ޓުއަރ ގައިޑުންނާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-44) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2017-60)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 އޮގަސްޓް 2017 ގައި)
ޓުއަރ ގައިޑުންނާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތައް އިސްލާހުކުރުން.
(ށ) މި ގަވާއިދުގެ ދަށުން ނަގަންޖެހޭ ޓުއަރ ގައިޑުކަން ކުރުމުގެ ފާސް ނެތި އެއްވެސް ފަރާތަކުން ޓުއަރ ގައިޑުކަން ކޮށްފިކަމަށްވާނަމ،ަ މި ގަވާއިދުގެ ދަށުން އެ ފަރާތަކާމެދު ތިރީގައިވާ ގޮތަށް ފިޔަވަޅުއެޅޭނެއެވެ.
- ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 5000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން،
- ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
- ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން،
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ޓުއަރ ގައިޑުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-44)
ކޮންސޮލިޑޭޓެޑް ގަވާއިދު
ޓުއަރ ގައިޑުންނާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2012-44)
ކިޔުންތެރިންގެ ހިޔާލު