އިލެކްށަންސް ކޮމިށަންގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 59/2013)
1 ވަނަ މާއްދާ - އިލެކްށަންސް ކޮމިށަނުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
13. ވަޒީފާ ދިނުމާއި ވަޒީފާ ބަޔާން
(ވ) ވަގުތީ ވަޒީފާގައި ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅެވިދާނެއެވެ. ވަގުތީ ވަޒީފާދޭ މީހާ ލައްވައި އެ ވަޒީފާގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވަންވާނެއެވެ. އަދި ކޮންޓްރެކްޓްގައި މުވައްޒަފު ނަގާ މުއްދަތު ބަޔާންކުރަންވާނެއެވެ.
2 ވަނަ މާއްދާ - އިލެންށަންސް ކޮމިށަންގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
46. ކޮމިށަނުގެ ޖަލްސާގެ ބާވަތްތައް
(އ) ކުއްލި ޖަލްސާގެ އެޖެންޑާ ޖަލްސާ ފެށުމުގެ 24 ގަޑިއިރު ކުރިން މެންބަރުންނަށް ދޭންވާނެއެވެ. މިމާއްދާގައި މިހެން އޮތް ކަމުގައި ވީނަމަވެސް ކޯޓު އަމުރަކާ ގުޅިގެން ކުއްލިއަކަށް ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާތައް ބޭއްވުމުގައި ކުރިން ދެންނެވުނު 24 ގަޑިއިރުގެ މުހުލަތު ދޭކަން ނުޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު