-

ދިވެހި ޕާސްޕޯޓު ކާޑާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-128)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން.

6. މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އިތުރުން، ދިވެހި ޕާސްޕޯޓު ކާޑު މެދުވެރިކޮށް އިތުރު ހިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު މޯލްޑިވްސް އިމިގްރޭށަނަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ – މި އިސްލާހުގައި ބުނެވިދިޔަ ގަވާއިދުން އުނިކުރާ މާއްދާގެ ނަންބަރާ ގުޅިގެން، އެ ގަވާއިދުގެ އެ މާއްދާގެ ނަންބަރުތައް ތަރުތީބު ކުރުން.

 

4 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕާސްޕޯޓުކާޑާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-85)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕާސްޕޯޓުކާޑާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2017-85)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު