އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 107/2020)
ގަވާއިދު ނަންބަރު 15/2020 (އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ –
ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހަނުހުރުމުގެ ހައްގު 26.(ހ)
މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި އެ ހައްގުގެ ބޭނުންހިފާނަމަ، އެ ހައްގު އޭނާ އިހްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން، ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
2 ވަނަ މާއްދާ –
ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކޮށް، އެ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.
ހަނުހުރުމުގެ ހައްގު 26. (ނ)
މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ. އަދި އެފަދައިން އޭނާއަށް އެންގުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް އޭނާއަށް އަންގަންވާނެއެވެ.
3 ވަނަ މާއްދާ –
ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.
ޤާނޫނީ ވަކީލުންގެ ށަރުތުތައް 30.3.
މައްސަލައެއްގައި ސުވާލުކުރެވޭ އެއް ފަރާތުގެ ވަކީލަކަށް އައްޔަނުވުމަށްފަހު، އޭނާގެ ވަކީލުކަމުން ތަނާޒުލުވެ، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނެއް ނުކުރެވެނޭއެވެ.
4 ވަނަ މާއްދާ –
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު