމާއި، އަލުން ބަންދުކުރުމާއި، ލޭބަލްކުރުމުގެ ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދައަށް އެދި ފޯމު ހުށަހެޅުމުގެ ކުރިން، މިފަދަ މަސައްކަތެއް ކުރުމުގައި ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރަން ލާޒިމުކުރާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބުނެފައިވާ ފޯމު މިނިސްޓްރީން ބަލައިގަންނާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއާ އެކުގައެވެ.
(ޅ) ޕެސްޓިސައިޑް އުފެއްދުމާއި، ބަންދުކުރުމާއި، ލޭބަލްކުރުމުގެ ހުއްދައަށް އެދޭއިރު، ތިރީގައި މިވާ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- އުފައްދާ ފަރާތުގެ ނަމާއި އެޑްރެސް؛
- އުފައްދާ ކާރުހާނާގެ ނަމާއި އެޑްރެސް؛
- ޕެސްޓިސައިޑުގެ ވިޔަފާރި ނަން؛
- ޕެސްޓިސައިޑުގެ ތާސީރު ހުންނަ މާއްދާ ނުވަތަ މާއްދާތަކާއި، އޭގެ އިންސައްތަ؛
- ޕެސްޓިސައިޑުގެ ތާސީރު ނުހުންނަ މާއްދާ ނުވަތަ މާއްދާތަކާއި، އޭގެ އިންސައްތަ؛
- ބާޒާރަށް ނެރެން ބަންދުކުރާ ސައިޒާއި، ބަންދުކުރަން ބޭނުންކުރާ މާއްދާގެ ބާވަތް.
21 ވަނަ މާއްދާ - ޕެސްޓިސައިޑް އުފެއްދުމާއި، ބަންދުކުރުމާއި، ލޭބަލްކުރުމުގެ ހުއްދައަށް އެދޭ އެދުން ބަލައިނުގަތުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ސަބަބު އޮތްނަމަ، ޕެސްޓިސައިޑް އުފެއްދުމާއި، ބަންދުކުރުމާއި، ލޭބަލްކުރުމުގެ ހުއްދައަށް އެދޭ އެދުން ބަލައިނުގަތުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ހުއްދައަށް އެދޭއިރު މިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވުމާއި، ސައްހަ ނޫން މައުލޫމާތު ދީފައިވުމާއި، އޮޅުވައިލުމުގެ ގަސްތުގައި މައުލޫމާތު ދީފައިވުން؛
- ޕެސްޓިސައިޑުގެ ސްޕެސިފިކޭށަންތަކަށް ނުފެތުން؛
- މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވުން.
(ށ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ނުކޮށް އޮތްކަން މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ، ހުއްދައަށް އެދުނު ފަރާތަށް، ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރުމަށް މިނިސްޓްރީން އަންގަންވާނެއެވެ. ހުއްދައަށް އެދުނު ފަރާތަށް އެކަން ކުރުމަށް ދޭ މުއްދަތު ކަނޑައަޅާނީ، ކުރަންޖެހޭ ކަމެއްގެ ބާވަތަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.
22 ވަނަ މާއްދާ - އުފައްދާ، ބަންދުކުރާ، ލޭބަލްކުރާ ޕެސްޓިސައިޑަށް ހުއްދަދިނުމާއި ރަޖިސްޓަރީކުރުން
ދިވެހިރާއްޖޭގައި އުފައްދާ، ބަންދުކުރާ، ލޭބަލްކުރާ ޕެސްޓިސައިޑަށް ހުއްދަ ދިނުމަށާއި، ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާއިރު އަންނަނިވި މައުލޫމާތުތަކާއި ތަކެތި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ހ) ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް؛
(ށ) ޕެސްޓިސައިޑުގެ މިލްކުވެރި ފަރާތުގެ ނަން؛
(ނ) ޕެސްޓިސައިޑުގެ ވިޔަފާރި ނަން؛
(ރ) ޕެސްޓިސައިޑުގެ އާންމު ނަން؛
(ބ) ޕެސްޓިސައިޑުގެ ތާސީރު އެކުލެވޭ މާއްދާގެ ޖެނެރިކް ނަން ނުވަތަ ކެމިކަލް ނަން؛(ޅ) ޕެސްޓިސައިޑުގެ ތާސީރު އެކުލެވޭ މާއްދާ ނުވަތަ މާއްދާތަކާއި، އޭގެ އިންސައްތަ؛
(ކ) ޕެސްޓިސައިޑުގެ ތާސީރު އެކުނުލެވޭ މާއްދާ ނުވަތަ މާއްދާތަކާއި، އޭގެ އިންސައްތަ؛
(އ) ޕެސްޓިސައިޑުގެ ބާވަތް؛
(ވ) ތައްޔާރުކޮށްފައިވާ ގޮތް (ފޯމިއުލޭށަން)؛
(މ) އަމާޒުކުރެވޭ ބޭނުން (ގަހުގެ ބާވަތާއި، ޕެސްޓުގެ ބާވަތް ހިމެނޭ ގޮތަށް)؛
(ފ) ބޭނުންކުރާ ގޮތް (މަސްހުނިކުރުމާއި، ބޭނުންކުރުމުގެ އިރުށާދާއި، ބޭނުންކުރާ ގޮތާއި މިންވަރު)؛
(ދ) ގަހަށް ޕެސްޓިސައިޑް ޖެހުމަށްފަހު، ގަހުގައި ހުންނަ ތަކެތި ބޭނުންކުރުމުގެ ކުރިން ދޫކުރަންވާ މުއްދަތު؛
(ތ) ޕެސްޓިސައިޑުގައި ތާސީރު އެކުލެވޭ އެއް މާއްދާއަށްވުރެ ގިނަ މާއްދާ ހިމެނޭނަމަ، އެ މާއްދާތަކާއި، ތާސީރު އެކުނުލެވޭ މާއްދާތައް ނުވަތަ އެހެނިހެން މާއްދާތަކުގެ (ސޮލްވެންޓްސް، ކެރިއާސް، އެޖޫވެންޓްސް) ތަފުސީލު؛
(ލ) ޕެސްޓިސައިޑް ބަންދުކުރާ ސައިޒާއި، ބަންދުކުރާ މާއްދާގެ ބާވަތް؛
(ގ) ސަޕްލިމެންޓަރީ ނުވަތަ މާސްޓަރ ލޭބަލުގެ އަސްލު؛
(ޏ) އިނގިރޭސިބަހުން ތައްޔާރުކޮށްފައިވާ، މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާސް؛
(ސ) އުފެއްދިގޮތުގެ ތަފުސީލީ ރިޕޯޓު؛
(ޑ) ޕެސްޓިސައިޑުގެ ފެންވަރާބެހޭ މިންގަނޑުތަކާއި، ތަހުލީލު ސެޓުފިކެޓާއި، ޕެސްޓިސައިޑް ތަހުލީލުކުރަން ބޭނުންކުރި ގޮތް؛
(ޒ) އެންމެ ފަހުން އުފެއްދި ބެޗުގައި ޕެސްޓިސައިޑުގެ ތާސީރު އެކުލެވޭ މާއްދާގެ ތަހުލީލު ރިޕޯޓު؛
(ޓ) ޕެސްޓިސައިޑް ބަންދުކުރަން ބޭނުންކުރާ މާއްދާގެ ޓެސްޓު ރިޕޯޓު؛
(ޔ)ޕެސްޓިސައިޑުގެ ކެމިކަލް ހަރަކާތުގެ ހާއްސަ ސިފަތަކާއި، އޭގައި ހިމެނޭ ވިހައިގެ ދަރަޖައާބެހޭ މައުލޫމާތު؛
(ޕ) ބޭނުންވާ ނަތީޖާ ނެރެވުމުގެ ގާބިލުކަމާއި، ރައްކައުތެރިކަމާބެހޭ ޓެސްޓު ރިޕޯޓު؛
(ޖ) ޕެސްޓިސައިޑުގެ އަސަރު ދެމިހުރުމާބެހޭ ޓެސްޓު ރިޕޯޓު؛
(ޗ) އިންސާނުންނަށާއި، ޖަނަވާރަށާއި، ތިމާވެށްޓަށް ހުރި ހިރާސްގެ ރިޕޯޓު؛
(ހހ) ރައްކައުތެރިވުމާއި، އަރައްކާގެ ރަމްޒާއި، ތަސްވީރުގެ ދޭހަ؛
(ހށ) ޕެސްޓިސައިޑް ގުދަންކުރާ ގޮތާއި، ހިފައިގެންގުޅޭ ގޮތުގެ މައުލޫމާތު؛
(ހނ) ޕެސްޓިސައިޑް ހުސްކުރާ ކަންވާރާއި، ބާކީވެފައި ހުންނަ ޕެސްޓިސައިޑް ނައްތައިލާ ގޮތުގެ މައުލޫމާތު؛
(ހރ) ފުރަތަމަ ސިއްހީ އިރުށާދު؛
(ހބ) ޕެސްޓިސައިޑުގެ ސަބަބުން އިންސާނުންނަށް ނުވަތަ ޖަނަވާރަށް ކުރިމަތިވެދާނެ ސިއްހީ ގެއްލުންތައް؛
(ހޅ) ޕެސްޓިސައިޑް ބޭނުންކޮށްގެން، ނައްތައިލުމަށް އަމާޒުކުރާ ޕެސްޓުގެ ބާވަތްތައް ފިޔަވައި، ފައިދާކުރަނިވި ސޫފާސޫފިތަކަށާއި، މަސްމަހާމެއްސަށާއި، ކަނޑުގެ ވެށްޓަށް ކުރާ ވިހައިގެ އަސަރު ހިމެނޭގޮތުން، ތިމާވެށްޓަށް ކުރިމަތިކޮށްފާނެ ނުރައްކާތައް؛
(ހކ) ބިމުގެ ތެރޭގައި ޕެސްޓިސައިޑް ފެތުރިގެންގޮސް، ފެން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް މިންވަރު؛
(ހއ) ޕެސްޓިސައިޑުގެ ބޭނުން ހިފުމުން ނަތީޖާ ހާސިލުވާނެ މިންވަރު؛
(ހވ) ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންވެފައިވާ މިންވަރު؛
(ހމ) ދަނޑުވެރިކަމަށް ފައިދާ ނުވަތަ ގެއްލުން ލިބިދާނެ ގޮތާއި މިންވަރު؛
(ހފ) ޕެސްޓިސައިޑް ބަންދުކުރުމަށް ހުށަހަޅައިފައިވާ ކަންވާރުތަކުގެ ތަފުސީލު، ފޮޓޯ ނުވަތަ ނަމޫނާ؛
(ހދ) ޕާމިޓެޑް މެކްސިމަމް ރެސިޑިއު ލެވެލުގެ އަސަރު މި ބާވަތުގެ ޕެސްޓިސައިޑުގައި ދެމިހުންނަ މިންވަރާއި، އޭގެ ސަބަބުން ކެއުމަށް ބޭނުންކުރާ ބާވަތުގެ ގަސްގަހާގެއްސާއި މޭވާއާއި ތަރުކާރީގައި ޕެސްޓިސައިޑުގެ ރެސިޑިއުގެ އަސަރު މެކްސިމަމް ރެސިޑިއު ލެވެލަށްވުރެ މަތިން ހުރުމުގެ ނުރައްކާ؛
(ހތ) ރަޖިސްޓަރީކުރުމަށް އެދޭ ޕެސްޓިސައިޑުގެ ސާމްޕަލް؛
(ހލ) މި ގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާންކޮށްފައިވާ، ރަޖިސްޓަރީކޮށްދިނުމުގެ ފީ.
23 ވަނަ މާއްދާ - ޕެސްޓިސައިޑް ބަންދުކުރާ ކަންވާރުގައި ހުންނަންޖެހޭ މިންގަނޑުތައް
އަންނަނިވި ކަންކަން ފުރިހަމަވެފައިވާ ކަންވާރެއްގައި ބަންދުކޮށްފައިވާ ޕެސްޓިސައިޑެއް މެނުވީ އެއްވެސް ފަރާތަކުން ވިއްކައި، ހިފައި ގެންގުޅެ، އެއްތަނުން އަނެއްތަނަށް ގެންގޮސްގެން ނުވާނެއެވެ.
(ހ) ކަންވާރުގައި ޕެސްޓިސައިޑް ރައްކައުކޮށްފައި ބަހައްޓާއިރު، ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދާއިރު، ކަންވާރުގައި ހުރި ޕެސްޓިސައިޑުގެ އަސަރު އިންސާނުންގެ ނުވަތަ ޖަނަވާރުގެ ސިއްހަތަށް ނުވަތަ ތިމާވެށްޓަށް ނުފޯރާނެ ފަދަ ކަންވާރަކަށް ވުން.
(ށ) ސާފުކޮށް އަދި ފަސޭހައިން ކިޔަން އެނގޭގޮތަށް، އަންނަނިވި މައުލޫމާތުތައް ހިމެނޭ، އިނގިރޭސިބަހުން ނުވަތަ ދިވެހިބަހުން ޗާޕުކޮށްފައިވާ ކަންވާރަކަށް ވުން، ނުވަތަ ލިޔެފައިވާ ލޭބަލެއް ފަސޭހައިން ނުނެއްޓޭގޮތަށް ހަރުކޮށްފައިވާ ކަންވާރަކަށް ވުން.
- އާންމުކޮށް ބޭނުންކުރާ ނަމާއި، ވިޔަފާރީގައި ބޭނުންކުރާ ނަން؛
- ޕެސްޓިސައިޑުގެ ގިންތި؛
- ފޯމިއުލޭށަން، ހަރަކާތްތެރި މާއްދާ، ކޮންސެންޓްރޭށަން؛
- ޕެސްޓިސައިޑުގެ ބާވަތް؛
- އެ ޕެސްޓިސައިޑެއް ބޭނުންކުރުމަށް ހުއްދަ ދީފައިވާ ގަސްގަހާއި ޕެސްޓް؛
- އެ ޕެސްޓިސައިޑެއް ބޭނުންކުރުމަށް ލަފާދީފައިވާ ގޮތާއި މިންވަރު؛
- ޕެސްޓިސައިޑެއް ބޭނުންކުރުމުގައި ގެންގުޅެންޖެހޭނެ އާލާތްތަކާއި، ބޭނުންކުރާ ފަރާތާއި، ތިމާވެށީގެ ރައްކައުތެރިކަމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތައް؛
- ޕްރީ-ހާވެސްޓް އިންޓަރވަލް (ޕީ.އެޗް.އައި)؛
- ވިހަވުމުގެ ނިށާންތަކާއި އަލާމާތްތައް؛
- ޕެސްޓިސައިޑް ބޭނުންކުރުމުގައި އަޅަންޖެހޭ ސިއްހީ ފިޔަވަޅުތަކާއި ސަލާމަތީ ފިޔަވަޅުތަކާބެހޭ މައުލޫމާތު؛
- ނުރައްކައުތެރިކަމުގެ އިންޒާރާއި، ސަމާލުކަން ދޭންވީ ކަންކަން؛
- ބެޗް ނަންބަރާއި، އުފެއްދި ތާރީހާއި، މުއްދަތު ހަމަވާ ތާރީހު؛
- ދަފުތަރު ނަންބަރު؛
- އުފެއްދި ފަރާތުގެ ނަމާއި އެޑްރެސް؛
- ބަންދުކޮށްފައިވާ މިންވަރު؛
- އަރައްކާ ކަލަރ ބޭންޑާއި، ތަސްވީރު ދޭހަ؛
- އަލުން ބަންދުކޮށްފައިވާނަމަ، އަލުން ބަންދުކުރި ފަރާތުގެ ނަމާއި އެޑްރެސް؛
(ނ) ޕެސްޓިސައިޑް ބަންދުކުރުމާ ގުޅޭ، ޔޫ.އެން. ގެ ނުރައްކާތެރި މުދާ އުފުލައި ނަގުލުކުރުމާ ގުޅޭ ލަފާތަކަށް ފެތޭ ކަންވާރަކަށް ވުން؛
(ރ) ގުދަންކުރުމާއި، ހިފައިގެންގުޅުމާއި، ބޭނުންކުރުމަށް ރައްކައުތެރި ކަންވާރަކަށް ވުން؛
(ބ) ކަންވާރު އުފައްދައިފައިވާ މާއްދާއަކީ އިންސާނުންގެ ސިއްހަތަށް ނުވަތަ ތިމާވެށްޓަށް ހުރި ބޮޑު ނުރައްކަލަށް ނުވުން؛
(ޅ) ގަރަންޓީގެ މުއްދަތުގައި ގުދަންކުރުމާއި، ބޭނުންކުރުމުގެ އާންމު ހާލަތްތަކުގައި ޕެސްޓިސައިޑުގެ ފެންވަރު ދަށްވެދާފަދަ އެއްޗަކަށް ނުވުން؛
(ކ) އިންސާނުން ކެއުމަށާއި އާންމު ބޭނުންތަކަށް ގެންގުޅޭ ތަކެތި ބަންދުކުރަން ގެންގުޅޭ އެއްޗެއްސާ އެއްގޮތް ކަންވާރަކަށް ނުވުން؛
(އ) އެނގުމަކާނުލައި ނުވަތަ އޮޅިގެން ކުޑަކުދިންނަށް ފަސޭހައިން ކަނޑައިލެވުމުން ރައްކައުތެރި ކުރުމަށް ޓަކައި ސަލާމަތީ ސިފަތައް ހުރި ކަންވާރަކަށް ވުން؛
(ވ) އެހެން ކަމަކަށް އަލުން ބޭނުންކުރުމަށް އުނދަގޫވާ ގޮތަށް ފަރުމާކޮށްފައިވާ ކަންވާރަކަށް ވުން؛
(މ) ޕެސްޓިސައިޑުގެ ފެންވަރު ދަށްވުމާއި ނުވަތަ ބާރު ދަށްވުމާއި، ގަނޑުވުމާއި، ހަރުވުމާއި، ބަރުދަން ބަދަލުވުމާއި، މިނޫނަސް ޕެސްޓިސައިޑަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކައުތެރިވާގޮތަށް ފަރުމާކޮށްފައިވާ ސާފުތާހިރު ކަންވާރަކަށް ވުން؛
(ފ) ހިފައިގެންގުޅުމާއި، ގުދަންކުރުމާއި، އަރުވައިބޭލުމާއި، ތޮއްޖެހުން ފަދަ ހާލާތްތަކާއި، ނީރުންވުން ތަހައްމަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ކަންވާރަކަށް ވުން؛
(ދ) ފިނިހޫނުމިނާއި، ވައިގެ ތެތްކަމާއި، ވައިގެފިއްތުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުކުރާފަދަ ކަންވާރަކަށް ނުވުން؛
(ތ) ޕެސްޓިސައިޑަށް އަންނަ ނޭދެވޭ ބަދަލުތައް ނުވަތަ ގިރިކަންފަތިވުން ތަހައްމަލުކުރާ ފަށަލައެއް ކަންވާރުގެ ބޭރުގައި ލައިފައިވުން؛
(ލ) ގިރިކަންފަތިވުން ތަހައްމަލުކުރާ ނުވަތަ ޕެސްޓިސައިޑާ ރިއެކްޓުވާ ނުވަތަ ޕެސްޓިސައިޑުގެ ސަބަބުން ކަންވާރުގެ އެތެރެފަށަލަ ބަލިކަށިނުވާ މާއްދާއަކުން ހަދައިފައިވާ ކަންވާރަކަށް ވުން؛
(ގ) ބަންދުކުރާ ޕެސްޓިސައިޑުގެ ބާވަތާއި، ފޮމިއުލޭށަނާ މުނާސިބު ކަންވާރަކަށް ވުން.
ފަސްވަނަ ބައި
ޕެސްޓިސައިޑް އަލުން ބަންދުކޮށް ލޭބަލްކުރުން
24 ވަނަ މާއްދާ - ޕެސްޓިސައިޑް އަލުން ބަންދުކޮށް ލޭބަލްކުރުމުގެ ހުއްދަ
(ހ) މިނިސްޓްރީގެ ހުއްދަ ލިޔުމުން އޮވެގެން މެނުވީ، އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ކަންވާރެއްގައި، ޕެސްޓިސައިޑް އަލުން ބަންދުކޮށް، ލޭބަލްކޮށްގެން ނުވާނެއެވެ.
(ށ) ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އަލުން ބަންދުކޮށް ލޭބަލްކުރުމުގެ ހުއްދަ ދެވޭނީ، މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އަލުން ބަންދުކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދެންވާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ދިވެހިރާއްޖޭގައި އުފެއްދުމާއި، ބަންދުކުރުމާއި، އަލުން ބަންދުކުރުމާއި، ލޭބަލްކުރުމުގެ ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ރ) ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އަލުން ބަންދުކޮށް ލޭބަލްކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، މި މާއްދާގެ (ނ) ގައި ބުނެފައިވާ ފޯމު މިނިސްޓްރީން ބަލައިގަންނާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއާ އެކުގައެވެ.
(ބ) ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އަލުން ބަންދުކޮށް ލޭބަލްކުރުމަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތުތަކާއި ތަކެތި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް؛
- ޕެސްޓިސައިޑް އަލުން ބަންދުކޮށް ލޭބަލްކުރާ ތަނުގެ މައުލޫމާތު؛
- ޕެސްޓިސައިޑުގެ ވިޔަފާރި ނަން؛
- ޕެސްޓިސައިޑުގެ އާންމު ނަން؛
- ޕެސްޓިސައިޑުގެ ބާވަތް؛
- ތައްޔާރުކޮށްފައިވާ ގޮތް (ފޯމިއުލޭށަން)؛
- ޕެސްޓިސައިޑް އަލުން ބަންދުކުރާ ސައިޒާއި، ބަންދުކުރާ މާއްދާގެ ބާވަތް؛
- މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް، އަލުން ބަންދުކުރާ ކަންވާރުގައި ބޭނުންކުރަން ގަސްތުކުރާ ލޭބަލުގެ އަސްލު؛
- އިނގިރޭސިބަހުން ލިޔެފައިވާ، މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާސް؛
- ޕެސްޓިސައިޑް އުފެއްދި އަސްލު ގައުމު؛
- އަލުން ބަންދުކުރަން ގަސްތުކުރާ ޕެސްޓިސައިޑް ފުރަތަމަ ބަންދުކޮށްފައިހުރި ކަންވާރުގައި ބޭނުންކޮށްފައިވާ ލޭބަލުގެ ކޮޕީ؛
- އަލުން ބަންދުކުރަން ބޭނުންވާ ސަބަބުގެ ތަފުސީލު.
ހަވަނަ ބައި
ޕެސްޓިސައިޑް ނައްތައިލުން
25 ވަނަ މާއްދާ - ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓް
ތިރީގައި މިވަނީ ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓުގެ ބާވަތްތަކެވެ.
(ހ) ބޭނުންކުރުން ހުއްޓައިލައިފައިވާ ޕެސްޓިސައިޑް ކޮންސެންޓްރޭޓް؛
(ށ) މުއްދަތު ހަމަވެފައިވާ ޕެސްޓިސައިޑް ކޮންސެންޓްރޭޓް؛
(ނ) ގާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ނުފެތޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓް؛
(ރ) ނީރުންވެ ވެރޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓާއި، ނީރުންވެ ވެރޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓް ސާފުކުރަން ބޭނުންކުރާ ކީހުކުނޑިއާއި ވެލި ފަދަ މާއްދާތަކާ މަސްހުނިވެފައިވާ ޕެސްޓިސައިޑް ކޮންސެންޓްރޭޓް.
26 ވަނަ މާއްދާ - ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓް މަދުކުރުން
ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓުގެ މިންވަރު މަދުކުރުމަށް ޓަކައި ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ކުރާ ފަރާތްތަކުން، އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ޕެސްޓިސައިޑް އެތެރެކުރުމުގެ ނުވަތަ އުފެއްދުމުގެ ކުރިން ބާޒާރަށް ބޭނުންވާ މިންވަރު ވަޒަންކުރުމުގެ ތަހުލީލުކުރުމާއި، 1 (އެކެއް) އަހަރުދުވަހަށް ފުދޭވަރަށްވުރެ އިތުރަށް އެތެރެނުކުރުން؛
(ށ) މިންގަނޑަށް ނުފެތޭ ޕެސްޓިސައިޑް އެތެރެނުކުރުން ނުވަތަ ނުއުފެއްދުން؛
(ނ) ރައްކައުކޮށްފައި ހުންނަ ޕެސްޓިސައިޑުގެ އަދަދު އިދާރީގޮތުން ބެލެހެއްޓުމާއި، ގަވާއިދުން ސްޓޮކް ޗެކްކުރުމާއި، ކުރިން ރައްކައުކޮށްފައި ހުންނަ ޕެސްޓިސައިޑް ކުރިން ވިއްކުމަށް ނުވަތަ ބޭނުންކުރުމަށް ސަމާލުކަންދީގެން ދައުރުކުރުވުން؛
(ރ) ޕެސްޓިސައިޑް ނީރުންވެ ވެރުން ހުއްޓުވުމަށް ރައްކައުތެރި ފިޔަވަޅުތައް އެޅުން؛
(ބ) ގަސްތަކަށް ޖަހަން ބޭނުންވާ ވަރަށްވުރެ އިތުރަށް ޕެސްޓިސައިޑް ގަނެފައި ނުބެހެއްޓުން؛
(ޅ) ޕެސްޓިސައިޑުގެ ކަންވާރު ކެނޑުމަށްފަހު، ބޭނުންނުކޮށް 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ނުބެހެއްޓުން؛
(ކ) ޕެސްޓިސައިޑް ގަތުމުގެ ކުރިން ގަސްތަކަށް ދިމާވެފައިވާ މައްސަލަ ދެނެގަތުމާއި، ލޭބަލް ނުވަތަ ޕެސްޓިސައިޑާބެހޭ މައުލޫމާތު ކަރުދާސް ކިޔުން؛
(އ) ލޭބަލުގައި އިރުށާދު ދީފައިވާ މިންގަނޑަށާއި، އިރުށާދު ދީފައިވާ ގޮތަށް ޕެސްޓިސައިޑް ބޭނުންކުރުން؛
(ވ) ޕެސްޓް ކޮންޓްރޯލްކުރުމުގެ އެކުވި ގޮތްތައް ނުވަތަ އައި.ޕީ.އެމް ބޭނުންކުރުން.
27 ވަނަ މާއްދާ - ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓް ނައްތައިލުން
(ހ) ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓް، ތިރީގައި މިވާ ގޮތަށް ނުވަތަ ތަންތަނަށް އަޅައިގެން ނައްތައިލައިގެން ނުވާނެއެވެ.
- ފާހާނާއާއި، ފެންހިންދާ ޖަންކްށަނާއި، ވަޅު ފަދަ ތަންތަން؛
- މޫދާއި، ކުޅިއާއި، ގޮނޑުދޮށް؛
- ވަލުތެރެއާއި، ހޭޅިފަށް؛
- ބިންގަނޑު؛
- ފަސްގަނޑުގައި ވަޅުލުން؛
- ތިމާވެށީގެ ގޮތުން ނާޒުކުކަމަށް ކަނޑައަޅައިފައިވާ ތަންތަން.
(ށ) ޕެސްޓިސައިޑް ކޮންސެންޓްރޭޓް ނައްތައިލުމާ ގުޅޭގޮތުން ޕެސްޓިސައިޑުގެ ލޭބަލުގައި އިރުށާދު ދީފައިވާ ގޮތާ ހިލާފަށް އެއްވެސް ފަރާތަކުން ޕެސްޓިސައިޑުގެ ކޮންސެންޓްރޭޓް ނައްތައިލައިގެން ނުވާނެއެވެ.
(ނ) ޕެސްޓިސައިޑް ކޮންސެންޓްރޭޓް ޖަމާކުރަންވާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ ސިޓީ ކައުންސިލްތަކުން ނުވަތަ ރަށު ކައުންސިލްތަކުން ކަނޑައަޅައިފައިވާ ކުނި މެނޭޖްކުރުމުގެ ގަވާއިދުތަކުގެ ދަށުން ހުއްދަ ދީފައިވާ ތަންތަނަށެވެ.
(ރ) ޕެސްޓިސައިޑް ކޮންސެންޓްރޭޓް އަންދައިލައިގެން ނައްތައިލަންވާނީ އެކަމަށް ހާއްސަކޮށް ހުއްދަދީފައިވާ އިންސިނަރޭޓަރެއްގައި، ކަމާބެހޭ ސަރުކާރުގެ އިދާރާއެއްގެ ބެލުމުގެ ދަށުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ވަސީލަތް ގާއިމުވެފައި ނެތް ހާލަތެއްގައި ޕެސްޓިސައިޑް ކޮންސެންޓްރޭޓް ނައްތައިލަންވާނީ، ލިޔުމުން މިނިސްޓްރީގެ ހުއްދަ ލިބިގެން، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ޅ) ޕެސްޓިސައިޑް ކޮންސެންޓްރޭޓް ބަންދުކޮށްފައި ހުންނަ ކަންވާރަށް ގެއްލުމެއް ލިބި، ލީކުވެގެން ކަންވާރު އެއްކޮށް ހުސްނުވާނަމަ، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަލުން ބަންދުކޮށް، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލޭބަލުކޮށްގެން ބޭނުންކުރެވިދާނެއެވެ.
28 ވަނަ މާއްދާ - ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކުނި
ތިރީގައި މިވަނީ ނައްތައިލަންޖެހޭ ޕެސްޓިސައިޑް ކުނީގެ ގޮތުގައި ބެލެވޭ ބާވަތްތަކެވެ.
(ހ) ޕެސްޓިސައިޑް ހުސްކުރާ ކަންވާރު؛
(ށ) ޕެސްޓިސައިޑް އަޅައިފައިވާ ކަންވާރުތައް ބަންދުކޮށްފައި ހުންނަ ކާޑުބޯޑު ކާޓަން ފޮށްޓާއި، ލޭބަލް ނުވަތަ މައުލޫމާތު ކަރުދާސް؛
(ނ) ޕެސްޓިސައިޑް އުނގުޅިފައިވާ ގަސްގަހާގެއްސާއި، ގަސްގަހާގެހީގެ ބައިތަކާއި އެނޫން ތަކެތި؛
(ރ) ޕެސްޓިސައިޑް ނީރުންވެ، ވެރިފައިވާ ތަން ސާފުކުރުމަށް ބޭނުންކުރާ މާއްދާތައް؛
(ބ) ޕެސްޓިސައިޑް ޖަހާއިރު ހަށި ރައްކައުތެރިކޮށްދޭ ސާމާނުތަކުގެ ތެރެއިން ބޭނުންނެތިގެން އުކައިލާ ތަކެއްޗާއި، ބޭނުންކޮށްފައި އެއްލައިލަންޖެހޭ ތަކެއްޗާއި، ހަލާކުވެފައިވާ ތަކެއްޗާއި، ގުންބާއާއި އޭގެ ބައިތައް.
29 ވަނަ މާއްދާ - ޕެސްޓިސައިޑް ކުނި މެނޭޖްކުރުން
(ހ) ޕެސްޓިސައިޑް ކުނި ޖަމާކުރަންވާނީ، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ށ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނަށް ޕެސްޓިސައިޑުގެ ކުނި އަޅައިގެން ނުވާނެއެވެ.
(ނ) ދަނޑުގައި ނުވަތަ ގޯތިތެރޭގައި ނުވަތަ ދަނޑު އޮންނަ ސަރަހައްދުގެ ފަސްގަނޑުގައި ޕެސްޓިސައިޑް ކުނި ވަޅުލައި، އަންދައިގެން ނުވާނެއެވެ.
(ރ) ޕެސްޓިސައިޑް ކުނި ނައްތައިލަންވާނީ، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ބ) ޕެސްޓިސައިޑް ހުސްކުރާ ކަންވާރު އުކައިލުމާއި ނައްތައިލުމާ ގުޅޭގޮތުން ޕެސްޓިސައިޑުގެ ލޭބަލުގައި އިރުށާދު ދީފައިވާ ގޮތާ ހިލާފަށް އެއްވެސް ފަރާތަކުން، ޕެސްޓިސައިޑާއި، ޕެސްޓިސައިޑް ހުސްކުރާ ކަންވާރު އުކައިލައި، ނައްތައިލައިގެން ނުވާނެއެވެ.
(ޅ) ޕެސްޓިސައިޑް ކުނި ރީސައިކަލްކުރުމާއި، ރިކަވަރކުރުމާއި، ޓްރީޓްކުރަން ބޭނުންވާ ފަރާތްތަކުން، އެކަން ކުރަންވާނީ، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބުނެފައިވާ ތަންފީޒީ އިދާރާއިން އެކަމަށް ހުއްދަ ލިބިގެން، އެކަމަށް ކަނޑައަޅައިފައިވާ ވަކި މިންގަނޑުތަކެއްގެ ދަށުންނެވެ.
(ކ) ޕެސްޓިސައިޑް ނޫން އެއްޗެއް ބަންދުކުރުމަށް ޕެސްޓިސައިޑް ހުސްކުރާ ކަންވާރު، އެއްވެސް ފަރާތަކުން އަލުން ބޭނުންކޮށްގެން ނުވާނެއެވެ.
(އ) ޕެސްޓިސައިޑް ހުސްކުރާ ކަންވާރު އެއްލައިލަންވަނީ، މަދުވެގެން 3 (ތިނެއް) ފަހަރު ދޮވުމަށްފަހުގައެވެ.
(ވ) ޕެސްޓިސައިޑް ހުސްކުރާ ކަންވާރު އެހެން ކަމަކަށް އަލުން ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ޓަކައި، އެ ތަކެތި އުކައިލަންވާނީ، އެ ތަކެތީގައި ވިދު އަޅައިފައި ނުވަތަ ތަޅައިލައިފައެވެ.
30 ވަނަ މާއްދާ - ޕެސްޓިސައިޑާ މަސްހުނިވެފައިވާ ފެން
ތިރީގައި މިވަނީ ނައްތައިލަންޖެހޭ، ޕެސްޓިސައިޑާ މަސްހުނިވެފައިވާ ފެނުގެ ގޮތުގައި ބެލެވޭ ބާވަތްތަކެވެ.
(ހ) ގަސްތަކަށް ޖަހަން ފެނާ މަސްހުނިކޮށްފައިވާ ޕެސްޓިސައިޑުން އިތުރުވެ ބާކީވެފައި ހުންނަ ބައި؛
(ށ) ގުންބާއާއި، ހަށި ރައްކައުތެރިކޮށްދޭ ސާމާނު ދޮވެފައިވާ ފެން؛
(ނ) ޕެސްޓިސައިޑް ހުސްކުރާ ކަންވާރު ދޮވެފައިވާ ފެން.
31 ވަނަ މާއްދާ - ޕެސްޓިސައިޑާ މަސްހުނިވެފައިވާ ފެން މަދުކުރުން
ނައްތައިލަންޖެހޭ، ޕެސްޓިސައިޑް އެކުލެވޭ ފެން މަދުކުރުމަށްޓަކައި، ޕެސްޓިސައިޑް ބޭނުންކުރާ ފަރާތްތަކުން، އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ދަނޑަށް ނުވަތަ ގަސްތަކަށް ބޭސް ޖެހުމުގެ ކުރިން، ބަލިޖެހިފައިވާ ގަސްތަކުގެ އަދަދު ނުވަތަ ސަރަހައްދުގެ ބޮޑުމިން އަންދާޒާކުރުން؛
(ށ) ބަލިޖެހިފައިވާ ގަސްތަކަށް ޖަހަން ފުދޭވަރަށް، ފެނާއި ޕެސްޓިސައިޑް މަސްހުނިކުރުން؛
(ނ) ޕެސްޓިސައިޑް ޖަހަން ގެންގުޅޭ ގުންބާ ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން؛
(ރ) ޕެސްޓިސައިޑުގެ ލޭބަލުގައި ބަޔާންކޮށްފައިވާ މިންވަރަށާއި ގޮތަށް ބޭނުންކުރުން.
32 ވަނަ މާއްދާ - ޕެސްޓިސައިޑާ މަސްހުނިވެފައިވާ ފެން ނައްތައިލުން
(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ތަނަކަށް، ޕެސްޓިސައިޑާ މަސްހުނިވެފައިވާ ފެން، އެއްވެސް ފަރާތަކުން އަޅައިގެން ނުވާނެއެވެ.
(ށ) މަސްހުނިވެފައިވާ ފެން ނައްތައިލަންވާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހަދާ މިންގަނޑުތަކާ އެއްގޮތަށެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް އާންމު ކުރަންވާނެއެވެ.
33 ވަނަ މާއްދާ - ނައްތައިލަންޖެހޭ ޕެސްޓިސައިޑް ރައްކައުކޮށްފައި ބެހެއްޓުން
(ހ) ގުދަނުގައި ހުންނަ، ބޭނުންކުރުން ހުއްޓައިލައިފައިވާ ޕެސްޓިސައިޑް ކޮންސެންޓްރޭޓާއި، ދުވަސް ހަމަވެފައިވާ ޕެސްޓިސައިޑް ކޮންސެންޓްރޭޓާއި، މިންގަނޑަށް ނުފެތޭ ޕެސްޓިސައިޑް ކޮންސެންޓްރޭޓާއި، ޕެސްޓިސައިޑް ކުންޏާއި، ޕެސްޓިސައިޑާ މަސްހުނިވެފައިވާ ފެން ރައްކަކުކޮށްފައި ބަހައްޓަންވާނީ، ގުދަންކުރުމުގެ މިންގަނޑުތަކަށާއި ހާލަތަށް ފެތޭގޮތަށް، ތިރީގައި މިވާ ކަންކަން ފުރިހަމަކުރުމާ އެކުގައެވެ.
- ބަންދުކޮށް، ކޯންޗެއްކަން އެނގޭ ގޮތަށް ލޭބަލްކުރުން؛
- ގުދަންކޮށްފައި ހުރި އެހެން ޕެސްޓިސައިޑްތަކާ ވަކިން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ ސިޓީ ކައުންސިލްތަކުން ނުވަތަ ރަށު ކައުންސިލްތަކުން ކަނޑައަޅައިފައިވާ ކުނި މެނޭޖްކުރުމުގެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ ގަވާއިދުގެ ތަންފީޒީ އިދާރާއިން އެ ކަމަށް ހާއްސަކޮށް ހުއްދަ ދީފައިވާ ތަނެއްގައި.
(ށ) ދަނޑުތަކުގައްޔާއި، ގޯތިތެރޭގައި ގަސްހައްދަން ގެންގުޅޭ ޕެސްޓިސައިޑުގެ ތެރެއިން ބޭނުންކުރުން ހުއްޓައިލައިފައިވާ ޕެސްޓިސައިޑް ކޮންސެންޓްރޭޓާއި، ދުވަސް ހަމަވެފައިވާ ޕެސްޓިސައިޑް ކޮންސެންޓްރޭޓާއި، ޕެސްޓިސައިޑް ކުންޏާއި، ޕެސްޓިސައިޑާ މަސްހުނިވެފައިވާ ފެން ނައްތައިލެވެންދެން ބަހައްޓަންވާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން، ނުވަތަ ސިޓީ ކައުންސިލްތަކުން، ނުވަތަ ރަށު ކައުންސިލްތަކުން ކަނޑައަޅައިފައިވާ ކުނި މެނޭޖްކުރުމުގެ ގަވާއިދުތަކުގެ ދަށުން ހުއްދަ ދީފައިވާ ތަންތަނުގައެވެ.
ހަތްވަނަ ބައި
ޕެސްޓިސައިޑް ރައްކައުކޮށްފައި ބެހެއްޓުން
34 ވަނަ މާއްދާ - ޕެސްޓިސައިޑް ފިހާރަ
(ހ) ޕެސްޓިސައިޑަކީ އާންމުންނާއި ޖަނަވާރު ދިރިއުޅޭ ތަންތަނާއި، ޖަނަވާރާއި، މީހުންގެ ސިއްހަތު، ޕެސްޓިސައިޑުގެ އަރައްކާއަށް ހާސާވުމުގެ ފުރުސަތު އޮތް އެއްޗަކަށްވާތީ، ޕެސްޓިސައިޑް ވިއްކާ ފިހާރަ ހަދަންވާނީ، އެއިން ލިބޭ ހިރާސް، ވީހާވެސް ކުޑަކުރެވޭ ތަނެއްގައެވެ. މިގޮތުން ޕެސްޓިސައިޑް ފިހާރަ ހަދައި ހިންގަންވާނީ، މި ގަވާއިދުގެ ދަށުން ހަދާ މިންގަނޑުތަކާ އެއްގޮތަށެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިންގަނޑުތައް އާންމުކުރަންވާނެއެވެ.
35 ވަނަ މާއްދާ - ޕެސްޓިސައިޑް ގުދަން
(ހ) ގިނަ އަދަދެއްގެ ޕެސްޓިސައިޑް ރައްކައުކުރާ ގުދަންތަކަކީ، ޕެސްޓިސައިޑް ނީރުންވެގެން ވެރުމާއި، ޕެސްޓިސައިޑުގެ އުދާސްއެރުމާއި، ޕެސްޓިސައިޑުގެ ވަސް ފެތުރުމުގެ އަރައްކާއަށް ފުރުސަތު އޮތް ތަންތަން ކަމުގައި ވާތީ، އެފަދަ ތަންތަން ހަދައިގެން ހިންގަންވާނީ، ޕެސްޓިސައިޑުން އިންސާނުންނަށާއި، ޖަނަވާރަށާއި، ތިމާވެށްޓަށް ލިބޭ ހިރާސް ކުޑަކުރެވޭ ހިސާބެއްގައެވެ. މިގޮތުން ޕެސްޓިސައިޑް ގުދަން ހަދައި ހިންގަންވާނީ، މި ގަވާއިދުގެ ދަށުން ހެދޭ މިންގަނޑުތަކާ އެއްގޮތަށެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިންގަނޑުތައް އާންމު ކުރަން ވާނެއެވެ.
36 ވަނަ މާއްދާ - ދަނޑުގައި ބޭނުންކުރާ ޕެސްޓިސައިޑް ރައްކައުކުރުން
ދަނޑުގައި ބޭނުންކުރާ ޕެސްޓިސައިޑް ރައްކައުކުރާ ތަނުގައި، ތިރީގައި މިވާ ކަންކަން ފުރިހަމަވާންވާނެއެވެ.
(ހ) ކަމާނުބެހޭ ފަރާތްތަކަށް ނުވަދެވޭނެހެން ތަޅުލައި ބަންދުކުރެވޭ ގޮތަށް ހުރި، ރައްކައުތެރި ތަނަކަށް ވުން؛
(ށ) މީދަލާއި ބުޅާ ފަދަ ޖަނަވާރަށް ނުވެދެވޭގޮތަށް ހުރި ތަނަކަށް ވުން؛
(ނ) ކާބޯތަކެއްޗާއި ބޯފެން ގެންގުޅެ، ނިދުމަށާއި އަރާމުކުރަން ބޭނުންކުރާ ތަނަކަށް ނުވުން؛
(ރ) އޮޅު ޖަނަވާރު ގެންގުޅޭ، ޖަނަވާރަށް ކާންދޭ އެއްޗިހި ރައްކައުކުރާ ތަނަކަށް ނުވުން؛
(ބ) އަލިފާން ގެންގުޅެ، ކައްކައި ކެއުމަށް ބޭނުންކުރާ ތަނަކަށް ނުވުން؛
(ޅ) ހޫނު ގަދަވުން ފަދަ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، ރައްކައުކޮށްފައި ހުންނަ ޕެސްޓިސައިޑަށް ބަދަލުއައިސް، ބަންދުކޮށްފައިވާ ކަންވާރަށާއި، ލޭބަލަށް ގެއްލުން ލިބިދާނެ ފަދަ ތަނަކަށް ނުވުން؛
(ކ) ގަދަ ވަޔާއި، ބޯކޮށް ވެހޭ ވާރެއިން ރަކައުތެރިކަން ލިބޭ ތަނަކަށް ވުން؛
(އ) ރައްކައުކޮށްފައި ހުންނަ ޕެސްޓިސައިޑުގެ ކަންވާރުތަކަށް އިރުގެ ސީދާ އަވި ލިބޭ ތަނަކަށް ނުވުން؛
(ވ) ޗާޕުކޮށްފައިވާ ލޭބަލުގެ ހުރިހާ ލިޔުންކޮޅުތަކާއި، ރައްކައުތެރިވުމުގެ ރަމްޒުތަކާއި، ނިށާންތަކާއި، ތަސްވީރު ދޭހަތައް އަތްދަނޑީގެ ދިގުމިނުގައި ބަހައްޓައިގެން ދުވާލުގެ ވަގުތުގައި އާންމުކޮށް ހުންނަ އަލީގައި ސާފުކޮށް ކިޔަން އެނގޭވަރަށް ނުވަތަ ފެންނަވަރަށް އަލި ލިބޭ ތަނަކަށް ވުން؛
(މ) ސާފު ވައި ވަދެ ބޭރުވުމާއި، އެތެރޭގައި ދައުރުވެވޭ ގޮތަށް ހުރި ތަނަކަށް ވުން؛
(ފ) ފެން ހެދޭ، ނުވަތަ ފެން ބޮޑުވާ ތަނަކަށް ނުވުން؛
(ދ) ފަސޭހައިން އަލިފާން ހިފާ ޒާތުގެ މާއްދާއަކުން ހަދައިފައިވާ ތަނަކަށް ނުވުން؛
(ތ) އޮމާންކޮށް ސިމެންތިން ތަޅުން އަޅައިފައިވާ ތަނަކަށް ވުން؛
(ލ) "ނުރައްކާ ޕެސްޓިސައިޑް، ވަނުން މަނާ" ފަދަ، ކަމާނުބެހޭ ފަރާތްތައް ނުވަނުމަށް އިންޒާރުދޭ ލިޔުންކޮޅުތައް ލިޔެފައި ހުރުން؛
(ގ) ޕެސްޓިސައިޑް ފުރަތަމަ ބަންދުކުރި އަސްލު ކަންވާރުގައި ނުވަތަ މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން އަލުން ބަންދުކޮށްފައިވާ ކަންވާރުގައި ހުރުމާއި، ރަނގަޅަށް ލޭބަލްކޮށްފައިވުމާއި، ލިޔުންކޮޅުތައް ސާފުކޮށް ކިޔަން އެނގޭވަރުވުން.
37 ވަނަ މާއްދާ - ދަނޑުގައި ބޭނުންކުރާ ޕެސްޓިސައިޑް ރައްކައުކުރެވޭނެ މިންވަރު
ދަނޑުގައި ބޭނުންކުރުމަށް ގެންގުޅޭ ޕެސްޓިސައިޑް ރައްކައުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންވަރަށެވެ.
38 ވަނަ މާއްދާ - ގޯތިތެރޭގައި ހައްދާ ގަސްތަކަށް ބޭނުންކުރާ ޕެސްޓިސައިޑް ރައްކައުކުރުން
ގޯތިތެރޭގައި ހައްދާ ގަސްތަކަށް ބޭނުންކުރަން ގެންގުޅޭ ޕެސްޓިސައިޑް ރައްކައުކުރާ ތަނުގައި، ތިރީގައި މިވާ ކަންކަން ފުރިހަމަވާންވާނެއެވެ.
(ހ) ޕެސްޓިސައިޑް ފުރަތަމަ ބަންދުކުރި އަސްލު ކަންވާރުގައި ހުރުމާއި، ރަނގަޅަށް ލޭބަލްކޮށްފައިވުމާއި، ލިޔުންކޮޅުތައް ސާފުކޮށް ކިޔަން އެނގޭވަރުވުން؛
(ށ) އާންމުކޮށް މީހުން ވަދެއުޅެން ބޭނުންކުރާ ތަނަކަށް ނުވުމާއި، ނިދަން ބޭނުންކުރާ ތަނަކަށް ނުވުން؛
(ނ) ކަމާނުބެހޭ މީހުންނަށާއި، ކުޑަކުދިންނަށާއި، ގެންގުޅޭ ޕެޓު ޖަނަވާރަށް ގާތްނުވެވޭފަދަ ތަޅުލައި ބަންދުކުރެވޭ ތަނަކަށް ވުން؛
(ރ) ތަޅުލައި ބަންދުކުރެވޭ ކަފޭރާއެއް ފަދަ އެއްޗެއްގައި 5 (ފަހެއް) ފޫޓު އުހުގައި ރައްކައުކުރުން؛
(ބ) ޗާޕުކޮށްފައިވާ ލޭބަލުގެ ހުރިހާ ލިޔުންކޮޅުތަކާއި، ރައްކައުތެރިވުމުގެ ރަމްޒުތަކާއި، ނިށާންތަކާއި، ތަސްވީރު ދޭހަތައް އަތްދަނޑީގެ ދިގުމިނުގައި ބަހައްޓައިގެން ދުވާލުގެ ވަގުތުގައި އާންމުކޮށް ހުންނަ އަލީގައި ސާފުކޮށް ކިޔަން އެނގޭވަރަށް ނުވަތަ ފެންނަވަރަށް އަލި ލިބޭ ތަނަކަށް ވުން.
(ޅ) ރައްކައުކޮށްފައި ހުންނަ ޕެސްޓިސައިޑުގެ ކަންވާރުތަކަށް އިރުގެ ސީދާ އަވި ލިބޭ ތަނަކަށް ނުވުން.
(ކ) ސާފު ވައި ވަދެ ބޭރުވުމާއި، އެތެރޭގައި ދައުރުވެވޭ ގޮތަށް ހުރި ތަނަކަށް ވުން.
39 ވަނަ މާއްދާ - ގޯތިތެރޭގައި ހައްދާ ގަސްތަކަށް ބޭނުންކުރާ ޕެސްޓިސައިޑް ރައްކައުކުރެވޭނެ މިންވަރު
ގޯތިތެރޭގައި ހައްދާ ގަސްތަކަށް ބޭނުންކުރަން ގެންގުޅޭ ޕެސްޓިސައިޑް ރައްކައުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންވަރަށެވެ.
އަށްވަނަ ބައި
އެއްތަނުން އަނެއްތަނަށް ޕެސްޓިސައިޑް ގެންދިޔުން
40 ވަނަ މާއްދާ - ޕެސްޓިސައިޑް އުފުލާ އުޅަނދު
(ހ) ޕެސްޓިސައިޑް ނީރުންވުމާއި، ވެރުމާއި، އުދާސްވެގެން އާވި އެރުން ފަދަ ހާދިސާތަކަށް ހާސާވުމުގެ އަރައްކާއިން އުޅަނދުގައި ދަތުރުކުރާ ފަރާތްތަކާއި، ކާބޯތަކެއްޗާއި، ތިބޭ ޖަނަވާރާއި، ޖަނަވާރުގެ ކާނާއާއި، އިންސާނުން ބޭނުންކުރާ އެހެނިހެން ތަކެތި ރައްކައުތެރި ކުރެވޭނެ ފިޔަވަޅުތައް އަޅައިފައިވާ އުޅަނދެއްގައި މެނުވީ 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ޕެސްޓިސައިޑް އުފުލައިގެން ނުވާނެއެވެ.
(ށ) އުޅަނދަށް އަރުވައި ބޭލުމުގައި ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ފޮށިތަކަށް ނުވަތަ ކަންވާރުތަކަށް ގެއްލުމެއް ލިބޭ ފަދަ ގޮތަކަށް އަޅައިގަންނާނޭހެން ތޫނުކޮށް ދާރަނެގިފައި ނުވަތަ އުތުވިފައި ހުންނަ ތަންތަނާއި، އުފުލިފައި ހުންނަ މޮހޮރާއި ބޯލްޓު ފަދަ ތަކެތި އުޅަނދުގައި ހުރެގެން ނުވާނެއެވެ.
(ނ) ޕެސްޓިސައިޑް އުފުލަންވާނީ، ޕެސްޓިސައިޑް ބަހައްޓައިފައި ހުންނަ ތަނުން ޑްރައިވަރާ ހަމައަށް ޕެސްޓިސައިޑުގެ އާވި ނުފޯރާ ގޮތަށް ހުރަހެއް ލެވިފައިވާ އުޅަނދެއްގައެވެ.
(ރ) އުޅަނދަށް ޕެސްޓިސައިޑް އެރުވުމަށްފަހު، އުޅަނދު ނުބަލަހައްޓައި ދޫކޮށްލައިގެން ނުވާނެއެވެ.
41 ވަނަ މާއްދާ - ޕެސްޓިސައިޑް އުފުލުން
(ހ) އެއްތަނުން އަނެއްތަނަށް ޕެސްޓިސައިޑް ގެންދިއުމުގައި، މާއްދާގެ ރައްކައުތެރިކަމާބެހޭ މައުލޫމާތު ށީޓުގައި އެންތަނުން އަނެއްތަނަށް ގެންދިއުމާ ގުޅޭގޮތުން ދީފައިވާ އިރުށާދުތަކަށް ބޯލަނބަންވާނެއެވެ.
(ށ) ޕެސްޓިސައިޑް ކަންވާރުތައް އުޅަނދަށް އެރުވުމުގެ ކުރިން، އެ ތަކެތި ހުރީ އެއްތަނުން އަނެއްތަނަށް ގެންދިއުމަށް އެކަށީގެންވާ ރަނގަޅު ހާލަތުގައިކަން ކަށަވަރު ކުރަން ވާނެއެވެ.
(ނ) އުޅަނދުގައި ޕެސްޓިސައިޑް އަތުރާއިރު، ބަރު ކަންވާރުތައް، ލުއި ކަންވާރުތަކުގެ މަތީގައި ބަހައްޓައިގެން ނުވާނެއެވެ.
(ރ) އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ ކުދި އުޅަނދުފަހަރުގައި ކާބޯތަކެއްޗާއި، ޖަނަވާރާއި، ޖަނަވާރުގެ ކާނާއާއި، އިންސާނުން ބޭނުންކުރާ އެހެނިހެން ތަކެއްޗާއެކު ޕެސްޓިސައިޑް އުފުލައިގެން ނުވާނެއެވެ.
(ބ) އުފުލަނީ ޕެސްޓިސައިޑުކަން އެނގޭގޮތަށް ޕެސްޓިސައިޑް އުފުލާ އުޅަނދުގައި، ދިވެހިބަހުންނާއި، އިނގިރޭސިބަހުން ލިޔެ، ފާހަގަކޮށްފައި ހުންނަންވާނެއެވެ.
(ޅ) އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ ބޮޑެތި އުޅަނދުފަހަރުގައި، ކާބޯތަކެއްޗާއި، ޖަނަވާރާއި، ޖަނަވާރުގެ ކާނާއާއި، އިންސާނުން ބޭނުންކުރާ އެހެނިހެން ތަކެއްޗާއެކު މަދު އަދަދެއްގެ ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދާނަމަ، އެ ތަކެތި އުފުލަންވާނީ، އެ ތަކެތީގައި ނުޖެހޭގޮތަށް ބިތްގަނޑެއް ޖަހައި ވަކިކޮށްގެންނެވެ.
(ކ) ޕެސްޓިސައިޑް އުފުލާ އުޅަނދުގައި އެއް ޑެކަށްވުރެ ގިނަ ޑެކު އަޅައިފައިވާނަމަ، ކާބޯތަކެއްޗާއި، ޖަނަވާރާއި، ޖަނަވާރުގެ ކާނާއާއި، އިންސާނުން ބޭނުންކުރާ އެހެނިހެން ތަކެތި ބަހައްޓައިފައި ހުންނަ ޑެކުގެ މަތީގައި ނުވަތަ ޑެކުގައި ޕެސްޓިސައިޑް ބަހައްޓައިގެން ނުވާނެއެވެ.
(އ) ޕެސްޓިސައިޑް އުފުލާއިރު، އުޅަނދުފަހަރުގައި މީހުން ތިބުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި ޕެސްޓިސައިޑް ބަހައްޓައިގެން ނުވާނެއެވެ.
(ވ) ޕެސްޓިސައިޑް އުފުލާއިރު، އުޅަނދުފަހަރުގައި ޕެސްޓިސައިޑް ބަހައްޓަންވާނީ، ވައިވަދެ ދައުރުވާ، އުދާސްނުވާ ތަނެއްގައެވެ.
(މ) ކަނޑު މަގުން، 20 (ވިހި) ލީޓަރު ނުވަތަ 20 (ވިހި) ކިލޯގްރާމަށް ވުރެ ގިނަ އަދަދެއްގެ ޕެސްޓިސަޑް ގެންދާއިރު، އުފުލާ އުޅަނދުގައި، ހަށި ރައްކައުތެރިކޮށްދޭ އާލާތްތަކާއި، ޕެސްޓިސައިޑް ނީރުންވެ ވެރުމުން ސާފުކުރާ ސާމާނާއި، ފުރަތަމަ ސިއްހީ އެހީ ފޯރުކޮށްދޭ ސާމާނާއި، އަލިފާން ނިއްވި ހުންނަންވާނެއެވެ.
(ފ) އުޅަނދަށް ޕެސްޓިސައިޑް އަރުވައި ބާލަންވާނީ، އުޅަނދުގެ ޑްރައިވަރު ނުވަތަ ކައްޕިތާނުގެ ބެލުމުގެ ދަށުންނެވެ.
(ދ) އުޅަނދަށް ޕެސްޓިސައިޑް އެރުވުމުގެ ކުރިން ޕެސްޓިސައިޑް ނީރުންވެ ވެރިފައިނުވާކަމާއި، ކަންވާރާއި ލޭބަލް ސަލާމަތުން ހުރިކަން ކަށަވަރު ކުރަން ވާނެއެވެ.
(ތ) ޕެސްޓިސައިޑް އުފުލާއިރު، ލޭބަލާއި ބަންދުކޮށްފައިވާ ކާޑުބޯޑު ފޮށިތައް ތެމުމުން ރައްކައުތެރި ކުރުމަށް ޓަކައި ސަތަރިގަނޑެއް ފަދަ އެއްޗަކުން ޕެސްޓިސައިޑުގެ ކަންވާރުތައް ނިވައިކުރަންވާނެއެވެ.
(ލ) ޕެސްޓިސައިޑް އަޅައިފައިވާ ކަންވާރުތައް އުޅަނދުގައި އަތުރަންވާނީ ނުވަތަ ބަހައްޓަންވާނީ، އަރިއަޅައިލައިގެން ފައިބައިގެން ނުދާނޭހެން ހަމަޖެހޭގޮތަށް އައްސައިފައި ނުވަތަ އެފަދަ އެހެން ގޮތެއް ހަދައިފައެވެ.
(ގ) އެކަތި އަނެކައްޗާ ޖެހުމުން ހުޅުހިފުމުގެ އަރައްކާއަށް ހުށަހެޅިދާނެ ފަދަ ޕެސްޓިސައިޑުގެ ބާވަތްތައް ބަހައްޓަންވާނީ، ފަސޭހައިން އަތުޖެހޭގޮތަށް ވަކިވާ ގޮތަށެވެ.
(ޏ) އުޅަނދުގައި ޕެސްޓިސައިޑް އަޅައިފައިވާ ކަންވާރުތައް އަތުރާއިރު ބަހައްޓަންވާނީ، ދިޔާ ޕެސްޓިސައިޑުގެ މަތީގައި ހިކި ޕެސްޓިސައިޑް ހުންނަ ގޮތަށެވެ. އަދި ހާބިސައިޑް ބަހައްޓަންވާނީ، އެހެނިހެން ވައްތަރުގެ ޕެސްޓިސައިޑުގައި ނުޖެހޭ ގޮތަށެވެ.
(ސ) ގަހުކާނާއާއެކު ޕެސްޓިސައިޑް އުފުލާނަމަ، ޕެސްޓިސައިޑް ބަހައްޓަންވަނީ ގަހުކާނާގައި ނުޖެހޭގޮތަށް ވަކިންނެވެ.
(ޑ) ދިޔާކޮށް ތައްޔާރުކޮށްފައި ހުންނަ ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދާއިރު އުފުލަންވާނީ، މަތިގަނޑު ނުވަތަ އުނގުރި ބާރުވެފައިކަން ޔަގީންކުރުމަށްފަހު، ތުންކޮޅު މައްޗަށްވާ ގޮތަށް ބަހައްޓައިގެންނެވެ.
(ޒ) އުޅަނދުން ޕެސްޓިސައިޑް ބޭލުމަށްފަހު ނީރުންވެ، އުޅަނދަށް ޕެސްޓިސައިޑް ވެރިފައި ހުރިނަމަ، ޕެސްޓިސައިޑް ސާފުކުރުމުގެ އިޖުރާއަތުތަކާ އެއްގޮތަށް އަމަލު ކުރަން ވާނެއެވެ.
(ޓ) އުޅަނދުން ޕެސްޓިސައިޑް ބޭލުމަށްފަހު، ކާބޯތަކެއްޗާއި، ޖަނަވާރާއި، ޖަނަވާރުގެ ކާނާއާއި، އިންސާނުން ބޭނުންކުރާ އެހެނިހެން ތަކެތި އެ އުޅަނދުގައި އުފުލަންވާނީ، އުޅަނދުގައި ޕެސްޓިސައިޑް ބެހެއްޓި ތަން ދޮވެ ސާފުކުރުމަށް ފަހުގައެވެ.
(ޔ) ޕެސްޓިސައިޑް އަރުވައިގެން ދިގު ދަތުރެއް ކުރާ ހާލަތުގައި ޕެސްޓިސައިޑް ނީރުންވެ، އުޅަނދަށް ޕެސްޓިސައިޑް ފައިބައިފައި ހުރިތޯ ބެލުމަށް ދޭތެރެދޭތެރެއިން ޗެކުކުރަންވާނެއެވެ.
(ޕ) ޕެސްޓިސައިޑް އުފުލާ އުޅަނދުގައި ޕެސްޓިސައިޑް ބަހައްޓާ ތަން، ލަކުޑި ފަދަ ފޯވާ ޒާތުގެ މާއްދާއަކުން ހަދައިފައިވާނަމަ، ޕެސްޓިސައިޑް ބެހެއްޓުމުގެ ކުރިން، ދަށުގައި ރަބަރެއް ނުވަތަ ސަތަރިއެއް ކަހަލަ އެއްޗެއް އަޅަންވާނެއެވެ.
(ޖ) ޕެސްޓިސައިޑުގެ ކަންވާރުތައް އަރުވައި ބާލާއިރުގައްޔާއި، ހިފައި ގެންގުޅޭއިރު ކަހައިލައިގެން ނުވަތަ ސޮހިގެންގޮސް، ޕެސްޓިސައިޑް ކަންވާރު ތަޅައިގެންދިޔުމުން، ނުވަތަ އިރައިގެންދިޔުމުން، ނުވަތަ ވީދައިގެން ދިއުމުން ރައްކައުތެރިކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
ނުވަވަނަ ބައި
ލައިސަންސް ދޫކުރުން
42 ވަނަ މާއްދާ - ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގުމުގެ ލައިސަންސް
(ހ) ތިރީގައި މިވާ ކަންކަން ކުރަންވާނީ، މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް އޮންނަ، ލައިސަންސްގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުންނެވެ.
- ޕެސްޓިސައިޑް އިމްޕޯޓުކުރުން؛
- ޕެސްޓިސައިޑް ވިއްކުން؛
- ޕެސްޓިސައިޑް އަލުން ބަންދުކުރުން؛
- ޕެސްޓިސައިޑް އުފެއްދުން؛
- ޕެސްޓިސައިޑް އެކްސްޕޯޓުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގާ ފަރާތްތަކަށް ލައިސަންސް ދޫކުރާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އެކަން ކުރަން ހަވާލުކުރާ ފަރާތްތަކުންނެވެ.
43 ވަނަ މާއްދާ - ލައިސަންސަށް އެދެވޭނެ ފަރާތްތައް
މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގުމުގެ ލައިސަންސަށް އެދި ހުށަހެޅޭނީ އަންނަނިވި ފަރާތްތަކަށެވެ.
(ހ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން؛
(ށ) ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން؛
(ނ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރާނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިމްޕޯޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން؛
(ރ) ދައުލަތުގެ އިދާރާއަކުން.
44 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންތައްތައް
(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރުމަށް ލައިސަންސަށް އެދި ހުށަހަޅާނަމަ، ތިރީގައި މިވާ ކަންތައްތައް ފުރިހަމަކޮށްފައި ވާންވާނެއެވެ.
- ގަވާއިދު ނަންބަރު 2019-1057 (ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު) ގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގައި ރަޖިސްޓަރީކޮށްފައިވާ ގުދަނެއް ހުރުން؛
- މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމުކުރެވޭ މިންގަނޑުތަކަށް އެ ގުދަން ފެތުން؛
ޕެސްޓިސައިޑް ހިފައިގެންގުޅުމާއި، ރައްކައުތެރިކަމާބެހޭ ތަމްރީނު ލިބިފައިވުން.
(ށ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރުމަށް ލައިސަންސަށް އެދި ހުށަހަޅާނަމަ، ތިރީގައި މިވާ ކަންތައްތައް ފުރިހަމަކޮށްފައި ވާންވާނެއެވެ.
- މި ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމުކުރެވޭ މިންގަނޑުތަކަށް ފެތޭ ފިހާރައެއް ހުރުން؛
- ފިހާރައިގައި ވިއްކާ ޕެސްޓިސައިޑް ރައްކައުކުރުމަށް އިތުރު ގުދަނެއް ހުންނަ ނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގުދަނަކަށް އެ ގުދަން ވުން؛
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވުން.
(ނ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރުމަށް ލައިސަންސަށް އެދި ހުށަހަޅާނަމަ، ތިރީގައި މިވާ ކަންތައްތައް ފުރިހަމަކޮށްފައި ވާންވާނެއެވެ.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގުދަނެއް ހުރުން؛
- މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އަލުން ބަންދުކުރާ ތަނާ ގުޅޭގޮތުން މިނިސްޓްރީން ށާއިއުކުރާ މިންގަނޑުތަކަށް،
- އަލުން ބަންދުކުރާ ތަން ފެތުން؛
- ކަމާ ގުޅޭ އާލާތްތައް ހޯދައިފައި ހުރުން؛
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވުން؛
ރައްކައުތެރިކަމާއެކު ޕެސްޓިސައިޑް އުފުލައިގެން އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވުން.
(ރ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރުމަށް ލައިސަންސަށް އެދި ހުށަހަޅާނަމަ، ތިރީގައި މިވާ ކަންތައްތައް ފުރިހަމަކޮށްފައި ވާންވާނެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕެސްޓިސައިޑް އުފައްދާ ކާރުހާނާއާ ގުޅޭގޮތުން މިނިސްޓްރީން ށާއިއުކުރާ މިންގަނޑުތަކަށް ފެތޭ ކާރުހާނާއެއް ހުރުން؛
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގުދަނެއް ހުރުން؛
މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމާއި، މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަކޮށްފައިވުން.
(ބ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރުމަށް ލައިސަންސަށް އެދި ހުށަހަޅާނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައި ވާންވާނެއެވެ.
45 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް
މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ ލައިސަންސަށް އެދި ހުށަހެޅޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކުންނެވެ.
(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދޭ ފަރާތަކީ، އެ ފަރާތުން ގެންގުޅޭ ޕެސްޓިސައިޑުގައި އެކުލެވޭ ވިހައިގެ ތާސީރާއި، އަރައްކާއާއި، އެ ބޭނުންކުރުމާއި، ހިފައި ގެންގުޅުމުގައި ހުރި ހިރާސްއާއި، އާންމުކޮށް އެ ބޭނުންކުރުމާބެހޭ އިލްމު ނުވަތަ މައުލޫމާތު އެކަށީގެންވާ މިންވަރަށް ލިބިފައިވާ ފަރާތަކަށް ވުމާއި، އެ ހިރާސް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ގާއިމުކޮށްފައިވާ ފަރާތަކަށް ވުން؛
(ށ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރާނަމަ، ޕެސްޓިސައިޑް މެނޭޖްމަންޓުގެ ދާއިރާއިން ސެޓުފިކެޓު ލެވެލް 5 ގެ ކޯހެއް ނުވަތަ ލެވެލް 6 ގެ ކޯހެއް ފުރިހަމަކޮށް ސަނަދު ލިބިފައިވާ، ފަންނީ ގާބިލުކަން ހުރި ފަރާތެއް ކަމުގައި ވުން؛
(ނ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރާނަމަ، ޕެސްޓިސައިޑް އިހުތިޔާރުކުރުމާއި، ބޭނުންކުރުމާއި، އެއާ ގުޅުންހުރި ހިރާސްތަކާބެހޭ ރަނގަޅު މައުލޫމާތު، ޕެސްޓިސައިޑް ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ފަދަ ފަންނީގޮތުން ގާބިލު ފަރާތަކަށް ވުން؛
(ރ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރާނަމަ، ފެންވަރު ރަނގަޅު، ރަނގަޅަށް ބަންދުކޮށް، ބޭނުންކުރާ ފަރާތްތަކަށް ދޭހަވާ ބަހަކުން ލޭބަލްކޮށްފައިވާ ޕެސްޓިސައިޑުގެ އުފެއްދުންތައް ފޯރުކޮށްދެވޭ ފަދަ ގާބިލު ފަރާތަކަށް ވުން.
46 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން
(ހ) ލައިސަންސަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ، "ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގުމުގެ ލައިސަންސަށް އެދޭ ފޯމު" މެދުވެރިކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، މި ގަވާއިދުގެ ޖަދުވަލު (1) ގައި ބަޔާންކޮށްފައިވާ ފީއާއެކު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ހުއްދަދީފައިވާ ސަރުކާރުގެ އިދާރާއަކަށެވެ.
(ށ) ލައިސަންސަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، ކުރަން ބޭނުންވާ ކަމެއް ނުވަތަ ކަންތައްތަކެއް ބަޔާންކުރަންވާނެއެވެ.
(ނ) ލައިސަންސަށް އެދި ހުށަހަޅާއިރު، ފޯމުގެ ހުރިހާ ބައިތަކެއް ފުރިހަމަކުރުމާއެކު، ސައްހަ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
47 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ބަލައިނުގަތުން
ލައިސަންސަށް އެދި ހުށަހަޅާއިރު، ތިރީގައި މިވާ ކަންކަން ނުވަތަ ކަންކަމުން ކުރެ ކަމެއް ފުރިހަމަކޮށްފައި ނުވާނަމަ، ފޯމު ބަލައެއް ނުގަނެވޭނެއެވެ.
(ހ) ފޯމުގެ ހުރިހާ ބައިތައް ފުރިހަކޮށްފައި ނުވުން؛
(ށ) ފޯމުގައި ސައްހަ މައުލޫމާތު ދީފައި ނުވުން؛
(ނ) ކަނޑައެޅިފައިވާ ފީ، ފޯމާއެކު ހުށަނޭޅުން؛
(ރ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކުންކުރެ ށަރުތެއް ފުރިހަމަވާކަން ކަށަވަރުކޮށް ނުދެވުން؛
(ބ) ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންތައްތަކުން ކުރެ ކަމެއް ފުރިހަމަކޮށްފައި ނުވުން؛
(ޅ) ލައިސަންސަށް އެދެވޭނެ ފަރާތްތައް ކަމުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ފަރާތަކުން ހުށަހެޅުން
(ކ) ކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރަން ލާޒިމުކުރާ ކަންތައްތައް ފުރިހަމަކޮށްފައި ނުވުން.
48 ވަނަ މާއްދާ - ލައިސަންސް ދޫކުރުން
(ހ) ލައިސަންސް ދޫކުރާނީ، އަންނަނިވި ކަންކަމަށް ބެލުމަށްފަހުގައެވެ.
- ލައިސަންސަށް އެދި ހުށަހަޅަނީ މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކުންނަމަ، ސެޓްފިކެޓް އޮފް ރެޖިސްޓްރޭށަން؛
- ލައިސަންސަށް އެދި ހުށަހަޅަނީ މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކުންނަމަ، ސެޓްފިކެޓް އޮފް ރެޖިސްޓްރޭށަން؛
- ލައިސަންސަށް އެދި ހުށަހަޅަނީ މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކުންނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިމްޕޯޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން؛
- ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތަކުންނަމަ، ޖީއެސްޓީ ރެޖިސްޓްރޭށަން ސެޓުފިކެޓު؛
- މާލޭ ސިޓީ ކައުންސިލުން ދޫކުރާ، އިމާރާތް ބޭނުންކުރުމުގެ ހުއްދަ، ނުވަތަ ދައުލަތުގެ އިދާރާތަކުން ނުވަތަ ސިޓީ ކައުންސިލްތަކުން ނުވަތަ ރަށު ކައުންސިލްތަކުން ދޫކުރާ އެއްވެސް ހުއްދަ/ހުއްދަތަކެއް ވާނަމަ، އެ ހުއްދަ/ހުއްދަތައް.
(ށ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ލައިސަންސް ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ތަންތަން ބަލައި ފާސްކުރުމަށްފަހު، މި ގަވާއިދުގެ ދަށުން ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ މިންގަނޑުތަކަށް އެ ތަންތަން ފެތޭކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
- މި ގަވާއިދުގެ 42 މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ކުރާނަމަ، ގުދަން ބަލައި ފާސްކުރުން؛
- މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ނަންބަރުގައި ބަޔާން ކޮށްފައިވާ ކަންތައް ކުރާނަމަ، ފިހާރައާއި ގުދަން ބަލައި ފާސްކުރުން؛
- މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ކަންތައް ކުރާނަމަ، އަލުން ބަންދުކުރާ ތަނާއި، ގުދަން ބަލައި ފާސްކުރުން؛
- މި ގަވާއިދުގެ 42 މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ކަންތައް ކުރާނަމަ، ކާރުހާނާއާއި ގުދަން ބަލައި ފާސްކުރުން؛
- މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ކަންތައް ކުރާނަމަ، ގުދަން ބަލައި ފާސްކުރުން.
49 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް
(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، ލައިސަންސްގެ މުއްދަތުގައި، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލު ކުރަން ވާނެއެވެ.
- ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ 10 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތަށް ރިކޯޑު ބެލެހެއްޓުމާއި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އެ ރެކޯޑުތައް ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ ރެކޯޑުތައް ދެއްކޭނޭހެން، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށްފައި ބެހެއްޓުން؛
- މި ގަވާއިދުގެ 56 ވަނަ މާއްދާއާއި، 57 ވަނަ މާއްދާއާއި، 58 ވަނަ މާއްދާއާއި، 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރެކޯޑުތަކުގެ ތެރެއިން، ކޮންމެ 6 (ހައެއް) މަސްދުވަހެއްގެ ރިކޯޑު، ޖެހިގެން އަންނަ މަހުގެ 10 (ދިހަ) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޮނުވުން؛
- ލައިސަންސް ދީފައިވާ ތަނުގައި ލައިސަންސްގެ ސައްހަ ކޮޕީއެއް ހުރިހާ ވަގުތެއްގައިވެސް ގެންގުޅުމާއި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ލައިސަންސް ދެއްކުމަށް އެދިއްޖެނަމަ އެ ފަރާތަކަށް ލައިސަންސް ދެއްކުން؛
- ވިއްކާ ކޮންމެ ޕެސްޓިސައިޑަކާ ބެހޭގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުން މައުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ޕެސްޓިސައިޑް ގަންނަ ފަރާތްތަކަށް ގަންނަ ކޮންމެ ޕެސްޓިސައިޑުގެ ކަންވާރަކާއެކު މައުލޫމާތު ކަރުދާސް ދިނުން؛
- ޕެސްޓިސައިޑް ވިއްކާ ފިހާރައާއި، ރައްކައުކުރާ ގުދަނުގައްޔާއި، އުފައްދާ ކާރުހާނާގައި މަސައްކަތްކުރާ ފަރާތްތަކަށް ޕެސްޓިސައިޑުގެ އަރައްކާއާއި، ސަލާމަތާއި، ރައްކައުތެރިކަމާއި، ޕެސްޓިސައިޑުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކައުތެރިވުމުގެ ގޮތުން ޕެސްޓިސައިޑް ހިފައި ގެންގުޅުމުގައްޔާއި ބޭނުންކުރުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި، އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ކަން ކުރާނެ ގޮތާއި، އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވުމާބެހޭ ތަމްރީނު ދިނުން؛
- ޕެސްޓިސައިޑުގެ ސަބަބުން ކުރިމަތިވާ ހާދިސާތައް، ކަމާ ގުޅޭ ދައުލަތުގެ އިދާރާތަކަށް ރިޕޯޓުކުރުން؛
- ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑުގެ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކައުތެރިވުމަށް ޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑް ގަނެ، އެ ބޭނުންކުރާ ފަރާތްތައް ހޭލުންތެރިކުރުވުން.
(ށ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ލައިސަންސްގެ މުއްދަތުގައި، ތިރީގައި މިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.
- މަސައްކަތްކުރާ ފަރާތްތަކަށް ހަށި ރައްކައުތެރިކޮށްދޭ އެކަށީގެންވާ އާލާތްތައް ފޯރުކޮށްދިނުން؛
- ފުރަތަމަ ސިއްހީ އެހީ ފޯރުކޮށްދިނުމާއި، ވީހާ އަވަހަކަށް ސިއްހީ ފަރުވާދޭ ހަސްފަތާލަކަށް ނުވަތަ ކުލިނިކަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުން؛
- ގައި ދޮވުމަށް ބޭނުންވާ ފެނާއި، ސާފުތާހިރުކުރުމަށް ބޭނުންވާ ސާމާނު، މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން؛
- ޕެސްޓިސައިޑް ނީރުންވުމާއި ވެރޭ ހާދިސާތަކުގައި، އެ ތަކެތި ނަގައި ސާފުކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދިނުން؛
- މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކަނޑައަޅާ ގޮތެއްގެ މަތިން އެކްޓިވް އަދި ޕެސިވް ފަޔަރ ޕްރޮޓެކްށަން ސިސްޓަމް ގާއިމުކުރުން؛
- މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރާ ފަރާތްތަކުގެ އާންމު ސިއްހަތާއި، ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުން؛
- ގެންގުޅޭ ޕެސްޓިސައިޑުގެ ފެންވަރު، ކަނޑައެޅިފައިވާ އިމުގައި ހިފެހެއްޓުން؛
- ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކުރުމާއިބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތިމާވެށީގެ ރައްކައުތެރިކަން ކަށަވަރުކުރުން.
(ނ) ތިރީގައި މިވާ ކަންކަމާ ގުޅޭގޮތުން ކުއްލި ހާލަތެއް ދިމާވާ ހިނދެއްގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް، ގުދަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހައިން ފެންނަގޮތަށް ގުދަނުގައި ހުންނަންވާނެއެވެ.
- ޕެސްޓިސައިޑް ނީރުންވެ ވެރުން؛
- ޕެސްޓިސައިޑުން ހަށިގަނޑަށް ލިބޭ ގެއްލުމާއި ވިހަވުން؛
- އަލިފާނުގެ ހާދިސާ؛
- އަލިފާން ނިއްވުން؛
- ފުރަތަމަ ސިއްހީ އެހީ.
50 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރި ތާރީހުން ފެށިގެން، މީލާދީ 1 (އެކެއް) އަހަރުދުވަހެވެ.
51 ވަނަ މާއްދާ - ލައިސަންސްގައި ހިމަނަންޖެހޭ މައުލޫމާތު
މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ލައިސަންސްގެ ނަންބަރު؛
(ށ) ލައިސަންސް ދޫކުރި ތާރީހާއި، ލައިސަންސްގެ މުއްދަތު ހަމަވާ ތާރީހު؛
(ނ) ލައިސަންސްގެ ވެރިފަރާތުގެ ނަމާއި އެޑްރެސް؛
(ރ) ލައިސަންސްގެ ވެރިފަރާތުގެ ރަޖިސްޓްރޭށަން ނަންބަރު؛
(ބ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކުރަން ހުށަހަޅާ ކަންތައް ނުވަތަ ކަންތައްތައް؛
(ޅ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކުރަން ހުށަހަޅާ ކަންތައް ނުވަތަ ކަންތައްތައް ހިންގާ ތަނުގެ ނަމާއި، އެޑްރެސް؛
(ކ) ލައިސަންސްގެ ށަރުތުތައް.
52 ވަނަ މާއްދާ - ލައިސަންސް އައުކޮށްދިނުން
(ހ) ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ، "ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގުމުގެ ލައިސަންސަށް އެދޭ ފޯމު" މެދުވެރިކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، މި ގަވާއިދުގެ ޖަދުވަލު (1) ގައި ބަޔާންކޮށްފައިވާ ފީއާއެކު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ހުއްދަ ދީފައިވާ ސަރުކާރުގެ އިދާރާއަކަށެވެ.
(ށ) ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ފޯމުގެ ހުރިހާ ބައިތަކެއް ފުރިހަމަކޮށް، ސައްހަ މައުލޫމާތާއެކު، ކުރިން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.
(ނ) ލައިސަންސް އައުކޮށްދޭނީ، މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކުރަން ބޭނުންވާ ކަންތައް ނުވަތަ ކަންތައްތައް މިންގަނޑަށް ފެތޭކަން ކަށަވަރުކުރުމަށް ބަލައި ފާސްކުރުމަށްފަހުގައެވެ.
53 ވަނަ މާއްދާ - ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރުން
މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ލައިސަންސެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އޭގެ ކޮޕީއަކަށް އެދި ލައިސަންސްގެ ވެރިފަރާތުން މިނިސްޓްރީގައި ލިޔުމުން އެދިއްޖެނަމަ، އެއްވެސް ފީއަކާ ނުލައި އޭގެ ކޮޕީއެއް ހަދައިދޭންވާނެއެވެ.
54 ވަނަ މާއްދާ - ލައިސަންސަށް ބަދަލު ގެނައުން
މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމެއް މެދުވެރިވެގެން ލައިސަންސްގެ ވެރިފަރާތުން އެ ބަދަލާ އެއްގޮތަށް ލައިސަންސަށް ބަދަލުގެނެސްދިނުމަށް ލިޔުމުން އެދިއްޖެނަމަ، ލައިސަންސްގެ ބާކީ މުއްދަތަށް އިތުރު ފީއެއް ނުނަގައި ލައިސަންސަށް ބަދަލު ގެނެސްދޭންވާނެއެވެ.
(ހ) ސަރުކާރުގެ އެހެން އިދާރާއަކުން ތަންފީޒުކުރާ، ކަމާ ގުޅުންހުރި ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބަދަލެއް އައުން؛
(ށ) ގާނޫނީ ށަހްސު ބަދަލުވުމަކާނުލައި ނަން ބަދަލުވުން.
55 ވަނަ މާއްދާ - ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމާއި، ބާތިލުކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- މި ގަވާއިދުގެ 11 ވަނަ ބައި (ފިޔަވަޅު އެޅުން) ގެ ދަށުން ލައިސަންސް ބާތިލުކުރުމަށް ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުން؛
- ލައިސަންސްގެ ށަރުތަކާ ހިލާފުވުން؛
- ލައިސަންސްގެ ދަށުން ކުރެވޭނެކަމަށް ކަނޑައަޅައިފައިވާ ކަންކަމުގެ އިތުރު ކަންކަން ކުރުން.
- ލައިސަންސް ދޫކުރިއިރު އޮތް ހާލަތެއް، ގަސްތަކާ ނުލައި ނުވަތަ ގަސްތަކާ ލައިގެން ބަދަލުވުން؛
- މި ގަވާއިދުގެ ދަށުން ލައިސަންސެއް ދޫކުރިފަހުން އެ ލައިސަންސެއް ހޯދުމަށް އެދުނު ފަރާތުން ހުށަހަޅައިފައިވަނީ ސައްހަނޫން ލިޔެކިޔުންތަކެއްކަމަށް މިނިސްޓްރީއަށް ފާހަގަކުރެވުން؛
- މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތުގެ ރެޖިސްޓްރޭށަން، ތަންފީޒީ އިދާރާއިން ބާތިލުކުރުން ނުވަތަ ވަގުތީގޮތުން ހިފެހެއްޓުން.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ރެޖިސްޓްރޭށަން ބާތިލުކުރުމަށް ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމަށް ކަމާ ގުޅޭ އިދާރާއަކުން ނިންމި ނިންމުން މުރާޖައާކޮށް، ރެޖިސްޓްރޭށަން ވަގުތީގޮތުން ހިފަހައްޓަން ނުވަތަ ބާތިލުކުރަން ނުފެންނަކަމަށް ނިންމައިފިނަމަ، އެ ނިންމުމާ އެއްގޮތަށް މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސާމެދުގައި ވެސް އަމަލު ކުރަން ވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއްގެ މުއްދަތުގެ ތެރޭގައި، ލައިސަންސްގެ ވެރިފަރާތުން ލައިސަންސް ބާތިލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، ބާތިލުކުރަން އެދޭ ތާރީހުގެ 7 (ހަތެއް) ދުވަހުގެ ކުރިން މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ރ) ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ވަގުތީގޮތުން ލައިސަންސް ހިފަހައްޓާ ނުވަތަ ބާތިލުކުރާ ސަބަބާއި، ހިފަހައްޓާ މުއްދަތާއި، އެކަމާ ގުޅޭގޮތުން އަމަލުކުރަންވީ ގޮތް، ލައިސަންސްގެ ވެރިފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމުގެ މުއްދަތު ހަމަވުމުން، ލައިސަންސްގެ ވެރިފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި، ނުވަތަ (2) ވަނަ ނަންބަރުގައި، ނުވަތަ (3) ވަނަ ނަންބަރުގައި، ނުވަތަ (4) ވަނަ ނަންބަރުގައި، ނުވަތަ (5) ވަނަ ނަންބަރުގައި، ނުވަތަ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެގެން މުއްދަތު ހަމަވުމުގެ ކުރިން ބާތިލުކުރާ ލައިސަންސްގެ ބާކީ މުއްދަތަށްވާ ފީ، ލައިސަންސްގެ ވެރިފަރާތަށް މިނިސްޓްރީން އަނބުރާ ރައްދުކުރާކަށެއް ނުޖެހޭނެއެވެ.
ދިހަވަނަ ބައި
ރެކޯޑު ބެލެހެއްޓުން
56 ވަނަ މާއްދާ - އިމްޕޯޓުކުރާ ޕެސްޓިސައިޑުގެ ދަފުތަރު
އިމްޕޯޓުކުރާ ކޮންމެ ބާވަތެއްގެ ޕެސްޓިސައިޑަކާއި، އެ ބާވަތެއް ބަންދުކޮށްފައިވާ ކޮންމެ މިންވަރަކާ ބެހޭގޮތުން، ތިރީގައި މިވާ މައުލޫމާތު ހިމެނޭ ދަފުތަރެއް، އިމްޕޯޓުކުރާ ފަރާތުން ގަވާއިދުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ހ) އިމްޕޯޓުކުރި ފަރާތުގެ ނަމާއި، އެޑްރެސް؛
(ށ) އެކްސްޕޯޓުކުރި ފަރާތުގެ ނަމާއި، އެޑްރެސް؛
(ނ) އިމްޕޯޓުކުރި ތާރީހު؛
(ރ) ޕެސްޓިސައިޑުގެ ވިޔަފާރި ނަމާއި، އާންމު ނަން.
(ބ) ފޯމިއުލޭށަނާއި، ކޮންސެންޓްރޭށަން؛
(ޅ) ޕެސްޓިސައިޑުގެ ބާވަތް؛
(ކ) ބަންދުކޮށްފައިވާ މިންވަރާއި، އަދަދު؛
(އ) ބަންދުކޮށްފައިވާ ގޮތް ނުވަތަ ބަންދުކޮށްފައިވާ ކަންވާރުގެ ބާވަތް؛
(ވ) ޕެސްޓިސައިޑުގެ ރަޖިސްޓްރޭށަން ނަންބަރާއި، ބެޗް ނަންބަރު؛
(މ) އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، ވެބްސައިޓް؛
(ފ) މާއްދާގެ ރައްކައުތެރިކަމާބެހޭ މައުލޫމާތު ކަރުދާސް.
57 ވަނަ މާއްދާ - އެކްސްޕޯޓުކުރާ ޕެސްޓިސައިޑުގެ ދަފުތަރު
އެކްސްޕޯޓުކުރާ ކޮންމެ ބާވަތެއްގެ ޕެސްޓިސައިޑަކާއި، އެ ބާވަތެއް ބަންދުކޮށްފައިވާ ކޮންމެ މިންވަރަކާ ބެހޭގޮތުން ތިރީގައި މިވާ މައުލޫމާތު ހިމެނޭ ދަފުތަރެއް، އެކްސްޕޯޓުކުރާ ފަރާތުން ގަވާއިދުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ހ) އެކްސްޕޯޓުކުރި ފަރާތުގެ ނަމާއި އެޑްރެސް؛
(ށ) އިމްޕޯޓުކުރި ފަރާތުގެ ނަމާއި އެޑްރެސް؛
(ނ) އެކްސްޕޯޓުކުރި ތާރީހު؛
(ރ) ޕެސްޓިސައިޑުގެ ވިޔަފާރި ނަމާއި، އާންމު ނަން.
(ބ) ފޯމިއުލޭށަނާއި، ކޮންސެންޓްރޭށަން؛
(ޅ) ޕެސްޓިސައިޑުގެ ބާވަތް؛
(ކ) ބަންދުކޮށްފައިވާ މިންވަރާއި، އަދަދު؛
(އ) ބަންދުކޮށްފައިވާ ގޮތް ނުވަތަ ބަންދުކޮށްފައިވާ ކަންވާރުގެ ބާވަތް؛
(ވ) ޕެސްޓިސައިޑުގެ ރަޖިސްޓްރޭށަން ނަންބަރާއި، ބެޗް ނަންބަރު؛
(މ) އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، ވެބްސައިޓް؛
(ފ) އުފެއްދި އަސްލު ގައުމު.
58 ވަނަ މާއްދާ - އަލުން ބަންދުކުރާ ޕެސްޓިސައިޑުގެ ދަފުތަރު
އަލުން ބަންދުކުރާ ކޮންމެ ބާވަތެއްގެ ޕެސްޓިސައިޑަކާއި، އެ ބާވަތެއް އަލުން ބަންދުކޮށްފައިވާ ކޮންމެ މިންވަރަކާ ބެހޭގޮތުން، ތިރީގައި މިވާ މައުލޫމާތު ހިމެނޭ ދަފުތަރެއް، އަލުން ބަންދުކުރާ ފަރާތުން ގަވާއިދުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ހ) އިމްޕޯޓުކުރި ފަރާތުގެ ނަމާއި، އެޑްރެސް؛
(ށ) އެކްސްޕޯޓުކުރި ފަރާތުގެ ނަމާއި، އެޑްރެސް؛
(ނ) އިމްޕޯޓުކުރި ތާރީހު؛
(ރ) ޕެސްޓިސައިޑުގެ ވިޔަފާރި ނަމާއި، އާންމު ނަން.
(ބ) ފޯމިއުލޭށަނާއި، ކޮންސެންޓްރޭށަން؛
(ޅ) ޕެސްޓިސައިޑުގެ ބާވަތް؛
(ކ) ބަންދުކޮށްފައިވާ މިންވަރާއި، އަދަދު؛
(އ) ބަންދުކޮށްފައިވާ ގޮތް ނުވަތަ ބަންދުކޮށްފައިވާ ކަންވާރުގެ ބާވަތް؛
(ވ) ޕެސްޓިސައިޑުގެ ރަޖިސްޓްރޭށަން ނަންބަރާއި، ބެޗް ނަންބަރު؛
(މ) އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، ވެބްސައިޓް.
(ފ) އަލުން ބަންދުކުރި ތާރީހު؛
(ދ) އަލުން ބަންދުކުރި މިންވަރާއި، އަދަދު؛
(ތ) އަލުން ބަންދުކޮށްފައިވާ ގޮތް ނުވަތަ ބަންދުކޮށްފައިވާ ކަންވާރުގެ ބާވަތް.
59 ވަނަ މާއްދާ - އުފައްދާ ޕެސްޓިސައިޑުގެ ދަފުތަރު
އުފައްދާ ކޮންމެ ބާވަތެއްގެ ޕެސްޓިސައިޑަކާއި، އެ ބާވަތެއް ބަންދުކޮށްފައިވާ ކޮންމެ މިންވަރަކާ ބެހޭގޮތުން ތިރީގައި މިވާ މައުލޫމާތު ހިމެނޭ ދަފުތަރެއް، ޕެސްޓިސައިޑް އުފައްދާ ފަރާތުން ގަވާއިދުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ހ) އުފެއްދި ފަރާތުގެ ނަމާއި، އެޑްރެސް؛
(ށ) އުފެއްދި ކާރުހާނާގެ ނަމާއި، އެޑްރެސް؛
(ނ) އުފެއްދި ތާރީހު.
(ރ) ޕެސްޓިސައިޑުގެ ވިޔަފާރި ނަމާއި، އާންމު ނަން؛
(ބ) ފޯމިއުލޭށަނާއި، ކޮންސެންޓްރޭށަން؛
(ޅ) ޕެސްޓިސައިޑުގެ ބާވަތް؛
(ކ) ބަންދުކޮށްފައިވާ މިންވަރާއި، އަދަދު؛
(އ) ބަންދުކޮށްފައިވާ ގޮތް ނުވަތަ ބަންދުކޮށްފައިވާ ކަންވާރުގެ ބާވަތް؛
(ވ) ޕެސްޓިސައިޑުގެ ރަޖިސްޓްރޭށަން ނަންބަރާއި، ބެޗް ނަންބަރު؛
(މ) ސަޕްލިމެންޓަރީ ނުވަތަ މާސްޓަރ ލޭބަލް؛
(ފ) މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާސް؛
(ދ) އުފެއްދިގޮތުގެ ތަފުސީލީ ރިޕޯޓު؛
(ތ) ޕެސްޓިސައިޑުގެ ފެންވަރާބެހޭ މިންގަނޑުތަކާއި، ތަހުލީލު ސެޓުފިކެޓު؛
(ލ) ޕެސްޓިސައިޑް ބަންދުކުރަން ބޭނުކުރާ މާއްދާގެ ޓެސްޓު ރިޕޯޓު؛
(ގ) ޕެސްޓިސައިޑުގެ ކެމިކަލް ހަރަކާތުގެ ހާއްސަ ސިފަތަކާއި، އޭގައި ހިމެނޭ ވިހައިގެ ތާސީރާބެހޭ މައުލޫމާތު؛
(ޏ) ބޭނުންވާ ނަތީޖާ ނެރެވުމުގެ ގާބިލުކަމާއި، ރައްކައުތެރިކަމާބެހޭ ޓެސްޓު ރިޕޯޓު؛
(ސ) ޕެސްޓިސައިޑުގެ އަސަރު ދެމިހުރުމާބެހޭ ޓެސްޓު ރިޕޯޓު؛
(ޑ) އިންސާނުންނަށާއި، ޖަނަވާރަށާއި، ތިމާވެށްޓަށް ހުރި ހިރާސްގެ ރިޕޯޓު.
60 ވަނަ މާއްދާ - ވިއްކާ ޕެސްޓިސައިޑުގެ ދަފުތަރު
ޕެސްޓިސައިޑް ވިއްކާ ފިހާރައިން ވިއްކާ ކޮންމެ ބާވަތެއްގެ ޕެސްޓިސައިޑަކާއި، އެ ބާވަތެއް ބަންދުކޮށްފައިވާ ކޮންމެ މިންވަރަކާ ބެހޭގޮތުން، ތިރީގައި މިވާ މައުލޫމާތު ހިމެނޭ ދަފުތަރެއް، ގަވާއިދުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ހ) ފިހާރައިގެ ނަން ނުވަތަ ނަންބަރާއި، އެޑްރެސް؛
(ށ) ގަތް ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު؛
(ނ) ވިއްކި ތާރީހު؛
(ރ) ވިއްކި ޕެސްޓިސައިޑުގެ ވިޔަފާރި ނަމާއި، އާންމު ނަން؛
(ބ) ވިއްކި ޕެސްޓިސައިޑުގެ ފޮމިއުލޭށަނާއި، ކޮންސެންޓްރޭށަން (ތައްޔާރުކޮށްފައިވާ ގޮތާއި، އޮލަމިން)؛
(ޅ) ވިއްކި ޕެސްޓިސައިޑުގެ ބާވަތް؛
(ކ) ވިއްކި ޕެސްޓިސައިޑް ބަންދުކޮށްފައިވާ މިންވަރާއި އަދަދު؛
(އ) ވިއްކި ޕެސްޓިސައިޑުގެ މުއްދަތު ހަމަވާ ތާރީހު؛
(ވ) ހަލާކުވި ޕެސްޓިސައިޑުގެ އަދަދާއި، މުއްދަތު ހަމަވި ޕެސްޓިސައިޑުގެ އަދަދު؛
(މ) ބާކީހުރި ޕެސްޓިސައިޑުގެ އަދަދު.
61 ވަނަ މާއްދާ - ގުދަނުގެ ދަފުތަރު
ގުދަނުގައި ރައްކައުކޮށްފައި ހުންނަ ޕެސްޓިސައިޑާ ބެހޭގޮތުން، ތިރީގައި މިވާ މައުލޫމާތު ހިމެނޭ ދަފުތަރެއް، ގަވާއިދުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ހ) ގުދަނުގެ ނަން ނުވަތަ ނަންބަރާއި އެޑްރެސް؛
(ށ) ވިއްކި ފަރާތުގެ ނަމާއި އެޑްރެސް؛
(ނ) ވިއްކި ފަރާތުގެ އިންވޮއިސް ނަންބަރާއި ތާރީހު؛
(ރ) ގަތް ފަރާތުގެ ނަމާއި އެޑްރެސް؛
(ބ) ޕެސްޓިސައިޑުގެ ގުރޫޕް؛
(ޅ) ޕެސްޓިސައިޑުގެ ބާވަތް؛
(ކ) ފޮމިއުލޭށަނާއި، ކޮންސެންޓްރޭށަން (ތައްޔާރުކޮށްފައިވާ ގޮތާއި، އޮލަމިން)؛
(އ) ކޮންމެ ބާވަތެއްގެ ޕެސްޓިސައިޑުގެ ވިޔަފާރި ނަމާއި، އާންމު ނަން؛
(ވ) ކޮންމެ ބާވަތެއް ބަންދުކޮށްފައިވާ މިންވަރާއި، އަދަދު؛
(މ) ކޮންމެ ބާވަތެއް މުއްދަތު ހަމަވާ ތާރީހު؛
(ފ) ކޮންމެ ބާވަތެއް ގުދަނަށް ވެއްދި އަދަދާއި، ތާރީހު؛
(ދ) ކޮންމެ ބާވަތެއް ގުދަނުން ނެރުނު އަދަދާއި، ތާރީހު؛
(ތ) ކޮންމެ ބާވަތަކުން ހަލާކުވި އަދަދާއި، މުއްދަތު ހަމަވި އަދަދު؛
(ލ) ކޮންމެ ބާވަތަކުން ބާކީ ހުރި އަދަދު.
62 ވަނަ މާއްދާ - ނައްތައިލަންޖެހޭ ޕެސްޓިސައިޑުގެ ދަފުތަރު
މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ ގުދަނުންނާއި ފިހާރައިން ނައްތައިލަންޖެހޭ ޕެސްޓިސައިޑާ ބެހޭގޮތުން ތިރީގައި މިވާ މައުލޫމާތު ހިމެނޭ ދަފުތަރެއް، ގަވާއިދުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ހ) ފިހާރަ ނުވަތަ ގުދަނުގެ ނަން/ނަންބަރު؛
(ށ) އާންމު ނަމާއި، ވިޔަފާރި ނަން؛
(ނ) ފޮމިއުލޭށަނާއި، ކޮންސެންޓްރޭށަން؛
(ރ) ކެމިކަލް ގުރޫޕް؛
(ބ) ޕެސްޓިސައިޑުގެ ބާވަތް؛
(ޅ) ކަންވާރުގެ ބާވަތާއި، ބަންދުކޮށްފައިވާ މިންވަރާއި، އަދަދު؛
(ކ) އުފެއްދި ތާރީހު؛
(އ) ޕެސްޓިސައިޑުގެ ހާލަތާއި، ކަންވާރުގެ ހާލަތު؛
(ވ) ނައްތައިލަންޖެހޭ ސަބަބު.
63 ވަނަ މާއްދާ - ކުއްލި ހާލަތުގައި ބޭނުންކުރާ ދަފުތަރު
ކުއްލި ހާދިސާއެއް ކުރިމަތިވާ ހިނދެއްގައި ބޭނުންކުރުމަށް ކުއްލި ހާލަތުގެ ޕްލޭނެއް، ގުދަންތެރޭގައްޔާއި، ފަސޭހައިން ހޯދޭނެ ރައްކައުތެރި ތަނެއްގައި ގެންގުޅެންވާނެއެވެ. މި ޕްލޭނުގައި، ތިރީގައި މިވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ގުދަނުގައި ރައްކައުކޮށްފައިވާ ޕެސްޓިސައިޑުގެ ބާވަތާއި އަދަދު އެނގޭ، އަދާހަމަކޮށްފައިވާ ސައްހަ ލިސްޓެއް؛
(ށ) މާއްދާގެ ރައްކައުތެރިކަމާބެހޭ މައުލޫމާތު ކަރުދާސްތަކާއި، ލޭބަލްތައް؛
(ނ) އަލިފާން ހިފުމުގެ ގާބިލުކަން ނުވަތަ ވިހަކަން ފަދަ ވަކި ހާއްސަ އަރައްކާތައް ހުންނަ ޕެސްޓިސައިޑުތައް ގުދަނުގައި ރައްކައުކޮށްފައިވާ ގޮތާއި، ތަނުގެ ތަފުސީލު؛
(ރ) އިމާރާތާއި، ކާނުތަކާއި، ހޮޅިތަކުގެ ވޭލްވްތައް ބަންދުކުރެވޭ ތަންތަނުގެ ތަފުސީލު ޕްލޭން؛
(ބ) ޕެސްޓިސައިޑް ވިހަވުމުގެ ހާދިސާއެއް ދިމާވާ ހިނދެއްގައި ގުޅޭނެ ހަސްފަތާލުގެ ނަން ނުވަތަ އެމްބިއުލޭންސާ ގުޅޭނެ ފޯނު ނަންބަރު؛
(ޅ) ޕެސްޓިސައިޑް ނީރުންވެ ވެރޭ ހާލަތެއްގައި، ނުވަތަ އަލިފާނުގެ ހާދިސާއެއް ކުރިމަތިވާ ހިނދެއްގައި ގުޅުމަށް މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއާ ގުޅޭނެ ފޯނު ނަންބަރު؛
(ކ) ގުދަނުގެ ވެރި ފަރާތާ ނުވަތަ ހިންގުމާ ހަވާލުވެ ހުންނަ ފަރާތާ ގުޅޭނެ ފޯނު ނަންބަރު.
އެގާރަވަނަ ބައި
ފިޔަވަޅު އެޅުން
64 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ ނޯޓިސް ދިނުން
(ހ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭ ފަރާތަކަށް (ފިޔަވަޅު އެޅުމުގެ ނޯޓިސް) އެއް މިނިސްޓްރީގެ ފަރާތުން ދޭންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ދޭ ނޯޓިހުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ނޯޓިސް ރައްދުވާ ފަރާތުގެ ނަމާއި، އެޑްރެސް؛
- ކުރި ކުށުގެ ނުވަތަ ގަވާއިދާ ހިލާފު ހަރަކާތުގެ ތަފުސީލު؛
- ފިޔަވަޅުގެ ގޮތުގައި ޖޫރިމަނާއެއް ކުރެވޭނަމަ، ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ އެންމެ ފަހު ތާރީހާއި، ދައްކަންޖެހޭ ތަނެއް ނުވަތަ ގޮތެއް؛
- ފިޔަވަޅު އަޅައިފައިވަނީ ގާނޫނާއި ގަވާއިދުގެ ކޮން މާއްދާއަކުން ކަން؛
- ނޯޓިސް ދޫކުރާ ފަރާތުގެ ނަމާއި، މަގާމާއި، ސޮއި؛
- ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ގާނޫނާ ހިލާފުވެގެން ހިފެހެއްޓޭ ޕެސްޓިސައިޑާމެދު އަމަލުކުރަންވީ ގޮތް.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަޅާ ފިޔަވަޅު އެޅުމުގެ ނޯޓިސްތަކުގެ މައުލޫމާތު ރައްކައުކުރުމަށް މިނިސްޓްރީގެ ފަރާތުން ނިޒާމެއް ގާއިމުކުރަންވާނެއެވެ.
65 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ ނޯޓިސް މުރާޖައާކުރުން
(ހ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ނޯޓިސް ރައްދުވާ ފަރާތުން ނޯޓިސްއާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ ނޯޓިހެއް ލިބޭ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފިޔަވަޅު މުރާޖައާކޮށްދިނުމަށް އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ނޯޓިސް މުރާޖައާކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމެއް ލިބޭ ތާރީހުން ފެށިގެން، ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނޯޓިހާމެދު މިނިސްޓްރީން ނިންމާ ގޮތެއް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ނޯޓިސް ދޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނޯޓިސް ބާތިލުކުރުމަށް ކޯޓަށް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު މުރާޖައާކޮށް ފިޔަވަޅު އެޅުމުގެ ނޯޓިސް ބާތިލުކޮށްފައި ނުވާނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނޯޓިހުގައި ކަނޑައަޅައިފައިވާ ޖޫރިމަނާގެ ފައިސާ ދައްކައިފައި ނުވާނަމަ، ނޯޓިހުގައިވާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްކަމުގައި ބަލައި، މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ކަމާބެހޭ ށަރުއީ ކޯޓަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.
66 ވަނަ މާއްދާ - މުރާޖައާކުރާ ކޮމިޓީ
(ހ) މި ގަވާއިދުގެ ދަށުން އެޅޭ ފިޔަވަޅުތައް އެޅިފައިވަނީ މި ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށްތޯ ކަނޑައެޅުމަށާއި، މިނިސްޓްރީގެ ފަރާތުން އެއްވެސް ފަރާތަކަށް ދޭ ފިޔަވަޅު އެޅުމުގެ ނޯޓިހާ ގުޅިގެން ށަކުވާ ހުށަހެޅުމަށް ލިބިދޭ މުއްދަތުގައި ހުށަހަޅާ ށަކުވާތައް ބެލުމަށް 7 (ހަތެއް) މެންބަރުން ހިމެނޭ "މުރާޖައާކުރާ ކޮމިޓީ" އެއް މިނިސްޓަރު އެކުލަވައިލަންވާނެއެވެ.
(ށ) މުރާޖައާކުރާ ކޮމިޓީއަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ މިނިސްޓަރެވެ.
(ނ) މުރާޖައާކުރާ ކޮމިޓީއަށް އައްޔަނު ކުރަންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.
- ސިޔާސީ މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން؛
- މިނިސްޓްރީގައި ދާއިމީ ވަޒީފާއެއް އަދާކުރަމުންދާ މުވައްޒަފަކު ކަމުގައި ވުން.
(ރ) މުރާޖައާކުރާ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ގެންދިއުމަށް، އެ ބައްދަލުވުމެއްގެ މުގައްރިރު ހިމެނޭ ގޮތަށް މަދުވެގެން 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ.
(ބ) މުރާޖައާކުރާ ކޮމިޓީގެ ފަރާތުން ފިޔަވަޅު މުރާޖައާ ކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ފިޔަވަޅު ބާތިލުކުރުމަށް ނުވަތަ އަޅައިފައިވާ ފިޔަވަޅަށް ބަދަލުގެނެސް އައު ނޯޓިހެއް ދިނުމަށް އެންގިދާނެއެވެ.
- ފިޔަވަޅު އެޅުމުގެ ނޯޓިހުގައި ފުރިހަމަވާންޖެހޭ ކަމެއްގެ މައްޗަށް؛
- ފިޔަވަޅު އެޅުމުގައި ރިއާޔަތްކޮށްފައިވާ ހެކީގެ މައްޗަށް.
ބާރަވަނަ ބައި
ކުށާއި އަދަބުތައް
67 ވަނަ މާއްދާ - ލައިސަންސް ނެތި މަސައްކަތްކުރުން
(ހ) ލައިސަންސް ލިބިގެން މެނުވީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ ފަރާތުގެ އަދަބަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުމެވެ.
- ޕެސްޓިސައިޑް އުފެއްދުން ނުވަތަ އަލުން ބަންދުކުރުން؛
- ޕެސްޓިސައިޑް އިމްޕޯޓުކުރުން ނުވަތަ އެކްސްޕޯޓުކުރުން؛
- ޕެސްޓިސައިޑް ވިއްކުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއްގެ އަދަބަކީ، ކުށްކުރުމަށް ބޭނުންކޮށްފައިވާ ޕެސްޓިސައިޑުގެ މިންވަރަށް ބަލައި، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
- ޕެސްޓިސައިޑުގެ މިންވަރު، 5 (ފަހެއް) ލީޓަރު ނުވަތަ 5 (ފަހެއް) ކިލޯގްރާމަށް ވުރެ ދަށްނަމަ 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ޕެސްޓިސައިޑުގެ މިންވަރު، 6 (ހައެއް) ލީޓަރު ނުވަތަ 6 (ހައެއް) ކިލޯގްރާމާއި، 10 (ދިހައެއް) ލީޓަރު ނުވަތަ 10 (ދިހައެއް) ކިލޯގްރާމާ ދެމެދުނަމަ 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ޕެސްޓިސައިޑުގެ މިންވަރު، 11 (އެގާރަ) ލީޓަރު ނުވަތަ 11 (އެގާރަ) ކިލޯގްރާމަށް ވުރެ މަތިނަމަ 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން.
68 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޕެސްޓިސައިޑް ރައްކައުކުރުން
މީހުން ދިރިއުޅޭ ތަނެއްގައި، ނުވަތަ ޖަނަވާރު ގެންގުޅޭ ތަނެއްގައި، ނުވަތަ ކާބޯތަކެއްޗާއި ކާބޯތަކެތީގެ އުފެއްދުންތައް ގެންގުޅޭ ތަނެއްގައި، ނުވަތަ ޖަނަވާރުގެ ކާނާ ގެންގުޅޭ ތަނެއްގައި ޕެސްޓިސައިޑް ރައްކައުކޮށްފައި ބަހައްޓާ ފަރާތުގެ އަދަބަކީ، ކުށްކުރުމަށް ބޭނުންކޮށްފައިވާ ޕެސްޓިސައިޑުގެ މިންވަރަށް ބަލައި، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ޕެސްޓިސައިޑުގެ މިންވަރު، 6 (ހައެއް) ލީޓަރު ނުވަތަ 6 (ހައެއް) ކިލޯގްރާމަށް ވުރެ ދަށްނަމަ 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ޕެސްޓިސައިޑުގެ މިންވަރު، 7 (ހަތެއް) ލީޓަރު ނުވަތަ 7 (ހަތެއް) ކިލޯގްރާމާއި، 10 (ދިހައެއް) ލީޓަރު ނުވަތަ 10 (ދިހައެއް) ކިލޯގްރާމާ ދެމެދުނަމަ 45,000 (ސާޅީސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ޕެސްޓިސައިޑުގެ މިންވަރު، 11 (އެގާރަ) ލީޓަރު ނުވަތަ 11 (އެގާރަ) ކިލޯގްރާމަށް ވުރެ މަތިނަމަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
69 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޕެސްޓިސައިޑް ގެންގުޅުމާއި، ރައްކައުކުރުމާއި، އަތުގައި ބެހެއްޓުމާއި، ބޭނުންކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި މެނުވީ، އެއްވެސް ފަރާތަކުން ޕެސްޓިސައިޑް ގެންގުޅޭނަމަ، ނުވަތަ ރައްކައުކޮށްފައި ބަހައްޓާނަމަ، ނުވަތަ އަތުގައި ބަހައްޓާނަމަ، ނުވަތަ ބޭނުންކުރާނަމަ، އެ ފަރާތުގެ އަދަބަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
- ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ށާއިއުކޮށްފައިވާ ހުއްދަދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީގައި ހިމެނޭ ބާވަތަކަށް ވުން؛
- ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަގުތީގޮތުން އިސްތިސްނާކޮށްފައިވާ ބާވަތެއްކަމުގައި ވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއްގެ އަދަބަކީ، ކުށްކުރުމަށް ބޭނުންކޮށްފައިވާ ޕެސްޓިސައިޑުގެ މިންވަރަށް ބަލައި، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
- ޕެސްޓިސައިޑުގެ މިންވަރު، 1 (އެކެއް) ލީޓަރު ނުވަތަ 1 (އެކެއް) ކިލޯގްރާމަށް ވުރެ ދަށްނަމަ 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
- ޕެސްޓިސައިޑުގެ މިންވަރު، 2 (ދޭއް) ލީޓަރު ނުވަތަ 2 (ދޭއް) ކިލޯގްރާމާއި، 5 (ފަހެއް) ލީޓަރު ނުވަތަ 5 (ފަހެއް) ކިލޯގްރާމާ ދެމެދުނަމަ 45,000 (ސާޅީސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
- ޕެސްޓިސައިޑުގެ މިންވަރު، 6 (ހައެއް) ލީޓަރު ނުވަތަ 6 (ހައެއް) ކިލޯގްރާމަށް ވުރެ މަތިނަމަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
70 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ލޭބަލްކުރުން
މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ލޭބަލަކާ ނުލައި ނުވަތަ މައުލޫމާތު ކަރުދާހަކާ ނުލައި ޕެސްޓިސައިޑެއް ވިއްކާ ފަރާތުގެ އަދަބަކީ، ކުށްކުރުމަށް ބޭނުންކޮށްފައިވާ ޕެސްޓިސައިޑުގެ މިންވަރަށް ބަލައި، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ޕެސްޓިސައިޑުގެ މިންވަރު، 0.5 (ސުމެއް ޕޮއިންޓް ފަހެއް) ލީޓަރު ނުވަތަ 0.5 (ސުމެއް ޕޮއިންޓް ފަހެއް) ކިލޯގްރާމަށް ވުރެ ދަށްނަމަ، 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ޕެސްޓިސައިޑުގެ މިންވަރު، 0.6 (ސުމެއް ޕޮއިންޓް ހައެއް) ލީޓަރު ނުވަތަ 0.6 (ސުމެއް ޕޮއިންޓް ހައެއް) ކިލޯގްރާމާއި، 1 (އެކެއް) ލީޓަރު ނުވަތަ 1 (އެކެއް) ކިލޯގްރާމާ ދެމެދުނަމަ، 45,000 (ސާޅީސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ޕެސްޓިސައިޑުގެ މިންވަރު، 1 (އެކެއް) ލީޓަރު ނުވަތަ 1 (އެކެއް) ކިލޯގްރާމަށް ވުރެ މަތިނަމަ، 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
71 ވަނަ މާއްދާ - ގެއްލުންލިބޭ ފަދަ ގޮތަކަށް ޕެސްޓިސައިޑް ގެންގުޅުން
ޕެސްޓިސައިޑް ރައްކައުކުރުމުގައްޔާއި، ބެހެއްޓުމުގައްޔާއި، ގެންގުޅުމުގައި އިންސާނުންގެ ނުވަތަ ޖަނަވާރުގެ ސިއްހަތަށް ނުވަތަ ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ކަންވާރެއްގައި ބަހައްޓާ ފަރާތުގެ އަދަބަކީ، ކުށްކުރުމަށް ބޭނުންކޮށްފައިވާ ޕެސްޓިސައިޑުގެ މިންވަރަށް ބަލައި، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ޕެސްޓިސައިޑުގެ މިންވަރު، 0.5 (ސުމެއް ޕޮއިންޓް ފަހެއް) ލީޓަރު ނުވަތަ 0.5 (ސުމެއް ޕޮއިންޓް ފަހެއް) ކިލޯގްރާމަށް ވުރެ ދަށްނަމަ، 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ޕެސްޓިސައިޑުގެ މިންވަރު، 0.6 (ސުމެއް ޕޮއިންޓް ހައެއް) ލީޓަރު ނުވަތަ 0.6 (ސުމެއް ޕޮއިންޓް ހައެއް) ކިލޯގްރާމާއި، 1 (އެކެއް) ލީޓަރު ނުވަތަ 1 (އެކެއް) ކިލޯގްރާމާ ދެމެދުނަމަ، 45,000 (ސާޅީސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ޕެސްޓިސައިޑުގެ މިންވަރު، 2 (ދޭއް) ލީޓަރު ނުވަތަ 2 (ދޭއް) ކިލޯގްރާމަށް ވުރެ މަތިނަމަ، 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
72 ވަނަ މާއްދާ - ހުއްދަ ނެތް ބާވަތް އިމްޕޯޓުކުރުން، ނުވަތަ އެކްސްޕޯޓުކުރުން، ނުވަތަ ވިއްކުން، ނުވަތަ ބޭނުންކުރުން
ގަޑުބަޑުކޮށްފައިވާ، ނުވަތަ ގާނޫނުގެ ދަށުން އާންމުކުރާ، ހުއްދަދީފައިވާ ޕެސްޓިސައިޑާބެހޭ ރަޖިސްޓަރީގައި ނުހިމެނޭ، ނުވަތަ އެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ ޕެސްޓިސައިޑެއް އިމްޕޯޓުކުރާ، ނުވަތަ އެކްސްޕޯޓުކުރާ، ނުވަތަ ބޭނުންކުރާ، ނުވަތަ ވިއްކާ ފަރާތުގެ އަދަބަކީ، ކުށްކުރުމަށް ބޭނުންކޮށްފައިވާ ޕެސްޓިސައިޑުގެ މިންވަރަށް ބަލައި، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ޕެސްޓިސައިޑުގެ މިންވަރު، 0.5 (ސުމެއް ޕޮއިންޓް ފަހެއް) ލީޓަރު ނުވަތަ 0.5 (ސުމެއް ޕޮއިންޓް ފަހެއް) ކިލޯގްރާމަށް ވުރެ ދަށްނަމަ، 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ޕެސްޓިސައިޑުގެ މިންވަރު، 0.6 (ސުމެއް ޕޮއިންޓް ހައެއް) ލީޓަރު ނުވަތަ 0.6 (ސުމެއް ޕޮއިންޓް ހައެއް) ކިލޯގްރާމާއި، 1 (އެކެއް) ލީޓަރު ނުވަތަ 1 (އެކެއް) ކިލޯގްރާމާ ދެމެދުނަމަ، 45,000 (ސާޅީސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ޕެސްޓިސައިޑުގެ މިންވަރު، 2 (ދޭއް) ލީޓަރު ނުވަތަ 2 (ދޭއް) ކިލޯގްރާމަށް ވުރެ މަތިނަމަ، 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
73 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޕެސްޓިސައިޑް ނައްތައިލުން
އިންސާނުންގެ ނުވަތަ ޖަނަވާރުގެ ސިއްހަތަށް ނުވަތަ އެއްގަމާއި ކަނޑުގެ ތިމާވެށްޓަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް ޕެސްޓިސައިޑެއް ނައްތައިލާ، ނުވަތަ ޕެސްޓިސައިޑެއްގެ ކުނި ނައްތައިލާ ފަރާތުގެ އަދަބަކީ، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ފުރަތަމަ ފަހަރުނަމަ، 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ދެވަނަ ފަހަރުނަމަ، 45,000 (ސާޅީސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ތިން ވަނަ ފަހަރު އަދި އެއަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
74 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރުމަށް ދަތިކުރުން
ގާނޫނުގެ ދަށުން ޕެސްޓިސައިޑް އޮފިސަރުން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނުވަތަ އޭނާއަށް ގާނޫނުގެ ދަށުން ލިބިދޭ ނުވަތަ ބޭނުންކުރަންޖެހޭ ބާރެއްގެ ބޭނުންކުރުމަށް ދަތިކުރާ ފަރާތުގެ އަދަބަކީ، ނުވަތަ ހުރަސްއަޅާ ފަރާތުގެ އަދަބަކީ، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ފުރަތަމަ ފަހަރުނަމަ، 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ދެވަނަ ފަހަރުނަމަ، 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ތިން ވަނަ ފަހަރު އަދި އެއަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު 30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
75 ވަނަ މާއްދާ - ރެކޯޑު ނުބެލެހެއްޓުން
ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ކުރާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރެކޯޑުތައް، ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ނުބަލަހައްޓާ ފަރާތުގެ އަދަބަކީ، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ފުރަތަމަ ފަހަރުނަމަ، 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
(ށ) ދެވަނަ ފަހަރުނަމަ، 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ތިންވަނަ ފަހަރު އަދި އެއަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު 30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
76 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޕެސްޓިސައިޑް އެއްތަނުން އަނެއް ތަނަށް ގެންދިއުން
އުޅަނދެއްގެ ޒަރީއާއިން ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދާއިރު، ރައްކައުތެރިކަމުގެ ފިޔަވަޅު ނާޅައި ޕެސްޓިސައިޑް ގެންދާ ފަރާތުގެ އަދަބަކީ، ކުށްކުރުމަށް ބޭނުންކޮށްފައިވާ ޕެސްޓިސައިޑުގެ މިންވަރަށް ބަލައި، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ޕެސްޓިސައިޑުގެ މިންވަރު، 5 (ފަހެއް) ލީޓަރު ނުވަތަ 5 (ފަހެއް) ކިލޯގްރާމަށް ވުރެ ދަށްނަމަ، 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ޕެސްޓިސައިޑުގެ މިންވަރު، 6 (ހައެއް) ލީޓަރު ނުވަތަ 6 (ހައެއް) ކިލޯގްރާމާއި، 10 (ދިހައެއް) ލީޓަރު ނުވަތަ 10 (ދިހައެއް) ކިލޯގްރާމާ ދެމެދުނަމަ، 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ޕެސްޓިސައިޑުގެ މިންވަރު، 11 (އެގާރަ) ލީޓަރު ނުވަތަ 11 (އެގާރަ) ކިލޯގްރާމަށް ވުރެ މަތިނަމަ، 30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
77 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޕެސްޓިސައިޑް އިސްތިހާރު ކުރުން
"ހުއްދަދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ" ގައި ހިމެނޭ ބަޔޯޕެސްޓިސައިޑް ފިޔަވައި، ޕެސްޓިސައިޑް އިސްތިހާރު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްފިނަމަ، އެ ފަރާތުގެ އަދަބަކީ، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ފުރަތަމަ ފަހަރުނަމަ، 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
(ށ) ދެވަނަ ފަހަރުނަމަ، 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ތިންވަނަ ފަހަރު އަދި އެއަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު 30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
78 ވަނަ މާއްދާ - މައުލޫމާތު ކަރުދާހުގައި ނުވަތަ ލޭބަލުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ޕެސްޓިސައިޑް ބޭނުންކުރުން
ޕެސްޓިސައިޑުގެ މައުލޫމާތު ކަރުދާހުގައި ނުވަތަ ޕެސްޓިސައިޑުގެ ލޭބަލުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ނުވަތަ އޭގައި ބަޔާންކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް އެ ޕެސްޓިސައިޑެއް ބޭނުންކޮށްފިނަމަ، ނުވަތަ އެފަދައިން ޕެސްޓިސައިޑެއް ބޭނުންކުރުމަށް އަންގައިފައިވާނަމަ، އެ ފަރާތުގެ އަދަބަކީ، އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރުމެވެ.
(ހ) ފުރަތަމަ ފަހަރުނަމަ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ށ) ދެވަނަ ފަހަރުނަމަ، 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
(ނ) ތިންވަނަ ފަހަރު އަދި އެއަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން އަދި/ނުވަތަ ލައިސަންސް ބާތިލުކުރުން.
79 ވަނަ މާއްދާ - ގަވާއިދުގައި ޖޫރިމަނާ ކަނޑައަޅައިފައިނުވާ ކަންކަން
މި ގަވާއިދުގައި ވަކިކަމަކަށް ކުރެވޭނެ ޖުރިމަނާ ކަނޑައަޅައިފައިނުވާ އެހެންނަމަވެސް މި ގަވާއިދާ ހިލާފު އެނޫން އެއްވެސް ކަމެއް ކުރާ ފަރާތެއް 2,000 (ދެ ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ތޭރަވަނަ ބައި
ގާނޫނާ ހިލާފު ކަންކަން ރިޕޯޓުކުރުން
80 ވަނަ މާއްދާ - ގާނޫނާ ހިލާފު ކަންކަން ރިޕޯޓުކުރާނެ ގޮތް
(ހ) ގާނޫނާއި މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރަމުންދާކަން އެއްވެސް ފަރާތަކަށް އެނގިއްޖެނަމަ، އެކަން މިނިސްޓްރީއަށް ރިޕޯޓު ކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީއަށް ސިޓީއާއި އީ-މެއިލް މެދުވެރިކޮށް ނުވަތަ ފޯނުން ގުޅައިގެން މައްސަލަ ރިޕޯޓުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީއަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފަރާތަކީ ކޮން ފަރާތެއްކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.
81 ވަނަ މާއްދާ - މައްސަލަ ބެލުން
(ހ) މި ގަވާއިދުގެ ދަށުން މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކުރުމުން، މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ބަލަންވާނެއެވެ.
(ށ) ހެކީގެ މައްޗަށް ރިއާޔަތްކޮށް މައްސަލައަކީ ފިޔަވަޅު އެޅޭ މައްސަލައެއްނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލަ ރައްދުވާ ފަރާތަށް ފިޔަވަޅު އަޅަންވާނެއެވެ.
(ނ) ހެކީގެ މައްޗަށް ރިއާޔަތްކޮށް މައްސަލައަކީ ފިޔަވަޅު އެޅިދާނެކަމަށް ނުފެންނަ މައްސަލައެއްނަމަ، މައްސަލަ ހުށަހެޅި ފަރާތް އެނގޭނަމަ، އެކަން އެ ފަރާތަށް އެންގުމާއެކު، އެ މައްސަލައެއް ފައިލުކުރަންވާނެއެވެ.
ސާދަވަނަ ބައި
ހިދުމަތުގެ ފީ
82 ވަނަ މާއްދާ - ހިދުމަތުގެ ފީގެ މިންވަރު
ގާނޫނާއި، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީ ނަގާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ފަނަރަވަނަ ބައި
އުސޫލުތަކާއި، މިންގަނޑުތައް ހެދުން
83 ވަނަ މާއްދާ - އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި އުސޫލުތަކާއި މިންގަނޑުތައް ހެދުން
(ހ) މި ގަވާއިދަށް އަމަލުކުރުމަށް ޓަކައި ނުވަތަ މި ގަވާއިދު ތަންފީޒު ކުރުމަށް ޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް، ކަމާ ގުޅުންހުރި އުސޫލުތަކާއި، އިޖުރާއަތުތަކާއި، ބަލައި ފާސްކުރުމުގެ މިންގަނޑުތަކާއި، ބަލައި ފާސްކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތުތަކާއި، ޗެކްލިސްޓުތައް ހަދައި ހިންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ.
ސޯޅަވަނަ ބައި
ރަދީފު
84 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު) އަށެވެ.
(ނ) "އެފް.އޭ.އޯ" ކަމަށް ބުނެފައި އެވަނީ، ޔުނައިޓެޑް ނޭށަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭށަނަށެވެ.
(ރ) "ޕެސްޓިސައިޑުގެ ސްޕެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، އަރައްކާއާއި، ހިރާސްގެ ސިފަތަކާ ގުޅުންހުރި، ޕެސްޓިސައިޑުގައި އެކުލެވޭ ތާސީރު ހުންނަ ހާލިސް ބަޔަށާއި، ތައްޔާރުކޮށްފައި ހުންނަ ޕެސްޓިސައިޑަށް ލިބިފައިވާ ކެމިކަލްގެ ހާއްސަ ސިފަތަކަށާއި، ފިޒިކަލް ހާއްސަ ސިފަތަކާއި، ޕެސްޓިސައިޑުގެ މާއްދާ ފެންނަން ހުންނަ ގޮތް ކަނޑައެޅުމަށް ގެންގުޅޭ އިންތަކާއި މިންތަކަށެވެ. މިގޮތުން މި ސްޕެސިފިކޭށަން ހަވާލާދީފައިވާނީ، WHO/FAO އިން ވަޒަންކޮށް، މިންކޮށް އާންމުކޮށްފައިވާ ޕެސްޓިސައިޑުގެ ފެންވަރާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށެވެ.
(ބ) "ނަތީޖާ ނެރުމުގެ ގާބިލުކަން" ކަމަށް ބުނެފައި އެވަނީ، ބޭނުންކުރާ ޕެސްޓިސައިޑަށް ލިބިފައިވާ، އަމާޒުކުރެވޭ ޕެސްޓަށާއި، އަސަރުކުރުމުގެ ކުޅެދުމަށެވެ.
(ޅ) "ޕެސްޓިސައިޑުގެ ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރުގައްޔާއި، ކަންވާރު ލައިފައިވާ ފޮށީގެ ބޭރުގައި ހަރުކޮށްފައިވާ ނުވަތަ ޗާޕުކޮށްފައިވާ ނުވަތަ ކުރަހައިފައިވާ ގާނޫނީ ލިޔުންކޮޅުތަކަށެވެ.
(ކ) "މާއްދާގެ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ކެމިކަލްގެ ހާއްސަ ސިފަތަކާއި، ވިހައިގެ ތާސީރާއި، ފުރަތަމަ ސިއްހީ އެހީއާއި، އަރައްކާއާއި، ހަށި ރައްކައުތެރިކޮށްދޭ ސާމާނާއި، ޕެސްޓިސައިޑް ނީރުންވުމާއި، ވެރުމާއި، އަލިފާނުގެ ހާދިސާއެއް ހިނގާ ހިނދުގައްޔާއި، ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ހިނގާ ހާދިސާތަކުގައި އަމަލުކުރަންޖެހޭ ކުއްލި އިޖުރާއަތުތަކާ ބެހޭގޮތުން ޕެސްޓިސައިޑް އުފައްދާ ފަރާތުން ތައްޔާރުކޮށްފައިވާ ރައްކައުތެރިކަމުގެ މައުލޫމާތު ކަރުދާހަށް ނުވަތަ "މެޓީރިއަލް ސޭފްޓީ ޑޭޓާ ށީޓް" އަށެވެ.
(އ) "ހާސާވުން" ކަމަށް ބުނެފައި އެވަނީ، މީހުންނާއި އެހެނިހެން ދިރުންތައް ނުވަތަ މާހައުލާ ހަމައަށް ޕެސްޓިސައިޑް ނުވަތަ ޕެސްޓިސައިޑުން ދެމިހުންނަ އަސަރު ފޯރައި، ޕެސްޓިސައިޑަށް ހުށަހެޅުމަށް ނުވަތަ "އެކްސްޕޯޒަރ" އަށެވެ.
(ވ) "ޒިރާއީ އުފެއްދުންތެރިކަން" ކަމަށް ބުނެފައި އެވަނީ، ދަނޑުގޮވާންކުރުމާއި، ކެއިންބުއިމަށާއި، ފޭރާންލުމުގެ ބޭނުންތަކަށް ޖަނަވާރު ގެންގުޅެ އާލާކުރުމުގެ މަސައްކަތް ކުރިއެރުވުމަށެވެ.
(މ) "ކަންވާރު" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ އުފެއްދުން ބަންދުކުރުމަށް ބޭނުންކުރާ އެއްޗަށް ނުވަތަ "ކޮންޓެއިނަރ" އަށެވެ.
(ފ) "ފޯމު" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރަސްމީކޮށް ހޯދުމަށް އެދި އޮންލައިންކޮންނާއި މެނުއަލްކޮށް ފުރިހަމަކޮށް ފުރައިގެން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ގޮތަށެވެ.
(ދ) "އާންމު ނަން" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑަށް ނަންދިނުމުގައި، ޕެސްޓިސައިޑުގައި ތާސީރު ހުންނަ މާއްދާއަށް އާންމުކޮށް ކިޔާ ނަމަށް ނުވަތަ "ކޮމަން ނޭމް" އަށެވެ.
(ތ) "ވިޔަފާރި ނަން" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް އުފައްދާ ފަރާތުން ވިޔަފާރި މަރުކާގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ބްރޭންޑް ނަމަށެވެ.
(ލ) "ޖެނެރިކް ނަން" ކަމަށް ބުނެފައި އެވަނީ، ތާސީރު އެކުލެވޭ މާއްދާ އުފެދިފައިވާ ގޮތަށް ބަލައިގެން ކެމިކަލާބެހޭ އިލްމުވެރިން ދީފައިވާ ނަމަށެވެ. މި ނަމަށް ކެމިކަލް ނަމޭވެސް ކިޔައެވެ.
(ގ) "ފޮމިއުލޭށަން" ކަމަށް ބުނެފައި އެވަނީ، އަމާޒުކުރެވޭ ބޭނުމުން ނަތީޖާ ނެރުމަށާއި، ފަސޭހަކަމާއި ރައްކައުތެރިކަމާއެކު ބޭނުންކުރެވޭ ގޮތަށް ރިއާޔަތްކޮށްގެން ފައިދާ ނެރެވޭ އުފެއްދުމަކަށް ހެދުމަށް ތާސީރު ހުންނަ އެއް މާއްދާ ނުވަތަ އެތައް މާއްދާއަކާއި، ތާސީރު ނުހުންނަ މާއްދާތައް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ގޮތަށެވެ.
(ޏ) "ކޮންސެންޓްރޭށަން" ކަމަށް ބުނެފައި އެވަނީ، ތައްޔާރުކޮށްފައިވާ ޕެސްޓިސައިޑުގެ އުފެއްދުމުގައި ދީފައިވާ މިންވަރަށް ނުވަތަ ބަރުދަނަށް ތާސީރު ހުންނަ މާއްދާ އެކުލެވޭ މިންވަރަށެވެ.
(ސ) "ސަޕްލިމެންޓަރީ ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ކުދި ކަންވާރުގެ ބޭރުގައި ދާއިމީކޮށް ތަތްކުރެވޭ ވަރަށް ނުވަތަ ޗާޕުކުރެވޭ ވަރަށް ޖާގަ ނެތުމުގެ ސަބަބުން އިތުރު މައުލޫމާތުތައް ހިމަނައިގެން ލޭބަލުގެ ބައެއްގެ ގޮތުގައި ފަށްފަށްޖަހައިގެން ހަރުކޮށްފައިވާ ލިޔުމަށެވެ. ނުވަތަ އަތްމަތީ ކަރުދާހުގެ ގޮތުގައި ގެންގުޅޭ ލިޔުމަށެވެ.
(ޑ) "މާސްޓަރ ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ވަކި އުފެއްދުމެއް ބޭނުންކުރާނެ ގޮތާއި، އެއާމެދު ސަމާލުވުމަށް ދޭ އިރުށާދުތައް ހިމެނޭނެހެން ލޭބަލުގެ މިންގަނޑުތަކަށް ފެތޭގޮތަށް އެ ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ތަފުސީލީ މައުލޫމާތު ކަރުދާހަށެވެ.
(ޒ) "އަރައްކާ" ކަމަށް ބުނެފައި އެވަނީ، މާއްދާއެއްގައި ހިމެނޭ، ގެއްލުންދެނިވި އަސަރުކުރުމުގެ ހާއްސަ ސިފައަށް ނުވަތަ "ހެޒަރޑް" އަށެވެ.
(ޓ) "ޕެސްޓިސައިޑުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، ނައްތައިލަން ނުވަތަ މައިތިރިކުރަން އަމާޒުކުރާ ޕެސްޓުގެ ވައްތަރަށް ބިނާކޮށް ޕެސްޓިސައިޑް ގިންތިކޮށްފައިވާ ގޮތަށެވެ.
(ޔ) "ޕެސްޓިސައިޑުގެ އަސަރު ދެމިހުރުމުގެ އެންމެ މަތީ ހައްދު" ކަމަށް ބުނެފައި އެވަނީ، ޒިރާއީ އުފެއްދުންތަކުގައި ރައްކައުތެރި މިންގަނޑަށް ޕެސްޓިސައިޑުގެ އަސަރު ދެމިހުންނަ އެންމެ މަތީ މިންވަރަށް ނުވަތަ "މެކްސިމަމް ރެސިޑިއު ލިމިޓް" އަށެވެ.
(ޕ) "ވިހައިގެ ދަރަޖަ" ކަމަށް ބުނެފައި އެވަނީ، ދިރޭ ތަކެއްޗަށް ގެއްލުންދެނިވި އަސަރު ފޯރުވުމަށް ޕެސްޓިސައިޑަށް ލިބިފައިވާ ބާރަށެވެ. ނުވަތަ ޕެސްޓިސައިޑުގައި ވިހަކަން ހުރި ދަރަޖައަށް ނުވަތަ "ޓޮކްސިސިޓީ" އަށެވެ.
(ޖ) "ލޭބަލުގެ އަސާސީ ބަހާތައް" ކަމަށް ބުނެފައި އެވަނީ، ރައްކައުތެރިކަމާއެކު ނަތީޖާ ނެރެވޭނެހެން ޕެސްޓިސައިޑް ބޭނުންކުރުމަށް އިރުށާދު ދިނުމަށް ލޭބަލުގައި ހިމަނަންޖެހޭ މުހިންމު މައުލޫމާތުތަކަށެވެ.
(ޗ) "ކިޔޫ.އާރު ކޯޑު" ކަމަށް ބުނެފައި އެވަނީ، އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، އެއާބެހޭ އިތުރު މައުލޫމާތުތައް ހިމެނޭގޮތުން އިލެކްޓްރޯނިކް އާލާތް ބޭނުންކޮށްގެން ޕެސްޓިސައިޑުގެ އުފެއްދުމުގެ ފަސްފަހަތް ހޯދުމާއި، އަސްލުކަން ދެނެގަތުގެ ފަސޭހައަކަށް ބޭނުންކުރާ ކުއިކް ރެސްޕޯންސް ކޯޑަށެވެ.
(ހހ) "ބާކޯޑު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް އާލާތް ބޭނުންކޮށްގެން ޕެސްޓިސައިޑުގެ އުފެއްދުމުގެ ފަސްފަހަތް ހޯދުމާއި، އަސްލުކަން ދެނެގަތުމުގެ ފަސޭއަކަށް ބޭނުންކުރާ ކޯޑަށެވެ.
(ހށ) "ބޮޓެނިކަލް ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ގަސްގަހާގެހީގެ އަސްލުން ތައްޔާރުކުރާ ގުދުރަތީ ޕެސްޓިސައިޑަށެވެ.
(ހނ) "ށެލްފްލައިފް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ކޮންސެންޓްރޭޓުން ނެރެވޭ ނަތީޖާ ދަށްވުމުގެ ކުރިން ރައްކައުކޮށްފައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަށެވެ.
(ހރ) "ފަސްފަހަތް ހޯދުން" ކަމަށް ބުނެފައި އެވަނީ، އަސްލާއި، ވަގުއެއްޗިހި ދެނެގަތުމަށް ޕެސްޓިސައިޑުގެ އުފެއްދުމާބެހޭ މައުލޫމާތު ހޯދައި ދެނެގަތުމަށް ނުވަތަ "ޓްރޭސް" ކުރުމަށެވެ.
(ހބ) "ޕެސްޓް" ކަމަށް ބުނެފައި އެވަނީ، ފަނިފަކުސައާއި ސޫފާސޫފީގެ ތެރެއިން އިންސާނުންނަށާއި، ޖަނަވާރަށާއި، ގަސްގަހާގެއްސަށާއި، ޖަނަވާރުގެ އުފެއްދުންތަކަށް ގެންލުންދޭ ދިރުންހުރި ކޮންމެ އެއްޗަކަށެވެ.
(ހޅ) "ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ޕެސްޓް ހުއްޓުވުމަށް ނުވަތަ ނައްތައިލުމަށް ނުވަތަ ފައްސައިލުމަށް ނުވަތަ އެއިން ލިބޭ ގެއްލުން ކުޑަކުރުމަށް ނުވަތަ ގަސްގަހާގެއްސާއި ސޫފާސޫފި ހެދިބޮޑުވުން އިންތިޒާމުކޮށްދިނުމަށް ބޭނުންކުރާ މާއްދާއަކަށް ނުވަތަ މަސްހުނި މާއްދާތަކަކަށެވެ.
(ހކ) "ތާސީރު ހުންނަ މާއްދާ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގައި އެކުލެވޭ ވިހަކަން ހުންނަ ބަޔަށް ނުވަތަ "އެކްޓިވް އިންގްރިޑިއެންޓް" އަށެވެ.
(ހއ) "މިލްކުވެރި ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަކި ވިޔަފާރި ނަމެއްގެ ދަށުން ޕެސްޓިސައިޑް އުފެއްދުމުގެ ގާނޫނީ ހައްގު ލިބިފައިވާ ފަރާތަށެވެ.
(ހވ) "ސޮލްވެންޓްސް" ކަމަށް ބުނެފައި އެވަނީ، އެހެން މާއްދާއެއް ދިޔާކުރުމަށް ނުވަތަ ގިރުވުމަށް ބޭނުންކުރާ ފެން ނުވަތަ ތެޔޮ ނުވަތަ ބަނގުއާވި ފަދަ ދިޔާ އެއްޗެއްސަށެވެ.
(ހމ) "ކެރިއަރ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ފޮމިއުލޭށަން ތައްޔާރުކުރުމަށް ޕެސްޓިސައިޑުގެ ތާސީރު ހުންނަ މާއްދާއާ އެއްކުރާ ތާސީރު ނުހުންނަ ދިޔާ ނުވަތަ ހިކި ނުވަތަ ގޭސް މާއްދާއަށެވެ.
(ހފ) "އެޖޫވެންޓްސް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުން ނެރެވޭ ނަތީޖާ ރަނގަޅުކުރުމަށް ނުވަތަ ޕެސްޓިސައިޑުގެ ރައްކައުތެރިކަން އިތުރުކުރުމަށް ޕެސްޓިސައިޑާ އެއްކުރާ މާއްދާއަށެވެ.
(ހދ) "ހިރާސް" ކަމަށް ބުނެފައި އެވަނީ، ސިއްހީގޮތުންނާއި، ތިމާވެށީގެ ގޮތުން ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތުމާއި، ޕެސްޓިސައިޑަށް ހާސާވުމަށްފަހު ކުރާ ނޭދެވޭ އަސަރަށް ނުވަތަ "ރިސްކް" އަށެވެ.
(ހތ) "އަރައްކާގެ ރަމްޒު" ކަމަށް ބުނެފައި އެވަނީ، ޔޫ.އެންގެ ގްލޯބަލީ ހާމޮނައިޒްޑް ސިސްޓެމް އޮފް ކްލެސިފިކޭށަން އެންޑް ލޭބެލިންގ އޮފް ކެމިކަލްސްގެ މިންގަނޑުތަކާ އެއްގޮތަށް ކަނޑައަޅައިފައިވާ، ޕެސްޓިސައިޑުން ލިބޭ އަރައްކާ ދައްކުވައިދޭ ތަސްވީރުގެ ދޭހައަށް ނުވަތަ "ހެޒަރޑް ސިމްބަލް" އަށެވެ.
(ހލ) "ތަސްވީރު ދޭހަ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ރައްކައުކުރުމާއި، ހިފައިގެންގުޅުމާއި، ބޭނުންކުރުމުގައި ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުން ފަދަ ވަކި ހާއްސަ މައުލޫމާތެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބޭނުންކުރާ ކުރެހުންތަކަށް ނުވަތަ "ޕިކްޓޯގްރާމް" އަށެވެ.
(ހގ) "ޔޫ.އެން" ކަމަށް ބުނެފައި އެވަނީ، ޔުނައިޓެޑް ނޭށަންސްއަށެވެ.
(ހޏ) "ޕެސްޓިސައިޑު ކޮންސެންޓްރޭޓް" ކަމަށް ބުނެފައި އެވަނީ، ފެން ފަދަ މާއްދާއަކާ އެއްކޮށްގެން ގިރުވުމުގެ ނުވަތަ ދިޔާކުރުމުގެ ކުރިން ޕެސްޓިސައިޑް ފޮމިއުލޭށަން ހުންނަ ގޮތަށެވެ.
(ހސ) "ޕެސްޓް ކޮންޓްރޯލު ކުރުމުގެ އެކުވި ގޮތްތައް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީގޮތުން ގެއްލުން ލިބޭ ހަމައަށްވުރެ ދަށުގައި ޕެސްޓުގެ އާބާދީ ހިފެހެއްޓުމަށް ޓަކައި ޕެސްޓު ކޮންޓްރޯލު ކުރުމަށް ގެންގުޅޭ އެކަށީގެންވާ ގޮތްތަށް ބޭނުންކުރުމަށް ނުވަތަ "އިންޓަރގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް" އަށެވެ.
(ހޑ) "ހަށި ރައްކައުތެރިކޮށްދޭ ސާމާނު" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ބޭނުންކުރާ ފަރާތްތަކާއި، ޕެސްޓިސައިޑުގެ މަސައްކަތްކުރާ ފަރާތްތަކާއި، ޕެސްޓިސައިޑް ހިފައިގެންގުޅޭ ފަރާތްތައް ޕެސްޓިސައިޑަށް ހާސާވުމުން ރައްކައުތެރިކޮށްދިނުމަށް ގެންގުޅޭ ހެދުމަށާއި ސާމާނަށް ނުވަތަ "ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް" އަށެވެ.
(ހޒ) "އީ.ޕީ.އޭ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.
(ޖަދުވަލު 1 އެޓޭޗްކުރެވިފައިވާ ލިޔުމުގައި ހިމެނިފައި)
މައި ގާނޫނު
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2019-21)
ކިޔުންތެރިންގެ ހިޔާލު