-

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 20/2010) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 51/2011)

 

ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާޢި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (20/2010) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވެދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް ތިރީގައި މިވާ ބައި އިތުރުކޮށް އެއީ އެ މާއްދާގެ (ދ) ކަމުގައި ހަމަޖައްސައި ދެންހުރި އަކުރުތައް ތަރުތީބުކުރުން.

(ދ) މި މާއްދާގެ (ފ) ގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމުން، އެޑްވާންސްކޮށް ދައްކާފައިވާ ކުއްޔާ ގުޅޭގޮތުން ސަރުކާރުން ވަކި އުސޫލެއް ކަނޑައަޅައިފިނަމަ، އެ އުސޫލެއްގެ ދަށުން އެޑްވާންސް ކުއްޔާމެދު އަމަލުކުރުމަށް ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވާނަމަ، އެ ކުއްޔާމެދު އެއްބަސްވާ ގޮތުގެ މަތިން އަމަލުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

2 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 20/2010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު