-

 

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-66)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 އޮގަސްޓް 2016 ގައި)

 

1 ވަނަ މާއްދާ - ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދު ތަންފީޒުކުރުން 5.

(ހ) މި ގަވާއިދު ތަންފީޒުކުރާނީ، މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީންނެވެ.

(ށ) މި ގަވާއިދު ތަންފީޒުކުރަމުން ދާއިރު މި ގަވާއިދުގެ ޖަދުވަލުތަކަށް ބަދަލު ގެންނަންޖެހިއްޖެ ހިނދެއްގައި ގެނައި ބަދަލުތައް މިނިސްޓްރީން ގެޒެޓުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 6 ވަނަ މާއްދާއަށް (ރ)، (ބ)، (ޅ) އަދި (ކ) އިތުރުކުރުން.

މަށްރޫއު ރޭވުން 6.

(ރ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ފިޔަވައި މި ގަވާއިދުގެ ދަށުން ހަދަންޖެހޭ ރިޕޯޓުތައް ހެދުމަށް އެދިޔާރު އައްޔަނުކުރަންވާނީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ތިމާވެށީގެ ކޮންސަލްޓަންޓެކެވެ.

(ބ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ތައްޔާރުކުރާ ޓީމުގައި ތިމާވެށީގެ ދާއިރާއަކުން އެންމެ ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދެއް އޮތް ފަރާތެއް ބައިވެރިކުރަންވާނެއެވެ. އަދި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ތައްޔާރުކުރުމުގައި ބައިވެރިވި ފަރާތްތަކުގެ ތައުލީމީ ސަނަދު ރިޕޯޓުގައި ހިމަނަންވާނެއެވެ. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ތައްޔާރުކުރާ ޓީމުގައި ރަޖިސްޓަރީ ވެފައިވާ ތިމާވެށީގެ ކޮންސަލްޓަންޓަކު ހިމެނޭނަމަ އެފަރާތުގެ ވަނަވަރު ރިޕޯޓުގައި ހިމަނާކަށް ނުޖެހޭނެއެވެ.

(ޅ) މި އިސްލާހު ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ވަނަ ދުވަހުގެ ފަހުން، މި ގަވާއިދުގެ ދަށުން ތައްޔާރުކުރާ ރިޕޯޓުތައް މިނިސްޓްރީއަށް ހުށަހަޅާއިރު، ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންކުރާ ޑޭޓާގެ ތެރެއިން ޕްރޮޖެކްޓުގެ މޮނިޓަރިންގ މަރުހަލާގައި ބޭނުންކުރެވިދާނެ ޑޭޓާ، ރިޕޯޓާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ޑޭޓާ ހުށަހަޅަންވީ ގޮތުގެ ތަފުސީލު މިނިސްޓްރީން ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި މި ޑޭޓާތަކާއި ނުލައި ހުށަހަޅާ ރިޕޯޓުތައް ފާސް ނުކޮށްދެވޭނެއެވެ. ހުށަހެޅޭ ޑޭޓާ މިނިސްޓްރީން އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

(ކ) މި ގަވާއިދުގެ ދަށުން، މިނިސްޓްރީއަށް ހުށަހަޅާ ރިޕޯޓު ގަބޫލުކުރިކަން އެދިޔާރަށް އެންގުމަށްފަހު، މަށްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އަމަލީ މަސައްކަތް ފަށާނެ ތާރީހު، އެދިޔާރުގެ ފަރާތުން މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ 10 ވަނަ މާއްދާގެ (ބ) އުނިކުރުން.

 

4 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީޒާންކުރުމުގެ މަރުހަލާ 11.

(ހ) މި ގަވާއިދުގެ ޖަދުވަލު (ރ) ގައި ހިމެނޭ މަށްރޫއުތަކާއި އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހެދުމަށް އަންގައިފިނަމަ، އެދިޔާރުގެ ފަރާތުން ޖަދުވަލު (ނ) 2 ގައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު، މަށްރޫއުގެ ހުލާސާއަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ތަރައްގީގެ ހުށަހެޅުން ކުރިއަށް ގެންދިއުމަށް ދީފައިވާ ހުއްދަ ނުވަތަ އިއުތިރާޒެއް ނެތްކަމުގެ ލިޔުން އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް ހުށަހަޅާ ޓާރމްސް އޮފް ރިފަރެންސްގެ ދެލިކޮޕީއަކާއެކު ހުށަހަޅަންވާނެއެވެ. ޓާރމްސް އޮފް ރިފަރެންސްގެ ދެލިކޮޕީ ހުށަހަޅަންވާނީ އިލެކްޓްރޯނިކްކޮށް އަދި އެއަށް ބަދަލު ގެނެވޭ ފަދަ ފޯމެޓެއްގައެވެ. 

(ށ) 

  1. މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް އެދޭ ފޯމުގައިވާ އެންމެހައި ކަންތައްތައް ފުރިހަމަ ނަމަ، މީޒާންކުރުމުގެ ބައްދަލުވުމެއް މިނިސްޓްރީން ބާއްވަންވާނެއެވެ.
  2. މީޒާންކުރުމަށް ބާއްވާ ބައްދަލުވުމުގައި މިނިސްޓަރު ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އެދިޔާރު ނުވަތަ އޭނާގެ ފަރާތުން ކަނޑައަޅާ ފަރާތަކާ ދެމެދު ތަރައްގީގެ އެ ހުށަހެޅުމަކާ ގުޅޭ ތިމާވެށީގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ދެފަރާތުން ޓާރމްސް އޮފް ރިފަރެންސަކަށް އެއްބަސްވާންވާނެއެވެ. އަދި މި ބައްދަލުވުމުގައި، ޓާރމްސް އޮފް ރިފަރެންސްގެ ވެލިޑިޓީ ކަނޑައަޅާ ދެފަރާތުން އެއްބަސްވާންވާނެއެވެ.
  3. މީޒާންކުރުމުގެ ބައްދަލުވުމުގައި އެދިޔާރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތުގެ އިތުރުން އެދިޔާރުގެ ފަރާތުން މަށްރޫއުގެ ތިމާވެށީގެ ކޮންސަލްޓަންޓް ބައިވެރިވާންވާނެއެވެ. މީގެ އިތުރަށް އެ މަސައްކަތަކާ ގުޅޭ އިދާރާތަކަށް މިނިސްޓްރީން ދައުވަތު އަރުވަންވާނެއެވެ.
  4. މި މާއްދާގެ (ށ) ގެ (3) ވަނަ ޕޮއިންޓުގައި ބަޔާންކޮށްފައިވާ ފަރާތަކަށް މީޒާންކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނަމަ ބައްދަލުވުމުގައި ބައިވެރިވާނެ ފަރާތެއް ބައްދަލުވުން ބޭއްވުމުގެ ލަސްވެގެން 1 (އެކެއް) ގަޑިއިރު ކުރިން މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން ކޮންސަލްޓަންޓުގެ ބަދަލުގައި ހާޒިރުވެވޭނީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ތިމާވެށީގެ ކޮންސަލްޓަންޓަކަށެވެ.
  5. ހަމައެކަނި ތިމާވެށީގެ ކޮންސަލްޓަންޓާއި އެދިޔާރު ހިމަނައިގެން ބައްދަލުވުން ކުރިއަށް ގެންދިއުމުން މައްސަލައެއް ކުރިމަތި ނުވާނެކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި ހަމައެކަނި އެ ދެފަރާތާއެކު މީޒާންކުރުމުގެ ބައްދަލުވުން ބޭއްވުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
  6. މީޒާންކުރުމުގެ ބައްދަލުވުމަކީ މި ގަވާއިދުން ލާޒިމުކުރާ ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރާ މަށްވަރާ (ސްޓޭކްހޯލްޑަރ ކޮންސަލްޓޭށަން) ކަމުގައި ބަލައި މި ގަވާއިދުގެ ދަށުން ހުށަހަޅާ ރިޕޯޓުތަކުގައި ހިމަނައިގެން ނުވާނެއެވެ. 

(ރ) ޓާރމްސް އޮފް ރިފަރެންސްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރަން ބޭނުންނަމަ އެކަމަށް އެދި ލިޔުމަކުން މިނިސްޓްރީއަށް އެދިޔާރު ހުށަހަޅަންވާނެއެވެ. އަދި މި ލިޔުމުގައި އިތުރުކުރަން ބޭނުންވާ މުއްދަތާއި ސަބަބު ބަޔާންކުރަންވާނެއެވެ. މިގޮތަށް މުއްދަތު އިތުރުކޮށްދެވޭނީ މީޒާންކުރުމުގެ ބައްދަލުވުން ބޭއްވި ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާ ހުށަހެޅުންތަކަށެވެ. އެއްވެސް ސަބަބަކާ ހުރެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރު ނުކޮށްފިނަމަ މުއްދަތު އިތުރުކުރެވޭނީ 2000 (ދެހާސް) ރުފިޔާގެ އިދާރީ ފީއެއް ދައްކައިގެންނެވެ. 

 

5 ވަނަ މާއްދާ - ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އިސްލާހުކޮށް އަދި (ވ) އިތުރުކުރުން.

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކޮށް ގޮތެއް ނިންމުން 13.

(ށ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރުމަށް ނިންމުމަށްފަހު މިނިސްޓްރީން ރިޕޯޓު ބަލައި ގޮތެއް ނިންމުމަށް 2 (ދޭއް) މުރާޖިރުން އައްޔަންކުރަންވާނެއެވެ. މުރާޖިރުން އައްޔަން ކުރާނީ މި ގަވާއިދުގެ ޖަދުވަލު (އ) ގައިވާ މިންގަނޑުތައް ބޭނުންކޮށްގެންނެވެ. އަދި އައްޔަނުކުރެވޭ މުރާޖިރުންނާއެކު އެއްބަސްވުމެއްގައި މިނިސްޓްރީން ސޮއިކުރަންވާނެއެވެ. މިނިސްޓްރީން މުރާޖިރުންގެ ލިސްޓެއް ލިޔެ ބަލަހައްޓަންވާނެއެވެ. އެއްވެސް ރިޕޯޓެއް މުރާޖައާކުރި މުރާޖިރެއްގެ ނަން ހާމަކޮށްގެން ނުވާނެއެވެ. މުރާޖައާކޮށް ނިންމުމަށްފަހު މުރާޖައާ ރިޕޯޓު ހުށަހަޅަންވާނީ މިނިސްޓްރީން ދޭ ފޯޯމެޓަކަށެވެ. ރިޕޯޓު މުރާޖައާކުރާ ފަރާތަކީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމުގައި ނުވަތަ މައުލޫމާތު އެއްކުރުމުގައި އެއްވެސް ސިފައެއްގައި ނުވަތަ އެއްވެސް ހައިސިއްޔަތަކުން ބައިވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. މީގެ ތެރޭގައި މީޒާންކުރަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމެއް ނުހިމެނެއެވެ.

(ވ) މުރާޖައާކޮށް ނިމުމަށްފަހު، މުރާޖައާ ބައްދަލުވުމެއް ބާއްވަން މިނިސްޓްރީއަށް ފެނިއްޖެނަމަ މަށްރޫއުގެ ތިމާވެށީގެ ކޮންސަލްޓަންޓް އަދި މަށްރޫއުގެ އެދިޔާރާއެކު މުރާޖައާ ބައްދަލުވުމެއް ބޭއްވިދާނެއެވެ. އަދި މިބާއްވާ ބައްދަލުވުމަށް ތިމާވެށީގެ ކޮންސަލްޓަންޓް އަދި އެދިޔާރު ހާޒިރުވާންވާނެއެވެ. މިބައްދަލުވުމަށް ތިމާވެށީގެ ކޮންސަލްޓަންޓް އަދި އެދިޔާރުގެ ބަދަލުގައި އެއްވެސް ފަރާތަކަށް ބައިވެރިއެއްނުވެވޭނެއެވެ.

 

6 ވަނަ މާއްދާ - ގަވާއިދުގެ 14 ވަނަ މާއްދާއަށް (ފ) އަދި (ދ) އިތުރުކުރުން.

ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުން 14.

(ފ) މި މާއްދާގެ (ށ) ގެ (1) ގެ ދަށުން ދޫކުރާ ނިންމިގޮތުގެ ލިޔުމުގައި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ހުށަހަޅަންޖެހޭ ގޮތުގެ ށެޑިއުލާއި ބަލާނެ ޕެރަމީޓަރސް ހިމަނަންވާނެއެވެ. މިގޮތުން ތައްޔާރުކުރާ ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ހުށަހަޅަންޖެޭހނީ ޖަދުވަލު (ލ) ގައިވާ ގޮތަށެވެ. އަދި މި ރިޕޯޓު ހުށަހެޅުމަށް އެންގޭނެ އެންމެ ދިގު މުއްދަތަކީ، ތަރައްގީގެ މަށްރޫއުގެ އަމަލީ މަސައްކަތް ނިމުމަށްފަހު، 5 (ފަހެއް) އަހަރުދުވަސް ވަންދެންނެވެ. ނަމަވެސް، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި މި މުއްދަތު އިތުރުކުރެވިދާނެއެވެ.

(ދ) މި ގަވާއިދުގެ ދަށުން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމާއި ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރެވުނު، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ކޮޕީއެއް، މަށްރޫއު ހިންގާ ކޮންޓްރެކްޓަރާއި އެދިޔާރުގެ ފަރާތުން ހަވާލުކުރަންވާނެއެވެ. އަދި ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމާއި ތިމާވެށްޓަށް އަސަރު ރޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ކޮޕީއެއް ސައިޓުގައި ލިބެން ހުންނަންވާނެއެވެ. ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމާއި ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ކޮޕީއެއް މަށްރޫއު ހިންގާ ސައިޓުގައި ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުމަކީ އެ މަށްރޫއުގެ އެދިޔާރުގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ގަވާއިދުގެ 15 ވަނަ މާއްދާގެ (ރ) އަދި (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިސްތިއުނާފަށް ހުށަހެޅުން 15.

(ރ) އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސްތައް ނުހިމަނައި 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު ނިންމި ގޮތެއް މިނިސްޓަރު ލިޔުމަކުން އަންގަންވާނެއެވެ. އިސްތިއުނާފުގެ ހުށަހެޅުން ބެލުމަށްފަހު ތައްޔާރުކުރާ ރިޕޯޓު ލިބުމުން މިނިސްޓަރު ތިރީގައިވާ ގޮތުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.

  1. އިސްތިއުނާފުކުރަންޖެހޭ ޖާގައެއް ނެތްކަން ސަބަބުތަކާއެކު ލިޔުމަކުން އެންގުން. ނުވަތަ؛
  2. އިސްތިއުނާފުގެ ހުށަހެޅުމުގައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އަލުން ބަލައި ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމަށް ބަދަލެއް ގެންނަންޖެހޭތޯ ކަނޑައެޅުން. ނުވަތަ؛ 
  3. ރިޕޯޓު ގަބޫލުނުކޮށް އެ ނިންމުން ބަދަލުކުރުމަށް އިސްތިއުނާފުކޮށްފައިވާނަމަ، ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި މިނިސްޓްރީން ރިޕޯޓު ގަބޫލުނުކުރި ސަބަބުތައްކަމަށް ބަޔާންކޮށްފައިވާ މައުލޫމާތު ނުވަތަ އޭގެ ތެރެއިން ބައެއް މައުލޫމާތު، ފުރިހަމައަށް މިނިސްޓްރީއަށް ހުށަހެޅުމުން، އެ މައުލޫމާތު މުރާޖައާކޮށް ނިންމިގޮތުގެ ލިޔުމަށް ބަދަލެއް ގެންނަންޖެހޭތޯ ކަނޑައެޅުން. 

 (ޅ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އަލުން ބެލުމަށް މިނިސްޓަރު ނިންމައިފިނަމަ ނުވަތަ މި މާއްދާގެ (ރ) (3) ގެ ދަށުން މައުލޫމާތު ހުށަހަޅައި އެ މައުލޫމާތު މުރާޖައާކުރުމަށް ނިންމައިފިނަމަ އެދިޔާރުގެ ފަރާތުން 2500 (ދެހާސް ފަސް ސަތޭކަ) ރުފިޔާގެ (އަނބުރާ ނުލިބޭނެ) ފީއެއް ދައްކަން ވާނެއެވެ. އިސްތިއުނާފުގެ މަރުހަލާގައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އަލުން ބެލުމަށް މިނިސްޓަރު ނިންމައިފިނަމަ ނުވަތަ މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ ދަށުން މައުލޫމާތު ހުށަހަޅައި، އެ މައުލޫމާތު މުރާޖައާކުރުމަށް ނިންމައިފިނަމަ، އެކަންކުރާނީ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

8 ވަނަ މާއްދާ - ގަވާއިދުގެ 5 ވަނަ ބައިގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5 ވަނަ ބައި - ކޮންސަލްޓަންޓުން ރަޖިސްޓަރީކުރުމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުން 

 

9 ވަނަ މާއްދާ - ގަވާއިދުގެ 16 ވަނަ މާއްދާއަށް (ބ) އަދި (ޅ) އިތުރުކުރުމަށް އަދި ގަވާއިދުގެ ޖަދުވަލު (ގ) (1) އަދި (ގ) 2 އުނިކުރުމަށްފަހު 16 ވަނަ މާއްދާގެ ބައެއްގެގޮތުގައި (ކ)، (އ) އަދި (ވ) ގައި ހިމެނުމަށް. 

ކޮންސަލްޓަންޓުން ރަޖިސްޓަރީކުރުން 16.

(ބ) ރަޖިސްޓަރީވާ ތިމާވެށީގެ ކޮންސަލްޓަންޓުންނަށް ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ދޫކުރާނީ  17 ވަނަ މާއްދާ ގެ (ބ) ގައިވާ ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރުމަށް ށަރުތުކޮށެވެ. އަދި ރަޖިސްޓަރީވާ ކޮންމެ ތިމާވެށީގެ ކޮންސަލްޓަންޓަކަށް 100 (އެއްސަތޭކަ) ޕޮއިންޓް، 20 ވަނަ މާއްދާގެ (ކ) އަދި (އ) ގެ ދަށުން ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުން ޕޮއިންޓް ކެނޑޭގޮތަށް، ދެވޭނެއެވެ. މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ކ) އަދި (އ) ގެ ދަށުން އެންމެފަހުން ޕޮއިންޓް ކެނޑި ތާރީހުން ފެށިގެން ވިދިވިދިގެން ކުށެއް ނުކޮށް 2 (ދޭއް) އަހަރުދުވަސް ވުމުން 100 (އެއް ސަތޭކަ) ޕޮއިންޓް އަލުން އައުވާނެއެވެ. 

(ޅ)

  1. ތިމާވެށީގެ ކޮންސަލްޓަންޓުން މި ގަވާއިދުގެ ދަށުން ބެހިގެންވަނީ، ކެޓަގަރީ A  އަދި ކެޓަގަރީ B، މިދެކެޓަގަރީ އަށެވެ. 
  2. ކެޓަގަރީ A ގެ ތިމާވެށީގެ ކޮންސަލްޓަންޓުންނަށް މި ގަވާއިދުގެ ދަށުން ތައްޔާރުކުރަންޖެހޭ ހުރިހާ ރިޕޯޓެއް ތައްޔާރުކުރުމުގައި މަސައްކަތްކުރެވޭނެއެވެ. ކެޓަގަރީ A ގެ ކޮންސަލްޓަންޓަކަށް ވުމުގެ ށަރުތުތައް މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި ކެޓަގަރީ A ގެ ވަގުތީ ކޮންސަލްޓަންޓަކަށް ވުމުގެ ށަރުތުތައް މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާނެއެވެ.
  3. ކެޓަގަރީ B ގެ ތިމާވެށީގެ ކޮންސަލްޓަންޓުންނަށް މަސައްކަތްކުރެވޭނީ އެފަރާތެއް ކިޔެވި ދާއިރާއެއްގެ ތިމާވެށީގެ ރިޕޯޓުތައް ތައްޔާރުކުރުމުގައެވެ. އަދި ކެޓަގަރީ B ގެ ތިމާވެށީގެ ކޮންސަލްޓަންޓުން ތައްޔާރުކުރާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރާ ޓީމުގައި ތިމާވެށީގެ ދާއިރާއަކުން އެންމެ ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދު އޮތް ފަރާތެއް ބައިވެރިކުރަންވާނެއެވެ. ކެޓަގަރީ B ގެ ކޮންސަލްޓަންޓަކަށްވުމުގެ ށަރުތުތައް 
    މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާނެއެވެ. ކެޓަގަރީ B ގެ ވަގުތީ ކޮންސަލްޓަންޓަކަށްވުމުގެ ށަރުތުތައް މި މާއްދާގެ (އ) ގައިބަޔާންކޮށްފައިވާނެއެވެ.
  4. ކެޓަގަރީ B ގެ ކޮންސަލްޓަންޓަކަށް ކެޓަގަރީ A ގެ ކޮންސަލްޓަންޓަކަށް ބަދަލުވެވޭނީ ޖަދުވަލު (ގ) ގައި ބަޔާންކޮށްފައިވާ ގޮތަށް މޮޑިއުލްތައް ފުރިހަމަކޮށް ފާސްވެގެންނެވެ.
  5. މި ގަވާއިދުގެ ދަށުން ތައްޔާރުކުރާ ރިޕޯޓުތައް ތައްޔާރުކުރުމަށްފަހު ހުށަހަޅާއިރު ރިޕޯޓުގައި ބައިވެރިވި އެކިއެކި ފަރާތްތައް މަސައްކަތް ކޮށްފައިވާގޮތް އެނގޭގޮތަށް، މި ގަވާއިދުގެ ޖަދުވަލު (ޗ) ގައިވާ ފޯމު ރިޕޯޓާއެކު ހުށަހަޅަންވާނެއެވެ. 
  6. މި ގަވާއިދުގެ ދަށުން ހުށަހަޅާ ރިޕޯޓުގައި ކޮންސަލްޓަންޓުންނާއި އަދި އެނޫން ފަރާތްތަކުން ކޮށްފައިވާ މަސައްކަތުގެ ފެންވަރު މިނިސްޓްރީން ބަލައި، ޑޮކިއުމަންޓްކޮށް މޮނިޓަރކުރަމުން ގެންދަންވާނެއެވެ.

(ކ) ތިމާވެށީގެ ކޮންސަލްޓަންޓަކަ ްށވުމުގެ ށަރުތުތައް

  1. ކެޓަގަރީ A
    ކެޓަގަރީ A ގެ ވަގުތީ ކޮންސަލްޓަންޓެއްގެ ލައިސަންސް ލިބި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ 5 (ފަހެއް) ރިޕޯޓު ހުށަހަޅައި ފާސްވެފައިވުން. ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރާ މުރާޖިރެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) ރިޕޯޓު މުރާޖައާކޮށްފައިވުން.
  2. ކެޓަގަރީ B
    ކެޓަގަރީ B ގެ ވަގުތީ ކޮންސަލްޓަންޓެއްގެ ލައިސަންސް ލިބި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ 5 (ފަހެއް) ރިޕޯޓު ހުށަހަޅައި ފާސްވެފައިވުން.

(އ) ތިމާވެށީގެ ވަގުތީ ކޮންސަލްޓަންޓަކަށް ވުމުގެ ށަރުތުތައް

  1. ކެޓަގަރީ A
    ތިމާވެށީގެ ދާއިރާއަކުން އެންމެ ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދެއް އޮތުން. މި ށަރުތު ހަމަވާކަމަށް ބެލެވޭނީ ކިޔަވާފައިވާ މޮޑިއުލްތަކުގެ 60 (ފަސްދޮޅަސް) އިންސައްތައަކީ ތިމާވެށްޓާގުޅޭ މޮޑިއުލްތަކެއް ކަމުގައިވާނަމައެވެ.  
  2. ކެޓަގަރީ B
    ސިވިލް އިންޖިނިއަރިންގ، ފެނާއި ނަރުދަމާ، ހަކަތަ، ދަނޑުވެރިކަން، މަސްވެރިކަން، ދަތުރުފަތުރު، ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރަންޖެހޭ ދާއިރާތަކާ ގުޅުންހުރި ތައުލީީމީ ދާއިރާއަކުން އެންމެ ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދެއް އޮތުން.

(ވ) ކެޓަގަރީ B ގެ ކޮންސަލްޓަންޓަކު ކެޓަގަރީ A ގެ ކޮންސަލްޓަންޓަކަށްވުމަށް ފުރިހަމަ ކުރަންޖެހޭ މޮޑިއުލްތައް ބެހިގެންވާ ދާއިރާތަކާއި ފުރިހަމަކުރަންޖެހޭ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކޯ މޮޑިއުލްތައް (ތިރީގައި ބަޔާންކޮށްފައިވާ ކޯ 3 ދާއިރާއަށް ނިސްބަތްވާ 3 މޮޑިއުލެއް ފުރިހަމަކުރަންޖެހޭނެއެވެ.)  
    1.1 އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް.
    1.2 އެންވަޔަރަންމަންޓަލް މޮނިޓަރިންގ/ އެންވަޔަރަންމަންޓަލް ސަރވޭއިންގ.
    1.3 ނެޗުރަލް ރިސޯސަސް މެނޭޖްމަންޓް/ ޕްރޮޓެކްޓަޑް އޭރިޔާ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް.
  2. އިލެކްޓިވް މޮޑިއުލްތައް (މި ދާއިރާތަކުން އިލެކްޓިވް 2 މޮޑިއުލެއް ފުރިހަމަ ކުރަންޖެހޭނެއެވެ).
    2.1 ހައިޑްރޯލޮޖީ/ވޯޓަރ ވޯޓަރ ރިސޯސް މެނޭޖްމަންޓް/ އެކުއަޓިކް ސައެންސް. 
    2.2 ޖިއޮގްރަފިކް އިންފޮމޭށަން ސިސްޓަމް/ ރިމޯޓް ސެންސިން.
    2.3 އެންވަރަންމަންޓަލް އިކޮނޮމިކްސް.
    2.4 ކޯސްޓަލް ޖިއޮމޮޕޮލޮޖީ.
    2.5 އެންވަޔަރަންމަންޓަލް ޕްލޭނިންގ/ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް.
    2.6 އެންވަރަންމަންޓަލް ލޯ/ އެންވަރަންމަންޓަލް ޕޮލިސީ.
    2.7 ކޮންސަވޭށަން ބަޔޮލޮޖީ.
    2.8 އެންވަޔަރަންމަންޓަލް ކެމިސްޓްރީ.
    2.9 އިކޮލޮޖީ/ މެރިން ބަޔޮލޮޖީ/ މެރިން ސައިންސް.
    2.10 ކްލައިމެޓޮލޮޖީ/ ކްލައިމެޓް ޗޭންޖް.
    2.11 ޕޮލިއުށަން ޕްރިވެންށަން/ އެންވަޔަރަންމަންޓަލް ޓޮކްސިކޮލޮޖީ.

 

10 ވަނަ މާއްދާ - ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް އަދި މި މާއްދާއަށް (ބ)، (ޅ)، (ކ) އަ ިދ (އ) އިތުރުކުރުން.

ދަފުތަރު ބޯޑު 17.

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ތިމާވެށީގެ ކޮންސަލްޓަންޓުންނާއި މުރާޖިރުންގެ އަންނަނިވި ކަންތައްތައް ބެލުމަށްޓަކައި ދަފުތަރު ބޯޑެއް މިނިސްޓަރ
އެކުލަވައިލަންވާނެއެވެ. އަދި މި ބޯޑުގެ ނިންމުންތައް ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.

  1. ތިމާވެށީގެ ކޮންސަލްޓަންޓުންގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައި، ށަރުތު ފުރިހަމަވާ މީހުން ދަފުތަރުގައި ހިމެނުމާމެދު ގޮތެއް ނިންމުން.
  2. ތިމާވެށީގެ ކޮންސަލްޓަންޓުންނާއި މި ގަވާއިދުގެ ދަށުން އައްޔަންކުރެވޭ މުރާޖިރުންނާމެދު ހުށަހަޅާ ށަކުވާތައް ބެލުން.
  3. ތިމާވެށީގެ ކޮންސަލްޓަންޓުންނާއި މި ގަވާއިދުގެ ދަށުން އައްޔަންކުރެވޭ މުރާޖިރުންނަށް ފިޔަވަޅު އަޅަންޖެހޭތޯ ބަލައި އެފަދަ ފަރާތްތަކަށް އަޅާނެ ފިޔަވަޅަކާމެދު މިނިސްޓްރީއަށް ލަފާދިނުން. 

(ބ) ތިމާވެށީގެ ކޮންސަލްޓަންޓުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓް ދަފުތަރު ބޯޑުން ފާސްކޮށް، މި އިސްލާހު ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެތެރޭގައި ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

(ޅ) ދަފުތަރުގައި ރަޖިސްޓަރީކުރާ ހުރިހާ ކޮންސަލްޓަންޓުންވެސް މަސައްކަތްކުރަންވާނީ މި މާއްދާގެ (ބ) ގެ ދަށުން އެކުލަވައިލާފައިވާ ތިމާވެށީގެ ކޮންސަލްޓަންޓުން އަމަލުކުރަންވީ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށެވެ.

(ކ) ތިމާވެށީގެ ކޮންސަލްޓަންޓުން އަމަލުކުރަންވީ ކޯޑް އޮފް ކޮންޑަކްޓަށް އެއްވެސް ބަދަލެއް
ގެނެވޭނީ ދަފުތަރު ބޯޑަށް ހުށަހަޅައި ފާސްކޮށްގެންނެވެ. އަދި ގެނެވޭ ހުރިހާ ބަދަލެއްދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(އ) ކޯޑް އޮފް ކޮންޑަކްޓަށް ގެންނަ ބަދަލެއްގެ ސަބަބުން އިސްވެ ކޮށްފައިވާ ކަމަކަށް ފިޔަވަޅެއް ނޭޅޭނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ކޮންސަލްޓަންޓެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުން 18.

(ހ) މި ގަވާއި ުދގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންސަލްޓަންޓުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު (ޏ) ގައިވާ ފޯމުންނެވެ.  ކޮންސަލްޓަންޓުންގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށްޓަކައި 5،000 (ފަސްހާސް) ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދައްކަންވާނެއެވެ. މި މާއްދާގައިވާ ގޮތުގެމަތިން ފީގެ ގޮތުގައި ދައްކާ ފައިސާ އެއްވެސް ހާލަތެއްގައި އަނބުރާ އެފަރާތަކަށް ނުލިބޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ރަޖިސްޓަރީވުމުގެ ހައްގު ލިބޭ ފަރާތްތަކަށް މި ގަވާއިދުގެ ދަށުން ދޫކުރާ ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސްގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ. 5 (ފަހެއް) އަހަރުދުވަސްވުމުން އަނބުރާ ނުލިބޭ 5000 (ފަސް ހާސް) ރުފިޔާގެ ފީއެއް ދެއްކުމުން މިނިސްޓްރީން ލައިސަންސް އައުކޮށްދޭންވާނެއެވެ. މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ވ) ގެ ދަށުން ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ސަސްޕެން ްޑވެފައިވާ ފަރާތަކަށް، ރަޖިސްޓަރީވިތާ 5 (ފަހެއް) އަހަރުދުވަސް ވީކަމުގައި ވިޔަސް، ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް އައުކުރަން ހުށަހެޅޭނީ ސަސްޕެންށަންގެ މުއްދަތު ހަމަވުމުންނެވެ.

(ރ)

  1. ދަފުތަރު ބޯޑުގެ ނަޒަރުގައި މި ގަވާއިދުގެ 16 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާފައިވާ ށަރުތުތައް ހަމަވާ ދިވެހިންނަށް 1 (އެކެއް) އަހަރުދުވަހުގެ ވަގުތީ ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ދޫކުރެވިދާނެއެވެ.ވަގުތީ ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ އަނބުރާ ނުލިބޭ 3000 (ތިންހާސް) ރުފިޔާގެ ފީއެއް ދެއްކުމުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. ވަގުތީ ކޮންސަލްޓަންޓުން ވެސް ބެހިގެންވަނީ މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ޅ) ގައިވާ ދެކެޓަގަރީއަށެވެ.
  2. މި ގަވާއިދުގެ 16 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، ބިދޭސީންނަށް ދިވެހިރާއްޖޭގައި ހިންގޭ ވަކި މަށްރޫއަކަށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ވަގުތީ ލައިސަންސް ދޫކުރެވިދާނެއެވެ. އަދި އެ މަށްރޫއުގެ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާމެދު މިނިސްޓްރީން ނިންމިގޮތުގެ ލިޔުން ދޫކުރުމުން ލައިސަންސް ބާތިލުވީއެވެ. 

 

12 ވަނަ މާއްދާ - 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ބާތިލުކުރުން 19.

(ހ) ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ލިބިފައިވާ މީހަކު ތިރީގައިވާ ފަދަ ކަމެއް ކޮށްފިނަމަ މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ކޮންމެ ލައިސަންސެއް ދަފުތަރު ބޯޑުން ބާތިލުކުރެވިދާނެއެވެ. އަދި ލައިސަންސް ބާތިލުކުރުމުން އަލުން ރަޖިސްޓަރީވުމަށް ހުށަހެޅޭނީ ބާތިލުކުރާތާ 3 (ތިނެއް) އަހަރުދުވަސް ފަހުންނެވެ.

  1. ތަފާސްހިސާބު އޮޅުވާލައިގެން ނުވަތަ ސައްހަ ނޫން މައުލޫމާތު ނުކުމެދާނެގޮތް ހަދައިގެން ނުވަތަ ދޮގު މައުލޫ ާމތު ނުވަތަ އެފަދަ ލިޔުންތައް ގަރީނާގެ ގޮތުގައި ހުށަހެޅުން ނުވަތަ މިގަވާއިދާ ހިލާފުވުން، ނުވަތަ 
  2. ގާނުނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފުވުމުން އެފަރާތަކާމެދު ފިޔަވަޅެއް އަޅާފައިވުން، ނުވަތަ 
  3. އޮޅުވާލުމުގެ ގޮތުން އެހެން ލިޔުންތަކުން މައުލޫމާތު ނަކަލުކުރުމާއި (ޕްލެޖިއަރިޒަމް)، ނުވަތަ ގަސްތުގައި ހަގީގަތް އޮޅޭ ފަދަ ގޮތަކަށް، މައުލޫމާތު އޮޅޭ ފަދަ ގޮތަކަށް މި ގަވާއިދުގެ ދަށުން ހުށަހަޅަން ޖެހޭ ރިޕޯޓުތައް ހުށަހެޅުން، ނުވަތަ
  4. މި ގަވާއިދުގެ ދަށުން ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސަ ހޯދާފައިވަނީ ދޮގު މައުލޫމާތު ދީގެން ނުވަތަ އޮޅުވާލައިގެން ކަމަށްވުން.
  5. މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުވުން

13 ވަނަ މާއްދާ - ގަވާއިދުގައި "ރަޖިސްޓަރީ ސަނަދު" މިހެން ލިޔެފައިވާ އިބާރާތް "ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް" މިގޮތަށް ބަދަލުކުރުން.

 

14 ވަނަ މާއްދާ - ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް (ކ)، (އ)، (ވ)، (މ)، (ފ) އަދި (ދ) އިތުރުކުރުން.

ފިޔަވަޅުއެޅުން 20.

(ހ) ތިރީގައި ބަޔާންކޮށްފައިވާ ކުށެއް އެދިޔާރު ކޮށްފިނަމަ 200،000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާކުރާނެ އުސޫލު މި ގަވާއިދުގެ ޖަދުވަލު (ޖ) ގައި ބަޔާންކޮށްފައިވާނެއެވެ. މި މާއްދާގެ ދަށުން ފިޔަވަޅު އަޅާ ަފރާތްތައް އާންމުކޮށް ހާމަކުރެވޭނެއެވެ.

  1. މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަނާޅައި އަދި އެ ރިޕޯޓުތައް ގަބޫލުކުރިކަމުގެ ލިޔުން ނުވަތަ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި، ގަވާއިދުގެ ދަށުން ރިޕޯޓު ހުށަހަޅަންޖެހޭ މަށްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން. 
  2. މި ގަވާއިދުގެ ދަށުން ހުށަހަޅާ ރިޕޯޓުތަކުގައި އޮޅުވާލުމުގެ ބޭނުމުގައި ސައްހަ ނޫން މައުލޫމާތު ހިމެނުން.
  3. ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބުނެފައިވާ ގޮތަށް ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނަމުން ނުދިއުން.
  4. ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ރިޕޯޓު (މޮނިޓަރިންގ ރިޕޯޓު) ހުށަނޭޅުން ނުވަތަ ގަސްތުގައި އޮޅުވާލުން. 
  5. ޖަދުވަލު (ރ)، (ޔ) އަދި (ޓ) ގައި ނުހިމެނޭ މަށްރޫއުތަކުގެ ތެރެއިން ތިމާވެށްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަށްރޫއުތައް، އެ މަށްރޫއުތަކުގެ އަމަލީ މަސައްކަތް ފެށްޓުމުގެކުރިން މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ސްކްރީންނުކުރުން.
  6. މިނިސްޓްރީ ނުވަތަ ތަންފީޒީ އޮފިސަރު މަސައްކަތް ހުއްޓާލުމަށް ކުރާ އަމުރަށް ނުކިޔަމަންތެރިވުން.
  7. ތިމާވެށްޓަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް މިނިސްޓަރު ނުވަތަ އޭނާ އައްޔަނުކުރާ މީހަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން.
  8. މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުމާއި ދޮގު މައުލޫމާތު ހުށަހެޅުން.
  9. މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިވާގޮތަށް އަމަލުނުކުރުން ނުވަތަ މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުވުން.
  10. މި ގަވާއިދުގެ ދަށުން، ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ނުވަތަ އެ ރިޕޯޓަށް ހުށަހަޅައި ގަބޫލުކޮށްފައިވާ އިސްލާހާ ހިލާފަށް މަސައްކަތްކުރުން. 
  11. ތިމާވެށީގެގޮތުން ިނންމިގޮތުގެ ލިޔުމުގައިވާ އެއްވެސް ށަރުތަކާ ހިލާފުވުން
  12. އެދިޔާރުގެ ފަރާތުން މަސައްކަތްކުރުމަށް އައްޔަނުކުރާ ފަރާތަކުން ރިޕޯޓާ ހިލާފަށް މަސައްކަތްކުރުން. 

(ށ) މި މާއްދާގެ (ހ) އަދި (ފ) ގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި އޮތަސް މީހަކު ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ތިމާވެށްޓަށް ގެއްލުމެއް ވެއްޖެނަމަ އެ މީހަކު، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04 (އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-09) ގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.

(ކ) މި ގަވާއިދުގެ ދަށުން ތިމާވެށީގެ ކޮންސަލްޓަންޓެއްގޮތުގައި މަސައްކަތްކުރުމަށް ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ލިބިފައިވާ މީހަކު ފުރިހަމަނޫން ރިޕޯޓެއް ހުށަހަޅައިފިނަމަ ކޮންސަލްޓަންޓުންގެ ޕޮއިންޓުގެ ޖުމުލައިން އަންނަނިވި އަދަދުތައް މިނިސްޓްރީން އުނިކުރަންވާނެއެވެ. 

  1. ޓާރމްސް އޮފް ރެފެރެންސްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ މައުލޫމާތެއް ރިޕޯޓެއްގައި ހިމަނާފައިނުވާކަން މުރާޖައާކުރުމުގެ މަރުހަލާއިން ފާހަގަކުރެވޭ ކޮންމެ ފަހަރަކު ތިމާވެށީގެ ކޮންސަލްޓަންޓެއްގެ ޕޮއިންޓުގެ ޖުމުލައިން 1 (އެކެއް) ޕޮއިންޓް އުނިކުރުން.
  2. ޓާރމްސް އޮފް ރެފެރެންސްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ މައުލޫމާތެއް މަދުވެގެން އެ މައުލޫމާތެއް ހޯދުމަށް ދެވަނަ ފަހަރަށް އެދެންޖެހިއްޖެ ހާލަތެއްގައި ތިމާވެށީގެ ކޮންސަލްޓަންޓެއްގެ ޕޮއިންޓުގެ ޖުމުލައިން 2 (ދޭއް) ޕޮއިންޓް އުނިކުރުން.
  3. މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ރިޕޯޓެއް ގަބޫލުނުކޮށްފިނަމަ ކޮންސަލްޓަންޓެއްގެ ޕޮއިންޓުގެ ޖުމުލައިން 20 (ވިހި) ޕޮއިންޓް އުނިކުރުން.

(އ) ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް ލިބިފައިވާ މީހަކު ތިމާވެށީގެ ކޮންސަލްޓަންޓުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ދަފުތަރު ބޯޑުން ނިންމައިފިނަމަ އެފަރާތަކާމެދު އަންނަނިވި ފިޔަވަޅުތައް މިނިސްޓްރީން ތަރުތީބުން އަޅަންވާނެއެވެ. މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ކުށްތައް މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

  1. ފުރަތަމަ ފަހަރަށް ހިލާފުވެއްޖެނަމަ ތިމާވެށީގެ ކޮންސަލްޓަންޓެއްގެ ޕޮއިންޓުގެ ޖުމުލައިން 10 (ދިހައެއް) ޕޮއިންޓް އުނިކުރުން. 
     2 ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ތިމާވެށީގެ ކޮންސަލްޓަންޓެއްގެ ޕޮއިންޓުގެ ޖުމުލައިން 20 (ވިހި) ޕޮއިންޓް އުނިކުރުން.
  2. ތިންވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ތިމާވެށީގެ ކޮންސަލްޓަންޓެއްގެ ޕޮއިންޓުގެ ޖުމުލައިން 30 (ތިރީސް) ޕޮއިންޓް އުނިކުރުން.

(ވ) ތިމާވެށީގެ ކޮންސަލްޓަންޓުންގެ ޕޮއިންޓުގެ ޖުމުލަ 50 (ފަންސާސް) އަށްވުމުން ތިމާވެށީގެ ކޮންސަލްޓަންޓްކަން ކުރުމުގެ ލައިސަންސް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރެވޭނެއެވެ.

(މ) މުރާޖިރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމާ ހިލާފުވެއްޖެކަމަށް މިނިސްޓްރީއަށް ފަހާގަކުރެވިއްޖެނަމަ ދަފުތަރު ބޯޑަށް އެކަމެއް ހުށަހަޅަންވާނެއެވެ. އަދި ދަފުތަރު ބޯޑުން އެ މައްސަލައެއް ބަލައި އެއްބަސްވުމުގެ ދަށުން ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެފަދަ ފަރާތްތަކަށް އަޅާނެ ފިޔަވަޅަކާމެދު މިނިސްޓްރީއަށް ލަފާ ދޭންވާނެއެވެ.

(ފ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމާއި ހިލާފަށް ނުވަތަ އެ ލިޔުމުގައި ނުހިމެނޭ މަސައްކަތެއް ކޮށްގެން އެކަމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުމެއް ލިބިއްޖެ ހިނދެއްގައި، މިނިސްޓްރީން އެކަމެއް ބެލުމަށްފަހު އެއީ އެދިޔާރުގެ އިހުތިޔާރާއި ބާރު ނުފޯރާ ނުވަތަ އެދިޔާރާ ގުޅުމެއްނެތް ކަމެއްކަމަށް  ކަނޑައަޅައިފިނަމަ، އެ ލިބުނު ގެއްލުމަކަށް ޒިންމާ އުފުލަންވާނީ އެ މަސައްކަތެއްކުރަން އެންގި އަދި އެ މަސައްކަތެއްކުރި ފަރާތްތަކެވެ. އަދި މިފަރާތްތައް 200،000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާކުރާނެ އުސޫލު މި ގަވާއިދުގެ ޖަދުވަލު (ޖ) ގައި ބަޔާންކޮށްފައިވާނެއެވެ. މި މާއްދާގެ ދަށުން ޖޫރިމަނާ ކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރެވޭނެއެވެ.

(ދ) މި ގަވާއިދުގެ އެއްވެސް މާއްދާއެއްގެ ދަށުން ޖޫރިމަނާކޮށްފައިވާ ފަރާތެއް، މިފަދަ ޖޫރިމަނާތައް ދައްކަން ކަނޑައަޅާ މުއްދަތުގައި ނުދައްކައިފިނަމަ، މި ގަވާއިދުގެ ދަށުން އެފަރާތަކަށް ހިދުމަތް ދިނުން މިނިސްޓްރީއަށް ހިފެހެއްޓިދާނެއެވެ.

 

15 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު އަންނަނިވި ގޮތަށް އިސްލާހު ކުރުން

ޖަދުވަލު (މ)

 

ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން (ހުއްދަ ދިނުން)

 

16 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު (ފ) އަންނަނިވި ގޮޮތަށް އިސްލާހުކުރުން.

ޖަދުވަލު (ފ)

 

17 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު (ދ) އަންނަނިވި ގޮތަށް އިސްލާހުކުރުން

ޖަދުވަލު (ދ)

 

18 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަދުވަލު (އ)

 

22 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު (ޗ) އިތުރުކުރުން

ޖަދުވަލު (ޗ)

 

23 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-27)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު