-

މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 2015-137) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 އެޕްރީލް 2017)

(ނޯޓް: މި ގަވާއިދަށް ވަކި ނަންބަރެއް ދީފައިނުވޭ)
 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން. 

3. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބޭނުމަށް: ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރޭގައި؛

  1. ދިރިއުޅުމަށް؛ އަދި
  2. ދިރިއުޅުމަށާއި އިގްތިސާދީ (މިކްސްޑް ޔޫސްޑްގެ) ބޭނުމަށް ބިން ބިއްކުން ހިމެނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން. 

3. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބޭނުމަށް: ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރޭގައި؛

  1. ދިރިއުޅުމަށް؛ އަދި
  2. ދިރިއުޅުމަށާއި އިގްތިސާދީ (މިކްސްޑް ޔޫސްޑްގެ) ބޭނުމަށް ބިން ބިއްކުން ހިމެނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން. 

3. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބޭނުމަށް: ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރޭގައި؛

  1. ދިރިއުޅުމަށް؛ އަދި
  2. ދިރިއުޅުމަށާއި އިގްތިސާދީ (މިކްސްޑް ޔޫސްޑްގެ) ބޭނުމަށް ބިން ބިއްކުން ހިމެނެއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދަށް މި ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން. 

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-137)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-137)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު