-

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-17) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-44)

 

ގަވާއިދު ނަންބަރު 2020-17 (ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާ ބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިންގަމުންދާ ލޯ ފަރމްތަކާއި  ލީގަލް ޕްރެކްޓިސްތައް ދަފުތަރުކުރުން 7.

ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ހުރިހާ ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، 15 ސެޕްޓެންބަރު 2020 ގެ ކުރިން، ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-17)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު