-

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 99/2013)

 

 

1 ވަނަ މާއްދާ – ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009) ގެ ބާބު 8 – "ވައުޗަރ ނިޒާމު"، މި ބާބުގެ ނަންބަރު 8.15 ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްލާހުކޮށްފީމެވެ.

8.15. އަންދާސީހިސާބު ހޯދުން

(ހ) އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ ޖުމުލަ އަގު 25،000 (ފަންސަވީސްހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ގަންނަންވާނީ އާންމުކޮށް އިއުލާންކޮށްގެން ލިބޭ އަންދާސީހިސާބުތަކަށް ބަލައިގެންނެވެ.

(ށ) މަސައްކަތުގެ އަގު (ތަކެތީގެ އަގާއެކު) 25،000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 1،500،000 (އެއްމިލިޔަން ފަސްލައްކަ) ރުފިޔާއާދެމެދުގެ މަސައްކަތެއް ކުރަންވެއްޖެނަމަ، ނުވަތަ 25،000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 1،500،000 (އެއްމިލިޔަން ފަސްލައްކަ) ރުފިޔާއާދެމެދުގެ އެއްޗެއް ހައްދަންވެއްޖެނަމަ، އެމަސައްކަތްކޮށްދިނުމަށް ނުވަތަ އެއްޗެއް ހައްދަން އެންމެ އެކަށީގެންވާ ރަނގަޅު ފަރާތެއް ހޯދާނީ އާންމުކޮށް އިއުލާންކޮށްގެން ލިބޭ އަންދާސީހިސާބުތައް ބަލައިގެންނެވެ.

(ނ) ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ބިޑުކުރުމަކާ ނުލައި އަދި މިގަވާއިދުގެ 8.25 ގައިވާ ފަދައިން ޓެންޑަރ އިވެލުއޭށަން ބޯޑަށް ހުށަހެޅުމަކާނުލައި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރެވިދާނެއެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރަންވާނީ މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެ މައުލޫމާތު ހުށަހަޅައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދް ލިޔުމަކުން ހޯދުމަށް ފަހުގައެވެ.

 

2  ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދުގެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު