-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 އަށް 1 ވަނަ އިސްލާހު ގަނައުން

(ގަވާއިދު ނަންބަރު 2014-02)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 124 ވަނަ މާއްދާގެ (މ)، (އ) އަށް ބަދަލުކޮށް، (ވ)، (މ)، (ފ) އިތުރުކުރުން.

(ވ) މިގަވާއިދުގެ 126 ވަނަ މާއްދާގައި ބަޔާންކޮށްފައިވަ ގޮތާ ހިލާފަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ސިޔާސީ މަގާމެއްގެ އިންތިހާބެއްގައި ވާދަކުރުން؛

(މ) ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ، ސިޔާސީ މަގާމެއްގެ އިންތިހާބެއްގައި ވާދަކުރުމަށްޓަކައި ވަގުތީގޮތުން ވަކިކޮށްފައިވާ މުވައްޒަފަކު އެމުއްދަތުގެ ތެރޭގައި އެ އިންތިހާބުގައި ވާދަނުކޮށް އެނޫން އެހެންކަމެއްގައި  ބައިވެރިވެ އުޅުނުކަން ކަސްޓަމްސްގެ ތަހުގީގަށް ސާބިތުވުން،

(ފ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ، ސިޔާސީ މަގާމަކަށް އިންތިހާބުވާ މުވައްޒަފުން؛

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 126 ވަނަ މާއްދާއަށް (ކ)، (އ)، (ވ)، (މ) އަދި (ފ) އިތުރުކުރުން.

126. އެދިގެން ވަޒީފާއިން ވަކިކުރުން

(ކ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަ، ސިޔާސީ މަގާމެއްގެ އިންތިހަބެއްގައި ވާދަކުރުމަށް ގަސްތުކުރާ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީހުން މީލާދީ 4 (ހަތަރެއް) މަސްދުވަހުގެ ކުރިން އެމުވައްޒަފަކު ހުރި ވަޒީފާއިން ވަގުތީގޮތުން ވަކިވުމަށް އެދި ހުށަހަޅަންވާނެއެވެ. ތާރީހު ކަނޑައަޅާފައިނެތް އިންތިހާބެއް ނަމަ އަދި އިއުލަންކުރި ތާރީހާއި އިންތިހާބާ ދެމެދު 4 (ހަތަރެއް) މަސްދުވަސް ނެތްނަމަ، އިއުލާން ކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމުވައްޒަފަކު ހުރި ވަޒީފާއިން ވަގުތީގޮތުން ވަކިވުމަށް އެދި ހުށަހަޅަންވާނެއެވެ. ނަމަވެސް، މިއިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަ ސިޔާސީ މަގާމެއްގެ އިންތިހާބެއް އިއުލާން ކުރެވިފައިވާނަމަ އެ އިންތިހާބެއްގައި ބައިވެރިވެފައިވާ ނުވަތަ ބައިވެރިވުމަށް ބޭނުންވާ މުވައްޒަފުން މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމުވައްޒަފަކު ހުރި ވަޒީފާއިން ވަގުތީގޮތުން ވަކިވުމަށް އެދި ހުށަހަޅަންވާނެއެވެ.

(އ) ވަކި މުއްދަތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ހިދުމަތް ކުރުމަށް އިގްރާރެއްގައި ސޮއިކޮށްފައިވާ މުވައްޒަފުންނަށް މިމާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އިންތިހާބެއްގައި ވާދަ ކުރެވޭނީ ކަސްޓަމްސްއިން އެމުވައްޒަފަކަށް ކުރި ހަރަދު ކަސްޓަމްސްއިން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ދެއްކުމަށް އެއްބަސްވުމަށްފަހުގައެވެ.

(ވ) މި މާއްދާގެ (ކ) ގައިވަ ފަދައިން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ވަޒީފާއިން ވަގުތީ ގޮތުން ވަކިކުރެވޭ މުވައްޒަފުންގެ ތެރެއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ސިޔާސީ މަގާމަކަށް އިންތިހާބުވާ މުވައްޒަފުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ވަޒީފާއިން ދާއިމީ ގޮތުން ވަކިކުރެވޭނެއެވެ. އަދި މިމާއްދާގެ (ކ) ގައިވާ ފަދައިން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ވަޒީފާއިން ވަގުތީ ގޮތުން ވަކިކުރެވޭ މުވައްޒަފުންގެ ތެރެއިން އިންތިހާބުން ނާކާމިޔާބުވެ ނުވަތަ އިންތިހާބުން ވަކިވެ ކަސްޓަމްސްގެ ވަޒީފާއަށް އަލުން ނުކުތުމަށް އެދޭ މުވައްޒަފުން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލަނުކުރާތަ ނުވަތަ އިންތިހާބުން ވަކިވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ހުށަހެޅުމުން އެ މުވައްޒަފުންނަށް އެ މުވައްޒަފު ވަގުތީ ގޮތުން ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަކުރަންވާނެއެވެ. އަދި އިސްވެ ދެންނެވުނު މުއްދަތުގެ ތެރެގައި ކަސްޓަމްސްގެ ވަޒީފާއަށް އެދި ހުށަނާޅާ މުވައްޒަފުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ވަޒީފާއިން ދާއިމީ ގޮތުން ވަކިކުރެވޭނެއެވެ.

(މ) މިމާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ވަގުތީގޮތުން ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނާމެދު މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން ވަކިގޮތެއް ހަމަޖެހުމުގެކުރީން އެ މަގާމަށް އެހެން މުވައްޒަފަކު ހަމަޖައްސައިގެން ނުވާނެއެވެ.

(ފ) މިމާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ވަގުތީގޮތުން ވަކިކުރެވޭ މުވައްޒަފުންނަށް މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން ވަކިގޮތެއް ހަމަޖެހެންދެން މަސާރައާއި އެހެނިހެން އެލަވަންސްތަކެއް ނުލިބޭނެއެވެ.

 

3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2012-35)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު