-

ކްލެމެންސީ ބޯޑުގެ ގަވާއިދަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-75)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2017 ގައި)

  

1 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކޮށް، މި އަކުރުގެ ފަހަތަށް އަކުރެއް އިތުރުކޮށް މި މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

(ވ) ރިޔާސީ ދައުރެއްގެތެރޭގައި އިލްތިމާސަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ގަޒިއްޔާއެއްގެ ހުކުމަކަށް ރައީސުލްޖުމްހޫރިއްޔާ ލުޔެއް ދީފިނަމަ، ދެން އެ ރިޔާސީ ދައުރެއްގައި އެ ގަޒިއްޔާއެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންނުވެއެވެ.

(މ) މި މާއްދާގެ (ވ) ގައި ބުނެވިދިޔަ ގޮތަށް ބަޔާންކޮށްފައިވީނަމަވެސ،ް ރިޔާސީ ދައުރެއްގެ ތެރޭގައި އިލްތިމާސަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ގަޒިއްޔާއެއްގެ ހުކުމަކަށް ލުޔެއް ދިނުމަށް ނުފެންނަކަމަށް ނިންމާފައިވާނަމަ، އެ ނިންމުމުގައިވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުންއެ ގަޒިއްޔާއެއްގެ ހުކުމް، އަލުން އިލްތިމާސަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި އިސްލާހާ ގުޅިގެން ގަވާއިދުގެ މާއްދާތަކުގެ އަކުރުތައް ތަރުތީބުކުރުން.

 

3 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދަށް މި ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު