-

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް 12 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 16/2012)

 

ތިރީގައި މިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 192 ވަނަ މާއްދާގެ (މ) އިސްލާހުކޮށް (ފ) އިތުރު ކުރެވިފައިވާ ގޮތެވެ. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 192 ވަނަ މާއްދާގެ (މ) އަށް މި އިސްލާހުކޮށް (ފ) އިތުރުކުރުމަށް ކޮމިށަނުން ނިންމަވާފައިވަނީ 23 ޖެނުއަރީ 2012 ވީ ހޯމަ ދުވަހު ބޭއްވުނު ކޮމިށަނުގެ 759 ވަނަ ބައްދަލުވުމުންނެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ 25 ޖެނުއަރީ 2012 އިން ފެށިގެންނެވެ.

 

192 ވަނަ މާއްދާ - މައިގަނޑު އުސޫލުތައް

(މ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ އުސޫލުގެ އަތްމަތީ ފޮތުގައިވާ ގޮތުގެ މަތިންނެވެ. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގައި ބޭނުންކުރާނީ އަތްމަތީ ފޮތުގައިވާ "ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމު" ތަކެވެ.

(ފ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޖަދުވަލު 21 ގައިވާ ފޯމުތައް ބާތިލުވީއެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު