-

ކްލެމެންސީ ބޯޑުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2011-31) 

 

1  ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ތިރީގައިވާ ގޮތަށް އިސްލާހު ކޮށްފީމެވެ.

(ށ) ބޯޑުން ދިރާސާކޮށްދިނުން އެދި އިލްތިމާސެއް ލިބުމުން، އެ އިލްތިމާސެއް ލިބޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ އިލްތިމާސް ދިރާސާކުރުމަށްފަހު، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ލަފާދިނުން.

 

2 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ތިރީގައިވާ ގޮތަށް އިސްލާހު ކޮށްފީމެވެ.

(ނ) ބޯޑުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ 5 (ފަހެއް) މެމްބަރުންނެވެ. 

  

3 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދަށް މިގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު  ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު