ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑްރަގް ކޯޓުގެ ށަރީއަށް ހިންގުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 42/2013)
1 ވަނަ މާއްދާ - ތައާރުފު
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ނ)ގެ ދަށުން ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ބާރުގެ ދަށުން، ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ށަރީއަތް ކުރިއަށް ގެންދިއުމުގައި ވީޑިއޯ ކޮންފަރެންސް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ޑްރަގް ކޯޓުގެ ށަރީއަތް ހިންގުމުގެ ގަވާއިދެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދުތައް ތިރީގައިމިވަނީއެވެ.
(ހ) ކޯޓަށް ހުށަހެޅެ މައްސަލަތައް އަވަހަށް ނިންމުން
(ށ) ކޯޓަށް މީހުން ހާޒިރުކުރުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުން ނުވަތަ މަދުކުރުން
(ނ) ކޯޓަށް މީހުން ހާޒިރުކުރުމުގައި ޑްރަގް ކޯޓާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ހަރަދާއި ބޭނުންކުރަންޖެހޭ ވަސީލަތްތައް މަދުކުރުން.
3 ވަނަ މާއްދާ - ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަ ހިންގަން ނިންމުން
ޑްރަގް ކޯޓަސް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުގެ ހައްގުތައް ހިމާޔަތްކުރުން
ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގާ ށަރީއަތްތަކުގައި ދައުވާލިބޭ ފަރާތުގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ތިރީގައިވާ ކަންކަން ކަށަވަރުކުރަންވާނެއެވެ.
(ހ) ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ އަޑުއެހުމަށް ހާޒިރުވުމަށް ފޮނުވޭ އަމުރުގައި އެ އަޑުއެހުމަކީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ އަޑުއެހުމެއްކަން ބަޔާންކުރަންވާނެއެވެ.
(ށ) ށަރީއަތުގެ އަޑުއެހުން ފެށުމުގެ ކުރިން، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކަށް ކޮންފަރެންސްގެ އަޑާއި މަންޒަރު ސާފުކޮށް ލިބޭކަން މައްސަލަ ބަލާ ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.
5 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް
(ހ) ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭ އަޑުއެހުންތަކަކީ، ހުޅުވައިލެވިފައިވާ އަޑުއެހުންތަކެކެވެ.
(ށ) ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ށަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާއިރު ދައުވާލިބޭ ފަރާތް ހާޒިރުކޮށްފައިވަނީ، ގުޅާލެވިފައިވާ ކޯޓަށްނަމަ، އެކޯޓުގައި އަޑުއެހުން ކުރިއަށްގެންދެވޭނީ ދައުވާލިބޭ ފަރާތާއެކު އެކޯޓުގެ ފަނޑިޔާރެއް ނުވަތަ އެ ކޯތުގެ އޮފިށަލެއްގެ ހާޒިރުގައެވެ. އަދި މައްސަލަ ބަލާ ފަނޑިޔާރުގެ އިޒުނަނެތި، އެ މަޖިލީހުގައި އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް ދައްކައި ސުވާލުކޮށް ހަދައިގެން ނުވާނެއެވެ.
(ނ) ގުޅާލެވިފައިވާ ކޯޓުގެ ށަރީއަތުގެ މަޖިލީހަށް ވީޑިއޯ ކޮންފަރެންސަށް ހުރަސްއެޅިދާނެ އެއްވެސް އާލަތެއް ވައްދައިގެން ނުވާނެއެވެ.
(ރ) ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގާ ށަރީއަތުގެ އަޑުއެހުންތަކުގައި ނެގޭ މަހްޒަރު ބަޔާނުގައި އެ ބަޔާންނެގިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު އަޑުއެހުމެއްގައިކަން ބަޔާންކުރެވިފައި އޮންނަންވާނެއެވެ. އަދި މި ބަޔާނުގައި ގުޅާލެވިފައިވާ ކޯޓުގެ ފަރާތުން ހާޒިރުވެ ހުރި ފަނޑިޔާރު ނުވަތަ އޮފިށަލުގެ ނަމާއި، މަގާމާއި، ސޮޔާއި، އެ ކޯޓުގެ ސިއްކަ އޮންނަންވާނެއެވެ.
(ބ) ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ އަޑުއެހުމެއްގައި ގުޅާލެވިފައިވާ ކޯޓުގެ ށަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކެނޑުމަކީ ޑްރަގް ކޯޓުގެ ށަރީއަތުގެ މަޖިލީހެއްގެ ހުރުމަތްކެނޑުން ކަމުގައި ބެލެވޭނެއެވެ.
6 ވަނަ މާއްދާ - މަހުޒަރު ބަޔާންތައް ފޮނުވުން
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭ އަޑުއެހުންތަކުގައި ނެގޭ މަހުޒަރު ބަޔާންތައް ސްކޭންކޮށް، ބަޔާންތަކުގެ އަސްލު ގުޅާލެވިފައިވާ ކޯޓުގެ ފަރާތުން ޑްރަގް ކޯޓަށް ރައްކާތެރިކަމާއެކު ފޯރުވައިދޭންވާނެއެވެ.
7 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު؛
(ހ) "ވީޑިއޯ ކޮންފަރެންސް" ކަމަށް ބުނެފައި އެވަނީ، އަޑާއި މަންޒަރު ލިބޭގޮތަށް ޑްރަގް ކޯޓާއި ގުޅާލެވިފައިވާ ކޯޓާ ދެމެދު ކުރެވޭ މުއާސަލާތަށެވެ.
(ށ) "ގުޅާލެވިފައިވާ ކޯޓު" ކަމަށް މި ގަވާއިދުގައި ބުނެފައިއެވަނީ، ޑްރަގް ކޯޓުގެ ފަނޑިޔާރަކު ޖިސްމާނީ ގޮތުން ށަރީއަތުގެ މަޖިލީހުގައި ނެތި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވިފައިވަ ކޯޓަށެވެ.
(ނ) " ކޯޓު " ކަމަށް ބުނެފައިއެވަނީ ޑްރަގް ކޯޓަށެވެ.
8 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު