-

ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-1652) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-72)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ޖުލައި 2013 ގައި)

 

ގަވާއިދު ނަންބަރު 2013-1652 (ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިސްޓް ހޮޓަލެއް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ޓޫރިސްޓް ރިޒޯޓެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ކަމުގައި ނުބެލެވޭ، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުގައި ތަރައްގީކުރާ ޓޫރިސްޓު ހޮޓަލަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދައަށް އެދޭ ތަނަކީ، ޓޫރިޒަމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ ރަށެއްގައި ނުވަތަ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ތަނެއްކަމުގައި ވުން؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ދައުލަތުގެ އިދާރާއަކުން، ވަކި މަށްރޫއަކާ ގުޅުވައިގެން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި ނުވަތަ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ތަނެއްކަމުގައި ވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ހޮޓަލަށް، ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ނަމައެވެ. 

 

5 މަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އުނިކޮށްފައި އެ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-1652)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-1652)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު