-

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-07) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2013-43) 

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ކ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކުރުން.

(ކ) (1) މި ގަވާއިދުގައިވާ ގޮތުގެ މަތިން، ދައްކަންޖެހޭ ވާރކް ވިޒާ ފީ ބަލައިގަނެ، ވާރކް ވިޒާ ފީ ދައްކަންޖެހޭ މައްދަތުގެ ތެރޭގައި ނުދެއްކުމުން ކުރެވޭ ޖޫރިމަނާގެ ފައިސޤ ބަލައިގަންނާނީ މޯލްޑިވަސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.

(2) މި މާއްދާގެ (ކ) ގެ (1) ގައި ބަޔާންކޮށްފައިވާ ވާރކް ވިޒާ ފީ ބަލައިގަނެ، ވާރކް ވިޒާ ފީ ބަލައިގަތުމާ ގުޅޭ އެންމެހައި މާއްދާތައް ތަންފީޒުކުރުމާއި، ވާރކް ވިޒާ ފީ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ނުދެއްކުމުން ކުރެވޭ ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 50 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީންނެވެ.

 

2 ވަނަ މާއްދާ -  މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-09)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު