ގަވާއިދު ނަންބަރު 20/2012 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން
(ގަވާއިދު ނަންބަރު 39/2012)
1 ވަނަ މާއްދާ – ބުނެވިދިޔަ ގަވއިދުގެ 5 ވަނަ މާއްދާއަށް ތިރީގައިމިވާގޮތަށް (7) ވަނަ އަކުރު އިތުރުކުރުމަށް
5. ލައިސަންސް އެދި ހުށަހަޅާ ފަރާތުގެ ށަރުތުތައް
މި ގަވާއިދުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
7. ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ހިއްސާ ވިއްކާ ޕަބްލިކް ލިމިޓެޑް ކުންފުނިތައް މި މާއްދާގެ 4،3،2 އަދި 6 އިސްތިސްނާވުން
2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން
30. އަސާސީ ޕެކޭޖް
(ހ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ އަސާސީ ޕެކޭޖެއް ހިމަނަންވާނެއެވެ. މި ޕެކޭޖް އެކުލަވާލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ބައިތައް އެންމެ މަދުވެގެން ހިމެނޭ ގޮތަށެވެ.
3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދަގެ (ހ) ގެ 7،6،5،4،3 އުނިކުރުމަށްފަހު ހަމަ އެމާއްދާގެ (ހ) ގެ 2،1 ތިރީގައިވާގޮތަށް އިސްލާހުކުރުން
30. އަސާސީ ޕެކޭގް
(ހ)
- ރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ މައި ޓީވީ ޗެނަލް؛
- މި މާއްދާގެ (ހ) ގެ 1 ގައި ބަޔާންކޮށްފައިވާ ޗެނަލްގެ އިތުރުން މަދުވެގެން 3 (ތިނެއް) ޗެނަލް؛
4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް ބަދަލުކުރުން
ހިދުމަތުގެ ބާވަތްތަކާއި އަގު ފާސްކުރުން.
5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާއަށް ތިރީގައިމިވާގޮތަށް (ނ) އެއް އިތުރުކުރުމަށް
32. (ނ) ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުންދޭ ރީބްރޯޑްކާސްޓިންގ އާ ގުޅޭ ހިދުމަތެއް ފިޔަވައި އެހެން އެއްވެސް ހިދުމަތެއް ރީބްރޯޑްކާސްޓިންގގެ ހިދުމަތާ އެއްކޮށްގެން ނުވަތަ ޕެކޭޖްކޮށްގެން ދޭނަމަ، އެ ހިދުމަތެއް ދިނުމުގެ ކުރިން ކޮމިށަނަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
6 ވަނަ މާއްދާ – މިގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު