-

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދަށް  2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 89/2016) 

 

1 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. (ހ) ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނީ، އުމުރުން 18 (އަށާރަ) އަހަރުވެފައިވާ ދިވެހިރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުންޏަކަށް ނުވަތަ ޕަރޓްނަރށިޕަކަށް ނުވަތަ ޖަމްއިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ކައުންސިލަކަށެވެ.

 

2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވައިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކޮށް، ދެންހުރި އަކުރުތައް ތަރުތީބުކުރުން.

19. (ށ) މި ގަވާއިދުގެ 4 ވަނަ މާއްދަގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގަވައިދުގެ ދަށުން ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށް ފިޔަވައި އެހެނިހެން ރަށްރަށް މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ވަރުވާއަށް ދޫކުރުމަށްޓަކައި، ރަށް ވަރުވާއަށް ދޫކޮށޤފައިވާ ފަރާތުގެ ކިބައިން ވަކިކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 125/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު