-

ކުންފުންޏާބެހޭ އާންމު ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 39/2011)

 

1 ވަނަ މާއްދާ - ކުންފުންޏާބެހޭ އާންމު ގަވާއިދަށް ތިރީގައި މިވާ މާއްދާ އިތުރުކޮށް އެ މާއްދާއަކީ، މި ގަވާއިދުގެ 20 ވަނަ މާއްދާ ކަމަށް ހަމަޖައްސައި، މިހާރު އޮތް 20 ވަނަ މާއްދާ އަކީ މި ގަވާއިދުގެ 21 ވަނަ މާއްދާކަމަށް ހަމަޖެއްސުން.

20. (ހ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މެނުވީ،އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކަށް މާލީ އެހީއެއް ދީގެން ނުވާނެއެވެ.

 (ށ)ދިވެހިރާއްޖޭގެ ހިއްސާ ބާޒާރުގައި ލިސްޓްކުރެވިފައިވާ ޕަބްލިކް ކުންފުންޏަކުން،ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން،އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ދެވޭ އިނާޔަތެއްގެ ގޮތުން، ކުންފުނީގެ ހިއްސާ މުވައްޒަފުންނަށް އެކަށައެޅުމަށް ނުވަތަ މި މާއްދާ     ހުރަހެއް ނާޅައެވެ.

 

2 ވަނަ މާއްދާ - ކުންފުންޏާބެހޭ އާންމު ގަވާއިދަށް މި ގެނެވުން އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުވާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު