-

ޕާސްޕޯޓުކާޑާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2017-85)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފު 

(ހ) މި ގަވާއިދަކ،ީ ގާނޫނު ނަންބަރު 1978-79 (ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 35 ވަނަ މާއްދާއިން މޯލްޑިވްސް އިމިގްރޭށަނަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނ،ީ "ދިވެހި ޕާސްޕޯޓު ކާޑާބެހޭ ގަވާއިދު" އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު

(ހ) ދިވެހި ޕާސްޕޯޓު ކާޑަކީ، ދަތުރުފަތުރުކުރުމަށާއި އެހެނިހެން ބޭނުންތަކަށް ދިވެހިރައްޔިތުންނަށް ދޫކުރެވޭ އިލެކްޓްރޯޯނިކް މަލްޓިޕާޕަސް ލިޔުމެކެވެ. 

(ށ) ދިވެހި ޕާސްޕޯޓު ކާޑަކީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކަށް ދޫކުރެވޭ ކާޑެކެވެ. 

(ނ) ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ހޯދުމަށް ދިވެހި ޕާސްޕޯޓް ކާޑު ބޭނުންކުރެވޭނެއެވެ.

1. ދިވެހިން، ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކުންނާއި، ކަނޑުގެ ބަނދަރުތަކުން ރާއްޖެއިން ފުރައިގެން ދިއުމަށާއި، ރާއްޖެއަށް އެތެރެވުމަށް.

2. ބޭންކް އޮފް މޯލްޑިވްސްގެ މާސްޓަރ ކާޑު (ޑެބިޓް) އާއި، މާސްޓަރ ކާޑު (ޕްރިޕެއިޑް) އިން ލިބޭ ހިދުމަތްތައް ހޯދުމަށް.

3. އެލައިޑް އިންށުއަރެންސްގެ ހިދުމަތްތައް ހޯދުމަށް.

4. (އުނި ކުރެވިފައި)

4. ދިވެހިރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށް.

5. މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އިތުރުން، ދިވެހި ޕާސްޕޯޓު ކާޑު މެދުވެރިކޮށް އިތުރު ހިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު މޯލްޑިވްސް އިމިގްރޭށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހި ޕާސްޕޯޓު ކާޑު ހައްދާފައިވާ ފަރާތްތައްވެސް ރާއްޖެއިން ބޭރަށް ދަތުރުކުރާނަމ،ަ އެފަރާތްތަކަށް ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓު އޮންނަންވާނެއެވެ.

 

3 ވަނަ މާއްދާ - ކާޑު ދޫކުރެވޭ ފަރާތްތައް

(ހ) ކާޑު ދޫކުރެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.

  1. 25 ޖަނަވަރީ 2016 ގެ ފަހުން، އިލެކްޓްރޯނިކް ޕާސްޕޯޓެއް ދޫކޮށްފައިވާ ދިވެހިރައްޔިތުންގެ ތެރެއިން، މުއްދަތު ހަމަނުވާ އިލެކްޓްރޯނިކް ޕާސްޕޯޓެއް އޮތް ފަރާތަކަށް. 
  2. މޯލްޑިވްސް އިމިގްރޭށަނަށް ހާޒިރުވ،ެ ކާޑުގައި ހިމެނުމަށްޓަކައި އިނގިލީގެ ނިށާން އިލެކްޓްރޯޯނިކްކޮށް ދެވޭނެ ފަރާތްތަކަށް.

 

4 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު ކާޑުގެ ފީ

ދިވެހި ޕާސްޕޯޓު ކާޑުގެ ފީއަކީ 450 (ހަތަރު ސަތޭކަ ަފންސާސް) ރުފިޔާއެވެ. ފީއަށް ދެއްކި މި ފައިސާއަކީ އަނބުރައި ރައްދުކުރެވޭނެ ފައިސާއެއް ނޫނެވެ. 

 

5 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު ކާޑު ހެދުން

ދިވެހި ޕާސްޕޯޓު ކާޑު ހަދައިދެވޭނ،ީ މި ގަވާއިދުގެ "ޖަދުވަލު 01" ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް އިމިގްރޭށަނަށް ނުވަތަ މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅާ ތަނަކަށް ހުށަހެޅުމުންނެވެ. 

 

6 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު ކާޑު އާކުރުން 

ދިވެހި ޕާސްޕޯޓު ކާޑު އާކުރުމަށް ހުށަހަޅާ ކޮންމެ ފަހަރަކ،ު ކާޑު އާކޮށްދޭނ،ީ ކާޑުގެ އަގުކަމުގައިވާ 450 (ހަތަރު ސަތޭކަ ފަންސާސް) ރުފިޔާގެ ފީ ދެއްކުމުންނެވެ. 

 

7 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު ކާޑު ގެއްލުން 

ރާއްޖޭގައި ހުއްޓައި، ދިވެހި ޕާސްޕޯޓު ކާޑު ގެއްލިއްޖެނަމަ ނުވަތަ ކާޑު ވަގަށް ނަގައިފިނަމަ، މޯލްޑިވްސް އިމިގްރޭށަނަށާއި، ބޭންކް އޮފް މޯލްޑިވްސްއަށް ލަސްނުކޮށް އަންގަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގައި ހުއްޓައި ދިވެހި ޕާސްޕޯޓު ކާޑު ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ އެ މީހަކު ހުރި ތަނަކާ އެންމެ ކައިރީގައިހުރި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނަކަށް ވީ އެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު ކާޑު ކެންސަލް ކުރުން 

(ހ) .8 (ހ) ގަވާއިދު ނަންބަރު 2017-83 (ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު) ގެ 19 ވަނަ މާއްދާގެ ދަށުން ޕާސްޕޯޓު ކެންސަލްކުރެވިއްޖެނަމ،ަ ދިވެހި ޕާސްޕޯޓު ކާޑުވެސް ކެންސަލްކުރެވޭނެއެވެ. 

(ށ) ދިވެހި ޕާސްޕޯޓު ކާޑު ހެއްދުމަށްފަހު، ދިވެހި ޕާސްޕޯޓު ކާޑާ ހަވާލުނުވުމުގެ ސަބަބުން 6 (ހައެއް) މަސްދުވަހަށްވުރެ ގިނަދުވަހު މޯލްޑިވްސް އިމިގްރޭށަނުގައި ބެހެއްޓިފައި ހުންނަ ދިވެހި ޕާސްޕޯޓު ކާޑު ކެންސަލްކުރުމުގެ އިހްތިޔާރ،ު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ. 

(ނ) ދިވެހިރައްޔިތަކަށް ދޫކޮށްފައިވާ އިލެކްޓްރޯނިކް ޕާސްޕޯޓު ގެއްލިގެން ނުވަތަ ހަލާކުވެގެން ރިޕޯޓުކޮށްފިނަމަ، އެ މީހަކަށް ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓު ކާޑު ކެންސަލްކުރެވޭނެއެވެ. 

 

9 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓު ކާޑު ހިފެހެއްޓުން  

ށަރުއީ ހުކުމަކާ ގުޅިގެން ނުވަތަ އަމުރަކާ ގުޅިގެން، ޕާސްޕޯޓު ހިފަހައްޓާ ހާލަތުގައި، ބައިނަލްއަގްވާމީ ދަތުރުފަތުރުކުރުން ފިޔަވައި އެހެނިހެން ކަންކަމުގައި ދިވެހި ޕާސްޕޯޓު ކާޑު ބޭނުންކުރެވޭނެއެވެ. 

 

10 ވަނަ މާއްދާ - ގަވާއިދުގައި ނުވާ ކަމެއް ދިމާވުން 

ދިވެހި ޕާސްޕޯޯޓު ކާޑު ބޭނުންކުރުމުގައި މި ގަވާއިދުގައި ނުވާކަމެއް ދިމާވެއްޖެނަމ،ަ އެކަމަކާމެދު ގޮތެއް ނިންމުމުގައި އިސްކަންދޭނ،ީ ގާނޫނު ނަންބަރު 1978-79 (ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަކަށެވެ. 

 

11 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާހައި ހިނދަކު:

"މަލްޓިޕާޕަސް" ކަމަށް މާނަކޮށްފައި އެވަނ،ީ އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތް ދިވެހި ޕާސްޕޯޓު ކާޑުގެ ޒަރީއާއިން ފޯރުކޮށްދިނުން. 

 

މައި ގަވާއިދު

ޕާސްޕޯޓުކާޑާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-85)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

  1. ޕާސްޕޯޓާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-79)
  2. އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2007-01)

ކިޔުންތެރިންގެ ހިޔާލު