ރެމިޓެންސް ޓެކްސްގެ ގަވާއިދު
(ގަވާއިދު ނަންބަރު 86/2016)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ގަވާއިދުގެ ދަށުން ހަދައިދީފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ރެމިޓެންސް ޓެކްސް ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުގެ 11 ވަނަ ބާބުގެ ދަށުން ރެމިޓެންސް ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.
އެއްވަނަ ބާބު: ރަޖިސްޓްރީކުރުން
3 ވަނަ މާއްދާ - ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކުރުން
(ހ (މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މީރާއިން ރެމިޓެންސް ޓެކުހަށް ރަޖިސްތްރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.
(ށ (މި ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން ދިވެހިރާއްޖޭގައި ގާއިމްކުރާ ބޭންކުތަކާއި ފައިސާ ފޮނުވައިދުނުމުގެ ހިދުމަތްދޭ އޭޖެންސީތައް، އެ ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން މީރާއިން ރެމިޓެންސް ޓެކުހަށް ރަޖިސްތްރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.
(ނ (ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތައް ރެމިޓެންސް ޓެކުހަށް ރަޖިސްތްރީކުރެވޭނ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމާބެހޭ ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ ބޭންކެއް އަދި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއެއް ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކުރެވޭނީ ވަކިންނެވެ.
(ރ) ބޭންކަކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މީރާއަށް އެ ކަން ލިޔުމަކުން އަންގަންވާނެއެވެ.
4 ވަނަ މާއްދާ - ޓިން
މި ގަވާއިދުގެ ދަށުން ރަޖިސްޓްރީކުރާ ކޮންމެ ބޭންކަކަށާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަކަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ.
5 ވަނަ މާއްދާ - ރެމިޓެންސް ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް
(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓްރީކުރާ ކޮންމެ ބޭންކަކަށާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަކަށް ރެމިޓެންސް ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓެއް ދޫކުރެވޭނެއެވެ.
(ށ) ރަޖިސްޓްރީކޮށްފައިވާ ކޮންމެ ތަކަނުންމެ، އެ ތަނަކީ ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ތަނެއް ކަން އަންގައިދިނުމުގެ ބޭނުމަށް، މީރާއިން ދޫކޮށްފައިވާ ރެމިޓެންސް ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނެހެން އެ ތަނެއްގައި ބަހައްޓަންވާނެއެވެ.
6 ވަނަ މާއްދާ - ރަޖިސްޓްރީ ބާތިލުކުރުން
(ހ) ބޭންކެއްގެ ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއެއްގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބާތިލުކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ރެމިޓެންސް ޓެކްސް ރެޖިސްޓްރޭށަން ބާތިލުކުރުމަށް އެދި އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ށ) ބޭންކެއްގެ ނުވަތަ ފައިސާ ފޮނުވައި ދިނުމުގެ ހިދުމަތްދޭ އޭޖެންސީއެއްގެ ލައިސަންސް ބާތިލުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މީރާއަށް އެ ކަން ލިޔުމަކުން އަންގަންވާނެއެވެ.
ދެވަނަބާބު: ރެމިޓެންސް ޓެކްސް ހިސާބުކުރުމާއި ޓެކްސް ނެގުން
7 ވަނަ މާއްދާ -"ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން"
(ހ) ގާނޫނުގެ 11 ވަނަ ބާބުގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ކުރާ އަންނަނިވި ކަންކަމަކީ ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން ކަމުގައި ބެލެވޭނެއެވެ.
- ބޭންކެއް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއެއް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން.
- ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓުގައި ހުރި ފައިސާ، ދިވެހިރާއްޖެއިން ބޭރަށް ނަގުދު ފައިސާގެ ގޮތުގައި ނެގުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މުއާމަލާތްތަކަށް މި ގަވާއިދުގެ ދަށުން ރެމިޓެންސް ޓެކްސް ދައްކަންގެހޭނީ ކޮމިށަނަރ ގެނެރަލް އޮފް ޓެކްސޭށަން ކަނޑައަޅާ ތާރީހަކުން ފެށިގެންނެވެ.
8 ވަނަ މާއްދާ - ޓެކްސް ހިސާބުކުރުން
ގާނޫނުގެ 89 ވަނަ މައްދާގެ ބޭނުމަށް، "ރެމިޓެންސް ޓެކްސް" ގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.
(ހ) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ މުއާމަލާތްތަކުން ދައްކަންޖެހޭ ރެމިޓެންސް ޓެކްސް ހިސާބުކުރުމުގައި، ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީން ކަސްތަމަރުގެ އަތުން އެ މުއާމަލާތަށް ނަގާ ފީއެއް ނުހިމެނޭނެއެވެ.
(ށ) ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ބޭންކުތަކުން ރުފިޔާއަށް ބަދަލުކުރާނީ، އެ ފައިސާ ދިވެހިރާއްޖެއިން ބޭރަށް ފޮނުވި ދުވަހު އެ ފައިސާ ބޭންކުން ވިއްކި ރޭޓު ބޭނުންކޮށްގެންނެވެ.
(ނ) ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތަކުން ރުފިޔާއަށް ބަދަލުކުރާނީ:
- ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ އެމެރިކާ ޑޮލަރުންނަމަ، ފައިސާ ފޮނުވި ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެމެރިކާ ޑޮލަރަށް ކަނޑައަޅާފައިވާ އެކްސްޗޭންޖް ރޭޓުގެ މަތީ ރޭޓު ބޭނުންކޮށްގެންނެވެ.
- ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ އެމެރިކާ ޑޮލަރުން ނޫން އެހެން ފައިސާއަކުންނަމަ، ފައިސާ ފޮނުވި ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ށާއިއުކޮށްފައިވާ ކްރޮސް ރޭޓު ބޭނުން ކޮށްގެންނެވެ. ފައިސާ ފޮނުވި ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކްރޮސް ރޭޓު ށާއިއުކޮށްފައިނުވާނަމަ، އެ ތާރީހުގެ ކުރިން އެންމެ ފަހުން ށާއިއުކޮށްފައިވާ ރޭޓު ބޭނުންކޮށްގެންނެވެ.
9 ވަނަ މާއްދާ - ފައިސާ ފޮނުވާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުން
(ހ) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތްތަކުން ބޭންކުތަކަށާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތަކަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ދިވެހި ރުފިޔާ ނޫން އެހެން ފައިސާއަކުން ދެއްކުމަށް ބޭންކުތަކަށާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތަކަށް އެ ތަންތަނުން މަޖުބޫރުކޮށްގެން ނުވާނެއެވެ.
(ށ) ވާކް ވީޒާ ލިބިފައިވާ ބިދޭސީންނާއި ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން މަނާ ބިދޭސީން ފިޔަވައި އެ ނޫން ފަރާތްތަކުގެ އަތުން ރެމިޓެންސް ޓެކްސް ނަގައިގެން ނުވާނެއެވެ. ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތަކީ ވާކް ވީޒާ ނޫން އެހެން ވީޒާއެއް އޮތް ބިދޭސީއެއްކަން ބޭންކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަށް ޔަގީންކުރެވެން ނެތްނަމަ، ނުވަތަ ސައްހަ ވީޒާއެއް އޮތް ފަރާތެއްކަން ނުވަތަ ވީޒާއެއް އޮތް ފަރާތެއްކަން ނުވަތަ ވީޒާގެ މުއްދަތު ހަމަނުވާކަން ކަށަވަރުކުރެވޭނަމަ، އެ މުއާމަލާތުން ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެއެވެ.
(ނ) މި މިމާއްދާގެ (ށ) ގެ ދަށުން ރެމިޓެންސް ޓެކްސް ނަގައިފައިވާ ފަރާތަކުން، އެ ފަރާތަކީ ރެމިޓެންސް ޓެކްސް ދައްކަން ފަރާތެއް ނޫންކަމަށް ފަހުން ސާބިތުކޮށްދީފިނަމަ، ރެމިޓެންސް ޓެކްސްގެ ގޮތުގައި އެ ފަރާތުގެ އަތުން ނެގުނު ފައިސާ އަނބުރާ ދޭންވާނެއެވެ.
ތިންވަނަ ބާބު: ޓެކްސް ބަޔާނާއި ފައިސާ ދެއްކުން
10 ވަނަ މާއްދާ - ރެމިޓެންސް ޓެކްސް ބަޔާން
(ހ) ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތަކުން ރެމިޓެންސް ޓެކްސް ހިސާބުކުރާނީ، އަދި ގާނޫނުގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެމިޓެންސް ޓެކްސް ބަޔާން މީރާއަށް ހުށަހަޅާނީ، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުން މަތިންނެވެ.
(ށ) ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތަކުން ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން 520 MIRA (ރެމިޓެންސް ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 15 ދުވަހުގެ މިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ.
(ނ) ބޭންކު ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީ މެދުވެރިކޮށް ރެމިޓެންސް ޓެކްސް ދައްކަންޖެހޭ މުއާމަލާތެއް ނުހިނގިކަމުގައި ވިޔަސް، އެ ތަނުގެ ރެމިޓެންސް ޓެކްސް ރެޖިސްޓްރޭށަން ބާތިލުނުކުރާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރެމިޓެންސް ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތިން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.
11 ވަނަ މާއްދާ - އިންފޮމޭށަން ށީޓު ހުށަހެޅުން
ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތަކުން ހުށަހަޅާ ރެމިޓެންސް ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭށަން ށީޓު ށީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭށަން ށީޓުގައި، އެ މަހުގެ ތެރޭގައި އެ ތަނުން ކޮށްފައިވާ ރެމިޓެންސް ޓެކްސް ދައްކަންޖެހޭ އެންމެހައި މުއާމަލާތްތަކާބެހޭ މައޫލޫމާތު ހިމަނަންވާނެއެވެ.
12 ވަނަ މާއްދާ - އޮންލައިންކޮށް ރެމިޓެންސް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ރެމިޓެންސް ޓެކްސް ބަޔާނާއި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭށަން ށީޓު މީރާއަށް ހުށަހަޅަންވާނީ، މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ރެމިޓެންސް ޓެކްސް ޓެކުހާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ވެސް އެ ޕޯޓަލް މެދުވެރިކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވާ އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމާއެކު ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ ރެމިޓެންސް ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިހްތިޔާރު ބަލައިގަތުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ރެމިޓެންސް ޓެކްސް ބަޔާނުގައި ސޮއިކުރަންވާނީ، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް MIRA101 (ޓެކްސް ދައްކާ ފަރާތް ރަޖިސްޓްރީކުރުން) ފޯމު މެދުވެރިކޮށް މީރާއަށް އަންގާފައިވާ ފަރާތަކުންކުރެ ފަރާތެކެވެ.
13 ވަނަ މާއްދާ - ޓެކްސް ބަޔާން އިސްލާހުކުރުން
(ހ) ބޭންކަކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަކުން މި ގަވާއިދުގެ 10 ވަނަ މާއްދާގެ ވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން ހިނަގާ 12 (ބާރު) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.
(ށ) ބޭންކެއް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއެއް މި މާއްދާގެ (ހ) ގެ ދަށުން އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާނެއް ހުށަހަޅާނަމަ، އެ ބަޔާން އިސްލާހުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިއުންތައް އެ ބާޔާނާއެކު ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނަވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެ ތަނުން އެންމެ ފަހުން ހުށަހެޅި ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ ދަށް އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން މީރާއިން ގަބޫލުކުރާނީ އެ ބަޔާން ރިވިއުކުރުމަށްފަހުގައެވެ.
(ރ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާޙުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެ ތަނުން އެންމެ ފަހުން ހުށަހެޅި ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނުވަތަ ފައިސާ ހިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން ރިވިއުކުރުމަކާނުލައި މީރާއިން އެ ބަޔާން ގަބޫލުކުރާނެއެވެ.
(ބ) މި މާއްދާގެ (ނ) ރައްދުވާނަމަ:
- އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާން ގަބޫލުކުރާނީ އެ ބަޔާން މީރާއިން ރިވިއުކުރުމަށްފަހުގައި ކަން އެ ބޭންކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަށް ލިޔުމުން އަންގަންވާނެއެވެ.
- އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާން މީރާއިން ރިވިއުކޮށް އެ ބަޔާން ގަބޫލުކުރުމުގެ ކުރިން، އެ ބަޔާނާ ގުޅިގެން އުފެދޭ ކްރެޑިޓް ނުވަތަ ރީފަންޑް އެހެން އެއްވެސް އަދަދަކާ އަޅައެއްކުނެނޑޭނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިވިއުގެ ނަތީޖާ، އެ ބޭންކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަށް ލިޔުމުން އަންގަންވާނެއެވެ.
ހަތަރުވަނަ ބާބު: އާންމު މާއްދާތައް
14 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ނަގާ ރެމިޓެންސް ޓެކްސް މީރާއަށް ދައްކަންޖެހުން
(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން ރެމިޓެންސް ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ރެމިޓެންސް ޓެކްސް ނަގައިފިނަމަ، ނުވަތަ ރެމިޓެންސް ޓެކްސް ނަގަން ނުޖެހޭ މީހެއްގެ އަތުން ރެމިޓެންސް ޓެކްސް ނަގައިފިނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ރެމިޓެންސް ޓެކްސް ނަގައިފިނަމަ، އެ ފައިސާ ނެގި ފަރާތުން އެ މީހާއަށް އެ ފައިސާ އަނބުރާ ދޭންވާނެއެވެ.
(ށ) ބޭންކަކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީއަކުން ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ މުއާމަލާތެއް އެއްވެސް ސަބަބަކާހުރެ ބާތިލުކޮށްފިނަމަ، އެ ފައިސާ ނެގި ފަރާތުން އެ މީހާއަށް އެ ފައިސާ އަނބުރާ ދޭންވާނެއެވެ. އަދި އެ މީހާ އާ އެ ފައިސާ ހަވާލުކުރެވެންދެން އެ ފައިސާ މީރާއަށް ހޯދައި، މީރާގައި ބެހެއްޓުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަދި ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ސައްހަ އަދަދެއްކަން ދައްކައިދެވޭނެ ލިޔެކިއުންތަކާއި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ހުރިހާ މުއާމަލާތްތަކާބެހޭ މުއުލޫމާތާއި ލިޔެކިއުންތައް ބަލަހައްޓަންވާނެއެވެ.
16 ވަނަ މާއްދާ - ޖޫރިމަނާ
ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ރަޖިސްޓަރީ ނުކޮށްފިނަމަ، ނުވަތަ ރެމިޓެންސް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން ރެމިޓެންސް ޓެކްސް ބަޔާން ހުށަނާޅައިފިނަމަ ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ ރެމިޓެންސް ޓެކްސް ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ވާ ގޮތުގެ މަތިން އެ ފަރާތެއް ޖޫރީމަނާ ވާނެއެވެ.
17 ވަނަ މާއްދާ - އެހެން ގާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން
މި ގަވާއިދު ކިޔާނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރ 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި އެ ގާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.
18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުނ ފެށިގެންނެވެ.
19 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:
(ހ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށެވެ.
(ށ) "ބޭންކު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި "ބޭންކު" އަށް ދެވިފައިވާ މާނައިގައެވެ.
(ނ) "މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުންއުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
(ރ) "ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ އޭޖެންސީ" ކަމަށް ބުނެފައި އެ ވަނީ، ފައިސާ ފޮނުވައިދިނުމުގެ ހިދުމަތް ދިވެހިރާއްޖޭގައި ދިނުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ފަރާތަކަށެވެ.
(ބ) "ރެމިޓެންސް ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެގޭ ޓެކުހަށެވެ.
ކިޔުންތެރިންގެ ހިޔާލު