-

ދިވެހި ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 19 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 629/2013) 

 

1 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 252 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

252. ދާއިރާގައި ހިންގޭ މަސްރޫއުތަކުގައި ހިދުމަތުގައި ދެމިހުރެ މަސައްކަތްކުރުން

(ނ) މުވައްޒަފުންގެ މަގާމުގެ މަސައްކަތުގެ އިތުރަށް ކުރަންޖެހޭ މަސައްކަތަށް މަސްރޫއުން ކަނޑައަޅާ އެލަވަންސެއް ދެވިދާނެއެވެ.

 

2 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލަހުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު