ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2013-1652)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ޑިސެމްބަރު 2013 ގައި)
1 ވަނަ ބާބު - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަދިނުމާއި އެފަދަ ހޮޓަލަކުން ލިބެންހުންނަންޖެހޭނެ ފަސޭހަތަކުގެ މިންގަޑާއި އެފަދަ ހޮޓަލަކުން ލިބެންހުންނަންޖެހޭނެ ހިދުމަތްތައް ކަނޑައެޅުމަށްޓަކައި އެކުލަވައިލާފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާބެހޭ
ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭ ތަންތަން
މި ގަވާއިދުގެ ދަށުން ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، އަންނަނިވި ބިންބިމާއި ސަރަހައްދު ތަކުގައި ކުރެވިފައިވާ އިމާރާތްތަކުގައި ހިންގުމަށް ހުށަހަޅާ ޓޫރިސްޓް ހޮޓާ ތަކަށެވެ.
(ހ) ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެމަތިން ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) ގައި ކަނޑައެޅިފައިވާ ގޮތަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ދުރާލައި އާންމުކޮށް އިއުލާންކޮށްގެން ކުއްޔަށްދޫކުރާ ބިންބިމާއި ސަރަހައްދުތައް.
(ށ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ބިންބިން.
3 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ހޯދުން
(ހ) ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް ހޮޓަލެއް ހިންގަންވާނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) އާއި މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެކަމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީއިން ޓޫރިސްޓް ހޮޓާ ރަޖިސްޓަރީކުރުމާއެކު، އެމިނިސްޓްރީން ދޫކުރާ ޓޫރިސްޓް ހޮޓާ ހިންގުމުގެ ލައިސަންސް ހޯދުމަށްފަހުގައެވެ. ޓޫރިސްޓް ހޮޓާ ރަޖިސްޓަރީކުރުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ވާ ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ލައިސަންސް ހޯދުމަށްއެދި ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރު ތިރީގައި މިވާ ލިޔުންތަކުގެ އަސްލާއި ކޮޕީ ހުށަހަޅަންވާނެއެވެ. އަސްލު ލިބެންނެތް ހާލަތެއްގައި އެލިޔުމެއް ދޫކުރި ފަރާތުން އަސްލާ އެއްގޮތަށް އޮތް ކޮޕީއެއްކަން ބަޔާންކޮށްފައިވާ ކޮޕީއެއް ހުށަހެޅިދާނެއެވެ. އަސްލު ހުށަހެޅުމުން ވަގުތުން ޗެކް ކުރުމަށްފަހު އަސްލު ގެންދަންވާނެއެވެ.
- މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "ދިވެހިރާއްޖޭގައި ޓޫރިސްޓު ހޮޓާ ހިންގުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އެފޯމ.ު
- އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއްގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ހޮޓަލެއްނަމަ އެ ހޮޓާ ތަރައްގީކޮށްފައިވާ ބިމުގެ ރަޖިސްޓަރީގެ އަސްލާއި ކޮޕީ. ގޯތި ނުވަތަ ބިން ބޭންކެއްގައި ނުވަތަ އެނޫންވެސް ވިޔަފާރި އިންސްޓިޓިއުށަނެއްގައި ރަހުނު ކޮށްފައިވާނަމަ ނުވަތަ ބިމުގެ ރަޖިސްޓަރީ އެހެން މުއައްސަސާއަކަށް ހުށަހެޅިފައިވާނަމަ އެ ފަރާތެއްގެ ލިޔުމެއް. މި ލިޔުމުގައި ބިމުގެ ރަޖިސްޓަރީގެ އަސްލު އެ ފަރާތުން ހިފެހެއްޓިފައިވާކަން ބަޔާން ކުރަންވާނެއެވެ.
- ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ބިން ނުވަތަ އިމާރާތުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، ވެރިފަރާތާ ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދޭފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީ. މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިފަރާތުގެ ނަމުގައި، އެ ބިން ނުވަތަ އިމާރާތުގައި ޓޫރިސްޓް ހޮޓަލެއް ހިންގުމުގެ ހުއްދަ ލިބިދޭ މާއްދާއެއް އޮންނަންވާނެއެވެ.
- އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއްގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ހޮޓަލެއްނަމަ، ހުއްދައަށް އެދި ހުށަހަޅާއިރު، މާލޭ ސިޓީކައުންސިލް ނުވަތަ އަތޮޅުތަކުގައިނަމަ ދައުލަތުގެ ކަމާބެހޭ ފަރާތަކުން އެ ގޯތި ނުވަތަ ބިން ނުވަތަ އިމާރާތުގައި ޓޫރިސްޓް ހޮޓަލެއް ހިންގުމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީގެ ހުއްދަނަގައިގެން ހިންގުމުގެ އިއުތިރާޒު ނުކުރާކަމުގެ ލިޔުން. އަދި ގޯތި ނުވަތަ ބިން ބޭންކެއްގައި ރަހުނު ކުރެވިފައިވާނަމަ، ގޯތި ނުވަތަ ބިން ނުވަތަ އިމާރާތުގައި ޓޫރިސްޓް ހޮޓަލެއް ހިންގުމާމެދު ބޭންކުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- އަމިއްލަގޯތީގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް ހުށަހަޅާފަރާތްތަކުން ހުއްދައަށް އެދި ހުށަހަޅާއިރު، މާލޭ ސިޓީކައުންސިލް ނުވަތަ އަތޮޅުތަކުގައިނަމަ ދައުލަތުގެ ކަމާބެހޭ ފަރާތަކުން އެ ގޯތި ނުވަތަ ބިން ނުވަތަ އިމާރާތުގައި ޓޫރިސްޓް ހޮޓަލެއް ހިންގުމަށް ޓޫރިޒަމާއި ބެހޭ މިނިސްޓްރީގެ ހުއްދަނަގައިގެން ހިންގުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް އޮތުން.
- ޓޫރިސްޓް ހޮޓަލެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ބިން ނުވަތަ އިމާރާތުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، ވެރިފަރާތާއި ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދޭފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮތުން.
- ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ފަރުދެއްނަމަ، އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ކުންފުޏެއްނަމަ އެކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ.
- ހުއްދައަށް އެދި ހުށަހަޅާފަރާތަކީ، ޕާޓްނަރށިޕެއްނަމަ، އެޕާރޓްނަރށިޕްގެ ރަޖިސްޓަރީގެ ކޮޕީއާއި ޕާރޓްނަރށިޕް އެއްބަސްވުމުގެ ކޮޕީ.
- ޓޫރިޒަމާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ހޮޓެލް ރަޖިސްޓަރީކުރުމަށްޓަކައި ދައްކަންޖެހޭ ރަޖިސްޓަރީ ފީއަށްވާ 10,000 (ދިހަ ހާސް) ރުފިޔާ.
- މި ގަވާއިދުގައި ބުނެފައިވާ ހޮޓަލުގެ އިންށުއަރަންސް ޕޮލިސީގެ ކޮޕީ ހުއްދަދޫކުރުމުގެ ށަރުތުތައް
4 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާ ތަންތަނަށެވެ.
(ހ) މިގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އިމާރާތާއި ފަސޭހަތައް ހުރުން.
(ށ) ޓޫރިސްޓް ހޮޓަލަކުން ލިބެންޖެހޭނެކަމަށް މިގަވާއިދުގައި ކަނޑައަޅާ ހިދުމަތްތައް ލިބެންހުރުން.
(ނ) މި ގަވާއިދުގައި ބުނެފައިވާ ޓޫރިސްޓް ހޮޓާ ރަޖިސްޓަރީ ކުރުމުގެ ފީ ދައްކާފައިވުން.
(ރ) އެތަނަކީ، ޓޫރިޒަމް ތަރައްގީ ކުރުމަށް، ޓޫރިޒަމާ ބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ބިމެއްގައި ނުވަތަ ރަށެއްގައިވާ ތަނެއް ކަމުގައިވުން.
(ބ) ހުއްދައަށް އެދޭ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ 18 އަހަރު ފުރިފައިވުން.
(ޅ) ހުއްދައަށް އެދޭ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނަރށިޕެއްނަމަ، ކުންފުނި ނުވަތަ ޕާރޓްނާރށިޕް ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވުން. އަދި ކުންފުނީގެ ނުވަތަ ޕާރޓްނަރށިޕުގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ހޮޓާ ހިންގުން ހިމެނިފައި އޮތުން.
5 ވަނަ މާއްދާ - ޓޫރިސްޓް ހޮޓަލުގެ ނަން
(ހ) ޓޫރިސްޓް ހޮޓަލަށް ކިޔާނަމަކީ ވިޔަފާރިނަމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަކަށް ވާންވާނެއެވެ.
(ށ) ޓޫރިސްޓް ހޮޓަލުގެ ނަން، އެހޮޓަލުން ލިބޭ ހިދުމަތަކާއި ގުޅެންވާނެއެވެ. އަދި އޮޅުންއަރާފަދަގޮތަކަށް ނުވަތަ އެތަނަކުން ލިބެންނެތް ހިދުމަތެއް ހިމެނޭގޮތަށް ނަން ކިޔުމަށް ހުށަހަޅައިފިނަމަ އެނަން ބަދަލު ކުރުމަށް އެންގުމުގެ އިހުތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ ހޮޓަލަކަށް ހުއްދަ ދެވޭނީ ނަން ބަދަލު ކުރުމުންނެވެ.
(ނ) ޓޫރިސްޓް ހޮޓަލުގެ އޮޕަރޭޓިންގ ލައިސަންސްގައިވާ ނަންފިޔަވައި އެހެންނަމެއް ޓޫރިސްޓް ހޮޓާ އޮޕަރޭޓްކުރުމާއި މާކެޓްކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
6 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރުން
(ހ) ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދެވޭނީ ނުވަތަ ހުއްދަ އައުކޮށްދެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަން ފޯމާއި ލިޔެކިޔުންތައް ފުރިހަމައަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން އެމިނިސްޓްރީއިން ނުވަތަ އެމިނިސްޓްރީން އައްޔަން ކުރާފަރާތަކުން، ޓޫރިސްޓް ހޮޓާ ހިންގުމަށް ބޭނުންވާ އިމާރާތް ބެލުމަށްފަހު، އެ އިމާރާތަކީ ޓޫރިސްޓުން ބޭތިއްބުމަށްޓަކައި ޓޫރިޒަމާ ބެހޭ ގާނޫނާއި މިގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑަށް ތައްޔާރުކޮށްފައިވާ އިމާރާތަކަށްވެފައި ޓޫރިސްޓް ހޮޓާތަކުން ލިބެން ހުންނަންޖެހޭނެކަމަށް މި ގަވާއިދުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މި ގަވާއިދުގައި ކަނޑައެޅިފައިވާ ފަސޭހަތަކާއި ހިދުމަތްތައް އެ ޓޫރިސްޓް ހޮޓަލަކުން ލިބެންހުރި ތަނެއްކަމުގައިވާނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އިންސްޕެކްށަން ހެދުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި، ދަތުރުފަތުރާއި އެކަމަށް ހިނގާ އެހެނިހެން ހަރަދަކީ ހުއްދައަށް އެދޭ ފަރާތުން ދައްކަވަންޖެހޭ ހަރަދެކެވެ. މީގެ އިތުރުން ޓޫރިސްޓް ހޮޓާ ހިންގާ ފަރާތުން އެދިވަޑައިގަންނަވާ ކަމެއްގެ ސަބަބުން ހޮޓާ އިންސްޕެކްޓް ކުރަންޖެހޭނަމަ، އެކަމުގެ ހަރަދުވެސް ދައްކަންވާނީ ހޮޓާ ހިންގާ ފަރާތުންނެވެ.
7 ވަނަ މާއްދާ - ހުއްދަދެވޭ މުއްދަތު
(ހ) ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަދެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އަދި މި ގަވާއިދުގެ 4 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ އެގްރީމަންޓްގެ މުއްދަތަކީ 5 އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއްނަމަ، ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަދެވޭނީ އެ އެގްރީމަންޓްގެ މުއްދަތު ހަމަވާ ދުވަހަށްވުރެ ހުއްދައިގެ މުއްދަތު އިތުރު ނުވާގޮތަށެވެ.
8 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާތައް ބަލައި ޗެކުކުރުން
މި ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ތަންތަނާއި ހުއްދަދީފައިވާ ޓޫރިސްޓް ހޮޓާތައް ބަލައި ޗެކުކުރުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ނުވަތަ އެމިނިސްޓްރީއިން އައްޔަން ކުރާފަރާތަކަށް ލިބިގެންވެއެވެ. އަދި މި އިންސްޕެކްށަންތައް ކޮންމެ ވަގުތަކުވެސް ކުރެވިދާނެއެވެ.
9 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ބާތިލުކުރަން އެދުން
ޓޫރިސްޓް ހޮޓެލެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެ ހޮޓަލެއް ހިންގުން ހުއްޓާލަން ބޭނުންވެއްޖެނަމަ، އެކަން ޓޫރިޒަމާ ބެހޭ މިނިސްޓަރީއަށް އަންގައި ޓޫރިސްޓް ހޮޓާ ހިންގުމަށް އެ ފަރާތައް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރަން ވާނެއެވެ.
10 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ އައުކުރުން
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ޓޫރިސްޓް ހޮޓަލަކަށް ދެވިފައިވާ ހުއްދަ އައުކުރުމަށް ބޭނުންވާނަމަ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން މިގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަންއާއެކު އެ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މިގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަނުވަނީސް ހިންގާ ފަރާތް ބަދަލުވެގެން ނުވަތަ ވެރިފަރާތް ބަދަލުވެގެން ނުވަތަ ހުއްދަ ގެއްލިގެން ނުވަތަ އެނޫން ސަބަބެއް މެދުވެރިވެގެން ނަމަވެސް، މިނިސްޓްރީއިން އަލުން ލައިސެންސެއް ހައްދައިދެވޭނީ އެކަމަށްޓަކައި 500 (ފަސް ސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
11 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ އެހެން ފަރާތަކަށް ބަދަލުކުރުން
(ހ) މި ގަވާއިދުގެ ދަށުން ދީފައިވާ ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ބޭނުންވެއްޖެނަމަވެސް އަމަލުކުރާނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ ނުވަތަ އެހެން ފަރާތެއްގެ ނަމުގައި އަލުން ހުއްދަ ދޫކުރެވޭނީ އެ ޓޫރިސްޓް ހޮޓަލަކާ ގުޅިގެން ދައްކަންޖެހިފައިވާ އެއްވެސް ޓޫރިޒަމް ޓެކްހެއްވާނަމަ އެ ޓެކްސްއަކާއި ޓެކްސް ނުދެއްކުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބަކާހުރެ ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމައެ ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކޮށް، ސަރުކާރަށް ދައްކަންޖެހޭ އެނޫން އެހެން ޓެކްހެއް ނުވަތަ ފައިސާއެއް ނުވަތަ ޖޫރިމަނާއެއް ވާނަމަ އެ ފައިސާއެއްވެސް ނުވަތަ ޖޫރިމަނާއެއް ދައްކައި ހަލާސްކޮށް، އަދި މިގަވާއިދުގެ ދަށުން ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމައެ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރުމަށްފަހުގައެވެ. އަދި ހުއްދައަށް އެދި ހުށަހެޅުމުން ހޮޓަލާ ގުޅިގެން އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ފައިސާއެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީން އިއުލާން ކުރަންވާނެއެވެ. އަދި މި އިއުލާނުގެ ދަށުން މައްސަލަ ހުށަހެޅުމަށް 14 (ސާދަ) ދުވަސް ދެވޭނެއެވެ. އަދި އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ، ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ ނުވަތަ އެހެން ފަރާތެއްގެ ނަމުގައި އަލުން ހުއްދަ ދޫކުރެވޭނީ އެ މައްސަލަ ނިމުމުންނެވެ.
(ނ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދީފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ ނުވަތަ ހިއްސާދާރެއް ބަދަލުވާނަމަ ބަދަލުކުރެވޭނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނާއި، ލީސް އެގްރީމަންޓާއި، ޓޫރިސްޓް ރިޒޯޓުތަކުގެ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީންނެވެ.
12 ވަނަ މާއްދާ - ޓޫރިސްޓް ހޮޓަލުގެ ވެރިފަރާތް އެހެން ފަރާތަކަށް ބަދަލުކުރުން
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ޓޫރިސްޓް ހޮޓަލެއްގެ އިމާރާތުގެ ނުވަތަ ގޯތީގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، ވެރިފަރާތް ބަދަލުވީ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގައި އިމާރާތާއި ގޯތީގެ އައު ރަޖިސްޓަރީގެ އަސްލާ އެއްގޮތްކަން ބަޔާންކޮށްފައިވާ ކޮޕީ ހުށަހަޅަންވާނެއެވެ.
(ށ) އިމާރާތުގެ ނުވަތަ ގޯތީގެ ވެރިފަރާތް ބަދަލުވި ހޮޓާ ހިންގަނީ ކުރީގެ ވެރިފަރާތް ނޫން އެހެން ފަރާތަކުންނަމަ، ވެރިފަރާތް ބަދަލުވާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އައު ވެރިފަރާތާއި ހޮޓާ ހިންގާ ފަރާތާ ދެމެދު، ހޮޓާ ހިންގުމާ ބެހޭގޮތުން ކުރެވުނު އެއްބަސްވުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) ޓޫރިސްޓް ހޮޓާ ތަރައްގީކޮށްފައިވާ ބިމަކީ، ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކުއްޔަށްދީފައިވާ ބިމެއްކަމަށްވާނަމަ، އެ ބިން ކުއްޔަށްދިނުމަށް ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ބިން ކުއްޔަށް ހިފާފައިވާ ފަރާތުގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރެވޭނީ ނުވަތ،ަ ކުއްޔަށް ހިފާފައިވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނިގެ ހިއްސާ ބަދަލުކުރެވޭނީ، ޓޫރިޒަމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނާއި، ލީސް އެގްރީމަންޓާއި، ޓޫރިސްޓް ރިޒޯޓުތަކުގެ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީންނެވެ.
2 ވަނަ ބާބު - ޓޫރިސްޓް ހޮޓާ އިމާރާތް ކުރުން
13 ވަނަ މާއްދާ - ޓޫރިސްޓް ހޮޓާ އިމާރާތްކުރުމުގެ ހުއްދަ ހޯދުން
(ހ) ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓަލެއް އިމާރާތްކުރަންވާނީ ނުވަތަ ބިނާކުރަންވާނީ ނުވަތަ ތަރައްގީކުރަންވާނީ ނުވަތަ އިމާރާތްކޮށްފައިވާ ހޮޓަލެއް އަލުން ތަރައްގިކުރަންވާނީ، ނުވަތަ މަރާމާތު ކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުއެވެ.
(ށ) ޓޫރިސްޓް ހޮޓާ އިމާރަތްކުރަންވާނީ އިމާރާތުގެ ކުރެހުންތައް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ލިބުމަށް ފަހުގައެވެ. އަދި ހޮޓަލުގެ ކުރެހުންތައް ހުށަހަޅާއިރު ހޮޓަލުގެ ސައިޓް ޕްލޭން/ފްލޯ ޕްލޭން އޮންނަންވާނެއެވެ. އަދި މިކުރެހުންތައް ވާންޖެހޭނީ ސަރުކާރުން ސަރޓިފައިކޮށްފައިވާ އާރކިޓެކްޗަރެއް ބަލައި ފާސްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުމަކަށެވެ.
(ނ) ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށްޓަކައި މިނިސްޓްރީން ހޯދަންޖެހޭ ހުއްދައިގެ ކަންތައް ކުރިއަށްގެންދަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. އަދި ރަށުގައި ނުވަތަ ބިމުގައި ހިންގުމަށް ހުށަހަޅާފައިވާ ހޮޓާ އިމާރާތްކުރުމުގެ މަސައްކަތްކުރުމުގެ ހުއްދަ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ދޫކުރާނީ އަންނަނިވި ކަންތައްތައް ފުރިހަމަވުމުންނެވެ.
- ރަށުގައި ނުވަތަ ބިމުގައި ހަދަން ބޭނުންވާ ހޮޓަލުގެ ކޮންސެޕްޓް މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ތައްޔާރުކޮށް މި ގަވާއިދުގެ ޖަދުވަލު I ގައި ހިމަނާފައިވާ އެޕްލިކޭށަން ފޯމާއެކު، މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
- ހުށަހަޅާ ކޮންސެޕްޓް މިނިސްޓްރީން ފާސްކޮށް ރަށް ތަރައްގީކުރާ ފަރާތަށް އެންގުމުން، ރަށުގައި ނުވަތަ ބިމުގައި ހިންގާ ތަރައްގީގެ މަށްރޫއާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރާނެ ގޮތުގެ ރިޕޯޓު (ތިމާވެށީގެ ރިޕޯޓު) ތައްޔާރުކޮށް، އެ ރިޕޯޓު ސަރުކާރުގެ ކަމާބެހޭ އިދާރާއިން ފާސްކުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓު ފާސް ކުރިކަމުގެ ލިޔުން ކޮންސެޕްޓް ފާސްކުރާތާ ގިނަވެގެން 180 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގައި ހުށަނާޅައިފިނަމަ ކޮންސެޕްޓް ފާސްކުރުމަށްފަހު ދިން ލިޔުން ބާތިލުވާނެއެވެ. މި މަސައްކަތް ކުރިޔަށް ގެންދަން ބޭނުންވާނަމަ އަލުން ކޮންސެޕްޓް ހުށަހަޅައި ފާސްކުރަންވާނެއެވެ.
- ތިމާވެށީގެ ރިޕޯޓު ފާސްކުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅާއިރު މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވާ ތަފުސީލު ކުރެހުންތައް ނުވަތަ އިންޖިނިއަރިންގ ކުރެހުންތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ހޮޓާ ތަރައްގީކުރާ ފަރާތުން ވަކިވަކި ބަންގަލޯ ނުވަތަ ވިލާ ހަދަން ގަސްދުކުރާނަމަ މިފަދަ ބަންގަލޯ ނުވަތަ ވިލާއާއެކު ވެރަންޑާއެއް ހުންނަންޖެހޭނެއެވެ. އަދި ގޮނޑުދޮށުގައި ކޮޓަރި ހަދާނަމަ ހުންނަންޖެހޭނީ ހޭޅިފަށުން ފެށިގެން 5 މީޓަރު އެތެރޭގައި ނުވަތަ އެންވަޔަރަންމަންޓް ޕްރޮޓެކްށަން ޒޯން (އ.ީ ޕީ. ޒެޑް) އަށްވުރެއެތެރޭގައެވެ.
- ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމުގައި އަދި ހިންގުމުގައި ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި ހިމާޔަތްކުރުމުގެ ގާނޫނާއި ޓޫރިޒަމާ ބެހޭ މިނިސްޓްރީގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
14 ވަނަ މާއްދާ - ޓޫރިސްޓް ހޮޓަލުގެ ކޮންސެޕްޓް އަދި ތަފުސީލު ކުރެހުންތައް
ރަށުގައި ނުވަތަ ބިމުގައި ހަދަން ބޭނުންވާ ޓޫރިސްޓް ހޮޓަލުގެ ކޮންސެޕްޓް ތައްޔާރުކޮށްފައި އޮންނަންވާނީ މިގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ކުރެހުމާއި ލިޔުން ހިމެނޭގޮތަށެވެ. އަދި މިކުރެހުންތަކަކީ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ހުއްދަލިބިފައިވާ އިންޖީނިއަރަކު ފަސްކޮށް، ސްޓޭމްޕް ޖަހާފައިވާ ކުރެހުންތަކަކަށް ވާންޖެހޭނެއެވެ.
- 1:1000 ސްކޭލަށްވުރެ ކުޑަނުވާގޮތަށް ތައްޔާރުކޮށްފައިވާ ޓޫރިސްޓް ހޮޓަލުގެ ސަރަހައްދު ދައްކުވައިދޭ ރަށުގެ ކުރެހުމެއް (ސައިޓް ޕްލޭން) ޕްރިންޓް ކޮޕީއާއި AutoCAD އަދި PDF ސޮފްޓް ކޮޕީ.
- އިމާރާތްކުރުމަށް ހުށަހަޅާ ހުރިހާ އިމާރާތެއް ފާހަގަކޮށްފައިވ،ާ ހޮޓަލުގެ ސަރަހައްދު ނުވަތަ ރަށުގެ ކުރެހުމެއް އިމާރާތްތަކުގެ ހުރިހާ ބައިތަކެއް ވަކިވަކިން އެނގޭގޮތަށް (މިކުރެހުން ތައްޔާރުކޮށްފައި އޮންނަންވާނީ 1:100 ސްކޭލަށްވުރެ ކުޑަނުވާވަރަށެވެ.
- ބިލްޓް އަޕް އޭރިޔާ ކަލްކިއުލޭށަން ށީޓް
- ހުރިހާ އިމާރާތްތަކުގެ ނުވަތަ އިތުރުކުރާ އިމާރާތެއްގެ ކްރޮސް ސެކްށަން ކުރެހުންތައް )މިކުރެހުން ތައްޔާރުކޮށްފައި އޮންނަންވާނީ 1:100 ސްކޭލަށްވުރެ ކުޑަނުވާވަރަށެވެ.)
- އިމާރާތްތަކުގެ އެލެވޭށަންގެ ކުރެހުންތައް، މިއީ އުސްމިން ދައްކުވައިދޭ ކުރެހުމެކެވެ. (މިކުރެހުމުގައި ތިރީގައި މިވާ ކަންތައްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.)
(ހ) އިމާރާތުގެ ބިންގަލާއި ފާރުތަކާއި ތަޅުން އަދި ފުރާޅު ހެދުމަށް ގަސްދުކުރެވޭ ގޮތް.
(ށ) އިމާރާތުގައި ގާޑްރެއިލްފަދަ އެއްޗެއް ހަރުކުރާނަމަ ހަރުކުރެވޭނެ ތަނަކާއި ގޮތް.
(ނ) ބަދިގެ އަދި ކޮފީށޮޕް ފަދަ ހިދުމަތް ދޭ ސަރަހައްދުތައް އޮންނަ ގޮތް.
(ރ) އިމާރާތުގައި އަޅާނީ ކޮންކަހަލަ ފަންގިފިލައެއްތޯ ބަޔާންކުރުން. - ހުރިހާ ކުރެހުމެއްވެސް ހުންނަންވާނީ ސްކޭލަށެވެ. މިސާލަކަށް 1:30 ، 1:100 ، 1:500 ، 1:1000
- މިމާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކުރެހުންތަކާއި ލިޔެކިޔުމުގެ ސޮފްޓް ކޮޕީ (PDF ފޯމެޓް ގައި)
15 ވަނަ މާއްދާ - އިމާރާތްކުރުމުގެ މުއްދަތު
މި ގަވާއިދުގެ ދަށުން ތަރައްގީކުރުމަށް ހުއްދަ ދެވޭ ޓޫރިސްޓް ހޮޓަލުގެ ތަރައްގީގެ މަށްރޫއުތައް ހިންގުމަށް މިނިސްޓްރީއިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިމާރާތްކޮށް ނިންމަންވާނެއެވެ. މިގޮތުން ދެވޭ މުއްދަތުގައި ތަރައްގީގެ މަސައްކަތް ނުނިމޭނެކަމަށް ލަފާކުރެވޭނަމަ، މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން މިނިސްޓްރީއަށް ހުށަހަޅާ މުއްދަތު އިތުރު ކުރަންވާނެއެވެ. މިގޮތަށް މުއްދަތު އިތުރު ނުކޮށްފިނަމަ ހުއްދަ ބާތިލުވީއެވެ. އަލުން ހުއްދަ އައުކޮށްދެވޭނީ 5000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމުންނެވެ.
16 ވަނަ މާއްދާ - ޓޫރިސްޓް ހޮޓަލުގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ
(ހ) ޓޫރިސްޓް ހޮޓަލުގެ އެއްވެސް އިމާރާތެއް ބޭނުންކުރަން ފަށަން ވާނީ އެކަމަށްޓަކައި ޓޫރިޒަމާ ބެހޭ މިނިސްޓްރީން ލިޔުމުން ހުއްދަ ހޯދުމަށްފަހުއެވެ.
(ށ) ޓޫރިސްޓް ހޮޓަލެއްގޮތުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް އިމާރާތެއް ތަޅާލަން ވާނީ ނުވަތަ ބަދަލެއް ގެންނަން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ލިޔުމުން ހުއްދަ ހޯދުމަށްފަހުއެވެ.
(ނ) ޓޫރިސްޓް ހޮޓާ ތަރައްގީކުރަން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ކުރެހުންތަކުގައިވާ ގޮތަށެވެ. މިގޮތުން، އިމާރާތްތައް ހުންނާނެކަމަށް، ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ކުރެހުމުގައި ދައްކާފައިވާ ތަންތަނުގައި ނޫން އެހެން ތަނެއްގައި އިމާރާތް ކޮށްގެންނުވާނެއެވެ. އަދި އިމާރާތްކުރުމުގައި ފާސްކޮށްފައިވާ އިންޖިނިއަރިންގެ ކުރެހުންތަކާ އެއްގޮތަށް އިމާރާތްކުރަން ވާނެއެއެވެ.
17 ވަނަ މާއްދާ - ޓޫރިސްޓް ހޮޓަލެއް ހިންގުން ނުވަތަ ހިދުމަތް މެދުކަ ނޑާލުން
(ހ) ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ހޮޓަލެއް އަލުން އިމާރާތް ކުރުމަށް ނުވަތަ ތަރައްގީކުރުމަށް ނުވަތަ މަރާމާތުކުރުމަށް އެއްކޮށް ނުވަތަ ވަކި ބައެއް ބަންދުކުރަން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ލިޔުމުން ހުއްދަ ލިބިގެންނެވެ.
(ށ) ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ހޮޓަލެއް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތުތަކުގެ އިތުރުން، އެހެން އެއްވެސް ސަބަބާކާހުރެ ނުވަތަ އެއްވެސް ސަބަބެއް ނެތި ނަމަވެސް، ހޮޓާ ނުވަތަ ހޮޓަލްގެ ބައެއްވެސް ބަންދުކުރެވޭނީ ނުވަތަ މި ގަވާއިދުގައި ކަނޑައެޅިފައިވާ ހިދުމަތެއް މެދުކަ ނޑާލަންވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައެވެ.
(ނ) ޓޫރިސްޓު ހޮޓަލުގެ އިމާރާތުގެ ބައިތަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެބަދަލެއް ގެންނަންވާނީ ޓޫރިސްޓް ހޮޓާ ހިންގާ އިމާރާތަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމާއެކު އެ ބަދަލެއް ގެނައުމަށް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުއެވެ.
3 ވަނަ ބާބު - ޓޫރިސްޓް ހޮޓަލުގައި ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރާއި މިންގަނޑު
18 ވަނަ މާއްދާ - އަސާސީ ހިދުމަތްތައް ދިނުން
(ހ) މި ގަވާއިދުގެ 2 ވަނަމާއްދައިގެ (ށ) ގައިވާ ގޮތަށް ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ހޮސްޕިޓަލާއި، ނަރުދަމާއާއި، 24 ގަޑިއިރު ކަރަންޓާއި ފެނުގެ ހިދުމަތް ލިބެން ހުންނަ އަދި ފުލުހުންގެ ހިދުމަތް ދެވޭގޮތަށް މަރުކަޒެއް ގާއިމުކޮށްފައިވާ ރަށްރަށުގައެވެ.
(ށ) މިގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ކޮންމެ ޓޫރިސްޓް ހޮޓަލެއްގައި ވެސް ކަރަންޓާއި ސާފު ފެން އަދިލޭންޑް ލައިން ފޯނާއި ފެކްސް އަދި އިންޓަރނެޓްގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނަންވާނެއެވެ. މި ހިދުމަތްތަކުގެ ތެރެއިން ޓޫރިސްޓް ހޮޓަލަށް ބޭނުންވާ އިމަރޖެންސީ ކަރަންޓް ފަދަ ހިދުމަތްތައް ދޭންވާނީ އެ ސަރަހައްދަށް ޔުޓިލިޓީޒް ހިދުމަތްދިނުމަށް ކަނޑައަޅާފައިވާ ފަރާތުގެ ހުއްދައާއެކު އެފަދަ ހިދުމަތް ދިނުމަށް މޯލްޑިވްސް އެނާރޖީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށާއި ފެންވަރަށްވުރެ ދަށްނުވާނެހެންނެވެ.
19 ވަނަ މާއްދާ - ރިޒަރވޭށަނާއި ބުކިންގ ހެދުން
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ޓޫރިސްޓް ހޮޓަލެއްގައި ޓޫރިސްޓުން ބޭތިއްބުމަށް ރިޒަވޭށަނެއް ހަދާނަމަ ތިރީގައިވާ ކަންތައްތަކާމެދު ރިޒަވޭށަން ހަދައިދެވޭ ފަރާތާއެކު އެއްބަސްވާންވާނެއެވެ.
- ރިޒަވޭށަން ކޮންފާރމް ކުރާނެގޮތް.
- ފައިސާ ދައްކަންޖެހޭ އަދަދާއި ދައްކާނެ ގޮތާއި މުއްދަތު (ޓެކްސް އަދި ސަރވިސް ޗާޖް ހިމެނޭނަމަ އެކަން އެނގޭނެ ގޮތަށް).
- ރިޒަވޭށަން ކެންސަލްކުރެވޭނެ ގޮތާއި މުއްދަތު. ރިޒަވޭށަން ބަދަލުކޮށް ނުވަތަ ބާތިލުކޮށްފިނަމަ ހަދާނެ ގޮތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރިޒަވޭށަނެއް ކޮންފާރމް ކުރުމަށްފަހު، އެއްބަސްވެފައިވާގޮތް ނޫން ގޮތަކަށް ހޮޓާ ހިންގާ ފަރާތަކުން ރިޒަވޭށަނެއް ކެންސަލްކޮށްގެން ޓޫރިސްޓަކަށް ދިމާވާ ހުރިހާ ދަތިތަކެއްގެ ޒިންމާ ހޮޓާ ހިންގާ ފަރާތަކުން ނަގަންވާނެއެވެ.
(ނ) ރިޒަރވޭށަން ކޮންފާމްކޮށްފައިވާ ގެސްޓަކަށް ކޮންފާރމް ކޮށްފައިވާ މުއްދަތަށް އެ ހޮޓަލަކުން ކޮޓަރި ހަމަޖައްސަންވާނެއެވެ. އަދި އެ ހޮޓަލެއްގެ ޖާގަ ފުރިގެން އެހޮޓަލަކުން ކޮޓަރި ހަމަޖައްސައިދެވެން ނެތްނަމަ، ރަޖިސްޓަރީކޮށްފައިވާ އެފެންވަރުގެ އެހެން ހޮޓަލެއް ނުވަތަ ރިޒޯޓަކުން ހަމަޖައްސައިދިނުމާއި އަދި އެކަމާ ގުޅިގެން ދިމާވާ ކަންކަމުގެ ޒިންމާ ހޮޓާ ހިންގާ ފަރާތުން ނަގަންވާނެއެވެ.
20 ވަނަ މާއްދާ - ގެސްޓް ޓްރާންސްފަރ
ޓޫރިސްޓް ހޮޓަލަށް ރިޒަރވޭށަން ހަދާފައިވާ މީހުން އެ ހޮޓަލަކަށް ދިއުމަށްޓަކައި ނުވަތަ ހޮޓަލުން އަނބުރާ ދިއުމަށްޓަކައި ދަތުރުފަތުރުގެ ކަންތައް ހަމަޖައްސަން އެދިއްޖެނަމަ، ކަނޑައެޅިފައިވާ އަގަކަށް އެ ހިދުމަތް ހޮޓާ ހިންގާ ފަރާތުން ހަމަޖައްސަންވާނެއެވެ.
21 ވަނަ މާއްދާ - ޕާކިންގ ސަރަހައްދު
(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރާ ޓޫރިސްޓް ހޮޓަލުގައި އެރަށެއްގެ ޕްލޭނިންގ އޮތޯރިޓީއަކުން ކަނޑައަޅާ މިންގަނޑަށް ފެތޭގޮތަށް ވެހިކަލް ޕާކިންގ ސަރަހައްދެއް އޮންނަންޖެހޭނެއެވެ.
(ށ) ޕަރކިންގ ސަރަހައްދު، ޓޫރިސްޓް ހޮޓަލުގެ އިމުގެ ބޭރުގައި އެރަށެއްގެ ޕްލޭނިންގ އޮތޯރިޓީން ކަނޑައަޅާފައި އޮންނަ އުސޫލަކުން ދޫކުރާ ހުއްދައެއްގެ މަތިން ހެދިދާނެއެވެ.
22 ވަނަ މާއްދާ - ހޮޓަލުގެ މައި ދޮރާށި
(ހ) ހޮޓަލަށް ވަންނަން ހާއްސަކުރެވިފައިވާ މައިދޮރާށްޓެއް ހުންނަން ވާނެއެވެ. އަދި މައިދޮރާށިން ވަންނައިރު ރިސެޕްށަން ފެންނަން ހުންނަންވާނެއެވެ.
(ށ) ހޮޓަލަށް ވަންނަ މައިދޮރާ ދިމާވާގޮތަށް ފެންނާނޭހެން ޓޫރިސްޓް ހޮޓަލުގެ ނަން އިނގިރޭސިންނާއި ދިވެހިން ލިޔެވިފައި އޮންނަންވާނެއެވެ.
(ނ) ހޮޓަލުގެ ސާވިސްތަކަށް އަދި ގެންނަ މުދާ ވައްދައި ނެރުމަށްޓަކައި ވަކި ދޮރެއް ބަހައްޓަންވާނެއެވެ.
23 ވަނަ މާއްދާ - ރިސެޕްށަން އޭރިއާ/ ލޮބީ
(ހ) ކޮންމެ ހޮޓަލެއްގައި އެ ހޮޓަލެއްގެ ބެޑްކެޕޭސިޓީގެ %20 ގެސްޓުންނަށް އެއްފަހަރާ އިށީނދެ ތިބެވޭގޮތަށް އެކަށީގެންވާ ވަރުގެ ރިސެޕްށަން އޭރިއާއެއް ނުވަތަ ލޮބީއެއް ހުންނަންވާނެއެވެ. މިތަން ހުންނަން ވާނީ ތިރީގައި މިވާ ގޮތަށް، ތިރީގައި މިވާ ފަރުނީޗަރާއި ފިޓިންގްސްއާއި ފަސޭހަތަކާއެކު ތައްޔާރު ކުރެވިފައެވެ.
(ށ) ހޮޓަލުގައި ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް 24 ގަޑިއިރު ފްރަންޓް އޮފީހުގެ ހިދުމަތް އަދި ރިސެޕްށަނިސްޓަކު ހުންނަންވާނެއެވެ.
(ނ) މިއޭރިއާ ހުންނަންވާނީ އެކަށީގެންވާވަރަށް ވައި ދައުރުވާގޮތަށް ހެދިފައެވެ. އަދި ބޭނުންޖެހިއްޖެ ހާލަތެއްގައި ހުޅުވޭގޮތަށް ލާފައި ހުންނަ ކުޑަދޮރު ނުވަތަ ފެންލައިޓު ހުންނަންވާނެއެވެ.
(ރ) މިއޭރިއާގައި ސޯފ،ާ ގޮނޑި ނުވަތަ ބެންޗް ހުންނަންވާނެއެވެ.
(ބ) މޭޒުދޮށުގައި ތިބެގެން ފޮތް ކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަން ހުންނަންވާނެއެވެ.
(ޅ) މި އޭރިއާގައި ގެސްޓުން ބޭނުންވާ އިލެކްޓްރޯނިކްސް ބޭނުންކުރުމަށްޓަކައި ކަރަންޓު ނެގޭގޮތަށް ސޮކެޓާއި ސްވިޗް ހަރުކޮށްފައި ހުންނަންވާނެއެވެ.
(ކ) މި އޭރިއާ އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކޮށްފައި ހުންނަންވާނެއެވެ.
(އ) މި އޭރިއާގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އާންމުކޮށް ފެންނާނޭހެން ހަރުކޮށްފައި ހުންނަން ވާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ މަދުވެގެން ކޮންމެ މޭޒަކަށް 1 އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ.
(ވ) މި އޭރިއާގެ އެތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް ނުވަތަ އުއްބައްތި ރޯކުރާ ނިޒާމެއް ހުންނަންވާނެއެވެ.
(މ) މިއޭރިޔާގައި އަންހެނުންނަށާއި ފިރިހެނުންނަށް ވަކިން ފާހާނާ ހުންނަންވާނެއެވެ. މިފާހާނާ ހުނަންވާނީ ގެސްޓުންގެ ފާހާނާ ހުންނަން ޖެހޭކަމަށް މިގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑަށް ހިދުމަތްތަކާއި ފަސޭހަތައް ލިބޭގޮތަށެވެ.
(ފ) ހޮޓަލުން ލިބެންހުރި ހިދުމަތްތަކާއި އަދި ހިދުމަތްތަކުގެ އަގުތައް ގެސްޓުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ލިބެންހުންނަންވާނެއެވެ.
(ދ) ހޮޓަލުގެ ގެސްޓުންނަށް ދޭންޖެހޭ ޕަބްލިކް ނޯޓިސްތައް އިނގިރޭސިބަހުން ލިޔެފައި އާންމުކޮށް ފެންނާނެހެން ލޮބީގައި ހުންނަންވާނެއެވެ.
24 ވަނަ މާއްދާ - ހޮޓަލުގެ ގެސްޓުން އާންމު ސަރަހައްދުތަކުގައި އަދި ރަށުތެރޭގައި އުޅޭއިރު ހެދުން އަޅަންވީ މިންގަނޑު
ޓޫރިސްޓް ހޮޓަލުގައި ތިބޭ ޓޫރިސްޓުން ހޮޓަލުގެ އޮފީސް ނުވަތަ ރިސެޕްށަން އޭރިއާ ފަދަ އާންމުކޮށް މުވައްޒަފުން އުޅޭ ހިސާބަށް އަންނައިރު ނުވަތަ އެ ހޮޓާ ހުރި ރަށުގެ ތެރެއަށް ނުކުމެ އުޅޭއިރު، ނުވަތަ މީހުން އުޅޭ ރަށްރަށަށް ދާއިރު ހެދުން އަޅަންވާނީ، އެކަމާބެހޭ ގަވާއިދުގައި ކަނޑައެޅިފައިވާ އަންނަނިވި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ހ) ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީށަރޓާއި ސޯޓުބުރި.
(ށ) އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީށަރޓ،ް ބްލައުޒް ނުވަތަ ގަމީހާއި ސްކާރޓް ނުވަތަ ސޯޓުބުރި. ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެއެވެ.
25 ވަނަ މާއްދާ - ގެސްޓް ޗެކްއިން/ޗެކްއައުޓް
ޓޫރިސްޓް ހޮޓަލުގައި ގެސްޓުން ޗެކްއިން އަދި ޗެކްއައުޓް ގަޑި ކަނޑައެޅި ލިޔެފައި، ހޮޓަލުގެ ގެސްޓުންނަށް ފެންނާނެހެން ހުންނަންޖެހޭނެއެވެ. އަދި ފޮރިން އެކްސްޗޭންޖް ރޭޓްތައް ވެސް ޑިސްޕްލޭ ކުރަންވާނެއެވެ.
26 ވަނަ މާއްދާ - ޓޫރިސްޓުންނަށް ތައްޔާރުކޮށްފައި ހުންނަ ކޮޓަރި
(ހ) ޓޫރިސްޓް ހޮޓަލެއްގައި މަދުވެގެން 25 ގެސްޓް ކޮޓަރީގައި 50 އެނދު ހުންނަންވާނެއެވެ.
(ށ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތައް ހުންނަން ޖެހޭނީ، އެހެން ކޮޓަރިއަކަށް ނުވަދެ ކޮންމެ ކޮޓަރިއަކަށް ވަކިވަކީން ވަދެވޭގޮތަށް ހެދިފައެވެ. ކޮޓަރީގައި ހުންނަ ކޮންމެ ދޮރެއްގައި ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކޮށްފައި ހުންނަންވާނެވެ.
(ނ) ދެކޮޓަރި ދޭތެރޭގައި ކަނެކްޓިންގ ދޮރު ބަހައްޓާނަމަ، އެ ދޮރު ހުންނަންވާނީ ބޭނުންވެއްޖެ ހިނދެއްގައި ތަޅުލައި ދެކޮޓަރި ވަކިކޮށްލެވޭ ގޮތަށެވެ.
(ރ) ހޮޓަލުގެ ކޮޓަރިއެއްގައި ތިން ގެސްޓުންނަށްވުރެ ގިނަ މީހުން ނިންދަވައިގެން ނުވާނެއެވެ. ނަމަވެސް ހޮޓަލުގެ ޕޮލިސީއާ އެއްގޮތަށް އާއިލާއަކަށް ކޮޓަރި ބޭނުންވެއްޖެނަމަ އާއިލާއަށް ކޮޓަރި ދޫކުރެވިދާނެއެވެ. އާއިލާއެއްކަމަށް ބަލާނީ ދެމަފިރިއަކާއި 18 އަހަރުން ދަށުގެ ދަރިންނެވެ.
(ބ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮންމެ ކޮޓަރިއެއް ހުންނަންވާނީ ތިރީގައި މިވާ ފަރުނީޗަރާއި ފިޓިންގްސްއާއެކު ތިރީގައި މިވާ މިންގަނޑުތަކަށް ހެދިފައެވެ.
- ކޮޓަރިއެއްގައި ހުންނަންވާނީ ގިނަވެގެން 2 އެނދެވެ. ސިންގަލް އެނދެއްނަމަ
ކުޑަވެގެން 3 ފޫޓު × 6 ފޫޓު ހުންނަންވާނެއެވެ.
ޑަބަލް އެނދެއްނަމަ 4،5 ފޫޓު × 6 ފޫޓު ހުންނަންވާނެއެވެ. - ކޮންމެ އެނދެއްގައި 4 އިންޗިއަށްވުރެ ތުނި ނޫން، ގޮދަޑިއެއް އޮންނަންވާނެއެވެ.
އަދި ކޮންމެ ގޮދަޑިއެއްގައި އޮންނަންވާނީ ބެޑްށީޓު އަޅާފައެވެ. - ސްޕޮންޖ،ް ދޫނިފަތ،ް ކަފަ ނުވަތަ މިފަދަ އެހެން އެއްޗެއް އަޅައިގެން ހަދާފައިވ،ާ ކުޑަވެގެން 18×24 އިންޗީގެ ބާލީސް، ބާލީސް އުރައާއެކު ކޮންމެ ގެސްޓަކަށް 2 ބާލީހުގެ ނިސްބަތުން ކޮޓަރީގައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގައި މޭޒަކާއި، އިށީނުމަށް މަދުވެގެން 1 ގޮނޑި ހުންނަންވާނެއެވެ.
- ކުޑަވެގެން 2×3 ފޫޓުގެ މޫނު ބަލާ ލޯގަ ނޑެއް ލާފައިހުރި ޑްރެސިންގ މޭޒެއް ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑުގައި ކުރިމަތީގައި ހުންނަ މީހަކަށް އަލީގެ ބޭނުމަށް ފުދޭވަރުގެ ބޮތްކެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އެކޮޓަރިއެއްގެ ގެސްޓުންގެ ލަގޭޖް ބަހައްޓާނެ ރެކެއް ނުވަތަ ހާއްސަ ތަނެއް ހަދާފައި ހުންނަންވާނެއެވެ.
- ކޮނޑު އެޅުވޭގޮތަށް ހުންނަ ހެދުން ބަހައްޓާ އަލަމާރި )ވޯރޑްރޯބް( ކޮންމެ ޓޫރިސްޓަކަށް މަދުވެގެން ހެދުންއަޅުވާ 2 ކޮނޑާއެކު، ހުންނަންވާނެއެވެ.
- ފޮތްކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަމާއެކު، އެނދުގައި އޮވެގެން ދިއްލައި ނިއްވޭގޮތަށް ސުވިޗްލާފައި ހުންނަ ލޭމްޕ،ު ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންޖެހޭނެއެވެ.
- ކޮޓަރިތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި އަލި މަޑުކޮށް ގަދަކުރެވޭ ފަދަ ބޮތްކެއް ކޮޓަރީގައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގައި ކަރަންޓު ބޭނުންކުރެވޭގޮތަށް ސޮކެޓް ސްވިޗް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮޓަރި އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ. ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ނަމަ ކޮޓަރި ތެރޭގައި އަޅިކެނޑި ބަހައްޓަންވާނެއެވެ.
- ކޮޓަރި ނުވަތަ ފާހާނާ ތެރޭގައި މަތި ހުޅުވައި ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގައި ސާފު ބޯފެން ލިބެން ހުންނަންވާނެއެވެ. ފެން ބުއިމަށްޓަކައި، މަދުވެގެން ފެންބޯ 2 ތަށި ޓްރޭއެއްގައި ބަހައްޓާފައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އޮންނަންވާނެއެވެ.
- އަލިފާނުގެ ހާދިސާއެއްގައި ކަންކުރަންވީގޮތާއި އިމަރޖެންސީ ހާލަތެއްގައި އިމާރާތުން ނުކުންނަންޖެހިއްޖެ ނަމަ ކަންތައްތައް ކުރާނެގޮތް ކުރެހުމާއެކު އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ކޮޓަރިއަށް ވަންނަ ދޮރުގެ އެތެރެ ފަރާތުގައި ހަރުކޮށްފައި ހުންނަން ވާނެއެވެ.
27 ވަނަ މާއްދާ - ކޮޓަރީގެ ފާހާނާ
(ހ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިހުންނަކޮންމެ ކޮޓަރިއެއްގައި ކޮޓަރީގެ އެތެރެއިން ވަދެވޭ ގޮތަށް ފާހާނާއެއް ހަދާފައި ހުންނަންވާނެއެވެ.
(ށ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިހުންނަ ކޮޓަރީގައި ހުންނަ ކޮންމެ ފާހާނާއެއް ހުންނަންވާނީ، ތިރީގައި މިވާ ސާމާނާއި ފިޓިންގްސްއާއެކު ތިރީގައި މިވާ މިންގަނޑަށް ހަދާފައެވެ.
- ކޮންމެ ފާހާނާއެއްގައި ދޮރުފަތް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ފާހާނާއެއް ހުންނަންވާނީ، ފަސޭހައިން ފާހާނާކޮށް ފެންވެރޭގޮތަށެވެ.
- ފާހާނާގެ ބިތްތައް ހުންނަންވާނީ، ފަސޭހައިން ސާފުކުރެވޭނޭ ގޮތަކަށެވެ.
- ފާހާނާގެ ތަޅުން ހުންނަންވާނީ، ކައްސާނުލާ ބާވަތުގެ ޓައިލްސް ޖަހާފައެވެ. އަދި ތަޅުން އަޅާފައި ހުންނަންވާނީ، ޑްރެއިންއަށް ފެންފަހިވާގޮތަށް ތަޅުން މައްޗަށް އެޅޭ ފެން ފަސޭހައިން ދެމިގެން ދާ ގޮތަށެވެ.
- ކޮންމެ ފާހާނާއެއްގައި މަތިޖެހޭ ގޮތަށް ހުންނަ އިށީންނަ ފާހާނާ ތަށި ފްލަށިންގ ސިސްޓަމާއެކު ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ފާހާނާއެއްގައި މުސްލިމް ށަވަރެއް ހުންނަންވާނެއެވެ. އަދި ޓޮއިލެޓް ޕޭޕަރ ރޯލް ހުންނަންވާނެއެވެ.
- ކޮންމެ ފާހާނާއެއްގައި ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ.
- ކޮންމެ ފާހާނާއެއްގައި މޫނު ދޮންނަ ތަށްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ.
- މޫނު ބަލާ ލޯގަ ނޑެއް ފާހާނާގައި ހަރުކޮށްފައި ހުންނަންވާނެއެވެ. (މިނިސްޓްރީއިން އެދޭ ސައިޒަކީ 600މމ × 450މމ) އެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ.
- ފާހާނާގައި ޑަބަލް ކޯޓްހުކް ހަރުކޮށްފައި ހުންނަވާނެއެވެ.ފާހާނާ ތެރޭގައި ތުވާލި އަޅުވައި ހިއްކަން ބެހެއްޓެން ހުންނަންވާނެއެވެ.
- ފެންވަރާތަނުގައި ނުވަތަ މާގަނޑު ހުންނަ ތަނުގައި ސޯޕް ހޯލްޑަރެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ފާހާނާގައި ބޭނުންކުރަން ހުންނަންވާނީ ސާފު ފެނެވެ. ސާފު ފެންކަމުގައި ބެލޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ގަބޫލުކުރާ ފެންވަރެއްގައި އުފައްދާ ނުވަތަ ސަޕްލައިކުރާ ފެނާއި ވާރޭފެނެވެ. ޓޫރިސްޓް ހޮޓަލެއްގެ ފާހާނާގައި ފެންވެރުމަށް ގްރައުންޑް ވޯޓަރ ބޭނުންކުރުމަކީ ހުއްދަކަމެއްނޫނެވެ.
- ކޮންމެ ފާހާނާއަކަށް ފިނި އަދި ހޫނުފެން ކޮންޓްރޯލް ކުރެވޭނެގޮތަށް ފާހަގަކުރެވ،ި ލިބެން ހުންނަން ވާނެއެވެ. އަދި ފެނުގެ ޕްރެށަރ ހުންނަންވާނީ ވަކިވަރެއްގައި ހިފެހެއްޓިފައެވެ.
- ފާހާނާގައި ބާތްމެޓް ބަހައްޓާފައި ހުންނަންވާނެއެވެ.
- ކޮޓަރީގައި ރަޖިސްޓަރީ ކުރެވޭ ކޮންމެ ޓޫރިސްޓަކަށް ތުވާއްޔެއްގެ މަގުން ފާހާނާތެރޭގައި ތުވާލި ހުންނަންވާނެއެވެ.
- ފާހާނާތެރޭގައި ޓޮއިލެޓް ޕޭޕަރ ޑިސްޕެންސަރެއް އަދި ޓޮއިލެޓް ޕޭޕަރ ހުންނަންވާނެއެވެ.
- ފާހާނާ ތެރޭގައި ސެނިޓެރީ ބޭގް ހުންނަންވާނެއެވެ.
- ފާހާނާގައި ކޮންމެ އައު ގެސްޓަކަށް އައުސައިބޯނި އަދި އައުށޭންޕޫ ބަހައްޓާފައި ހުންނަންވާނެއެވެ. ނުވަތަ ސައިބޯނި އަދި ށެމްޕޫ ޑިސްޕެންސަރެއް ބޭނުން ކުރެވިދާނެއެވެ.
- ފާހާނާގެ އެތެރެ އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާތެރޭގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ފާހާނާއެއްގެ ލޯގަނޑު އަދި މޫނުދޮންނަތަށި ހުންނަ ހިސާބު ކައިރީ އިލެކްޓްރިކް ށޭވަރ ބޭނުންކުރުމަށްޓަކައި 220 އާއި 110 ވޯލްޓްގެ ކަރަންޓު ނެގޭގޮތަށް ސޮކެޓް އަދި ޕަވަރ ޕޮއިންޓެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ފާހާނާގެ އެތެރޭގައި ފަސޭހައިން ސާފުކުރެވޭގޮތަށްހުރި މަތި ހުޅުވައި ލެއްޕޭ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ.
28 ވަނަ މާއްދާ - ގެސްޓް ލޯންޑްރީގެ ހިދުމަތް
(ހ) ޓޫރިސްޓް ހޮޓަލުގައި ތިބޭ ގެސްޓުންގެ ބޭނުންތަކަށް ލޯންޑްރީގެ ހިދުމަތް (އައުޓްސޯސްކޮށްގެން ނަމަވެސް) ފޯރުވައިދޭންޖެހޭނެއެވެ. އަދި ލޯންޑްރީ ހިދުމަތްތަކުގެ އަގު ކޮޓަރީގައި ބަހައްޓާފައި ހުންނަންވާނެއެވެ.
(ށ) ހޮޓަލުގެ ގެސްޓުން އެދިއްޖެ ހާލަތެއްގައި ކޮޓަރީގައި ބޭނުންކުރުމަށް އިސްތިރިއާއި އިސްތިރިކުރާ މޭޒުލިބެން ހުންނަންވާނެއެވެ.
29 ވަނަ މާއްދާ - ކޭޓަރިންގ އަދި ރޫމް ސަރވިސްގެ ހިދުމަތް
(ހ) މިގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ޓޫރިސްޓް ހޮޓަލުގައި ތަނުގެ ގެސްޓުންނަށް ކޭޓަރކުރުމަށްޓަކައި ރެސްޓޯރަންޓެއް ހުންނަންވާނެއެވެ. އަދި ރެސްޓޯރަންޓް ވާންވާނީ ހެލްތު ޕްރޮޓެކްށަން އޭޖެންސީ ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ކާބޯތަކެތި ހިދުމަތްދިނުމަށް ކަނޑައަޅުއްވާފައިވާ ގަވާއިދާ އެއްގޮތަށް ހުރި ތަނަކަށެވެ. އަދިއެ ހިދުމަތް ފޯރުވައިދޭންވާނީ ހެލްތު ޕްރޮޓެކްށަން އޭޖެންސީ ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ކާބޯތަކެތި ތައްޔާރުކުރުމުގެ ހުއްދަ ނަގައިގެންނެވެ.
(ށ) ހޮޓަލުގެ ގެސްޓުން އެދިއްޖެނަމަ ރޫމް ސަރވިސްގެ ގޮތުގައި ކާބޯތަކެތި ލިބެން ހުންނަން ޖެހޭނެއެވެ. އަދި ރޫމް ސަރވިސް ގޮތުގައި ކާބޯތަކެތި ފޯރުވައިދޭނަމަ، ކާބޯތަކެތި ލިބޭނެ ގަޑިތަކާއި، އަގުތައް ހިމެނޭ ލިސްޓެއް ކޮޓަރީގައި އޮންނަންވާނެއެވެ.
30 ވަނަ މާއްދާ - ކާކޮޓަރި/ރެސްޓޯރަންޓު
ޓޫރިސްޓް ހޮޓަލުގެ ރެސްޓޯރަންޓް ހަދާފައި ހުންނަންވާނެއެވެ. އަދި ހުންނަންވާ މަދުމިނުން ތިރީގައި މިވާ ސާމާނާއި ފިޓިންގްސް އާއެކު ތިރީގައި މިވާ މިންގަނޑަށެވެ.
- ކާކޮޓަރި ނުވަތަ ރެސްޓޯރަންޓުގެ ވެންޓިލޭށަން ހުންނަންވާނީ މޯލްޑިވްސް ނެށަނަލް ބިލްޑިންގ ކޯޑް 2008 ގައިވާ މިންގަނޑަށެވެ.
- މޭޒުމަތީގައި ތަށިބަހައްޓައިގެން ފަސޭހައިން އިށީނދެގެން ކެވޭގޮތަށް ސޯފ،ާ ގޮނޑި ނުވަތަ ބެންޗް އަދި މޭޒު ބަހައްޓާފައި ހުންނަންވާނެއެވެ.
- ކާގެެ، ކާކޮޓަރި، އަދި ރެސްޓޯރެންޓުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާނަމަ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު ލާޒިމުކުރާ ނޯޓިސްތައް ބަހައްޓަންވާނެއެވެ. މިފަދަ ތަނަކީ ނުވަތަ ތަނެއްގެ ބަޔަކީ އެ ގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ތަނެއްނަމަ ގާނޫނު ލާޒިމުކުރާ ނޯޓިސްތައް ބަހައްޓަންވާނެއެވެ. ކާގެ ނުވަތަ ކާތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ނަމަ މަދުވެގެން ކޮންމެ މޭޒަކަށް 1 އަޅިކެނޑި ނުވަތަ ކޮންމެ 4 ގެސްޓަކަށް 1 އަޅިކެނޑީގެ ނިސްބަތުން އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ.
- ކާގެ ނުވަތަ ކާތަނުގެ އެތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް ބާއްވާފައި އޮންނަންވާނެއެވެ.
- ހޮޓަލުގައި ރެސްޓޯރެންޓު ހިންގާނަމަ ހިންގަންވާނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ކަނޑައަޅާ މިންގަ ނޑެއްގެ މަތީން އެ ފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ.
- ރެސްޓޯރަންޓުގައި ފާހާނާއެއް ހުންނަންވާނެއެވެ. ފާހާނާގައި އަތްދޮވުމަށް ސައިބޯނި ބަހައްޓާފައި ހުންނަންވާނެއެވެ. އަދި އަތް ހިއްކުމަށް ޓިށޫ ނުވަތަ ހޭންޑް ޑްރަޔަރ ބަހައްޓާފައި ހުންނަންވާނެއެވެ.
31 ވަނަ މާއްދާ - ބަދިގެެ، ޕޭންޓްރީ، އަދި ކޯލްޑްރޫމް
ހޮޓަލުގެ ބަދިގެެ، ޕޭންޓްރީ އަދި ކޯލްޑްރޫމް ހުންނަންވާނީ ހެލްތު ޕްރޮޓެކްށަން އޭޖެންސީ ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ހަދާފައިވާ ގަވާއިދާ އެއްގޮތަށެވެ.
32 ވަނަ މާއްދާ - މެއިން ސްޓޯރ، ކޯލްޑް ސްޓޯރޭޖ،ް ޗިލާސް، ފްރީޒާރުތައް
ހޮޓަލުގެ މެއިން ސްޓޯރ، ކޯލްޑް ސްޓޯރޭޖ،ް ޗިލާސް އަދި ފްރީޒަރުތައް ހުންނަންވާނީހެލްތު ޕްރޮޓެކްށަން އޭޖެންސީ ނުވަތަ ސަރުކާރުގެ ކަމާއިބެހޭ ފަރާތަކުން ހެދފައިވާ ގަވާއިދާ އެއްގޮތަށެވެ.
33 ވަނަ މާއްދާ - ބިޒްނަސް ސެންޓަރ
ކޮންމެ ޓޫރިސްޓް ހޮޓަލެއްގައި ބިޒްނަސް ސެންޓަރެއް ހުންނަންވާނެއެވެ. މިތަނުގައި އެ ހޮޓަލުގައި ތިބޭ ގެސްޓުންނަށް ބޭނުންވެއްޖެ ހިނދެއްގައި ބޭނުންކުރުމަށް ކޮމްޕިއުޓަރ، ޕްރިންޓަރ، ސްކޭނަރ، އިންޓަރނެޓް އަދި ފެކްސްގެ ހިދުމަތް ލިބެންހުންނަން ވާނެއެވެ.
34 ވަނަ މާއްދާ - މީޓިންގރޫމް/ ކޮންފަރަންސް ހިދުމަތް/ ބެންކުއެޓް
(ހ) ކޮންމެ ޓޫރިސްޓް ހޮޓަލެއްގައިވެސް 20x20 ފޫޓަށްވުރެ ކުޑަނޫން، މަދުވެގެން 1 ކޮންފަރަންސް ނުވަތަ މީޓިންގ ރޫމް ހުންނަންޖެހޭނެއެވެ.
(ށ) ކޮންމެ ޓޫރިސްޓް ހޮޓަލެއްގައި ޕާޓީތައް ބޭއްވުމަށާއި، ބެންކުއެޓް އަދި އެހެނިހެން ހަފުލާތަކަށް ބޭނުންކުރެވޭނޭ ހޯލެއް ހުންނަންވާނެއެވެ.
(ނ) ހޯލުގައި އެކިއެކި ހަފުލާއަށް އެކަށީގެންވާ ފަދަ ލައިޓިންގ ހުންނަންވާނެއެވ
(ރ) ހޯލްގެ ތަޅުމާއި ސީލިންގއާ ދެމެދު މަދުވެގެން 2.5 މީޓަރ ހުންނަންވާނެއެވެ.
(ބ) ހޯލުގެ ތަޅުން ހުންނަންވާނީ ކާޕެޓް ނުވަތަ ތަށިމުށި ޖަހާފައެވެ.
35 ވަނަ މާއްދާ - ކުޅިވަރުކުޅުމަށް ހާއްސަ ތަންތަން
(ހ) ޓޫރިސްޓް ހޮޓަލެއްގައި ކުޅިވަރުކުޅުމަށް ހާއްސަ ތަންތަން ހެދިދާނެއެވެ.
(ށ) މިތަންތަނުގެ ކުޅިވަރަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި އެހެނިހެން ސާމާނު ގަވާއިދުން ޗެކުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ސާމާނުތައް ހުންނަންވާނީ ސާފުތާހިރުކޮށް އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭ ހާލަތުގައެވެ.
(ނ) ކޮންމެ ކުޅިވަރުކުޅޭ ތަނެއްގައި އެތަން ބޭނުންކުރަންޖެހޭނޭ ގޮތުގެ ލިޔުމެއް ހުންނަންވާނެއެވެ.
(ރ) ކޮންމެ ކުޅިވަރަކާ ގުޅޭގޮތުން ސަލާމަތާއި ރައްކާތެރިކަމުގެ ނޯޓިސް އާންމުކޮށް ފެންނާނޭހެން ހަރުކުރަންވާނެއެވެ.
36 ވަނަ މާއްދާ - ސުވިމިންގ ޕޫލް
(ހ) ޓޫރިސްޓް ހޮޓަލެއްގައި ސުވިމިންގ ޕޫލް ނުވަތަ ފަތާ ފެންގަ ނޑެއް ހެދިދާނެއެވެ.
(ށ) ސުވިމިންގ ޕޫލް ނުވަތަ ފަތާ ފެންގަނޑުގެ ގޮތުގައި ބެލެވޭނީ ބިމުން މަތީގައި ވިޔަސް ނުވަތަ ބިމުގެ އަޑިއަށް ފައްތައިގެން ވިޔަސް އެ ސްޓްރަކްޗަރެއްގެ އެއްވެސް ދިމާއަކުން ފުންމިނުގައ މީޓަރެއް ހުންނަ ނުވަތަ އެއަށްވުރެ ފުންކޮށް، ފެތުމަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށާއި ފީނުމަށާއި ފަރުވާއަށާއި އަދި މިނޫންވެސް މިފަދަ އެހެން ބޭނުމަކަށް ހަދާފައިވާ ފެންގަނޑަކާއި އެ ފެންގަނޑަކާ ގުޅިފައިވާ އިމާރާތްތަކާއި ސާމާނުތަކާއި ފަސޭހަތަކެވެ.
(ނ) މިތަނުގައި ހިދުމަތް ދިނުމަށް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށް ފެންނާނޭހެން ހަރުކުރަންވާނެއެވެ.
(ރ) ކުޑަކުދިން، ހުރިހާ ވަގުތެއްގައި ބަލަހައްޓަންޖެހޭނެ ކަމާއި އިމަރޖެންސީއެއްގައި ކަންކުރާނެ ގޮތާއި ޕޫލް ބޭނުންކުރުމުގެ ގަވާއިދުގެ ނޯޓިސް އާންމުކޮށް ފެންނާނޭހެން ހަރުކުރަންވާނެއެވެ.
(ބ) ޕޫލުގެ ފެންގަނޑުގެ ކޮލިޓީ ހުންނަންޖެހޭނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ހަދާފައިވާ ގަވާއިދުތަކާއި މިންގަނޑަށް ފެތޭގޮތަށެވެ.
(ޅ) ޕޫލް ހިމެނޭ ސަރަހައްދު އަދި ޕޫލުގެ އެތެރެ ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ.
(ކ) ފެންގަނޑަށް ފޭބުމަށާއި ފެންގަނޑުން އެރުމަށްޓަކައި ހަރުގަނޑު ނުވަތަ ސިޑި ބަހައްޓަންވާނެއެވެ. މި ސިޑީގައި ދަބަރު، މިލަ ނުވަތަ ފެހި ޖަހާފައިހުރެގެން ނުވާނެއެވެ.
(އ) ފަތާފެންގަނޑު ބޭނުންކުރަމުންދާ ހުރިހައި ވަގުތެއްގައި ފެންގަނޑު ޑިސްއިންފެކްޓްކުރަމުން ގެންދަންވާނެއެވެ.
(ވ) ޕޫލުގެ އޭރިއާގައި ހުންނަންވާނީ ކައްސާނުލާ ބާވަތުގެ ތަޅުމެކެވެ.
(މ) ޕޫލްގެ ފާރާއި ތަޅުން ހަދާފައި ހުންނަންވާނީ އޮމާންކޮށެވެ.
(ފ) ޕޫލްގެ އެކި ހިސާބުތަކުގެ ޕޫލްގެ ފުންމިން އެންގުމަށްޓަކައި ޕޫލުގެ ވަށައިގެން ކައިރީގައި އަދި ޕޫލުގެ އަޑީގެ ތަޅުމުގައި، ދުރަށް ފެންނަގޮތަށް ފުންމިން ޖަހާފައި ހުންނަންވާނެއެވެ.
(ދ) ޕޫލް ހިމެނޭ ސަރަހައްދުގައި ފާހާނާ އަދި ށަވަރެއް ހުންނަންވާނެއެވެ.
(ތ) ރީޗް ޕޯލ،ް ބޮއެންސީ ފަދަ ސަލާމަތީ ސާމާނު ޕޫލް ސަރަހައްދުގައި ބަހައްޓާފައި ހުންނަންވާނެއެވެ.
37 ވަނަ މާއްދާ - އާންމު ފާހާނާ
(ހ) ރިސެޕްށަން އޭރިއާގައި ނުވަތަ ރިސެޕްށަން އޭރިޔާގެ ސަރަހައްދުގައި 2 ފާހާނާ (ފިރިހެން 1 ފާހާނ،ާ އަދި އަންހެން 1 ފާހާނާ) ހުންނަންވާނެއެވެ. އަދި ފާހާނާގައި ފިރިހެނުންނަށް އަދި އަންހެނުންނަށް ފާހާނާ ހާއްސަކުރުމަށް ޖަހާ ނިށާން ހަރުކުރަންވާނެއެވެ. އަދި ފާހާނާ ބޭނުންކުރުމަށް ބޭނުންވާ ސާމާނާއި ފިޓިންގްސް ހަރުކުރަންވާނެއެވެ.
(ށ) ރެސްޓޯރަންޓަށާއި ކޮންފަރަންސް އަދި ބެންކުއެޓްގައި ވަކި ފާހާނާ (ފިރިހެން އަދި އަންހެން ވަކިން) ހުންނަންވާނެއެވެ.
38 ވަނަ މާއްދާ - ބޭސްފަރުވާގެ ހިދުމަތް
(ހ) ޓޫރިސްޓް ހޮޓަލުގައި ހެލްތު މިނިސްޓްރީންން ގަބޫލުކުރާ ފެންވަރުގެ ފަސްޓްއެއިޑްގެ ހިދުމަތްދެވޭނެ މިންވަރަށް ގަވާއިދުން ބަލަހައްޓާ ފަސްޓްއެއިޑް ފޮށްޓެއް ސާމާނާއެކު ބޭނުންކުރެވޭނެ ގޮތަށް ހުންނަންވާނެއެވެ.
(ށ) ޓޫރިސްޓް ހޮޓަލުގައި ފަސްޓްއެއިޑްގެ ތަމްރީނު ލިބިފައިހުރި ފަސްޓްއެއިޑަރުން ނުވަތަ މުވައްޒަފުން އަބަދުވެސް ޑިއުޓީގައި ތިބެންވާނެއެވެ.
(ނ) އިމަރޖެންސީ ހާލަތްތަކުގައި ކަންކުރާނެގޮތް ލިޔެ، ހޮޓަލުގެ މުވައްޒަފުން އެކަމަށް ހޭލުންތެރިކުރުވަންވާނެއެވެ.
(ރ) ހޮޓަލުގެ މުވައްޒަފެއް އަދި ގެސްޓަކު ޑޮކްޓަރަކަށް ދައްކަންވެއްޖެ ހާލަތެއްގައި އެކަން ހަމަޖައްސައިދޭންވާނެއެވެ.
(ބ) ދިމާވާ ހާލަތްތަކުގައި ދިމާވާ ކަމަކާ ގުޅިގެން ޕޮލިސް، ފަޔަރ ސަރވިސްއަށް އަދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލަސްނުކޮށް އަންގަންވާނެއެވެ.
39 ވަނަ މާއްދާ - ޓޫރިސްޓް ހޮޓަލުގެ މުވައްޒަފުން
(ހ) ޓޫރިސްޓް ހޮޓަލަކުން ވަޒީފާ ދިނުމާއި، ވަޒީފާއާބެހޭ ހުރިހާ ކަންތައްތަކާއި، އެފަދަ ތަނެއްގައި މަސައްކަތްކުރަމުން ގެންދާ މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ ނުވަތަ ވަކިކުރާނަމަ އެމުވައްޒަފަކާ ދޭރެތެރޭގައި އަމަލުކުރަންވާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) ޓޫރިސްޓް ހޮޓަލުގައި މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީ ގަޑީގައި ތިބެންވާނީ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ޔުނީފޯމެއްގައެވެ.
(ރ) ޓޫރިސްޓު ހޮޓަލުގައި މަސައްކަތްކުރާ މުވައްޒަފުން އެނގޭނެ ގޮތަށް ޔުނީފޯމުގައި، އިނގިރޭސިއަކުރުން ނޭމް ޓެގެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
(ބ) މުވައްޒަފުންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރި، އޮފީސް، ބަދިގެެ، ފާހާނާ ފަދަ ތަންތަނާއި ސަރަހައްދުތަކުގައި "ހަމައެކަނި މުވައްޒަފުންނަށް" ”ONLY STAFF ”މިހެން ލިޔެ، ފެންނާނޭހެން ބަހައްޓަންވާނެއެވެ.
40 ވަނަ މާއްދާ - މުވައްޒަފުންނަށް ލިބެން ހުންނަންޖެހޭ ފަސޭހަތައް
(ހ) އެއްވެސް މުވައްޒަފެއްގެ ނިދުމުގެ ކަންތައް ހޮޓަލުގައި ހަމަޖައްސާނަމަ، މުވައްޒަފުން ނިދުމަށް ވަކި ތަނެއް ހޮޓަލުގައި ތައްޔާރުކޮށްފައި ހުންނަންވާނެއެވެ.
(ށ) މުވައްޒަފުން ނިދުމަށް ހަމަޖައްސާ ތަނެއް ހުންނަންވާނީ ގެސްޓް ކޮޓަރިތަކާ ވަކިންނެވެ. އަދި ކޮންމެ މުވައްޒަފަކު ނިދާނެ ވަކި އެނދަކާއި، ކޮންމެ މުވައްޒަފަކަށް ތަޅުލެވޭ ކަބަޑެއް އަދި ހޮޓަލުގައި ނިދުމުގެ ކަންތައް ހަމަޖައްސާ ކޮންމެ 6 މީހަކަށް ފާހާނާއެއްގެ ނިސްބަތުން ފާހާނާ ހުންނަންވާނެއެވެ.
(ނ) މުވައްޒަފުންގެ ފާހާނާ ހުންނަންވަނީ ތިރީގައި މިވާ މިންގަނޑަށް ހިދުމަތްތަކާއި ފަސޭހަތައް ލިބޭ ގޮތަށެވެ.
- ކޮންމެ ފާހާނާއެއް ހުންނަންވާނީ ފާހާނާކޮށް، ފެންވެރޭގޮތަށެވެ.
- ކޮންމެ ފާހާނާއެއްގައި އެތެރެއިން ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ފާހާނާގެ ބިތްތައް ހުންނަންވާނީ އެންމެ ކުޑަވެގެން 6 ފޫޓު އުސްމިނުގައި ވަށައިގެން ޓައިލްސް ޖަހާފައެވެ.
- ފާހާނާގެ ތަޅުން ހުންނަންވާނީ ކައްސާނުލާ ބާވަތުގެ ޓައިލްސް ޖަހާފައެވެ. އަދި ތަޅުން އަޅާފައި ހުންނަންވާނީ ޑްރެއިންއަށް ފެންފަހިވާގޮތަށް ތަޅުމުގެ މައްޗަށް އެޅޭ ފެން ފަސޭހައިން ދެމިގެން ދާ ގޮތަށެވެ.
- ކޮންމެ ފާހާނާއެއްގައި މަތިޖެހޭ ގޮތަށް ހުންނަ އިށީންނަ ފާހާނާ ތަށި ފްލަށިންގ ސިސްޓަމާއެކު ހަރުކޮށްފައި ހުންނަންވާނެއެވެ.
- މުސްލިމް ށަވަރު ހުންނަންވާނެއެވެ.
- ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ.
- މޫނު ދޮންނަ ތަށްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ.
- ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެގޮތެއް ހުންނަންވާނެއެވެ.
- ފާހާނާގެ އެތެރެ އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާ ތެރޭގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ފާހާނާއެއް ހުންނަންވާނީ، ވައި ދައުރުވާގޮތަށް ވެންޓިލޭޓް ކޮށްފައެވެ.
- ފާހާނާގެ އެތެރޭގައި މަތިޖަހައި ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. މިފަދަ ވަށިގަނޑެއް ކޮޓަރި ތެރޭގައި ބަހައްޓާފައިވާނަމަ، ފާހާނާގައި ނުބެހެއްޓިއަސް ފުދޭނެއެވެ.
- މޫނު ބަލާ ލޯގަ ނޑެއް ފާހާނާގައި ހަރުކޮށްފައި ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑުގެ ކުރިމަތީގައި ހުންނަ މީހަކަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ.
(ބ) މުވައްޒަފުން ތިބުމަށް ހަދާފައި ހުންނަ ކޮޓަރިތައް ހުންނަންވާނީ ތިރީގައި މިވާ ސާމާނާއި ފިޓިންގްސްއާއެކު ތިރީގައި މިވާ މިންގަނޑަށް ހަދާފައެވެ.
- ކޮންމެ ކޮޓަރިއެއްވެސް ހުންނަންވާނީ ވައި ދައުރުވާގޮތަށް ހަދާފައެވެ.
- ކޮންމެ މީހަކަށް ވަކި އެނދަކާއި ކޮންމެ އެނދެއްގައި ތުނިވެގެން "4 އިންޗީގެ ގޮދަޑިއަކާއި ބެޑްށީޓެއް އަދި ކޮންމެ އެނދަކަށް އުރައާއެކު ބާލީހެއް.
- މޫނު ބަލާ ލޯގަ ނޑެއް ކޮޓަރި ތެރޭގައި ހުންނަންވާނެއެވެ.
- ފޮށި، ދަބަސް ބަހައްޓާނެ ތަނެއް، ކޮޓަރި ތެރޭގައި ނުވަތަ ކެބިންގެ ބޭރުގައި ކޮންމެ މުވައްޒަފަކަށް ވަކިން ތަޅުލެވޭގޮތަށް ހާއްސަކޮށްފައިވާ ތަނެއް.
- ކޮންމެ ކޮޓަރިއެއްގައި ހެދުން ބަހައްޓާނެ އަލަމާރިއެއް، މަދުވެގެން ކޮންމެ މުވައްޒަފަކަށް އެކަށީގެންވާ 2 ކޮނޑާއެކު.
- ކެބިންގެ އެތެރެ އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގައި ކަރަންޓު ނެގޭގޮތަށް ކޮންމެ 3 މުވައްޒަފަކަށް 1 ސޮކެޓް ސްވިޗްގެ ނިސްބަތުން ސޮކެޓް ސްވިޗް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮޓަރިތައް ހުންނަންވާނީ އެކަށީގެންވާ މިންވަރަށް ވައިދައުރުވާ ގޮތަށެވެ. އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގެ ދޮރުގައި އެތެރެއިން ތަޅުލެވޭގޮތަށް ތަޅެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް، އެންމެ ކުޑަމިނުން އިނގިރޭސި ބަހުން ލިޔެ ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ. ކެބިންގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ނަމަ މަދުވެގެން 1 އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ.
އަދި ކޮޓަރި އެހެން ފަރާތަކާއެކު ބޭނުންކުރާނަމަ ކޮޓަރީގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. - ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އޮންނަންވާނެއެވެ.
41 ވަނަ މާއްދާ - އެހެނިހެން މިންގަނޑުތައް
(ހ) ޓޫރިސްޓު ހޮޓަލުގައި ބުއިމަށާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ފެން ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެފަދަ ބޭނުމަށް ބޭނުންކުރާ ފެން ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާ މިންގަނޑަކަށެވެ.
(ށ) ކާބޯތަކެތި ރައްކާކުރެވިފައި ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކާބޯތަކެތި ރައްކާކުރުމަށްޓަކައި އެއިރެއްގައި ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ޓޫރިސްޓު ހޮޓަލުގައި ޕެސްޓް ކޮންޓްރޯލް ކުރުމަށް އެކަށޭނަ ނިޒާމެއް ރޭވިފައި އޮންނަންވާނެއެވެ. އަދި ޓޫރިޒަމާބެހޭ މިނިސްޓްރީއިން އެދިއްޖެނަމަ އެ ނިޒާމާބެހޭ މައުލޫމާތު ދޭންވާނެއެވެ.
(ރ) ޓޫރިސްޓް ހޮޓަލުގެ އެތެރޭގެ ސަރަހައްދުތަކުގައި އަދި ކޮޓަރީގައި މަދިރި ކޮންޓްރޯލް ކުރެވޭނެ ގޮތް ރޭވިފައި ހުންނަންވާނެއެވެ. ޓޫރިސްޓް ހޮޓަލުގެ އެތެރޭގެ ސަރަހައްދުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް އަމަލު ކުރަންވާނީ ހެލްތު ޕްރޮޓެކްށަން އޭޖެންސީއިން ހަދާފައިވާ ގަވާއިދާ އުސޫލުތަކާ އެއްގޮތަށެވެ.
(ބ) ޓޫރިސްޓް ހޮޓަލުގައި ހުންނަ ހުރިހާ އާންމު ސަރަހައްދުތައް އަލިކުރުމަށްޓަކައި ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންވާނެއެވެ.
(ޅ) ޓޫރިސްޓް ހޮޓަލުގައި ހުންނަ ހުރިހާ އާންމު ސަރަހައްދުތަކުގައި އިމަރޖެންސީ ލައިޓް ހަރުކޮށްފައި ހުންނަން ވާނެއެވެ.
(ކ) ޓޫރިސްޓް ހޮޓަލުގެ ބޭރާއި އެތެރެ ސާފުތާހިރުކޮށް، ކުލަލައި ބަލަހައްޓާފައި ހުންނަންވާނެއެވެ.
4 ވަނަ ބާބު - ޓޫރިސްޓް ހޮޓަލަށް ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުން
42 ވަނަ މާއްދާ - އަލިފާނުގެ ހާދިސާއިން ރައްކާތެރިވުން
(ހ) އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ރޭވިފައިވާ ކަންތައްތައް ހުންނަންވާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މިންގަނޑުތަކާ އެއްގޮތަށެވެ.
(ށ) އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ޓޫރިސްޓް ހޮޓަލުގައި އަންނަނިވި ތަންތަނުގައި އަލިފާންނިވި ބަހައްޓާފައި ހުންނަންވާނެއެވެ. އަދި ސަރުކާރުން ބަލައިގަންނަ މިފަދަ ކުންފުނިތަކުގެ މިންގަނޑުތަކަށް ފެތޭ ފަދަ ފެންވަރަށް އަލިފާންނިވި ބަހައްޓާފައި ހުންނަންވާނެއެވެ.
(ނ) ޓޫރިސްޓު ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެކަން ވަގުތުން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް އެންގުމާއެކު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ވަގުތުން އަންގަންވާނެއެވެ. އަދި ޓޫރިސްޓް ހޮޓާ ހިންގާ ފަރާތުން މިކަމުގެ ތަފުސީލު ލަސްނުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިޔުމަކުން ފޮނުވަންވާނެއެވެ.
(ރ) ހޮޓަލުގެ ސެކިއުރިޓީ ޕެޓްރޯލްގެ ތެރޭގައި އާންމު ސަރަހައްދުތައް، ހޮޓަލުގެ ބިން، ގެސްޓް ކޮޓަރި ހިމެނޭ ކޮރިޑޯތައް އަދި ބަދިގެ ހިމެނިފައި އޮންނަންވާނެއެވެ.
(ބ) ހޮޓަލުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ސެކިއުރިޓީ މުވައްޒަފުން އަބަދުވެސް ޑިއުޓީގައި ތިބެންވާނެއެވެ.
(ޅ) ހޮޓަލުގައި ހިނގާ ނުރައްކާތެރި ހާދިސާއެއްގައި ހޮޓެލް ދޫކޮށް ދާންޖެހިއްޖެނަމަ ދާނެ ސަލާމަތީ ސަރަހައްދެއް ގާއިމުކުރެވިފައި އޮންނަންވާނެއެވެ.
(ކ) ކޮންމެ ޓޫރިސްޓް ހޮޓަލެއްގައި އިމަރޖެންސީ ރެސްޕޮންސް ޓީމެއް ގާއިމުކޮށް އެ މުވައްޒަފުންނަށް ތަމްރީނު ދޭންވާނެއެވެ. އަދި މިކަމާ ބެހޭ މައުލޫމާތު މިނިސްޓްރީއަށް ބޭނުންވެއްޖެ ނަމަ ފޯރުވައިދޭންވާނެއެވެ.
43 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން
(ހ) ކޮންމެ ޓޫރިސްޓް ހޮޓަލެއްގައިވެސް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އޮންނަންވާނެއެވެ. މި ޕްލޭނުގައި އަލިފާނުގެ ނުވަތަ އެހެންވެސް ހާދިސާއެއް ނުވަތަ ކާރިސާއެއް ދިމާވެއްޖެނަމަ ޓޫރިސްޓުންނާއި މުވައްޒަފުން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ށ) އިމަރޖެންސީ ހާލަތެއްގައި ގެސްޓުންނާއި މުވައްޒަފުން ހޮޓަލުން ބޭރަށް ނުކުންނާނެ ގޮތް ކުރެހުމާއެކު މަދުމިނުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔެ ފެންނާނޭހެން ތިރީގައި މިވާ ތަންތަނުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ގެސްޓުންނާއި، މުވައްޒަފުންގެ ކޮޓަރިތަކުގެ ވަންނަ ދޮރުގެ އެތެރެ ފަރާތު
- ބަދިގެއާއި ކާކޮޓަރީގެ އެތެރޭގައި ފަސޭހައިން ފެންނާނޭހެން.
- ރިސެޕްށަން/ލޮބީ އޭރިއާ
- ރެސްޓޯރަންޓު
- ކޮރިޑޯތަކާއި އާންމު ސަރަހައްދުތައް
- ގެސްޓުންގެ ކޮޓަރީގައި ހުންނަ މައުލޫމާތުދިނުމަށް ހަދާފައިހުންނަ އިންފޮމޭށަން ކިޓާއެކު،
(ނ) ޓޫރިސްޓް ހޮޓަލަކަށް އެއްވެސް ހާދިސާއެއް ދިމާވެއްޖެނަމަ އެކަން މޯލްޑިވްސް ޕޮލިސް ސާރވިސް ނުވަތަ ކަ ނޑުމަތީ ހާދިސ/ާކާރިސާއެއް ނަމަ ކޯސްޓްގާޑަށް އަދި މިނިސްޓްރީއަށް ވަގުތުން އަންގަންވާނެއެވެ. އަދި ދިމާވާ ހާދިސާގައި އެހެން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުވައިދިންނަމަވެސް އެކަމެއްގެ މައުލޫމާތު އެފަރާތްތަކަށް އަންގަންވާނެއެވެ.
44 ވަނަ މާއްދާ - ރައްކާތެރިކަން
(ހ) ހޮޓަލުގައި ކަމާބެހޭ ދާއިރާއަކުން ގަބޫލުކުރާ ފެންވަރަކަށް ސަލާމަތީ ނިޒާމެއް ގާއިމުކުރެވިފައި ހުންނަންވާނެއެވެ.
(ށ) ހޮޓަލުގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑަކު ހުންނަންވާނެއެވެ.
(ނ) ހޮޓަލުގައި ތިބޭ ޓޫރިސްޓުންގެ ޕާސްޕޯޓާއި ފައިސާ އެމީހުން އެދިއްޖެނަމަ ރައްކާކުރެވޭނެ ފަދަ ސޭފް ޑިޕޮޒިޓް ބޮކްސް ނުވަތަ ތިޖޫރިއެއް ހޮޓަލުގައި ހުންނަންވާނެއެވެ.
45 ވަނަ މާއްދާ - އިންށުއަރެންސް
(ހ) ހޮޓާ ހުންނަންވާނީ ހޯލް ކަވަރ އިންށުއަރކުރެވިފައެވެ. އަދި މި އިންށުއަރެންސް ޕޮލިސީ މިނިސްޓްރީއަށް ބޭނުންވެއްޖެ ހާލަތެއްގައި ފެންނާނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.
(ށ) އަލިފާނުގެ ހާދިސާއެއް ނުވަތަ އެނޫންވެސް ކާރިސާއެއް ދިމާވެގެން ހޮޓަލުގައި ޓޫރިސްޓުން ބޭތިއްބެން ނެތްނަމަ ޓޫރިސްޓުން އެހެން ތަނެއްގައި ބޭތިއްބުމުގެ ހަރަދު އިންށުއަރެންސުން ކަވަރުކުރަންވާނެއެވެ.
(ނ) ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދޭފަރާތުން މިފަދަ އިންށުއަރެންސް ޕޮލިސީއެއްގެ ކޮޕީ މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އަދި ހޮޓާ ހިންގުމުގެ ހުއްދައިގެ މުއްދަތުގައި، މި އިންށުއަރެންސް ޕޮލިސީ ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށްފަހު މިމިނިސްޓްރީއަށް އޭގެ ކޮޕީ ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ނަގާފައިވާ އިންށުއަރެންސް ދެމެހެއްޓުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ނުވަތަ ސައްހަ އިންށުއަރެންސް ޕޮލިސީއެއް އޮތްކަން ސާފުކުރުމަށް މިނިސްޓްރީއިން އެދެފިނަމަ އެކަމުގެ ކިތާބީ ހެތްކާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގެ ދަށުން މިނިސްޓްރީއިން އެދޭ އެދުމަށް އިޖާބަ ނުދީފިނަމަ ނުވަތަ އެފަދަ އިންށުއަރެންސް ދެމެހެއްޓުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ނުވަތަ ސައްހަ އިންށުއަރެންސް ޕޮލިސީއެއް އޮތްކަން ދައްކައިދޭ ލިޔެކިޔުން ހުށަނާޅައިފިނަމަ އެ ހޮޓަލެއް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލު ކުރެވޭނެއެވެ.
(ބ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހޮޓާ ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން މި މާއްދާގައި ބުނެފައިވާ ފަދަ އިންށުއަރެންސް ކުރުމަށްފަހު އޭގެ ކޮޕީ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އިންށުއަރެންސް ކޮށްފައިނުވާނަމަ އެފަރާތަށް ދޫކޮށްފައިވާ ހޮޓެލް ހިންގުމުގެ ހުއްދަ ބާތިލުކުރެވޭނެއެވެ.
5 ވަނަ ބާބު - ޓޫރިސްޓް ހޮޓާ ހިންގާ ފަރާތުގެ ޒިންމާތައް
46 ވަނަ މާއްދާ - ގަވާއިދުތަކާ އެއްގޮތަށް ޓޫރިސްޓް ހޮޓާ ހިންގުން
ޓޫރިސްޓް ހޮޓާ ހިންގާ ފަރާތުން ޓޫރިސްޓް ހޮޓާ ހިންގުމުގައި، ނުވަތަ އެ ޓޫރިސްޓް ހޮޓަލެއްގެ ހިދުމަތްދިނުމުގައި، ދިވެހިރާއްޖޭގެ ގަނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާގޮތަށް ހޮޓާ ހިންގުމާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) އަދި ޓޫރިޒަމާ ބެހޭ މިނިސްޓްރީއިން ކަނޑައަޅާފައިވާ ޓޫރިސްޓް ހޮޓާ ހިންގުމާބެހޭ ގަވާއިދުތަކާ އެއްގޮތަށް ޓޫރިސްޓް ހޮޓާ ހިންގުމަކީ ޓޫރިސްޓް ހޮޓާ ހިންގާފަރާތުގެ ޒިންމާއެކެވެ.
47 ވަނަ މާއްދާ - ޓޫރިސްޓުން ރަޖިސްޓަރީ ކުރުން
(ހ) ޓޫރިސްޓު ހޮޓަލުގައި ބައިތިއްބާ ހުރިހާ ގެސްޓުންގެ މައުލޫމާތު ގެސްޓް ރަޖިސްޓަރީގައި ލިޔަންވާނެއެވެ. ގެސްޓް ރަޖިސްޓަރީގެ ނަމޫނާ ޖަދުވަލު 2 ގައި އެވަނީއެވެ.
(ށ) ޓޫރިސްޓުން ރަޖިސްޓަރީ ކުރުމަށް ގެސްޓް ރަޖިސްޓްރޭށަން ކާޑު ފުރަންވާނެއެވެ. ގެސްޓް ރަޖިސްޓްރޭށަން ކާޑުގައި ހިމަނަންޖެހޭ މައުލޫމާތު ހިމެނޭ ކާޑުގެ ނަމޫނާ ޖަދުވަލު 3 ގައި އެވަނީއެވެ.
(ނ) މިގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގެސްޓް ރަޖިސްޓަރީގައި ކޮންމެ ދުވަހަކުވެސް އެދުވަހަކު ހޮޓަލަށް ޗެކްއިން އަދި ޗެކްއައުޓް ކުރި މީހުންގެ މައުލޫމާތު ހިމަނަންޖެހޭނެއެވެ.
48 ވަނަ މާއްދާ - ޓޫރިޒަމާ ބޭހޭ މިނިސްޓްރީއަށް މައުލޫމާތު ފޮނުވުން
(ހ) ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާއިގެ ދަށުން ޓޫރިޒަމާ ބެހޭމިނިސްޓްރީއިން ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތ،ު އެ މިނިސްޓްރީގެ ގަވާއިދު ނަންބަރު 2011-19 އާއި އަދި މިކަމާ ގުޅިގެން އަލަށް ނެރޭ ގަވާއިދުތަކާ އެއްގޮތަށް ޓޫރިސްޓް ހޮޓާ ހިންގާފަރާތުން ފޯރުވައިދޭންޖެހޭނެއެވެ.
49 ވަނަ މާއްދާ - ޓޫރިޒަމް ޓެކްސް ދެއްކުން
(ހ) ޓޫރިސްޓު ހޮޓާ ހިންގުމުގެ ހުއްދަދެވޭ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އަދި ރެވެނިއު ބަރާބަރަށް ދައްކަމުން ގެންދަންވާނެއެވެ.
50 ވަނަ މާއްދާ - ހޮޓަލުގެ ވިޔަފާރި ހިންގާ ތަންތަން ރަޖިސްޓަރީކުރުން
ޓޫރިސްޓް ހޮޓަލެއްގައި ހުންނ،ަ ފިހާރ،ަ ސުވެނިއަރ ށޮޕ،ް ރެސްޓޯރަންޓ،ް ކްލިނިކް އަދި އެ ވިޔަފާރިއެއް ގާނޫނަކުން ނުވަތަ ސަރުކާރުގެ ގަވާއިދަކުން ރަޖިސްޓަރީކުރުމަށް ލާޒިމުކުރާ ތަންތަން ރަޖިސްޓަރީކުރުމަކީ ޓޫރިސްޓް ހޮޓާ ހިންގާފަރާތުގެ ޒިންމާއެކެވެ.
51 ވަނަ މާއްދާ - ޓޫރިސްޓް ހޮޓަލުގައި މަނާކުރާ ކަންތައް
ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން ހުއްދަ ނުކުރާ އެއްވެސް މުއާމަލާތެއް އަދި ވިޔަފާރިއެއް ޓޫރިސްޓް ހޮޓަލެއްގައި ހިންގައިގެން ނުވާނެއެވެ.
6 ވަނަ ބާބު - ގަވާއިދަށް އަމަލުކުރުމާއި ގަވާއިދު މާނަ ކުރުން
52 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) ޓޫރިސްޓު ހޮޓަލަކުން ދޭންޖެހޭ ހިދުމަތުގެ ފެންވަރު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ޓޫރިސްޓް ހޮޓަލެއް ހިންގާ ފަރާތެއް 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
53 ވަނަ މާއްދާ - ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ޓޫރިސްޓް ހޮޓާތަކުން ގަވާއިދަށް އަމަލުކުރުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު މިނިސްޓްރީން ހުއްދަ ލިބިގެން ހިންގަމުން ގެންދާ ޓޫރިސްޓް ހޮޓާތަކުގައި، މިގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.
(ށ) މިގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޓޫރިސްޓް ހޮޓަލެއް އަލުން އިމާރާތްކުރާނަމަ ނުވަތަ މަރާމާތުކުރާނަމަ، ދެން އެ ހޮޓަލަކަށް ހިންގުމުގެ ހުއްދަދެވޭނީ މި ގަވާއިދުގައި ބުނެފައިވާ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހުގައެވެ.
54 ވަނަ މާއްދާ - މާނަ
މިގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާ ނަމަ:
"ޓޫރިޒަމާ ބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) އަށެވެ.
"ޓޫރިސްޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، އެތަނެއްގައި ހޭދަކުރާ ކޮންމެ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން އަގު ދައްކާގޮތަށް ނިދުމާއި ކެއުން ނުވަތަ ނިދުން ހަމަޖެހޭ ގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވ،ާ ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ގެސްޓްހައުސް ނޫން ތަންތަނަށެވެ.
"ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ދިވެހިރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހެކެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއް ނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބޭހޭ ފަރާތުން ދޭ ހުއްދައެވެ.
"ގެސްޓެއް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލުގައި ޗެކިންވެފައިވާ ކޮންމެ މީހަކަށެވެ.
"ގެސްޓް ރަޖިސްޓަރީ" ކަމަށްބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލުގައި ޗެކިންވެފައިވާ މީހުންނާބެހޭ މައުލޫމާތު ނޯޓުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއިން ފާސްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކަރުދާހުގައި ލިޔެ ރިކޯޑު ކުރެވޭގޮތަށް ކަރުދާހުން ހަދާފައި އޮންނަ ފޮތް ނުވަތަ ފައިލަށެވެ.
"ރެޖިސްޓްރޭށަން ކާޑު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލަށް ޗެކިންވާ ގެސްޓުންގެ މައުލޫމާތު އެ ގެސްޓަކު ފުރުމަށް ކަރުދާހުގައި ޗާޕުކޮށްފަ ހުންނަ ކާޑަށެވެ.
"ރިސެޕްށަން" ކަމަށް ބުނެފައި އެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒު ލާފައި ހުންނަ ތަނަށެވެ.
"ޓޫރިސްޓް ބެޑް ކެޕޭސިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމުލަ އެނދުގެ އަދަދަށެވެ.
"އެނދު" ކަމަށް ބުނެފައި އެވަނީ، މިގަވާއިދުގައި ބަޔާންކޮށްފައިވާ ސައިޒުތަކާއި މިންގަނޑަށް ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތަކުގައި ހުންނަ އެނދަށެވެ.
"މިނިސްޓްރީ" ނުވަތަ "ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ނުވަތ،ަ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ހިންގުމާބެހޭ ގަވާއިދު ހަދައި ހިންގުމުގެ ޒިންމާ ހަވާލުވެފައިވާ މިނިސްޓްރީއަކަށެވެ.
55 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ)
ޖަދުވަލު 1
ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދޭ ފޯމު
ޖަދުވަލު 2
ގެސްޓް ރަޖިސްޓަރީގެ ނަމޫނާ
ޖަދުވަލު 3
ގެސްޓް ރެޖިސްޓްރޭށަން ކާޑުގެ ނަމޫނާ
ޖަދުވަލު 4
ޓެކްސް ށީޓުގެ ނަމޫނާ
ޖަދުވަލު 5
ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ފޮނުވަންޖެހޭ ޓޫރިސްޓް އޮކިއުޕަންސީ ރިޕޯޓު ފޮނުވާނެ ގޮތުގެ ނަމޫނާ
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު